ތެލުގެ އަގު އުފުލުމުން އެމެރިކާގެ ދިފާޢީ ބަޖެޓަށް ބޮޑު ތާށިކަމެއް ކުރިމަތިވެއްޖެ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް އުފުލުމާ އެކު، އެމެރިކާގެ އަސްކަރިއްޔާއިން ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ބަޖެޓަށް ބޮޑު ތާށިކަމެއް ކުރިމަތިވެއްޖެއެވެ.

އޭބީސީ ނޫހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ ދިފާޢީ ވުޒާރާއިން ތެޔޮ ފީފާއެއް ގަންނަން ހޭދަކުރި 154.14 އެމެރިކާ ޑޮލަރު، މިދިޔަ އޭޕްރީލް މަހު ވަނީ 195.72 ޑޮލަރަށް އުފުލިފައެވެ. މިއީ އެންމެ 6 މަސްދުވަހުގެ ތެރޭގައި %27 ގެ އުފުލުމެކެވެ. އަހަރަކު ގާތްގަނޑަކަށް 80 މިލިއަން ފީފާ ތެޔޮ ބޭނުންކުރާ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް، މި އަހަރުގެ ތެރޭގައި އެއް ބިލިއަނެއްހާ ޑޮލަރު އިތުރަށް ހޭދަކުރަންޖެހޭނެ ކަމަށް އެ ނޫހުން ލަފާކުރެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ އިތުރުން، އާންމު ދަތުރުފަތުރަށް ބޭނުންކުރާ ތެލުގެ އަގު ވެސް މަތިވުމުން، އެމެރިކާ ސިފައިންނާއި ދިފާޢީ އޮފިޝަލުންގެ ދަތުރުތަކަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. އެހެންކަމުން ޚަރަދު ކުޑަކުރުމުގެ ގޮތުން ސިފައިންގެ ބައެއް ދަތުރުތައް މިހާރު ވަނީ މަދުކޮށްފައެވެ.

އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމެރިކާގެ ދިފާޢީ ވުޒާރާގެ މާލީ އަހަރު ނިމޭއިރު، ބަޖެޓަށް ވުރެ 4 ބިލިއަނާއި 6 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިތުރުވާނެ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން އަސްކަރީ ގިނަ ތަމްރީނުތަކެއް މަޑުޖައްސައިލަން މިހާރު ވަނީ އަންގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ