ފަތުރުވެރިންތަކެއް ވެލާނާ ރާއްޖެއައުން، ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓް ފީ އާއި ޑިޕާޗަރ ޓެކުހުގެ އާމްދަނީ %17.5 އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %17.5 އިތުރުވެއްޖެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މި ދެ ބާވަތުން ޖުމްލަ 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.8 ބިލިޔަން ރުފިޔާއެވެ.

ވަކިވަކި ޓެކްސްތަކަށް ބަލާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 6 މަސްދުވަހު 1 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 907 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %17 އިތުރުވުމެކެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް 1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 913 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %18 އިތުރު އަދަދެކެވެ.

އިސްތިސްނާވާ ފަރާތްތައް: ޑިޕްލޮމެޓުންނާއި ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން، އުމުރުން 2 އަހަރު ނުފުރޭ ކުޑަކުދިން ޑިޕާޗަރ ޓެކުހުން އިސްތިސްނާވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ