ވެމްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފެއް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އުފެދުނީއްސުރެ، އެ ކުންފުންޏަށް ވަފާތެރިކަމާއެކު ޚިދުމަތް ކުރަމުން އައި ހީވާގި މުވައްޒަފަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ވެމްކޯއަށް 9 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ ވ. ފަޒީލާ މަންޒިލް، އަޙްމަދު އަޒްހީމެވެ. އަޒްހީމް ނިޔާވުމާ ގުޅިގެން ވެމްކޯއިން ވަނީ އޭނާގެ ޢާއިލާއަށް ފުން ހިތާމައަކާއެކު ތަޢުޒިޔާ ފޮނުވާފައެވެ.

ވެމްކޯއިން ވިދާޅުވި ގޮތުގައި އަޒްހީމަކީ އެ ކުންފުނިން ގޭބީސީތައް ރަޖިސްޓްރީ ކޮށްގެން ކުނި ނަގަން ފެށި ދުވަސްވަރުން ފެށިގެން ވަރަށް ހީވާގި ކަމާއި މުރާލިކަމާއެކު މަސައްކަތް ކުރަމުންދިޔަ މުވައްޒަފެކެވެ. އޭނާއަކީ މަސައްކަތަށް ވަރަށް ކަމޭހިތާ، އިޚްލާޞްތެރި އަދި އެންމެންގެ ލޯބި ހޯދާފައިވާ ހިތްހެޔޮ މުވައްޒަފެއް ކަމަށާއި، އޭނާގެ ވަކިވުމަކީ ކުންފުންޏަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ދެރައެއް ކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.

ނިޔާވި އަޒްހީމްގެ ޖަނާޒާ އޮތީ ރޭގެ ޢިޝާ ނަމާދަށްފަހު މާލޭގެ އާސަހަރާގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ