ޓްރަމްޕް ވިދާޅުވަނީ އިންތިޚާބުވެއްޖެނަމަ، ޕްރިންސް ހެރީ ހިމާޔަތް ނުކުރާނެ ކަމަށް

ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ޕްރިންސް ހެރީ ހިމާޔަތް ނުކުރާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހަފްތާ ބަންދުގައި އިނގިރޭސިވިލާތުގެ ޑެއިލީ އެކްސްޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި، އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވީ، ޕްރިންސް ހެރީ ރާނީއަށް ޚިޔާނާތްތެރިވެފައިވާ ކަމަށާއި، އެއީ މާފު ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ.

"އަހަރެން އޭނާ ހިމާޔަތް ނުކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

ހެރީ އާއި އޭނާގެ އަންހެނުން މެގަން، ޑަޗެސް އޮފް ސަސެކްސް، 2020 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ފުލްޓައިމް މަސައްކަތްތެރި މެމްބަރުންގެ މަގާމުން ވަކިވެ، ކެލިފޯނިއާއަށް ބަދަލުވިއެވެ.

މިދިޔަ އަހަރު ހެރީ ވަނީ ޝާހީ އާއިލާގެ މެމްބަރެއްގެ ގޮތުން އޭނާގެ ދިރިއުޅުމާ ބެހޭ ވާހަކަތައް ކިޔައިދޭ ފޮތެއް ނެރެފައެވެ. އެ ފޮތުގެ ނަމަކީ “ސްޕެއާ” އެވެ. އެ ހަނދާނީ ފޮތުގައި 1997 ވަނަ އަހަރު އޭނާގެ މަންމަ ޕްރިންސެސް ޑަޔާނާ އަވަހާރަވުމާ ގުޅިގެން ހިތާމައާ ކުރިމަތިލާން ޖެހުނު ގޮތާއި، އިނގިރޭސި ނޫސްވެރިންނަށް ފާޑުކިޔުމާއި، އާއިލާއާ ގުޅުން ގޯސްވެފައިވާ ގޮތުގެ ތަފްސީލު ލިޔެފައިވެއެވެ.

ޑެއިލީ އެކްސްޕްރެސްއަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ ހެރީ ކުރި ކަންތައްތަކަށް ނުބަލައި، ޝާހީ އާއިލާއިން ހެރީއަށް މާ އޯގާތެރި ވެފައިވާ ކަމަށެވެ.

ނަމަވެސް، މި މަހުގެ ކުރީކޮޅު އޭބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެރީ ބުނީ އޭނާ ވިސްނަނީ އެމެރިކާގެ ރައްޔިތަކަށް ވާން ކަމަށެވެ.

"އެމެރިކާގެ ރައްޔިތެއްކަމަކީ އަހަރެންގެ ސިކުނޑިއަށް ވަދެފައިވާ ކަމެއް، އެކަމަކު މިވަގުތު މިކަމަކީ އެހާ އިސްކަމެއްދޭ ކަމެއް ނޫން،” ހެރީ ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ