26 އޮކްޓޫބަރު 2025

ޣައްޒާއަށް ފޮނުވާ ބޭރު ޤައުމުތަކުގެ ފައުޖުގައި ހިމަނަނީ ޒަޔަނިސްޓުންނަށް ވާގިވެރިވާނެ މީހުންކަން ހާމަވެއްޖެ

ޣައްޒާގައި އަމަން ޤާއިމު ކުރުމުގެ ޒިންމާތަކާ ޙަވާލު ކުރުމަށް އެމެރިކާއިން އިސްނަގައިގެން އެކުލަވައިލުމަށް ތައްޔާރު ކުރަމުންދާ ބޭރު ޤައުމުތަކުގެ ސަލާމަތީ ފައުޖުގައި ހިމެނޭނީ ޔަހޫދީން ރުހޭ ބަޔެއް ކަމުގައި އިސްރާޢީލުގެ މަދަދުޤާރު، އެމެރިކާއިން ބުނެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ. މިހެން ނިންމާފައިވަނީ، ޙަމާސްއާއި ޔަހޫދީންނާ ދެމެދު އެކުލަވައިލެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ބުނެއެވެ.

އެމެރިކާ އިސްވެ އޮވެ އެކުލަވާލި އެއްބަސްވުމަށް އަމަލުކޮށް ޙަމާސުން ވަނީ އަސީރުން މިނިވަންކޮށް، މަރުވެފައިވާ އަސީރުންގެ ހަށިތައް ހަވާލުކުރަން ފަށާފައެވެ.އެއްބަސްވުމަށް ޙަމާސުން އަމަލުކުރަމުން ދިޔަނަމަވެސް، ޔަހޫދީން ދަނީ ޢުދުވާނީ ޙަމަލާތައް ހުއްޓާނުލައި ދެމުން، އަދި އެއްބަސްވުމާ ޚިލާފުވަމުންނެވެ. މި ޙަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 100އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

އެމެރިކާއާއި ޔަހޫދީން ދަނީ ހަތިޔާރު ބެހެއްޓުމަށް ޙަމާސްއަށް ބާރު އަޅައި، ޣައްޒާގައި އަމަން ބެލެހެއްޓުމަށް ބޭރު ޤައުމުތަކުގެ އަސްކަރިއްޔާތައް ހިމެނޭ ގުޅިފައިވާ ލަޝްކަރެއް ފޮނުވުމާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ބުނީ، ޙަމާސް ޣައްޒާގެ ވެރިކަމުން ދުރުކުރުމަށްފަހު އިދާރީ ހިންގުން ބައްޓަން ކުރާނެ ގޮތަކާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރަންޖެހިފައިވާ ކަމަށާއި، ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ) ބައިވެރި ކުރުމާމެދު ވަކި ގޮތެއް މިހާތަނަށް ނިންމާފައިނުވާ ކަމުގައެވެ.

2023 ގެ އޮކްޓޫބަރު 7 ން ފެށިގެން ހިންގި ޤަތުލުޢާންމު ހުއްޓުމަކަށް އައިއިރު 68,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. މި އަދަދުތަކުގެ ތެރޭގައި އެތައް ހާސް އަންހެނުން، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު