ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް، އަދާލަތު ޕާޓީގެ ރައީސް އަދި އެމްޑީޕީގެ މިދިޔަ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ޝެއިޚް އިމްރާން ޢަބްދުﷲއަށް ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ. ޝެއިޚް އިމްރާންގެ ބައެއް ވާހަކަތަކާ ގުޅިގެން މެމްބަރު މުޙައްމަދު އިސްމާޢީލް، 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މެމްބަރު ވިދާޅުވީ، އިމްރާން ފަތުރަނީ އެއްވެސް އަސްލެއް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، މިފަދަ ނުބައި ޢަމަލުތައް އިސްލާމްދީނާ ދުރުކަމަށެވެ.
މެމްބަރު މުޙައްމަދު އިސްމާޢީލްގެ ޕޯސްޓްގައި ވަނީ ޝެއިޚް އިމްރާން "އެކަނިތޯ ދިވެހި ރައްޔިތަކަށް ވަނީ" މިހެން ވިދާޅުވެ، ސުވާލު އުފައްދަވާފައެވެ. އަދި ދިވެހިރާއްޖޭގެ މައި ދޮރޯށި މޯގޭޖް ކުރެވުނީ ކޮންތަނެއްގައި، ކޮންކަމެއްގައިތޯ ސުވާލުކުރައްވާ، މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ އިމްރާންގެ ހަށީއި ހިފާފައިވާ ނުބައި، ނުލަފާ، އިސްލާމްދީނާ ދުރު ޢަމަލެއް ކަމަށް ސިފަކުރައްވާފައިވެއެވެ.
އަދި، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ރައްޔިތުންގެ ކިތައް ހަރުމުދާ މޯގޭޖްކޮށް، ބޮޑެތި އިންޓަރެސްޓްގައި ލޯނުތައް ނެންގެވިތޯ އައް ސުވާލުކުރައްވައިފައެވެ. 'ނުވިތާކަށް ދިވެހިންގެ ހަރުމުދާ ވިއްކީ. ކޮބާ ދިވެހިންގެ މަސްކަނޑުން ވިއްކާލި ބައި؟' މެމްބަރު މުޙައްމަދު އިސްމާޢީލް ވަނީ ވަރަށް ސުވާލުކުރައްވާފައެވެ.
މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ޝެއިޚް އިމްރާންގެ މިފަދަ ދޮގުގެ ދަލުގައި ޖެހޭނެ އެއްވެސް ރައްޔިތަކު މިޤައުމުގައި ނެތް ކަމަށެވެ. އެއީ އިމްރާނަކީ ދޮގުވެރިޔެއްކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ވިދާޅުވެ، މެންބަރުގެ ޕޯސްޓް ނިންމަވާލައްވާފައިވެއެވެ.
ސެއިހް އިމްރާން އެކަނިތޯ ދިވެހިރައްޔިތަކައްވަނީ. ދިވެހިރާއްޖޭގެ މައިދޮރޮއޮށި މޯގޭޖް ކުރީ ކޮންތަނެއްގަ ކޮންކަމެއްގަތޯ ؟ ތިޔަކަހަލަ އަސްލެއް އަސާސެއްނެތް ދޮގުވާހަކަ ފެތުރުމަކީ އިމްރާނެގެ ހަށީގަހިފައިފަހުންނަ ނުބައިނުލަފާ އިސްލާމްދީނާ ދުރުހއލި އަމަލެއް ނިމިދިޔަ MDP ގެ ވެރިކަމުގަ… https://t.co/0iicn6TWEo
— Mohamed Ismail (@MPMohdIsmail) October 25, 2025
އިމްރާނު ކުރެއްވި ޕޯސްޓެއްގައި ވަރަށް ރުންކުރުކޮށް ވިދާޅުވެފައިވަނީ، "ދިވެހިންގެ އެއާޕޯޓަށް ރައީސް މުއިއްޒު ހިތުހުރިގޮތެއްހަދަން ދޫކޮށެއްނުލެވޭނެ!" ކަމަށެވެ.
އިމްރާނަކީ ސިޔާސީ ގޮތުން އެއިރަކު ދައްކަން ބޭނުންވާ ވާހަކައެއް އެއްވެސް ޙަޤީޤަތެއް ނުބަލައި، ދައްކަމުންދާ މީހެންކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ދެން އޮންނަ ސަރުކާރެއްގެ މަތީ މަޤާމެއް އަނެއްކާވެސް ހޯދުމުގެ ނިޔަތުގައި އެއްވެސް ހަމައެއް ލަމައެއް ނެތިިިކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެކަން އޭނާގެ ޕޯސްޓުތަކަށް މީހުން ކުރާ ކޮމެންޓްތަކަށް ބަލާލުމުން ހާމަވާނެއެވެ.



