12 ފެބުރުވަރީ 2026
ޓްރަމްޕް ވިދާޅުވީ އީރާނާއެކު މަޝްވަރާ ކުރައްވާނެކަމަށް، ފޮޓޯ: ރޮއިޓަރސް

ނަތަންޔާހޫގެ އެދުންތަކަށް ޓްރަމްޕް އިޖާބައެއް ނުދިން، ޓްރަމްޕް ވިދާޅުވީ އީރާނާއެކު މަޝްވަރާ ކުރައްވާނެކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި މާބޮޑު ނަތީޖާއެއް ނުނެރެވޭ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ މައްސަލައިގައި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އިސްކަންދެއްވާ ކަމަށެވެ. އެހެންނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވިޔަ ނުދިނުމަށްޓަކައި އޮމާންގައި އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އީރާނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޔަހޫދީ ނަތަންޔާހޫ ބާރުއަޅަމުން ދިޔަނަމަވެސް، ޓްރަމްޕްގެ މިހާރުގެ އަމާޒަކީ މަޝްވަރާގެ މޭޒުން ހައްލެއް ހޯދުމެވެ.

މީގެ އިތުރުން، ޓްރަމްޕާއި ނަތަންޔާހޫ ވަނީ ޣައްޒާގެ ހާލަތާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ. މި މައްސަލަތަކުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން ދަމަހައްޓައި، ކަންކަން ވިލަރެސްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު