12 ފެބުރުވަރީ 2026

ބޮލުގައި ރިއްސާތީ ނުކުޅަދާނަ؟ މިއޮތީ ރަނގަޅު ޙައްލެއް

ބޮލުގައި ރިހުމުގެ އެކި ސަބަބުތައް ހުރެއެވެ. ނަފްސާނީ ޙާލަތާއި، ބަލިތަކުގެ ސަބަބުންނެވެ. އަނެއްބައި ފަހަރު ސަބަބެއް ނޭނގި އެރިހޭ ގަދަ ރިހުމުން، މީހާ ހަފުސްކޮށްލާފަދަ ގަދަ ބޮލުގަ ރިހުމަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ އެކުވެރިޔާ ކަމުގައިވެސް ބައެއް މީހުންނަށް ވަނީ ވެފައެވެ.

މައިގްރޭން އަކީ ހަމައެކަނި ބޮލުގައި ރިއްސުމެއް ނޫނެވެ. މިއީ ނާރުތަކާ ގުޅުންހުރި، ތަކުރާރުކޮށް ކުރިމަތިވާ ސިއްހީ މައްސަލައެއް ކަމުން، މީގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. މައިގްރޭންގެ އާންމު ބާވަތްތަކުގެ ތެރޭގައި "ކްލެސިކް މައިގްރޭން" (ކުރިޔާ ލައި ޢަލާމާތް ފެނުމާއިއެކު)، "ކޮމަން މައިގްރޭން" (ކުރިޔާލައި ޢަލާމާތް ފެނުމަކާއި ނުލައި)، "ކްރޯނިކް މައިގްރޭން" (ދާއިމީ)، އަދި ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ނަފްސާނީ ބުރަބޮޑުވުމުގެ ސަބަބުން ދިމާވާ މައިގްރޭން ހިމެނެއެވެ. މައިގްރޭންގެ އާންމު އަލާމާތްތަކަކީ ބޮލުގައި ގަދައަށް ރިއްސުން، އަލިގަދަވުމާއި އަޑުގަދަވުމުން އުނދަގޫވުން، މޭނުބައިކުރުން، ކަރުގެ މަސްތައް ހަރުވުން (މަސްގުޅަކެއުން) އަދި މާބޮޑަށް ވަރުބަލިވުމެވެ.

އިސްލާމްދީނުގައި މިފަދަ ބަލިތަކަށް ވަރުގަދަ ޝިފާއެއް ދައްކަވާފައިވެއެވެ. ބޮލުގައި ރިއްސުމުގެ ޝަކުވާ ކުރެއްވި ބޭފުޅުންނަށް ހިޖާމާ ޖެހުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވެއެވެ.
وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ (سلسلة الأحاديث الصحيحة)  ”ބޮލުގައިރިއްސާތީ ޝަކުވާކުރާ ކޮންމެމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ: "ޙިޖާމާޖަހާށެވެ."
އެހެންކަމުން ހިޖާމާ އަކީ ސުންނަތުން ސާބިތުވާ، އިތުބާރު ހުރި ފަރުވާއެކެވެ. ހިޖާމާގެ ސަބަބުން ހަށިގަނޑުގައި ހުންނަ ނުސާފު ލޭ ބޭރުކޮށްދީ، ލޭދައުރުވުން ރަނގަޅުކޮށްދީ، ނާރުތަކަށް ބާރުބޮޑުވުން ކުޑަކޮށްދެއެވެ. އެހެންކަމުން މިއީ ސިއްޙިގޮތުންވެސް ބަލައިގަނެވިފައިވާ އިތުބާރު ހުރި ފަރުވާއެކެވެ. މިއީ ހަމައެކަނި ތަދު ފޮރުވާލާ ކަމެއް ނޫނެވެ. ނަމަވެސް ބަލީގެ އަސްލާ ހަމައަށް ފޯރާ ފަރުވާއެކެވެ.

"ސީން ހިޖާމާ އެންޑް ވެލްނެސް" އިން، މައިގްރޭން އަށް ޚާއްޞަ ފަރުވާގެ ޕްލޭނެއް ވަނީ ކަނޑައަޅާފައެވެ. ސީން ޙިޖާމާގައި މި ފަރުވާ ދެނީ ލައިސަންސް ލިބިފައިވާ ތަޖުރިބާކާރު ހިޖާމިސްޓުންނެވެ. އަދި މައިގްރޭންގެ އަސަރު އެންމެ ބޮޑަށް ކުރާ ޕޮއިންޓްތަކަށް އަދި މިކަމުގެ ފަރުވާއަށް އެންމެ ފައިދާ ކުރާ ޕޮއިންޓްތަކަށް އަމާޒުކޮށްގެންނެވެ. މައިގްރޭންގެ ސަބަބުން ދިރިއުޅުމުގެ އުފާވެރިކަން ގެއްލިފައިވާނަމަ، ސުންނަތުން ސާބިތުވާ މި ފަންނީ ފަރުވާ އިޚްތިޔާރު ކުރައްވާށެވެ.

މި ފަރުވާއަކީ ހަމައެކަނި ވަގުތީ ލުޔެއް ނޫނެވެ. ރަނގަޅު ގޮތުގައި ހިޖާމާ ޖެހުމަކީ މައިގްރޭންގެ އުނދަގޫތަކުން ދާއިމީ ސަލާމަތެއް ލިބުމުގެ ފުރުސަތު ބޮޑު ފަރުވާ އެކެވެ. އަވަހަށް "ސީން ހިޖާމާ އެންޑް ވެލްނެސް" އަށް ގުޅުއްވައިގެން ނުވަތަ ވަޓްސްއެޕް ނުވަތަ ވައިބަރ އިން މެސެޖު ކުރައްވައި އެޕޮއިންޓްމަންޓް ހައްދަވާށެވެ. ސީން ޙިޖާމާގެ މަގްސަދަކީ ތިޔަބޭފުޅުންގެ ދުޅަހެޔޮކަމެވެ.

 

ނޯޓް: ޙިޖާމާ ޖެހުމަކީ ޚާއްސަ މިންގަނޑެއްގެ ދަށުން ރެގިއުލޭޓްކޮށްފައިވާ ސިއްޙީ ދާއިރާއެކެވެ. ކަމުގެ ސަނަދާއި ލައިސެންސް ނެތި މިފަރުވާ ދިނުމާއި، ކަމަށް ޚާއްސަ، ރަޖިސްޓްރީކޮށްފައިވާ ކްލިނިކްތަކުން ނޫން ގޮތަކަށް މިފަރުވާ ފޯޜުކޮށްދިނުމަކީ މަނާ ކަމެކެވެ. ރަޖިސްޓްރީ ކޮށްފައިވާ ކްލިނިކްތަކާއި، ލައިސެންސް ލިބިފައިވާ ފަރާތްތައް ހެލްތް މިނިސްޓްރީގެ "ހެމްސް ޕޯޓަލް" މެދުވެރިކޮށް ބަލާލެވެއެވެ. ލިންކް: https://hems.health.gov.mv/

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު