ފަހަކަށް އައިސް ދިވެހިރާއްޖޭގައި ސުންނަތް ބޭސްވެރިކަމާއި، ގުދުރަތީ ގޮތުން ބަލިތަކަށް ފަރުވާ ހޯދުމަށް އޮންނަ ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ދާއިރާއިން ފާހަގަކޮށްލެވޭ އެއް ނަމަކީ، ސަލާމަތާއި، ސިއްޙަތު ރަމްޒުކުރާ 'ސީން ހިޖާމާ އެންޑް ވެލްނެސް' އެވެ. މިއީ އާ ކުލިނިކެއް ނަމަވެސް، މީގެ ފަހަތުގައި ތިބީ މި ދާއިރާގައި 2012 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ، ފަނަރަ އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަންނީ މާހިރުންނެވެ. ރާއްޖޭގައި ހިޖާމާ ޖެހުމުގެ ދިގު ތާރީޚެއް އެބަ އޮތެވެ. ނަމަވެސް، ރާއްޖޭގައި ހިޖާމާ ޖެހުން އާންމުވާން ފެށީ މި ޓީމުގައި ހިމެނޭ ބޭފުޅުން ހަރަކާތްތެރިވާން ފެށި ހިސާބުންނޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މީގެ ފަހަތުގައި ތިބި ޓީމުން ވަނީ ދިވެހީންނަށް ފުޅާ ދާއިރާއެއްގައި ޙިޖާމާ ތަޢާރަފްކޮށް، އެތައް ބަޔަކު ތަމްރީންކޮށް މި ދާއިރާއަށް ނެރުމުގެ މަސައްކަތް ކޮށްދީފައެވެ.
ސުންނަތް / ނަބަވީ ބޭސްވެރިކަމާއި ފަންނީ މިންގަނޑުތައް
ހިޖާމާ އަކީ ހަށިގަނޑުގެ ލޭގެ ދައުރުވުން ރަނގަޅުކޮށްދީ، މަސްތަކުގެ ވާންކަން ކުޑަކޮށްދީ ވަރުޖައްސުވާ، ހަށިގަނޑުގެ އެތެރޭގެ ހަމަޖެހުން (ބެލެންސް) ދެމެހެއްޓުމަށް އެހީތެރިވެދޭ ސުންނަތުގައި ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ފަރުވާއެކެވެ. ސީން ހިޖާމާގައި މި ފަރުވާ ދެނީ މެލޭޝިއާ ފަދަ ގައުމުތަކުން ތަމްރީނާއި ސެޓިފިކެޓް ހާސިލްކޮށްފައިވާ، މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީވެފައިވާ ޙިޖާމިސްޓުންނެވެ. ޙިޖާމާގެ އިތުރުން ދިވެހި ބޭހުގެ ސަނަދާއި ލައިސެންސް އަދި ރުޤްޔާގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުން ޓީމުގައި ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
އަންހެނުންގެ ސިއްހަތަށް ޚާއްސަ ސަމާލުކަމެއް
އަންހެނުންނަށް ދިމާވާ ސިއްހީ ގޮންޖެހުންތައް ކަމަށްވާ ހޯރމޯން އިމްބެލެންސް، ޕީ.ސީ.އޯ.އެސް (PCOS)، ދަރިމައިވުމުގެ މައްސަލަތަކާއި، މައްސަރު ކަންކަމުގައި ދިމާވާ އުނދަގޫތަކާއި، ތައިރޮއިޑް މައްސަލައިގެ އިތުރުން ތަދުތަކާއި ރިހުންތައް، ހަކުރު ބަލި، ޕްރެޝަރު މައްޗަށް ދިއުން ފަދަ ކަންކަމަށްވެސް ސީން ޙިޖާމާގައި ހާއްސަ ފަރުވާތަކެއް ދެވެއެވެ. މި ފަރުވާތައް އަންހެން ކަނބަލުންނަށް ދެނީ އަންހެން ހިޖާމިސްޓުން ކަމަށްވާތީ، އަންހެން ކަނބަލުންނަށް ފުރިހަމަ އިތުބާރާއި ރައްކާތެރިކަމާއެކު ޚިދުމަތް ހޯދުމުގެ ފުރުސަތު އޮވެއެވެ.
ފިރިހެނުންނާއި ދިރިއުޅުމުގެ އާދަކާދަތަކާ ގުޅޭ ފަރުވާ
ޒަމާނީ ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން ދިމާވާ ބުރަކަށްޓަށް އަރާ ތަދުތަކާއި ރިހުން، ހަކުރު ބަލި، ލޭ މައްޗަށް ދިއުމާއި، ފިރިހެނުންގެ ޖިންސީ ބަލިކަށިކަން ފަދަ ކަންކަމާއި ނާރުގެ މައްސަލަތަކަށް ފިރިހެނުންނަށް ހާއްސަ ފަރުވާތައް މި ކުލިނިކުން ފޯރުކޮށްދެއެވެ. ކޮންމެ މީހަކަށްވެސް ފަރުވާ ދެނީ އެމީހެއްގެ ޙާލަތަށް ބަލައި، ވަކިވަކި ސެޝަންތަކެއްގެ ގޮތުގައެވެ. މި ޚިދުމަތްތައް ދިނުމުގައި ފިރިހެން ހިޖާމިސްޓުން ހަރަކާތްތެރިވާނެއެވެ.

ކުޅިވަރު ކުޅުންތެރީންނަށް 'ސްޕޯޓްސް ހިޖާމާ'
ކުޅިވަރު ކުޅޭ ފަރާތްތަކަށް ދިމާވާ އަނިޔާތަކުން އަވަހަށް ސަލާމަތްވުމަށާއި، މަސްތަކުގެ ވަރުބަލިކަން ފިލުވައިލުމަށް 'ސްޕޯޓްސް ހިޖާމާ' އަކީ ވަރަށް މުހިންމު ފަރުވާއެކެވެ. މުބާރާތްތަކުގެ ދުވަސްވަރު ހަށިގަނޑުގެ ދުޅަހެޔޮކަން (ފިޓްނަސް) ހިފެހެއްޓުމަށާއި، އަނިޔާއިން ރައްކާތެރިވުމަށް ދުނިޔޭގެ މަޝްހޫރު ބައެއް ކުޅުންތެރީންނާއި ގިނަ ކުޅުންތެރިން މިހާރު މި ފަރުވާ އިޚްތިޔާރު ކުރެއެވެ.
ސީން ހިޖާމާ އެންޑް ވެލްނެސްގެ އެންމެ ބޮޑު މަގްސަދަކީ އިތުބާރާއި ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ފަރުވާއެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ސާފުތާހިރުކަމާއި ފަންނީ މިންގަނޑުތަކަށް އިސްކަންދީގެން ދެވޭ މި ފަރުވާތަކަކީ ދިގު މުއްދަތުގެ ދުޅަހެޔޮކަމަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ސީން ހިޖާމާއިން އެކި ބަލިތަކަށް ފަރުވާ ކުރުމަށް ތަފާތު ޕެކޭޖުތައް ތަޢާރަފުކުރުމާއި، ފުރިހަމަ ފަރުވާއަށް ވާސިލުވެވޭނެ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ޕްލޭންކޮށްފައިވެއެވެ. މިހާރުވެސް ސަޔާޓީކާ ފަދަ ބައެއް ބަލިތަކަށް ޚާއްސަ ފަރުވާގެ ޕްލޭންގެ ދަށުން އެ ކްލިނިކުން ފަރުވާ ލިބިގަނެ ލުއި ލިބެމުންދާ ފަރާތްތައް ތިބިކަން ފާހަގަކޮށްލެވެއެވެ. ސީން ޙިޖާމާގެ މިފަދަ ޕްލޭންތަކުގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ގެނެސްދޭނަމެވެ.
ސީން ހިޖާމާ ތަފާތުވާނެއެވެ. މިހާ ހިސާބަށް އެތަނުން ޚިދުމަތް ލިބިގަނެފައިވާ ފަރާތްތަކުން ޙިއްސާކޮށްފައިވާ ކޮމެންޓްތަކަށް ބަލާއިރު، ތަފާތު ފެންނަކަމުގެ އިޙްސާސްކުރެވެއެވެ. އަސްލު ފަރުވާއަށް ދޭ އިސްކަން ހާމަވެއެވެ.
މި ފުރުޞަތުގެ ބޭނުން ހިއްޕަވާށެވެ. އިތުބާރާއި ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ފަރުވާއެއް ހޯއްދެވުމަށް ސީން ހިޖާމާ އިޚްތިޔާރުކުރައްވާށެވެ. 7459792 އަށް ގުޅުއްވުމުން ނުވަތަ ވަޓްސްއެޕް / ވައިބަރ މެދުވެރިކޮށް އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް: ޙިޖާމާ ޖެހުމަކީ ޚާއްސަ މިންގަނޑެއްގެ ދަށުން ރެގިއުލޭޓްކޮށްފައިވާ ސިއްޙީ ދާއިރާއެކެވެ. ކަމުގެ ސަނަދާއި ލައިސެންސް ނެތި މިފަރުވާ ދިނުމާއި، ކަމަށް ޚާއްސަ، ރަޖިސްޓްރީކޮށްފައިވާ ކްލިނިކްތަކުން ނޫން ގޮތަކަށް މިފަރުވާ ފޯޜުކޮށްދިނުމަކީ މަނާ ކަމެކެވެ. ރަޖިސްޓްރީ ކޮށްފައިވާ ކްލިނިކްތަކާއި، ލައިސެންސް ލިބިފައިވާ ފަރާތްތައް ހެލްތް މިނިސްޓްރީގެ "ހެމްސް ޕޯޓަލް" މެދުވެރިކޮށް ބަލާލެވެއެވެ. ލިންކް: https://hems.health.gov.mv/



