ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. އާޒިމް މި ޓިކެޓް ކާމިޔާބު ކުރެއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމްއާ ވާދަކުރައްވައި، ވޯޓުލީ ފޮށިތަކުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.
ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި އާދަމް އާޒިމް ވަނީ ސައްހަ ވޯޓުގެ 60 އިންސައްތައަށް ވުރެ މަތީ އަދަދެއް ކާމިޔާބު ކުރައްވާފައެވެ.
އާދަމް އާޒިމް އެންމެ ފުރަތަމަ މާލޭގެ މޭޔަރުކަމަށް އިންތިހާބުވީ ޖެނުއަރީ 2024 ގައި ބޭއްވި ބައި-އިލެކްޝަންގައެވެ. އެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރާ ވާދަކޮށް އޭނާ ވަނީ 44.8 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. މޭޔަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އާޒިމް ހުންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.



