29 އެޕްރީލް 2025

ޑރ. އިރުތިޝާމް، މަލީހަށް ރައްދު ދެއްވައިފި

މިފަހަރަކީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ފަހަރުކަމަށާއި، ޖޭޕީގެ ލީޑަރ ދެއްވުމުން މިނިސްޓަރކަން އަދާކުރެއްވި މިނިސްޓަރ މަލީހަށް ޖޭޕީގެ ކެންޑިޑޭޓްގެ ވިނިންގ ފޯމިއުލާ އަދި އަރިހުގައި ތިއްބެ ވަރުގަދަ ޓީމް ފެނިވަޑައިގެންފި ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރ ޑރ. އިރުތިޝާމް، ކުރީގެ މިނިސްޓަރ މަލީހުއަށް ރައްދު ދެއްވައިފިއެވެ.

މި ގޮތަށް އެކަމަނާ ރައްދުދެއްވާފައިވަނީ، ކުރީގެ މިނިސްޓަރ މަލީހު، ޤާސިމާއި އެމަނިކުފާނުގެ ޓީމަށް ރައްދުކުރެއްވި ބަހުގެ ހަމަލައާ ގުޅިގެންނެވެ. މަލީހު ވިދާޅުވެފައިވަނީ، ޖޭޕީގެ ލީޑަރަށް, ބުއްދިވެރިވާނީ ތިޖޫރީގައި އިތުރު ތަޅެއް އަޅުއްވައި އިންތިޚާބު ނިމެންދެން ބެހެއްޓެވިއްޔާކަމަށާއި، ކަނާތާއި ވާތް ފަރާތުގައިވެސް ބިޔަ ޓައިގާރ ޝާކު (ފެމުނު) ހޭރިޔާ އެބަ ކަނޑާކަމަށާއި، ތިޖޫރީ ނުހުޅުވައިގެން އެވާހަކަ ދައްކަވާ، ޚަރަދު ނުކުރައްވާ ވޯޓް ހޯއްދަވާ ފަހަރަކަށް ހެއްދެވުމަށެވެ.

އެވާހަކަފުޅަށް ރައްދުދެއްވައި، ޑރ. އިރުތިޝާމް އިތުރަށް ވިދާޅުވެފައިވަނީ، އޮނަރަބަލް ޤާސިމް ކުރައްވާ ވަރުގަދަ ކެމްޕެއިންގެ ކާމިޔާބީ ދެކި، ރާއްޖޭގެ އެހެން ޕާޓީތައް ކަންބޮޑުވާކަމަށާއި، ވާދަވެރި ކެމްޕެއިނެއްގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގެ ވިސްނުންފުޅާއި ހިތްވަރާއި އެމަނިކުފާނު 2023 ގެ ރިޔާސީ އިންތިޚާބް ޙާޞިލުކުރައްވާނެ ކަމަށް ބޮޑު މަންޒަރު ރާއްޖެއަށް ފެނިއްޖެކަމަށާއި، ދެނ ހާސް ކަނޑާލާ ހަމަޖެހޭނެ ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީއެއްގެ ވެރިން ދެނެވަޑައިގެން ރާއްޖެ އިޤްތިޞާދީ ގޮތުން ވެއްޓިފައިވާ ވަޅުގަނޑުން ނަންގަވައިދެއްވާނީ ޤާސިމް އިބްރާހީމް ކަމަށެވެ.

https://twitter.com/IruthishamAdam/status/1669711929160654848?s=20

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު