"އިޝްކޯ" ޝައިނާގެ އަޑަށް އިޝްވާ ފަސްއެނބުރި ބަލައިލުމަށްފަހު ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބުމަ އަރުވައިލިއެވެ.
"އެހާ ދަން ނުވަންދެން އަންނައްޗޭ. އިޝީ އައިމަ އަހަރެންނަށް ނިދޭނީ" ޝައިނާގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު އިޝްވާ ލިފްޓަށް އަރައި ދޮރު ލައްޕައިލީ އަތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި ހުރަސްކޮށްލައި ހެދި ކުޑަ ކުޑަ ހިތެއް ޝައިނާއަށް ދައްކައިލަމުންނެވެ.
***************
އިޝްވާއާއި ޝައިނާދެއްކި ވާހަކަތަކާމެދު ފާޑަކަށް މޫޑު ކަޓައިފައިހުރެ ހަލުވި ފިޔަވަޅުތަކެއްގައި ގެއިން ނުކުންނަންދިޔަ ޝިމާން މައިިތިރިވީ މަގުމައްޗަށް ނުކުތްވަގުތު މީހެއްގެ ގައިގައި ޖެހުމުންނެވެ.
"ސޮރީ މޭންް" އެމީހާ ޝިމާންގާތުން މަޢާފަށް އެދެމުން އެއްފަރާތަކަށް ޖެހިލުމާއެކު ޝިމާންއަށް ތަންކޮޅެއް ރަނގަޅަށް އެއީ ކާކުތޯ ބަލައިލެވުނެވެ. އިސްކޮޅުން ގާތްގަނޑަކަށް އޭނާއާ ދާދި އެއްވަރުގެ އެމީހާގެ އިސްތަށިގަނޑުވަނީ ތުނިކޮށް ކޮށައި އެއްވަރުކޮށްލައިފައެވެ. ހަމުގެ ކުލަ ހުރީ އާދައިގެ ވަރަކަށް އަނދިރިކޮށެވެ. ލައިގެންހުރި ހުދުކުލައިގެ ލިނެން ގަމީހާއި ކަޅު ސޯޓުން ފެށިގެން ކޮނޑުމަތިން ހުރަހަށްވާގޮތަށް އަޅުވައިފައި އޮތް މުށިކުލައިގެ ލެދަރު ދަބަހާއީ އަތުކުރީގައި އޮތް ގަޑިއާ ހިސާބަށްވެސް ފެންނަމުންދިޔައީ ދުލުން ކިޔަން ނޭނގެހާ މޮޅެތި ބްރޭންޑުތަކެވެ. އޭނާއަށް ބަލައިލާފައިވެސް އެއީ ފައިސާގައި އުދުހޭ ޒުވާނެކޭ ހީވާކަހަލައެވެ.
ޝިމާންއަށް ހީކުރެވުނީ ރަނގަޅަކަށްކަން ޔަގީންވީ އެމީހަކު އޭނާއާ ދުރަށް ހިނގަމުންގޮސް އެތަނުގެ ކައިރީގައި ބާއްވައިފައިއޮތް ރަތްކުލައިގެ ލަމްބޯރގިނީގެ ކައިރިއަށް ހުއްޓިލުމުންނެވެ. އޭރު މަގުމަތިން ހިނގާފަޔާއި ދުއްވާ އެއްޗެހީގައި ދިޔަ އެތައްބަޔަކު އެ ކާރަށް ލޯ އަޅަމުން ދިޔައެވެ. ހުދު ޝިމާންވެސް ހިތާހިތުން އެ ކާރުގެ ފުރިހަމަކަމަށް ތައުރީފު ކޮށްލުމަށްފަހު މަގުގެ އަނެއްފަރާތަށް ހިނގައިގަތެވެ. އަދިވެސް އެއްފަހަރު އެ ކާރާ ދިމާލަށް ބަލައިލުމަށްޓަކައި މޫނު އަނބުރައިލިއިރު އިޝްވާގޮސް އޭނާއާ ކުރިން ދިމާވި ޒުވާނާގެ ގާތުގައި ހުއްޓިލަނީއެވެ. މިފަހަރު އެ ކާރަށްވުރެން ބޮޑަށް އޭނާއަށް ބެލެމުންދިޔައީ އިޝްވާގެ މޫނުމަތީގައިވި ރީތި ހިނިތުންވުމަށެވެ.
އިޝްވާ އެރުމުން އެ ޒުވާނަ އެ ކާރުގެ ދޮރު ތިރިކޮށްލައިދިންތަން ޝިމާން ދުއްޓެވެ. އެއާއެކު އޭނާ އަވަސް އަވަހަށް އިސްޖަހައިލިއެވެ. ދެޖީބަށް އަތް ޖަހައިލައިގެންހުރެ ކުރިއަށް ހިނގައިގަތްއިރު އޭނާއަށް އިޝްވާއާމެދު ކަންތައްކުރެވުނީ ރަނގަޅަށް ކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދޭން ފެށުނެވެ. އިޝްވާއަކީ ގަނޑުވަރެއްގައި އިން ރަސްދަރިކަނބަލެއް ފަދައިން ބޮޑުވި އަންހެންކުއްޖެކެވެ. އޭނާފަދަ އަތުގައި ލޯލާރިއެއްވެސް ނެތް މީހަކަށް އިޝްވާފަދަ ކުއްޖަކަށް ހޯދައިދެވޭނީ ކޮން ދިރިއުޅުމެއް ހެއްޔެވެ. އިޝްވާގެ އާއިލާގެ ރުހުމެއްވެސް އޭނާއަކަށް ނުލިބޭނެއެވެ. ފާއިތުވެދިޔަ ތަނުގައިވެސް އެ އާއިލާއިން ކަންތައްތައް ކޮށްފައިވާގޮތް އޭނާއަށް ވަރަށް ރަނގަޅަށް ފެނިފައިވެއެވެ. އިޝްވާ ގޮވައިގެން ކާރުގައި އެ ދިޔަ ޒުވާނާއަކީ އިޝްވާގެ މައިންބަފައިންގެ ރުހުން ލިބޭނެހާ ތަނަވަސް ޒުވާނެކެވެ. ވީއިރު އިޝްވާއާއެކު އުޅެ އިޝްވާއާއި އޭނާގެ ހަޔާތުން ދުވަސްތަކެއް ބޭކާރުކޮށްލުމުގެ ބޭނުމެއްނެތެވެ. ދުނިޔޭގައި ހުރިހާވެސް މޮޅެއް ލިބޭނީ މުއްސަނދިންނަށެވެ. ލޯބިވެސް ހާސިލް ކުރެވޭނީ ހަމަ އެމީހުނަށެވެ.
މިފަދަ ވިސްނުން ތަކެއްގައިހުރެ ޖިމާ ހިސާބަށް ދެވުނުއިރު ޝިމާންގެ މޫނުމަތިން މާޔޫސްކަމާއި ނާއުއްމީދުގެ އަސަރުތައް ފެންނަން ހުއްޓެވެ. އެހެނަސް އެރޭގެ ހުރިހާ ސެޝަންތަކެއް ނިންމައިލުމަށްފަހު ހުދު އޭނާވެސް ކޮންމެވެސް ވަރަކަށް ކަސްރަތު ކޮށްލައިގެން ޖިމުން ނުކުތްއިރު ޝިމާން ހުރީ ހިސާބަކަށް ހަމަޖެހިފައެވެ. ގެއަށް ދިޔުމާއެކު އޭނާއާ އެންމެ ފުރަތަމަވެސް ބައްދަލުކުރީ ޝައިނާގެ ކަންބޮޑުވެފައިވާ މޫނެވެ.
"އަދިވެސް އިޝީ ނާންނަނީތަ؟" ޝައިނާގެ މޫނުމަތީގައިވި ކަންބޮޑުވުމުގެ އަސްލު އެނގޭ ހާލު ޝިމާން ސުވާލުކުރިއެވެ.
"އާނ. މިހާރު ބާރަ ޖެހީ. ވަރަށް ކަންބޮޑުވެފަ މި ހުންނަނީ ރާހިލް އިޝްކޮ ހޯދަން އުޅެފާނެތީވެސް. އިޝްކޮވެސް ކީއްވެތަ މިކަހަލަ ކަންކަން ސިއްރުކުރަން ބުނަނީ؟" ޝައިނާ ހާސްވެފައިހުރެ އެއްފައްޗަކަށް އަމުނައިލިއެވެ.
"އަހަރެން އޭނަ ދުށިން" ކޮނޑުގައި އޮތް ދަބަސްނަގައި އަތުން ހިފަހައްޓައިލައިގެންހުރެ ބަދިގެއާ ދިމާލަށްދަމުން ޝިމާން ބުންޏެވެ.
"ވަރަށް މުއްސަނދި މީހެއްހެން ހީވަނީ. ޑީސަންޓް ފާޑު ޖަހާ. ވަރަށް ސަޅި ކާރެއްގަ އެމީހުން ދިޔައީ" ޝިމާން އައިސްއަލަމާރީގެ ދޮރު ހުޅުވައިލުމަށްފަހު އޭނާގެ ދަބަހުން ނެގި ޗޮކްލެޓް ޝައިނާއަށް ފާހަގަ ނުވާނެހެން އައިސްއަލަމާރީގެ ތެރެއަށް ކޮށްޕައިލިއެވެ. އެއީ އެގެއިން އޭނާއަށް އިޝްވާއާ ދިމާވި ފުރަތަމަރޭ އިޝްވާ ހިފަހައްޓައިލައިގެންހުރި ވައްތަރުގެ ޗޮކްލެޓެވެ. އިޝްވާ ކޮންމެ ރެއަކު ދަންވަރު ޗޮކްލެޓް ކާން ނުކުންނަކަން އެނގިހުރެ އޭނާ ކޮންމެހެންވެސް އެ ގަޑީގެ ކުރިން އައިސްއަލަމާރީގައި އެ ޗޮކްލެޓް ބޭއްވޭތޯ ބަލައެވެ.
"ރަނގަޅެއްނު. އައިމް ހެޕީ ފޯރ އިޝީއޭ. އެކަމަކު މިހާރު މާ ލަސްވެއްޖެ ދޯ ފުރަތަމަ ޑޭޓްއާ ބަލާފަވެސް" ޝައިނާ ބުންޏެވެ.
ޝިމާން ވަކި އެއްޗެކޭ ނުބުނެ ކޮޓަރިއަށްދާން ހިނގައިގަތެވެ. އޭނާ ވަކި ބުނާނީވެސް ކީކޭ ހެއްޔެވެ؟ އެހެނަސް ޝިމާން ދިޔުމާއެކު ސޯފާގައި އިން ޝައިނާގެ ބޮލުގައި އެއްޗަކުން ކޮށްޓައިލެވުނު ފަދައެވެ. ސިކުނޑިއަަށް ވެރިވި ހިޔާލާއެކު އޭނާ އަވަސް އަވަހަށްގޮސް އައިސްއަލަމާރީގެ ދޮރު ހުޅުވައިލިއެވެ. މީގެ އިރުކޮޅެއްކުރިން އެތަނުގައި ނެތް ޗޮކްލެޓެއް އޭގެ ތެރޭގައި ބާއްވައިފައިވާތަން ފެނުމާއެކު އޭނާ އެ ހިފައިގެން ދުންޖަހާފައި ގޮސް ޝިމާންގެ ކޮޓަރީގެ ދޮރުގައި ޓަކިޖެހިއެވެ. އޭނާއަށް ނޭނގުނީ އެވަގުތުވީ ބޭރުދޮރު ހުޅުވައިލައިފައި އިޝްވާވެސް ގެއަށްވަތް ވަގުތު ކަމުގައެވެ.
"ވަންނަންތަ؟" ޝިމާން ކުޑަކޮށް ދޮރު ހުޅުވައިލުމާއެކު ޝައިނާ އެހިއެވެ. ޝިމާން ބޯ ޖަހައިލުމަށްފަހު ޝައިނާ ވަނުމަށްޓަކައި ކޮޓަރީގެ ދޮރު އެކީ ހުޅުވައިލުމަށްފަހުގޮސް އެނދުގައި އިށީނެވެ. ޝައިނާވެސް ދޮރު ކައިރި ކޮށްލައިފައިގޮސް އިށީނީ ޝިމާންގާތު އެނދުގައެވެ.
"ޝިމާން.. މިއީ ކޮންކަމެއް؟" ޝައިނާ އަތުގައި އޮތް ޗޮކްލެޓް ދައްކައިލަމުން އެއްސެވެ.
"ކިހިނެއްވީ؟" ޝިމާން ނޭނގޭކަމަށް ހެދުނެވެ.
"ނޭނގޭކަމަށް ހެދޭނެ ކަމެއްނެތް! އަހަރެން ހީކުރީ މިއީ ރާހިލްގެ ކަމެއް ކަމަށް. އިޝީ އެހީމަވެސް އަހަރެން ބުނެފިން ރާހިލްގެ ކަމެކޭ މިއީ. ޝިމާން ކީއްކުރަން ކުރާ ކަމެއް މިއީ؟ މިކަހަލަ ކުޑަކުޑަ އިޝާރާތަކުންވެސަ އިޝީއަށް ބޭކާރު އުއްމީދެއް ދެވިދާނެ. އެއީތަ ޝިމާން ބޭނުންވާ ގޮތަކީ؟ އިޝީ މިހާރު އެ އުޅެނީ މޫވްއޮން ކުރަން. ޝިމާން އަހަރެން ބުނާބަސް ކުޑަކޮށްވެސް އަހަންޏާ އަދި އަހަރެންނަށް ކުޑަކޮށްވެސް ރެސްޕެކްޓެއް ކުރަންޏާ އިޝީއާ ދުރުގަ ހުރޭ."
ޝައިނާގެ އަޑުން ނުރުހުމުގެ އަސަރު ފާޅުވާންހުރިއެވެ. ހަރުގަނޑުގައި ފައިވާން ބެހެއްޓުމަށްފަހު ލަސްފިޔަވަޅުތަކެއްގައި ކޮޓަރިއާ ދިމާލަށްދިޔަ އިޝްވާއަށްވެސް ޝައިނާގެ ނުރުހުންވެފައި ހުރި އަޑު އިވި އެ ދައްކާ ވާހަކަ ސާފުކޮށް އަހައިލުމަށްޓަކައި ޝިމާންގެ ކޮޓަރީގެ ދޮރު ކައިރިއަށް ޖެހިލިއެވެ. ކުޑަކޮށް ހުޅުވައިލެވިފައިހުރި ދޮރުގެ ސަބަބުން އޭނާއަށް ޝައިނާ ދެން ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ.
"ޝިމާންވެސް ތި އުޅެނީ ނީމްއާ ރައްޓެހިވެގެން. ދެން ޝިމާން ކީއްކުރަން އިޝީގެ ކަންތަކާ އުޅެންވީ؟ ނީމްއަށް އެނގިއްޖެއްޔާ ކިހާ ދެރަވާނެ. ނީމްއާ މާ ދުރުން ތި އުޅެނީ ކީއްވެތަ؟" ޝައިނާ ބުންޏެވެ.
"ނީމް.. ނީމް ބޭނުންވަނީ މެރީކުރަން" ޝިމާން ދެއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން ބުންޏެވެ. އެހިނދު އެވާހަކަތައް އަޑުއަހަން ބޭރުގައި މަޑުކޮށްލައިގެންހުރި އިޝްވާގެ ހިތް ހީވީ ހިނދުކޮޅަކަށް ހުއްޓުނުހެނެވެ. ޝައިނާ ދޭނެ ރައްދަކަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވެމުންދިޔައެވެ.
"ދެން ކޮބާތަ މައްސަލައަކީ؟ ޝިމާންއަށްވެސް މިހާރު ރަނގަޅު އެެއްޗެއް ލިބެއެއްނު. ނީމްވެސް ކިޔަވާ ނިމި އެ އުޅެނީ ވަޒީފާގަ. ކީއްވެ ލަސްކުރަންވީ؟ ނީމްއަކީ ރަނގަޅު ކުއްޖެއްނު؟"
ޝައިނާގެ ވާހަކަތަކުން އިޝްވާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އިތުރަށް އެތަނުގައި އެ ދެކެވޭ ވާހަކަ އަޑުއަހަން މަޑުކުރާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށްވަދެ ދޮރުލެއްޕިއިރު އެ މޫނުމަތިން ފާޅުވާންހުރީ ރުޅިއާއި ނުރުހުމުގެ އަސަރުތަކެވެ. ޝައިނާއާމެދު އިޝްވާގެ ހިތް ގޯސްވާންފެށިއެވެ. އޭނާއާ ކުރިން އޮތް ގުޅުން އިޔާދަކުރުމަށް ޝިމާން ބޭނުންވި ކަމުގައިވިޔަސް ޝައިނާ އެކަން އެބަ ހުއްޓުވައެވެ. އޭނާ ހީކުރީ ޝައިނާ ހަގީގަތުގައިވެސް އަމިއްލަ ކޮއްކޮއެއްފަދައިން އޭނާދެކެ ލޯބިވާ ކަމަށެވެ. ނަމަވެސް މި ހުރިހާދުވަހު އޭނާއާ ޝިމާންގެ ދެމެދުގައި އެންމެ ބޮޑު ހުރަހަކަށް ވެފައި މިއޮތީ ޝައިނާތާއެވެ. އޭނާއަށްވުރެން ނީމްވެސް ޝައިނާއަށް މާ ކަމުގޮސްފިއެވެ. މިއީ ކިހާ ބޮޑު ދޯކާއެއްހެއްޔެވެ؟
އިޝްވާގެ ހިތުގައި ޝައިނާއާމެދު ނަފްރަތުގެ ހުޅުކޮޅެއް ރޯކޮށްލެވުނެވެ. އެ އައި ރުޅީގައި އާދައިގެމަތިން އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލާން ފަށައިފިއެވެ. އޭނާގެ ފޯނަށް އަނަމްގެ މެސެޖެއް އައީ ހަމަ އެވަގުތުގައެވެ.
"ތޭންކްޔޫ ފޯރ ޓުނައިޓް. ކާންޓް ވެއިޓް ޓު ސީ ޔޫ އަގައިން. ގުޑްނައިޓް" މެސެޖު ހުޅުވައިލުމާއެކު އިޝްވާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބި މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"ތެންކްޔޫ. މީ ޓޫ" އިޝްވާ ކުރު ޖަވާބަކުން ފުއްދައިލިއެވެ. އަނަމްއާ އެވަގުތު ދައްކާނެ މާގިނަ ވާހަކަތަކެއް އޭނާގެ ސިކުނޑިއަކަށްނައެވެ. އެއަށްވުރެން ބޮޑަށް އޭނާއަށް ދިޔައީ ޝިމާންއާމެދު ވިސްނެމުންނެވެ.
އާނއެކެވެ. އަނަމްއާއެކު އޭނާ ހޭދަކުރި ވަގުތުތަކަކީ އުފާވެރި ވަގުތުތަކެކެވެ. މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓަކުން ރޭގަނޑުގެ ކެއުން ނިންމައިލުމަށްފަހު ކާރުގައި މާލެއާ ހުޅުމާލޭގެ އެކި ހިސާބުތަކުގައި ދުއްވަމުންދިޔައިރު އަނަމް ދިޔައީ އަނަމްގެ އެކުވެރިންނާ ގުޅޭ މަޖާ ގިނަ ވާހަކަތައް އިޝްވާއަށް ކިޔައިދެމުންނެވެ. ހުޅުމާލޭގެ އަނދިރި މަގަކަށް ކާރު ހުއްޓައިލުމަށްފަހު އެދެމެދުގައި ހިނގައިދިޔަ ކުޑަ އިޝްޤީ ވަގުތު ކޮޅުގައި އަނަމްގެ ދުލުން އޮހެމުންދިޔަ ކޮންމެ ތައުރީފަކަށް އިޝްވާގެ ހިތް ނަށަމުންދިޔައެވެ. އަލަށް ބައްދަލުވި ރޭ އެފަދަ ކަމަކަށް ފުރުސަތުދޭން އޭނާ ފުރަތަމަ ފަސްޖެހުނެވެ. އެހެނަސް އިޝްވާގެ ރީތިކަންފެނި އަނަމްއަށް ދުރުގައި ނުހުރެވުނީކަމަށް ބުނުމުން ފަހުން އެކަމާ އެއްބަސްވީއެވެ. ފަހަރުގައި އެއީ ޒަމާންތަކަކަށްފަހު އުއްމީދުވެސް ނުކޮށް ހުއްޓައި ފިރިހެނެއްގެ ދުލުން އޭނާއަށް އެފަދަ ގޮތަކަށް ތައުރީފުކުރުމުން ލިބުނު އުފާވެރިކަމަށްވުން ގާތެވެ. އެހެންނަމަވެސް އެކަމުގައި މައްސަލައެއްނެތެވެ. އެނގޭހާވެސް އެއްޗަކީ އޭނާ ހުރީ އުފަލުންކަމެވެ.
އިޝްވާއަށް މަޑުމަޑުން އަތް ހިއްލައިލައި އޭނާގެ ތުންފަތުގައި އިނގިލިތަކުގެ ކުރިން ބީއްސައިލެވުނެވެ. އަދި ދެލޯ މަރައިލުމަށްފަހު ތުންފަތުގައި ޖައްސައިލި އިނގިލިތައް ލަސްލަހުން ދުރުކޮށްލައި ކަރުން ފެށިގެން ތިރިއަށް ބީއްސައިލިއެވެ. އެ އިނގިލިތައް ކޮނޑާހިސާބަށް ގެންގޮސް ހުއްޓައިލީ އަނަމްގެ ތުންފަތުގެ ބީހުންތައް ފާހަގަކުރަން އުޅުނު ފަދައިންނެވެ. އެހެނަސް މަރައިލެވިފައިވާ ދެލޮލުގެ ތެރެއިން އޭނާއަކަށް އަނަމްގެ ސޫރައެއް ނުފެނުނެވެ. ލޯމައްޗަށް ސިފަވެގެން ދިޔައީ ޝިމާންގެ ސޫރައެވެ. އެއާއެކު ބިރެއް ފެނުނު ފަދައިން އިޝްވާ ދެލޯ ހުޅުވައިލަމުން އަތްތިރިކޮށްލިއެވެ. ކިތަންމެ ވަރަކަށް އަނަމްއާމެދު ވިސްނަން އުޅުނަސް އޭނާއަށް އަދިވެސް ވިސްނެމުންދިޔައީ ޝިމާންއާމެދުގައެވެ. ޝިމާންއާއެކު ހޭދަކުރެވުނު ލޯބީގެ ދުވަސްތަކާމެދުގައެވެ. އިޝްވާގެ ހިތަށް އެކަމުން މާޔޫސްކަން ލިބިގެންދިޔައެވެ.
*****************
ފަތިސްނަމާދުގެ ބަންގި ވަގުތާ ގާތްވެފައި ވަނިކޮށް ފޯނުން އިވެންފެށި އެލަރމްގެ އަޑަށް ކަންނެތްކަމާއެކު ވިޔަސް ރާހިލް ތެދުވިއެވެ. ދަތްއުނގުޅައި ވުޟޫކޮށްލައިގެން ނަމާދަށް ދިޔުމަށް ތައްޔާރުވެލިއެވެ. އަލަމާރިން އެންމެ އަވަހަށް އަތުޖެހުނު ޓީޝާޓު ބޮލަށް މަހައިލަމުން ތިރިއަށް ފޭބިއިރު ސޯފާގައި އޮތް ޝައިނާފެނި ބޭއިޚްތިޔާރުގައި އެދިމާލަށް ހިނގައިގަނެވުނެވެ. ނިދީގެ ހަމަހިމޭންކަމުގައި ޝައިނާގެ މޫނުމަތިން ފެންނަމުންދިޔަ އުޖާލާކަމަށް ގެއްލިފައިހުރެ ރާހިލް ސޯފާ ކައިރީގައި ކުޑަކަކޫ ޖަހައިލަމުން އިށީނެވެ. އަދި ލަސްލަހުން ލޯތްބާއެކު ޝައިނާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
"މިހާރުވެސް ދުރުގަ ހުންނަން އެހާ އުނދަގޫއިރު.. ވައި ޑޫ ޔޫ ހޭވް ޓު ބީ ސޯ ބިއުޓިފުލް.." ލުއިލުއި އަޑަކުން ރާހިލްއަށް ބުނެވުނެވެ. ފޫހިކަމެއްނެތި އިރުއަރަންދެން ޝައިނާގެ މޫނަށް ބަލަން އިނުމަށް އޭނާގެ ހިތް އެދެމުންދިޔައެވެ. ނަމަވެސް ރާހިލް އެ ހިތުގެ މައްޗަށް ބާރުފޯރުވިއެވެ. ދެފަހަރަކު ޝައިނާއަށް ގޮވައިލަމުން ޝައިނާގެ ކޮނޑުގައި ކޮށްޓައިލިއެވެ. ޝައިނާ މަޑުމަޑުން އެސްފިޔަތައް ތަޅުވައިލައި ލޯ ހުޅުވައިލިއިރު އެންމެ ފުރަތަމަވެސް އޭނާއަށް ފެނުނި ރާހިލްގެ ހިނިތުންވެފައިވާ މޫނެވެ.
"ޔޫ ޑޫ ހޭވް އަ ހެބިޓް އޮފް ސްލީޕިންގް އޮން ސޯފާޒް. ސޯފާ ކޮޓަރިއަށް ވައްދަދޭންވީތަ؟" ރާހިލްގެ ސުވާލާއެކު ޝައިނާއަށް މި އޮވެވުނީ ކޮންތާކުކަން ރޭކައިލިއެވެ. ދެލޯ ބޮޑުކޮށްލުމާއެކު ތެދުވެ ސޯފާގައި އިށީންނަމުން ވަށައިގެން ހޯދައިލިއެވެ.
"އިޝް.. އިޝްކޮ ކޮބާ؟" ޝައިނާ އަހައިލިއެވެ. އިޝްވާ އަންނާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައި އިންދާ އޭނާއަށް ނިދުނީއެވެ. އިޝްވާ ގެއަށް އައި ކަމެއް އޭނާއަކަށް އެނގިފައެއް ނެތެވެ.
"ނިދާފައެއްނު އޮންނާނީ. ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟" ޝަައިނާގެ މޫނުމަތީގައިވި ހާސްކަންފެނި ރާހިލްގެ ބުމަ ގޮށްޖެހުނެވެ. ޝައިނާ އަވަސްއަވަހަށް ބޯ ހޫރައިލަމުން ރާހިލްއަށް ބަލައިލިއެވެ.
"ރާހިލް؟؟ ކޮންތާކަށް މިގަޑީގަ؟" ޝައިނާއަށް އަހައިލެވުނެވެ.
"ނަމާދަށް މި ދަނީ.. ދެން ދޭ އެނދުގަ އޮށޯވެލަން. ހެނދުނު އޮފީހަށްވެސް ދާން ޖެހޭނެއްނު" ރާހިލް ކޮޅަށް ތެދުވެ ހަމަ އިސްކޮޅަށް ދެމިލަމުން ބުންޏެވެ. އޭރު ކައިރި މިސްކިތަކުން ގޮވާމުންދިޔަ ބަންގީގެ އަޑު ފަނޑުފަނޑުކޮށް އިވެމުންދިޔައެވެ.
"ދެން ނިދައިފިއްޔާ ނުހޭލެވިދާނެ." ޝައިނާ އާފުރެމުން ބުންޏެވެ.
"އަހަރެން ގޮވާނަމޭ. ދޭ. ޔާނާމެންވެސް އެކަންޏެއްނު. މިހާރު ނޭނގެ ތަންމަތި ފޯކޮށްނުލާނެ ކަމެއްވެސް" ރާހިލް ސަމާސާ ރާގެއްގައި ބުންޏެވެ.
"ޕިސް. އެކުދިން ވަރަށް ބަސްއަހާނޭ" ޝައިނާވެސް ރާހިލްގެ ސަމާސާއާ ބައިވެރިވެ ހިނިތުންވެލިއެވެ. އެހެނަސް ރާހިލް އެންމެ ރަނގަޅޭ ކިޔައި ގެއިން ނުކުތުމާއެކު ޝައިނާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔައެވެ. ދުވެފައި ގޮސް އިޝްވާގެ ކޮޓަރީގެ ތަޅުގައި ހިފައިލިއިރު އެ ދޮރު ތަޅުލައިފައި ހުރުމުން އިޝްވާ ގެއަށް އަތުވެއްޖެކަން ޔަގީން ކުރުމަށްޓަކައި ދެން ދުއްވައިގަތީ ފައިވާން ހަރުގަނޑާ ދިމާލަށެވެ. އެތަނުގައި އިޝްވާ އެރޭ އަރައިގެންދިޔަ ފައިވާން ހުރިތަން ފެނުމާއެކު އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
****************
ޖެހިގެން އައި ދުވަހެވެ. އެހެން ދުވަސްދުވަހާ ހިލާފަށް އޮފީހުން އައި ޝައިނާ ފެނުމާއެކު އިޝްވާގެ މޫނަށް ވެރިވީ ބަނަކަމެވެ. ފާޑަކަށް ތުން އަނބުރައިލަމުން އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލިއެވެ. އެކަމުގެ ހިލަމެއް ނުވާހާލު ޝައިނާ އައިސް އިޝްވާގާތު އިށީނދެލަމުން ގާތް ގޮތަކަށް އިޝްވާއާ ވާހަކަދައްކަން ފެށިއެވެ.
"ކޮބާ ޔާނާމެން. ސްކޫލުން އައިސްފިތަ؟" ރާހިލްގެ ޗުއްޓީ ހަފްތާކަމުން އެކުދިން ސްކޫލުން ގެންނަނީ ރާހިލް ކަމަށްވާތީ ޝައިނާ ސުވާލުކޮށްލިއެވެ.
"ހްމްމް. ދޮންބެގާތު" އިޝްވާގެ ޖަވާބުގައި ރުންކުރު ގޮތެއް ހުއްޓެވެ. އެކަން ޝައިނާއަކަށް ފާހަގައެއް ނުކުރެވުނެވެ.
"ދެން ކިޔާދީބަލަ. ހައު ވޯޒް ދަ ޑޭޓް؟ އަނަމް ކިހިނެއް؟" ޝައިނާ ސިއްރު ސިއްރުން އަހައިލިއެވެ. އެ ސުވާލު އިޝްވާއަށް އިވުނުހެނެއް ހިއެއްނުވެއެވެ.
"އިޝީ" ޝައިނާ އިޝްވާގެ އަތުގައި ކޮށްޓައިލުމާއެކު އިޝްވާ ހޫމްސެއް ލައްވައިލަމުން ޝައިނާއަށް ބަލައިލިއެވެ.
"ޑޭޓް ސަޅިތަ؟ އަނަމް ސަޅިތަ؟" ޝައިނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.
"ދެން އަދި އެންމެ ޑޭޓަކަށްނު މި ދެވުނީ. އަދި ނޭނގެ. އެކަމު ސިސްއަށް ސަޅިވާނެއެއްނު" އިޝްވާ ފަރުވާކުޑަ ރާގެއްގައި ބުންޏެވެ.
"ތިބުނީ؟" ޝައިނާ އަހައިލިއެވެ.
"މިބުނީ. އިޝީ ކޮންމެ މީހަކާއެކުވިޔަސް މޫވްއޮން ކުރިއްޔާ ސިސް ހުންނާނީ ނިކަން އުފަލަކުން ނޫންހޭ" އިޝްވާ ރާގެއްލައިފައި ބުނި ޖުމްލައިގައި ސިއްރުވެފައިވާ މާނައެއް ޝައިނާއަކަށް ނޭނގުނެވެ.
"ޔެސް!! ތިބުނީ ތެދެއް!! އިޝްކޮ މޫވްއޮން ކޮށްގެން ހެޕީ ލައިފްއެއް އުޅެން ފެށީމަ އަހަރެން ހަމަ ހަގީގަތުގައިވެސް ވަރަށް އުފާވާނެ" އިޝްވާގެ ގައިގައި ބައްދައިލަމުން ޝައިނާ ބުންޏެވެ. އޭނާގެ ބަސްތަކުގައި ވަނީ އިޝްވާއަށް ހެޔޮދުޢާއާއި ހެޔޮ އެދުން ނަމަވެސް އިޝްވާއަކަށް އެ ބަސްތައް ކަމަކުނުދިޔައެވެ.
"އޯކޭ ދެން. އެއްޗެހި ބަދަލުކޮށްލަން މި ދަނީ. އިޝްކޮ ދޭބަ އަހަރެން ނިމެންވާއިރަށް މައްޗަށްގޮސް ޔާނާއާއި ރާއީއާ ގޮވައިގެން އަންނަން" ޝައިނާ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. ނަމަވެސް އިޝްވާ އެކަމަށް އިންކާރު ކުރިއެވެ.
"ނަބޫއާ އެއްކޮށް ތަނަކަށް ދާންވެފަ އެބައޮތް. ރެޑީވާން ދާން އުޅެނިކޮށް ތި އައީވެސް. ސިސް ނިންމާލާފަ ދޭބަލަ އެކުދިން ބަލާ" ޝައިނާގެ ބަހަކަށް އިންތިޒާރު ކުރުމެއްނެތި އިޝްވާގޮސް ކޮޓަރިއަށްވަނެވެ. ވީގޮތް ނޭނގިފައިހުރެ ދެކޮނޑު އަރުވައިލަމުން ޝައިނާގޮސް ކޮޓަރިއަށް ވަތްއިރު އިޝްވާގެ މިޒާޖަށް ކުއްލި ބަދަލެއް އަތުވެއްޖެކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން ބުނަމުންދިޔައެވެ. ނަމަވެސް އިޝްވާ އެގޮތަށް ކަންތައް އެކުރީ ހަގީގަތުގައިވެސް ތަނަކަށްދާން ލަސްވެފައި ހުރުމުންކަމަށް ހިތަށް އަރުވަމުން ސިކުނޑީގައިވާ އެ އަޑުތައް ހިމޭން ކުރުވިއެވެ.
*****************
"ހަމަ ތެދެއް ނަބޫ. އަހަރެންނަށް އިވުނޭ އޭނަ މާނުއާ ދެއްކި ވާހަކަ. ގޯހީ މާނުއެއް ނޫން. މާ ރަނގަޅުމީހަކަށް ވެގެން އުޅެފަ އަޑިއަޑިން މި ނުބައި ހަދަނީ ހަމަ އޭނަ. އޭނަ އެ އުޅެނީ ދޮންބެ އޭނައަށް ކުރި ކަންތަކުގެ ބަދަލުގަ ދޮންބެ ސަފަރ ކުރި ވަރުން ނުފުދިގެން އަހަރެންނަށްވެސް އޭގެ ބަދަލު ހިފަންވެގެން"
އިޝްވާ ނިކަން ނުރުހުންވެފައިހުރެ އޭނާއަށް ރޭގައި އިވުނު ވާހަކަތައް ނަބްހާއަށް ކިޔައިދިންއިރު އެ ދެ އެކުވެރިން ތިބީ ރާޅުގަނޑު ސަރަހައްދުގައިވާ ޕްލެޓްފޯމެއްގެ މަތީގައި އިށީނދެލައިގެނެވެ.
"އިޝީ ދައްކާ ވާހަކަ. ޝައިނާއަކީ ތި ބުނާވަރު ގޯސް މީހެއްހެން އަހަރެންނަކަށް ހިއެއްނުވޭ. އެ ދައްކާ ވާހަކައެއް އެ ދައްކަނީ އިޝީއަށް ރަނގަޅަކަށްހެން ހީވަނީ. އެހެންނޫނަސް އިޝީ ބުނީމެއްނު ޝިމާން އިޝީއާ ރައްޓެހިވީ ބެޓަކަށޭ. އޭރުވެސް ޝައިނާއަކަށް ތި ރިލޭޝަންޝިޕެއް ނޭނގެއެއްނު. މިހާރުވެސް ޝައިނާ ކިތަންމެ ނުގަބޫލަސް ޝިމާން ބޭނުމިއްްޔާ އިޝީއާ އެއްކޮށް އުޅޭނެ. ތިއީ ހަމަ ބަހަނާ. އަހަރެންނަށް ހަމަ ގޯހީ ތި ޝިމާން" އަތުގައިހުރި ޖޫގޯއިން ކޯވަރެއް ދަމައިލަމުން ނަބްހާ ބުންޏެވެ.
"ކުރިން ސިސް ރަނގަޅޭ. ތެދަށް ބުނަންޏާ ދޮންބެ އެލީއާ މެރީކުރި ދުވަހުން ފެށިގެންވެސް އަހަރެންނަށް ފާހަގަވާންފެށި މާނުއަށް އެ އައި ބަދަލުތައް. މިހާރު އަހަރެންނަށް ވިސްނޭ.. އޭރުވެސް މިހާރުވެސް ސިސް އުޅެނީ ހަމަ ބަދަލު ހިފަންވެގެން. އަހަރެންނަށްވުރެން އެ ނީމްވެސް ސިސްއަށް މާ ރަނގަޅު މާނުގެ ޕަރޓްނަރ އަކަށް" އިޝްވާ ބުންޏެވެ.
"އެކަމަކު ޝައިނާއަށް ތިކަމުގެ ބްލޭމް ދާންވީ ކީއްވެ؟ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އާޚިރުގައި ޝިމާންގެ ބައިވެރިޔަކު އިޚްތިޔާރު ކުރާނީ ހަމަ ޝިމާންއެއްނު. އަސްލު އިޝީ ރުޅި އަންނަންވީ ޝިމާންދެކެއެއްނު" ނަބްހާގެ ހިޔާލު ފާޅުކުރިއެވެ.
"ނަބޫއަކަށް ނޭނގޭނެ މާނުގެ ގޮތެއް. މާނުގެ އާއިލާގަ ހުރި ހަމައެކަނި މީހަކީ އެއީ. މާނުގެ މަންމައަކީ އަދި ބައްޕައަކީވެސް ހަމަ ސިސް. އޭރުވެސް މިހާރުވެސް ސިސް ބުނާ ހުރިހާގޮތެއް މާނު ހަދާނެ. މާނުއަށް މަޖުބޫރު ކުރުވައިގެން އަހަރެންނާ ދުރުކުރުވަން އުޅެނީ ހަމަ ސިސް. އަހަރެންގެ އާއިލާއިން ސިސްއަށް އެހެން ހެދީމަ ސިސްގެ ބާރު އެ ދައްކާލަނީ" އިޝްވާގެ ވިސްނުން ބަދަލެއް ނުވިއެވެ. އެންމެފަހުން ނަބްހާއަށް ޖެހުނީ އިޝްވާއަށް ވިސްނޭނެ ގޮތަކަށް ވާހަކަތައް އަތުރައިލާށެވެ.
"އިޝީ.. މައްސަލައެއްނެތް. މިސާލަކަށް އިޝީ ތިބުނީ ތެދެކޯ. އިޝީގެ ރިލޭޝަންޝިޕް ރޫޅެން ދިމާވި ހުރިހާ ކަމެއްގެ ފަހަތުގަ ހުރި މީހަކީ ޝައިނާއޯ. މާނައަކީ އިޝީގެ މާނު އިޝީއަށްޓަކާ އެއްވެސް ވަރަކަށް ފައިޓް ނުކުރަނީއޭ އެއްނު؟ އިޝީ ތިބުނަނީ ޝިމާން މިހާރުވެސް ޝައިނާ ބުނާހާ ގޮތެއް ހަދާނޭ. ޝައިނާ ހުއްޓާ އިޝީގެ ބަސްވެސް ޝިމާންގާތު ނުވިކޭނެކަން ޔަގީންވާއިރު އިޝީ ތި ރިލޭޝަންޝިޕަށް އަނބުރާ ދާންވީ ކީއްކުރަން. އަހަރެންނަކަށް ދެން ނޭނގެ. އަހަރެންގެ ވާހަކަ މި ބުނީ. އަހަރެން ވަރަށް ފޫހިވެ އެކަހަލަ ޓިޕިކަލް މަމާސް ބޯއީޒްދެކެ." ނަބްހާ ދެކޮނޑު އަރުވައިލަމުން ބުންޏެވެ.
"ހޫމް. ނަބޫ ތިބުނީ ތެދެއް ކަންނޭނގެ. އަނަމް ކަހަލަ ރަނގަޅު މީހަކާއެކު އާ ލައިފެއް ފެށޭތޯ ކަންނޭނގެ އަހަރެންވެސް ބަލަންވީ. ދެން މިހާރު އަހަރެންގެ ވާހަކަ މާ ގިނައިން ދެކެވިއްޖެ. އަހަރެންގެ ވާހަކަ ބާއްވާފަ ނަބޫގެ ވާހަކަ ދައްކަމާ. ކޮބާތަ ލީވާން؟" އިޝްވާ ދިމާކުރުމުގެ ރާގެއްގައި އަހައިލިއެވެ. އެއާއެކު ނަބްހާގެ މޫނުމަތިން ހިނިތުންވުން ފިލައިގޮސް މޮޅިވެރިކަން ވެރިވިއެވެ.
"އެވާހަކަ ނުދައްކާ އިޝީ. އަހަރެން ހީކުރީ ލީވާން އުމުރުންވެސް ތަންކޮޅެއް ބޮޑުވީމަ ވިސްނުންވެސް މިޒަމާނުގެ ތަންދޮރު ނޭނގޭ ފިރިހެން ކުދިންނަށްވުރެން ތަނަވަސްވާނެކަމަށް. އެހާބޮޑަށް އަހަރެންނަށް ލީވާން ކަމުދިޔައީވެސް އެހެންވެ. އަހަރެންނަށް ހީކުރެވުނު ގޮތަށް ލީވާން ވަރަށް ރޮމޭންޓިކް. ވަރަށް ޖެންޓަލް. އެނގޭ އެންމެ ދެތިން ހަފްތާކަން މިވީ ބަޓް ސްޓިލް އަހަރެން ވަރަށް ބޮޑަށް ލީވާންއާ ގަޔާވޭ. އެކަމަކު…"
"އެކަމަކު ކިހިނެއްވީ؟"އިޝްވާ އަހައިލިއެވެ.
"ލީވާންވެސް ހަމަ ކުއްލިއަކަށް ގެއްލިއްޖެ. ހީ ގޯސްޓެޑް މީ އިޝީ. ބުނެބަލަ. އަހަރެން ކިހިނެއް މިކަމާމެދު ވިސްނަންވީ؟" ނަބްހާ އަހައިލިއެވެ.
"ނަބޫ ބެލިންތަ ގުޅާލެވޭތޯ؟" އިޝްވާ އަހައިލިއެވެ.
"ގުޅީމޭ. ނުގުޅާ ހުންނާނެތަ؟ އަހަރެންނަށް ހީވަނީ ލީވާން އަބަދުވެސް ކޮންމެވެސް ކަމަކާ ޖެހިލުންވެފަ ހުންނަހެން. ކައިރިވާން އުޅެފަވެސް ދަނީ ދުރަށް. ވެދާނެ އުމުރުގަ ތަފާތު ހުރީމާ ކަމަށް. ދެން އެންމެފަހުން ވާހަކަ ދެއްކި ދުވަހު ކޮންމެވެސް ކްލަޔަންޓެއް ގެއްލިގެނޭ ކިޔާފަ ވަރަށް މޫޑު ކަޓާފަ ހުރީ. އަހަރެން އޯކޭ ވާނޭއޭ އެކަހަލަ ކަންކަންވެސް ވާނެ ނޫންހޭ ބުނީމަ ޔޫ އަރ ޓޫ ޔަންގް ޓު އަންޑަރސްޓޭންޑް އެނީ އެސްޕެކްޓް އޮފް މައި ލައިފޭ ކިޔާފަ ފޯނު ބޭއްވީ. ދެން ހަބަރެއްނުވޭ. އެކަމް ކުއްލިއަކަށް އެގޮތަށް ގެއްލޭކަށް ނުވާނެއެއްނު" ނަބްހާ ބުންޏެވެ. އިޝްވާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.
"ޕިސް ޕިސް. ކީކޭ ދެން ބުނާނީ. އެމީހަކު ނޫޅޭ ވަރަކުން އުޅޭނެ ކަމެއްނެތް. ނަބޫވެސް ދެން އަޅާނުލާ. މި ވީކެންޑް ގަ ފުރަމެއްނު. ސޯ ފޯރ ނައު ސްޓަޑީޒްގެ ބާކީބަޔަށް ފޯކަސްކުރޭ. ސީ ޔޫ ތްރީ އިޔަރޒް ލޭޓަރ ޑރ. ނަބޫ" ނަބްހާ ހެއްވައިލެވޭތޯ މަސައްކަތްކުރަމުން އިޝްވާ ބުންޏެވެ. އޭނާއަށް އެކަން ކާމިޔާބުވިއެވެ.
"ސޭމް ޓު ޔޫ. އެެޓަރނީ" ނަބްހާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
ދެ އެކުވެރިން އަތުގައި ހުރި ޖޫގޯ ޑަސްބިނަށް ލުމަށްފަހު ގެއަށް ދިޔުމަށް ހިނގައިގަތެވެ. އެތަނާ އެންމެ ކައިރީގައިހުރީ ނަބްހާމެންގެ އާއިލާ ކުއްޔަށް އުޅޭ ގެ ކަމުން އިޝްވާ ގެއަށް ދިޔައީ ނަބްހާ އެގެއާ ހަމައަށް ގެންގޮސް ދިނުމަށްފަހުގައެވެ.
އިޝްވާ ދިޔުމާއެކު ނަބްހާ ގޭގެ ބޮޑު ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަނެވެ. އަދި ދުވެލައިފައި ސިޑިން މައްޗަށް އަރައި ދެވަނަ ފްލޯގައި ހުރި ހަމައެކަނި އެޕަރޓްމެންޓްގެ ދޮރު ތަޅުދަނޑިން ހުޅުވައިލަމުން އެތެރެއަށް ވަނެވެ. ރީތި ރާގެއް ތުނބުން އަޅުވައިލައިގެންހުރެ ފައިވާން ބާލަައި ހަރުގަނޑުގައި ބަހައްޓައިލަމުން ކާމޭޒު ދޮށުގައިތިބި މަންމައާއި ބައްޕައަށް ގޮވައިލިއިރު އެތަނުގައި ދޮރަށް ފުރަގަސްވާނެހެން ހުރި ގޮނޑީގައި އިނީ ކާކުކަމާމެދު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެ ސުވާލަށް ޖަވާބު ލިބިގެންދިޔައީ ނަބްހާގެ އަޑު އިވުމާއެކު ގޮނޑިން ތެދުވެ އޭނާއާ ދިމާލަށް އެނބުރުނު ލީވާން ފެނުމުންނެވެ. އެއާއެކު ނަބްހާގެ އަތުގައި އޮތް ފައިވާންވެސް އަތުން ދޫވެ ބިންމައްޗަށް ވެއްޓުނެވެ. އެސްފިޔަ ޖަހާލަން ނޭނގިފައިހުއްޓައި ލީވާން ހިނިތުންވުމަކާއެކު އައިސް އޭނާގެ ކުރިމައްޗަށް ހުއްޓިލިއެވެ.
"ނަބްހާ.. ނަބޫ" ލީވާން ފުރަތަމަ ފަހަރު ގޮވައިލި އަޑު ނަބްހާއަށް ނީވޭހެން ހީވުމާއެކު އޭނާ ނަބްހާގެ ލޯމަތިން ދެފަހަރަކު އަތް ހޫރައިލިއެވެ.
"ޔެސް.. ޔެސް ލީ.. ލީވާން؟ މަންމާ.. ބައްޕަ" ނަބްހާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގުނެވެ. އޭނާގެ އަތްފައި ފިނިވާންފެށިއެވެ. މި ފެންނަނީ ހުވަފެނެއް ކަމުގައި ހީވެ ކޮލުގެ އެތެރެއިން ބާރަށް ދަތްއަޅައިލެވުނު ހިސާބުން ލޭ ރަހަލާން ފަށައިފިއެވެ.
"ލީވާން.." ނަބްހާއަށް ދެންވެސް ކަންބޮޑުވެފައި ބަލައިލެވުނީ ލީވާންއަށެވެ. އޭނާގެ ހިތުގައި އުފެދެމުންއައި ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ. ނަމަވެސް ލީވާން ނަބްހާއާ އަނގައިން ބުނުމުގެ ބަދަލުގައި ބަލައިލީ ދުރުގައިތިބި ނަބްހާގެ މައިންބަފައިންނަށެވެ. ސުކުންތެއްގެ ހިމޭންކަމުގެ ތެރެއިން އެދެމެދުގައި ލޮލުން ދެކެވުނު ވާހަކައަކަށްފަހު ނަބްހާގެ ބައްޕަ ލަސްލަހުން ލީވާންއަށް ބޯ ޖަހައިލިއެވެ. ނަބްހާ ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާ ނޭނގިފައެވެ. ދެން ފެނުނީ ލީވާން ނަބްހާގެ އަތުގައި ހިފައިލަމުން އެ އަތުގެ އިނގިލިތަކުގެ ދޭތެރޭގައިވާ ހުސްޖާގައަށް އޭނާގެ އަތުގެ އިނގިލިތައް މަހައިލިތަނެވެ. އޭރު ލީވާންގެ އަތުގައި މަޑު ތުރުތުރެއް ހުރިކަން ނަބްހާއަށް ފާހަގަ ކުރެވުނެވެ.
"ނަބޫ.." ލީވާން މަޑުމަޑުން ގޮވައިލިއެވެ.
"ޔެސް ލީވާން. ކީއްވެތަ އަތުގަ ތި ހިފަނީ؟ ބައްޕަ ބަލަނީއޭ" ނަބްހާ ދަތްކުނޑި ވިކައިލަމުން ކިރިޔާ ލީވާންއަށް އިވޭނެ ވަރަށް ބުންޏެވެ. އޭނާ ހުރީ ލަދުން މަރުވާން ކައިރިވެފައެވެ. އެވަގުތު ބިންފަޅާފައި އަޑިއަށް ނޫނީ ވަރަފަޅާފައި މައްޗަށް ދެވޭނެނަމައޭ އޭނާގެ ހިތަށް އެރިއެވެ.
"އަހަރެން.. އަހަރެން ވާހަކައެއް ދައްކާލަން ބޭނުން.." ނަބްހާގެ އަތުން ދޫކުރުމެއްނެތި ލީވާން ބުންޏެވެ.
"ނޯ. ބޭނުމެއްނޫން އަޑުއަހާކަށް. ކީއްކުރަން އެއްވެސް ވާހަކައެއް ދައްކަނީ. ހަމަ ބޭކާރެއްނު. އައިމް ޓޫ ޔަންގް ޓު އަންޑަރސްޓޭންޑް އެނީ އެސްޕެކްޓް އޮފް ޔޯރ ލައިފް ރިމެމްބަރ؟" ނަބްހާގެ ބުންޏެވެ. އޭރު ލީވާންގެ އަތު ތެރެއިން ނަބްހާގެ އަތް މިނިވަން ކުރެވޭތޯ އެ އަތަށް ބާރުލަމުން ދާތީ ނަބްހާއަށ އެ ފުރުސަތު ނުދީ ގެނެސް އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލަން ލީވާން ހުރީ ބޭނުންވެފައެވެ. ނަމަވެސް އެތަނުގައި ނަބްހާގެ މައިންބަފައިން ތިބުމުންނާއެކު އޭނާ ނަބްހާއާ ފުދޭވަރެއްގެ ދުރުމިނެއް ބެހެއްޓިއެވެ. އެކަން އެދެމީހުންނަށް ވިސްނުނީ ކަހަލައެވެ. އެތަނުގައި ތިބި ނަބްހާއަށާއި ލީވާންއަށް އަދިވެސް އެއްފަހަރު ބަލައިލުމަށްފަހު އެމީހުން ކޮޓަރިއަށްވަނެވެ. ނަބްހާ ހުރީ އެކަމާމެދު ހަމަ އަންތަރީސްވެފައެވެ.
"ނަބޫ ޕްލީސް ލިސަން ޓު މީ." ދެމީހުން އެކަނިވި ވަގުތު ލީވާންގެ އަޑުގައިވި އާދޭސް އިވުމާއެކު ނަބްހާއަށް އެ އަޑަށް ބީރު ކަންފަތެއް ދިނުން ވީ އުނދަގޫ ކަމަކަށެވެ.
"ލީވާން އެންމެ ފަހަރަކުވެސް އަހަރެންނަށް ލީވާންގެ ލައިފް ދަސްކޮށްދޭން މަސައްކަތްކުރިންތަ؟ އަހަރެން ލީވާންއާ ވާހަކަދެއްކީ ލީވާން ރަނގަޅަށް ދަސްކުރަން ބޭނުންވެގެނޭ. އެކަމަކު ޔޫ ޖަސްޓް ގޭވް އަޕް އޮން މީ. އަބަދުވެސް އަހަރެންނާ ދޭތެރޭ ދެކުނީ ނުވިސްނޭ ކުޑަކުއްޖެއްހެން" ނަބްހާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ.
"އައިމް ސޮރީ.. ނަބޫއާ ދޭތެރޭ އެހާ ޗައިލްޑިޝްކޮށް ކަންތައްތައް ކުރެވުނީތީ ވަރަށް ބޮޑަށް މަޢާފަށް އެދެން. އެނގޭ މިގަޑީގަ ނަބޫ ޝަކުވާކުރަން ބޭނުންވެފަ ހުންނާނެވަރު. އެހެންވީމަ މިއީ ފަހަރެއްގަ ނަބޫއަށް އެފުރުސަތު ނުދީ އަހަރެންގެ ވާހަކަތައް ދައްކަން އެންމެ ރަނގަޅު ވަގުތަށްވެސް ނުވެދާނެ ބަޓް އައިމް ޑެސްޕަރޭޓް. އަހަރެން ބޭނުން ނަބޫ ފުރުމުގެ ކުރިން ނަބޫއަށް އެކްސްޕްލެނޭޝަނެއް ދޭން" ލީވާން ބުންޏެވެ.
"އަޑު އަހަން މިހިރީ" ލީވާންގެ ވާހަކަތައް އަޑުއެހުމަށް ނަބްހާގެ ދެކަންފަތް ހުޅުވައިލިއެވެ.
"ނަބޫ.. ނަބޫ ތިއީ އަހަރެންގެ ހަޔާތުގަ މި ވޭތުވި 39 އަހަރުގެ ތެރޭގައިވެސް އަހަރެންނާ ދިމާވި އެންމެ ތަފާތު ކުއްޖާ. އަހަރެންގެ އުމުރުން މިހާ ދުވަސްވީއިރު އަހަރެންނަކީވެސް ޝަރުތަކާނުލާ ލޯބި ލިބުން ހައްގު އިންސާނެއްކަން ސާބިތުކޮށްދިނީ ހަމައެކަނި ތިކުއްޖާ… މީގެ ކުރިން އަހަރެންގެ އެފަދަ އެކަކުވެސް ނެތް ނަބޫ. ބުނާތީ އިވޭ ކޮންމެ މަޔަކުވެސް ޝަރުތަކާނުލާ އެ މައެއްގެ ދަރިންދެކެ ލޯބިވާނޭ. އެކަމަކު އަހަރެންނަކަށް އެ ނަސީބެއްވެސް ނުލިބުނު. އަހަރެން މި ދުނިޔެއަށްލި ފުރަތަމަ ނޭވާއާއެކު އަހަރެންގެ މަންމަ މި ދުނިޔެއަށް ފަހުނޭވާ ދޫކޮށްލީ. އަހަރެން ބަލައި ބޮޑުކުރި ދޮންމާމައަށް އެކަން ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން. ބައްޕަގެ ގޭގައި އޭނައާއި އޭނާގެ ދަރިންނަށް ތިބެވެން އޮތް ހަމައެކަނި ބަހަނާއަކީ އަހަރެންކަމަށް ވާތީ. ދޮންމާމަ ބުނީތީ އެހިން ބައްޕަ އަހަރެންގެ މަންމަދެކެ ވަރަށް ލޯބިވިއޭ. އެކަމުގެ ހެއްކެއް ކަންނޭނގޭ ބައްޕަގެ އުމުރުން ވިހި އަހަރުގަ މަންމަ ނިޔާވީއްސުރެން މިއަދާ ހަމައަށްވެސް ކައިވެންޏެއް ނުކޮށް އެހުރި ހުރުމަކީ. މަންމަގެ މަރާ ބައްޕަ ގުޅުވި ސަބަބަކީ އަހަރެން. އެ މަރުގެ ޒިންމާ އަހަރެންގެ ބޯ މަތީގަ އޮވެމެ ބައްޕައަށް ލިބޭ ކޮންމެ ފުރުސަތަކު އަހަރެންނަށް އެކަން ހަނދާން ކޮށްދޭހާލު އަހަރެން މަސައްކަތްކުރީ ބައްޕައަށް އެކަން ހަނދާން ނައްތައިލެވޭ ވަރަށް ބައްޕަ ފަހުރުވެރިކޮށްދޭން. ސްކޫލް ދައުރުގަ ރަހްމަތްތެރިން ނުހޯދައި ބެލީ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވެގެން ހުރިހާ ކަމަކުން އެއްވަނަ ހޯދޭތޯ. އެކަން ކާމިޔާބުވި. ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގަ ކިޔެވުން ނިންމައިލެވުނު. ކާމިޔާބުކަމާއެކު ފެށި ކެރިއަރެއްގައި ކުރިހޯދަމުން އައިސް އަމިއްލަ މަސައްކަތުން ފެށި ފާމް ކޮޅަށްޖަހައި ވިޔަފާރީގެ ދުނިޔެއަށް އެނގޭފަދަ ކާމިޔާބު މީހަކަށްވިން. އެކަމަކު ބަދަލުގަ ހިނިތުންވުމެއްވެސް ނުލިބުނު. މިއަދާ ހަމައަށް ދުވަހަކުވެސް ބައްޕަ އަހަރެންނާ ދިމާލަށް ރުހުމުގެ ލޮލަކުން ބަލައިވެސް ނުލާ. ހަޔާތަށް އެތައް ލޯބިވެރިންނެއްވެސް އައި. ކާމިޔާބު. ރީތި.. ތެދެއް.. އޭގެ ތެރެއިން ގިނަ މީހުންނަކީ އަހަރެންގެ ފަރާތުން ވަކި ކަންތައްތަކެއް ބޭނުންވެގެން އައި މީހުންނަށް ވެދާނެ.. ގެ.. މުދާ… ސްޓޭޓަސް.. އެކަމަކު ޝަރުތުތަކާއެކު އެ ލިބޭ ލޯތްބާއެކުވެސް ދިރިއުޅުމެއް ފެށިދާނެއޭ ހީވި ކިތަންމެ ފަހަރެއްދިޔަ. އެއިން ކޮންމެ ފަހަރަކުވެސް ހިތަށް އަރަނީ އަހަރެންނާހެދި ބައްޕަގެ ދިރިއުޅުމުން ލޯތްބާއި އުފާވެރިކަމުގެ ކުލަ އޮއްސިފައިވާއިރު އަހަރެންނަށް އެ ލޯތްބާއި އުފާވެރިކަމެއް ހައްގެއް ނޫނޭ. ވިސްނާލާއިރު އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ ބައްޕަ މަންމަދެކެ ލޯބިވި ވަރަށް އަހަރެންނަށް އެއިން މީހަކުދެކެ ލޯބިވެވޭ ކަމަކަށް. އެހިސާބުން ދޫކޮށްލެވެނީ." ލީވާންގެ ވާހަކަ ނިމުންއިރު ނަބްހާގެ ހިތް ވަނީ މަޑު ފުށްކޮޅަކަށް ބަދަލުވެފައެވެ. ލީވާންގެ ނަފްސާނީ ހާލަތު އޭނާއަށް ވަރަށްރަނގަޅަށް ނަގައިގަނެވުނެވެ. ނަމަވެސް ލީވާންގެ ފަހު ޖުމްލައާއެކު ނަބްހާއަށް ހީވީ އޭނާގެ ހިތް އެތައްހާސް އެތިކޮޅުތަކަށް ކުދިކުދިވިހެނެވެ.
"އެހެންވެތަ އަހަރެންނަށްވެސް ކުއްލިއަކަށް ހަބަރެއްނުވެ ގެއްލުނީ؟" ނަބްހާ ހިންދިރުވައިލަމުން އަހައިލިއެވެ.
"ނޫން" ލީވާންގެ ޖަވާބު ވަރަށްވެސްކުރެވެ. އެހެން ވަގުތެއްގައިނަމަ އެ ކުރު ޖަވާބުންވެސް ނަބްހާގެ ހިތަށް ފިނިކަން ލިބުނީހެވެ. އެކަމަކު މިވަގުތު ލީވާން އެހެން ބުނުމަކުން ނަބްހާއަކަށް ހަމަޖެހުމެއް އިހުސާސެއް ނުކުރެވުނެވެ.
"ދެން ކީއްވެ؟ ލީވާންގެ ގެއާއި، މުދަލާއި، ވިޔަފާރިއާ ގުޅިގެން އެންމެ ފަހަރަކުވެސް އަހަރެން ސުވާލެއް ނުކުރަން. ހަލާލު މަސައްކަތެއް ކުރާކަން އެނގުނީމަ އެވަރުން ފުއްދާލައިގެން ހުރީ. ލީވާން ކުއްލިއަކަށް ގެއްލުނީމަ އަހަރެން ހުރީ ވިސްނާނެ ގޮތެއް ނޭނގިފަ" ނަބްހާގެ ދެލޯ ނޭނގިހުއްޓައި ފެންކަޅިވާން ފަށައިފިއެވެ. އެ ދެލޯ ލީވާންއަށް ފޮރުވުމަށްޓަކައި އޭނާ އިސްޖަހައިލިއެވެ.
"ނަބޫ އަހަރެންނާއެކު ހޭދަކުރާ ވަގުތު ފެންނަ އުފާވެރި ހިނިތުންވުން. ނަބޫގެ އިހުސާސްތައް.. އަހަރެންގެ އިހުސާސްތައް.. މާބޮޑަށް ހަގީގަތެއްހެން ހީވާން ފެށީމަ ބިރުގަތީ" ލީވާން ތެދުތެދަށް ޖަވާބުދިނެވެ.
"ކޮންކަމަކާ؟" ނަބްހާ ސުވާލުކުރިއެވެ. އެއާއެކު ލީވާން ނަބްހާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން އެދެމެދުގައިވާ ޖާގަ ހަނިކޮށްލިއެވެ. އަދި ނަބްހާގެ ކަރުގައި އަތް އަޅުވައިލަމުން ދަތްދޮޅީގެ ދަށަށް ލައްވައިލި ބޮޑުވައި އިނގިލީގެ އެހީގައި ނަބްހާގެ އިސްއުފުލައިލިއެވެ.
"ދޫކޮށްނުލެވިދާނެތީ.." ލީވާން މަޑުމަޑުން ނަބްހާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ނަބްހާއާ ދުރުގައި ހުރުންވީ އޭނާއަށް އުނދަގޫ ކަމަކަށެވެ.
"ދެން ދޫކޮށް ނުލާބަލަ" ނަބްހާ މައުސޫމުކަމާއެކު ބުންޏެވެ. އެއާއެކު ލީވާންގެ ފަރާތުން ލުއި ހީނލުމެއްގެ އަޑު އިވުނެވެ.
"އަހަރެން ރާހިލްގާތު ސަމާސާއަކަށް ބުނަނީ ބާރަ އަހަރަކީ އެއްޗެއް ނޫނޭ. އެކަމަކު ނަބޫއަށް ހަމަ އަސްލުވެސް މެޓަރއެއް ނުވޭތަ؟ ޑޫ ޔޫ ރިއަލީ ލަވް މީ؟ ޝަރުތަކާނުލައި؟ އަންކޮންޑިޝަނަލީ؟" ލީވާންއަކަށް ޔަގީނެއް ނުވިއެވެ.
"އަހަރެންނަކަށް ނޭނގެ އަހަރެންނަށް ލީވާން ކަމުދިޔައީ ކީއްވެކަމެއް. ތި އަޑު. ތި ހިނިތުންވުން. ތި ދެލޯ. ތި ބެލުން. ފުރަތަމަ ދުވަހުން ފެށިގެންވެސް ކަމުދިޔައީ.. ވާހަކަ ދެކެވެން ފެށީމަ މިޒާޖުވެސް ކަމުދިޔައީ. އަހަރެން ގެންގުޅެވޭނެ ވަރުގެ ސިއްހަތާއި ފޯރުންތެރިކަމެއް ލީވާންގެ އެބަހުރި. ދެން ކޮންކަމެއްތަ އަހަރެންނަށް މައްސަލައަކަށްވާނީ؟" ނަބްހާ ބުންޏެވެ. ލީވާންގެ ހިތް ހީވީ އުފަލުން އުދުއްސައިގަނެފާނެހެނެވެ.
"ވަރަށް އުއްމީދުކޮށްގެން ހުރީ ތި ޖަވާބު ލިބޭނެ ކަމަށް. ނަބޫއާ ދުރުގަ މި އުޅުނު ހަފްތާއެއްހާ ދުވަސްތެރޭ އަހަރެންނަށް އިހުސާސްވީ ތިއީ އަހަރެންގެ އުފާވެރިކަމުގެ ކިހާބޮޑު ހިއްސާއެއްކަން. އެހެންވީމަ ތި ބުނީ އާނއެކޭތަ؟" ލީވާންގެ ސުވާލާއެކު ނަބްހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
"އަރ ޔޫ އާސްކިންގް މީ ޓު ބީ ޔުއަރ ގަރލްފްރެންޑް؟" ނަބްހާއަކަށް ގަބޫލެއް ނުކުރެވުނެވެ.
"އައި ލަވް ޔޫ ބޭބީ" ލީވާން ކުއްލިއަކަށް ވައްޓައިލި ތިން ލަފްޒުގެ ބޮމާއެކު ނަބްހާގެ ދުލުކުރީގައި ހުރި ހުރިހާ ޝަކުވާއަކާއެކީ އެ ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. އަނގަހުޅުވައިލި ގޮތަށް ބަހެއް ބުނަން ނޭނގިފައި ހުރެވުނީއެވެ. "ވިތް ޔޫ އައި ރިއަލައިޒްޑް ހޯމް އިޒް އަ ޕަރސަން. ފޯރ ދަ ފަސްޓް ޓައިމް އިން މައި ލައިފް.. އައި ފެލްޓް ލަވްޑް އެންޑް އެކްސެޕްޓެޑް.. ދެން ކީއްކުރަން ރައްޓެހިވާން އަހަންވީ؟ އައިމް އަ ބިޓް ޓޫ އޯލްޑް ޓު ބީ އަ ބޯއިފްރެންޑް ޑޯންޓް ޔޫ ތިންކް؟ ބަޓް އައި ލައިކް ދަ އައިޑިޔާ އޮފް ޔޫ ކޯލިންގް މީ ހަޒްބެންޑް؟" ލީވާން ދައްކަމުންދިޔަ ވާހަކަތަކާއެކު ނަބްހާގެ ހައިރާންކަން ދިޔައީ އިތުރު ވަމުންނެވެ.
"ލީވާން.. އެހެންވެތަ ބައްޕައާ ދެންމެ ވާހަކަ ދެެއްކީ؟" ނަބްހާ ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އަހައިލިއެވެ. ލީވާންގެ ވާހަކަތައް އަޑު އެހުމަށްފަހު ޖަޒުބާތުގައި ޖެހުނުވަރުން ހިނދުކޮޅަކަށް އޭގެ ކުރިން ހިނގައިދިޔަ ކަންކަން އޭނާގެ ހަނދާނުން ކައްސައިލީއެވެ.
"ހްމްމް. މިހާރު ނަބޫގެ ޖަވާބެއް އެކަނި ބޭނުމީ. ސޯ ބޭބީގަރލް.." ނަބްހާއާ ދުރަށް ފިޔަވަޅެއް އަޅައިލަމުން ލީވާން އެއްކަކޫ މައްޗަށް ތިރިވެލިއެވެ. "ވަޓް ޑޫ ޔޫ ސޭ" ލީވާން ދެފަރާތަށް ދެއަތް ހިއްލައި ފުޅާކޮށްލަމުން އަހައިލިއެވެ.
"ވިއަރޑް ވޭ ޓު ޕްރޮޕޯޒް ބަޓް ޔެސް. ދެރަ ދޯ. ޔަންގް މީހަކާ ޑޭޓް ކުރިނަމަ ރިންގެއް ލިބުނީސް ކަންނޭނގެ" ނަބްހާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. އެއާއެކު ލީވާންވެސް ނަބްހާގެ ހުނުމުގައި ބައިވެރިވަމުން ތެދުވެ ނަބްހާގެ ގައިގައި ބައްދައިލިއެވެ.
"ނަބޫ ބޭނުމިއްޔާ ބައްޕަމެން ކައިރީގަ ބުނެލާފަ މިގަޑީގަ ރިންގެއް ޗޫޒްކުރަން ދާންވީ އެނގޭ" ލީވާން ބުންޏެވެ.
"ރިއަލީ؟" ނަބްހާގެ މޫނު ދިއްލި އުޖާލާވިއެވެ.
"ރިއަލީ" ނަބްހާގެ މަންމަމެން ވަތް ކޮޓަރިއާ ދިމާލަށް ބޮލުން އިޝާރާތް ކޮށްލަމުން ލީވާން ޔަގީންކަން ދިނެވެ.
"އޯކޭ. އެބަ އަންނަން އަހާލާފަ" ނަބްހާ އަވަސްއަވަހަށް ލީވާންގެ ކޮލަށް ދޮނެއް ދިނުމަށްފަހު ދުވެފައިގޮސް ކޮޓަރިއަށްވަނެވެ. އެމަންޒަރު ބަލަންހުރި ލީވާން ނަބްހާގެ ސިޔާސަކަމާމެދު ހެވިފައިހުރެ ބޯހޫރައިލިއެވެ.
****************
ނަބްހާއާ ދެއްކި ވާހަކައަށްފަހު ޝައިނާއާ ސުލްހަވެރިކަމާއެކު ވާހަކަދެއްކޭތޯ އިޝްވާ މަސައްކަތްކުރިއެވެ. ރޭގަނޑުގެ ކެއުމަށް ސުފުރާދޮށަށް އެންމެން ޖަމާވިއިރު ޝިމާން އެންމެ ފަހަރަކުވެސް އިސް އުފުލައިލައި އިޝްވާއާ ދިމާލަށް ބަލައިނުލިއެވެ. އެކަމުން އިޝްވާއަށް ލިބުނު މާޔޫސް ކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ކޮންމެވެސް މީހަކު ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ.
"އަހަރެން ހުޅުވާނަން" ޝިމާން އަވަސްއަވަހަށް ދޮރާ ދިމާލަށް ހިނގައިގަތްގޮތުން ހީވީ އޭނާ އެމީހަކަށްޓަކައި އިންތިޒާރު ކުރަމުންދިޔަހެނެވެ. އޭރު އިޝްވާއާއި ރާހިލް އަދި ޝައިނާގެ މޫނުމަތިންވެސް އެއީ ކާކުތޯ ބަލައިލުމުގެ ޝައުގުވެރިކަން ފެންނަންހުއްޓެވެ. ހުޅުވައިލެވުނު ދޮރުން އެތެރެއަށް ފިޔަވަޅު އަޅައިލި ނީމް ފެނުމާއެކު ރާހިލްއަށް ކަންބޮޑުވެފައި ބަލައިލެވުނީ އިޝްވާއަށެވެ. ޝައިނާ ގަދަކަމުން ހިނިތުންވެލުމަށްފަހު އަތުގައިހުރި ޖޫސްތަށި މޭޒުމަތީގައި ބަހައްޓާފައިގޮސް ނީމްގެ ގައިގައި ބައްދައިލިއެވެ.
"ނީމް.. ނުވެސް ބުނަމެއްނު. އާދެ އެތެރެއަށް. މިރޭ ކައިގެން ދޯ ދާނީ" ޝައިނާ ނީމްގެ އަތުގައި ހިފައި ގޭތެރެއަށް ވައްދަމުން ބުންޏެވެ.
ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން އިޝްވާގެ ހިތުގައި ރުޅީގެ އަލިފާންގަނޑެއް ކެކެމުންދިޔައެވެ. ހަމަ އެވަގުތު އިޝްވާގެ އުނގުގައި އިން ޔާނާއާއި ވަކިން ގޮނޑިއެއްގައި އިން ރާއީ ނީމްއާ ދިމާލަށް ދުއްވައިގަތުންވީ އެ އަލިފާންގަނޑަށް ދަރުއެޅުންފަދަ ކަމަކަށެވެ.
"ނީ ދައްތާ!!" އެކުދިން ގޮސް ނީމްގެ ފައިގައި ބައްދައިލުމާއެކު ނީމް ކުޑަކޮށް ތިރިވެލައި އެދެކުދިންގެ ގައިގައި ބައްދައިލިއެވެ. އަދި ދެކުދިންގެ އަތުގައި ހިފައިގެންގޮސް ކާމޭޒުދޮށުން ޝައިނާ ދެއްކި ގޮނޑީގައި އިށީނދެލިއެވެ. ހަމަ އިށީނުމާއެކު ޔާނާ ނީމްގެ އުނގަށް އަރައި ހަމަޖެހިލިއެވެ.
"ޔާނާ ބޭބީ. އާދޭ އިޝީ އާންޓީ ކައިރިއަށް" އިޝްވާ ޔާނާއާ ދިމާލަށް އަތްދިއްކޮށްލިއެވެ.
"ނޯ. ޔާނާ މިއަދު ކާނީ ނީ ދައްތިއާ އެއްކޮށް. ޔާނާ ވަރަށް މިސްވި ނީ ދައްތި" ނީމްގެ ކަރުގައި އޮޅުލައިގަންނަމުން ޔާނާ އިޝްވާއަށް އިންކާރު ކުރިއެވެ.
"ނީ ދައްތިވެސް ވަރަށް މިސްވިއޭ ޔާނާމަތިން. ޔާނާ ހާދަ ބޮޑުވެއްޖެއޭ ދޯ. މިހާރު ބިގް ގަރލްއެއްނު" ނީމް ބުންޏެވެ.
"ނީމް ދައްތި ވަރަށް ޕްރިޓީ. މަންމި ބަލާބަ ނީމް ދައްތިގެ ހެއަރ. ސޯ ޝައިނީ" ނީމްގެ ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑުގައި ފިރުމައިލަމުން ޔާނާ ބުންޏެވެ.
އިޝްވާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓެން ފަށައިފިއެވެ. އެކަން ރާހިލްއަށް ފާހަގަވެ އިޝްވާ ހަމަޖެއްސުމަށްޓަކައި އިޝްވާގެ އަތުގައި ހިފަހައްޓައިލިއެވެ. އެހެންނަމަވެސް އިޝްވާ ރާހިލްގެ އަތް ފޮޅައިލުމަށްފަހު ދުވެފައިގޮސް ކޮޓަރިއަށްވަދެ އަތުގެ ހުރިބާރެއް ލައިފައި ދޮރުޖެހިއެވެ. އަދި ކޮޓަރީގެ މެދުގައިހުރެ ދެކޮޅަށް ކުރުކާލި ކަނޑަންފެށިއެވެ.
އިޝްވާގެ ސިކުނޑިތެރޭގައިވާ އަޑުތައް އޭނާއާ ވާހަކަ ދައްކަން ފަށައިފިއެވެ. އާނއެކެވެ. މިއީ ހުސް ޝައިނާގެ ކަންތަކެވެ. ނީމް ފެނުމުން ޝިމާންގެ މޫނުން ވަކި އުފާވެރިކަމެއް އޭނާއަކަށް ނުފެނުނެވެ. ޔަގީނެވެ. ނީމް މިގެއަށް ގެނައުމަށް ޝިމާންއަށް މަޖުބޫރުވީއެވެ. ރޭގައި ދެއްކި ވާހަކަތަކުގެ ތެރެއިން ޝައިނާ އެކަމަށް މަޖުބޫރު ކުރީއެވެ. ޝައިނާއަކީ ކިހާ ގޮތްދޫނުކުރާ ޒީލަގަދަ އަންހެނެއްކަން އޭނާއަށް އެނގެއެވެ. ބޭނުންވާހާ ގޮތަކަށް ކަންތައްތައް ކުރަމުންދާއިރު ދޮންބެވެސް އެހެރީ ކޮންމެވެސް ސިހުރެއް ޖައްސައި އަތްދަށު ކޮށްލައިފައެވެ. އަދި އޭނާއަށް ޝިމާން ގެއްލުވައިލި ފަދައިން އޭނާގެ ދެ ކޮއްކޮވެސް އެ އުޅެނީ ގެއްލުވައިލާށެވެ. އޭނާއަށްވުރެން ބޮޑަށް ނީމްގެ މައްޗަށް އެކުދިންގެ ހިތް ޖައްސާށެވެ. އޭނާ އެކަން ވިޔަކަ ނުދޭނެއެވެ. އެއީ އޭނާގެ ދޮންބެގެވެސް ކުދިންނެވެ. އޭނާއާ އެކުދިން ދުރުކުރުމުގެ ފުރުސަތެއް ޝައިނާއަކަށް ހަމަ ހިލާ ނުދޭނަމެވެ.
ކަންތައްތައް ކުރާނެ ގޮތަކާމެދު ހިތާހިތުން ވިސްނަމުން އިޝްވާ އެނދުގައި އިށީނެވެ. ޗާޖަށް ޖަހައިފައިވާ ފޯނު ނަގައި ހުޅުވައިލުމާއެކު އެންމެ ފުރަތަމަ ޢައިސްފައި އޮތް ނަބްހާގެ މެސެޖުފެނި އިޝްވާއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. ދުމެއް ޖަހައިފައި ކޮޓަރިން ބޭރަށް ދުއްވައިގަތްގޮތަށް ފިޔަވަޅުތައް ހުއްޓައިލީ އެވަގުތު އިޝްވާގެ ހަޅޭކުގެ އަޑު އިވި އެކޮޓަރިއާ ދިމާލަށް ހިނގައިގަތް ރާހިލްގެ ގާތަށެވެ.
"ކޮންކަމާތަ ތި ހަޅޭއްލަވަނީ؟" ރާހިލް ހާސްވެފައި އިޝްވާގާތު އަހައިލިއެވެ.
"ދޮންބޭ" އިޝްވާ ނިކަން އުފާވެފައިހުރެ ރާހިލްގެ ގައިގައި ބައްދައިލިއެވެ.
"އިޝީ.. އިޝީ ދޫކޮށްބަލަ މި ވެއްޓެނީއޭ. އައްދޯތް ކިހިނެއްތަވީ؟" އިޝްވާ އޭނާގެ ގަޔާއި ދުރުކޮށްލަމުން ރާހިލް އަހައިލިއެވެ.
"ނަބޫ އިޒް އެންގޭޖްޑް!! ޝީ އިޒް ގެޓިންގް މެރީޑް ޓު ލީވާން!!!"
"ވަޓް!!!" ރާހިލްއަށް އިޝްވާގެ ވާހަކަ ގަބޫލުނުކުރެވިފައިހުރެ ފާޑަކަށް ހަޅޭއްލަވައިގަނެވުނެވެ. ދެވަނަ ސުކުންތުގައި އިޝްވާގެ އަތުގައި އޮތް ފޯނު ޖަހައިގަނެ އޭގައިވާ ފޮޓޮއަށް ބަލައިލިއެވެ. ލީވާންއާއެކު ނަބްހާ ނަގައިފައިވާ އެ ސެލްފީގައި އަތުގައި އޮތް އަނގޮޓި ދައްކައިލައިގެން ހުރިގޮތުން އިޝްވާ އެ ދައްކަނީ ތެދު ވާހަކައެއްކަން ރާހިލްއަށް ކަށަވަރުވިއެވެ.
"ހްމްމް. މާދަން ރަންކިޔާ. ނަބޫގެ ސެމެސްޓަރ ބްރޭކްގަ މިކޮޅަށް އައިސްފަ މެރީ ކުރާގޮތަށް" އިޝްވާ ބުންޏެވެ.
"ދެޓް ސަން އޮފް އަ ބަސްޓަރޑް. އަހަރެން ޗުއްޓީއަށް ފޮނުވާފަ މިއީ ދޯ ކުރިކަމަކީ" ރާހިލް ހެވިފައިހުރެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އަދި އަނެއްކާވެސް ކާމޭޒުގެ ކައިރިއަށް ޖެހިލަމުން އެތަނުގައި ބާއްވައިފައި އޮތް އޭނާގެ ފޯނުނަގައި ލީވާންއަށް ގުޅަމުން ގެއިން ނުކުތުމަށް ހިނގައިގަތެވެ. އިޝްވާ އަލުން އަނބުރައި ދިޔައީ ކޮޓަރިއަށެވެ. ނީމްއާއި ޝިމާންގެ އިތުރުން ޝައިނާ ވާނުވާ ނޭނގިފައިތިބެ އެކަކުއަނެކަކަށް ކޮނޑު އަރުވައިލުމަށްފަހު އަމިއްލަ ވާހަކަތަކުގައިތިބެ ކެއުމަށް އިންސާފުކުރަން ފެށިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
މިހާރު މާ ބޮޑަށް ވާހަކަ ދިގު ވާން ފަށައިފިހެން ހީވަނީ. ނިމެން ކައިިރިވާ އިރު ވެސް އިތުރު މައްސަލަ އުފެދި ވާހަކައިގެ އަސްލު އޮޅޭހެން ހީވޭ އެބަ މިހާރު. މާ ހާސަރު ދިގުވަނީ. ވަރަށް ކިޔާ ހިތުން ކިޔާ ވާހަކައެއް މި. އެކަމަކު މިހާރު ފޫހިވާން ފަށައިފި. އަންޔާ ސިސް ރަނގަޅު ކޮށްލަބަ ޕްލީޒް.
މިހާރު މި ނިމެނީއޭ ޙޫރް
ކާންޓް ވެއިޓް ފޯރ ދި ފައިނަލް އެޕިސޯޑްސް. ލަވް ޔޫ ސިސް
އެއީ ދޮގެއް. މިވާހަކަ އެއްގޮތަކަށްވެސް ދިގެއްނޫން. އެހާއަވަހަށް ނިމިދާނެތީ މިތިބެވެނީ ބިރުން. ވާހަކައެއް ފުރިހަމަވަނީ ސައިޑްރޯލްތައްވެސް އިންކްލޫޑް ކޮށްގެން. އެހެންނޫންނަމަ ވާހަކައަކަށް ނުވާނެ. ދެންވާނީ ޖޯކަކަށް.
މިވާހަކަ އެހާފުރިހަމަވެފައި އެޓްރެކްޓްވާގޮތް މިވަަނީނެސް އެހެން ބައިތައް ގުޅިފައިވާލެއް ފުރިހަމަ ކަމުން.
އަންޔާ ޕްލީޒް އެހާއަވަހަށް ނުނިންމާތި. މަށަށް ރޮވިދާނެ .
އަޅެ ޝިމާން ފަކީރަށްވެސް މިހާރު ކޮންމެވެސް އެއްކޮޅެއްގަ ޖެހެން އެނގެން ވެއްޖެއެއްނު. ދެއަތަށް ކިިރިކިރި.
ޢިޝްކޮ އާއި ގުޅެނީ އަނަމް. ވާހަކަ ވަރަށް ރީތި. 84ބައި ލަސްނުކޮށް ގެނެސްދޭނެކަމަށް އުއްމީދު ކުރަން.
އަންޔާ ޕްލީޒް އިޝްކޮގެ ހިތުގަ ޝައިނާ އާ ދޭތެރޭ ނަފުރަތް ނުއުފައްދާތި. އެންޑް ޝިމާން އެންޑް އިޝްްކޮ ގުޅުވަބަ �
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Mi part kiyaafa rovijje 😭
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard
Saina and raahil gulhuvachey
They both are made for each
Livaan and nabuhaa ge love story v Reethi
Next part koniraku
Ishwaa and simaan dhuru nukurachey
Mi part kiyaafa rovijje Ishwaa ah vee gothun
Love you ❤️😍
މިހާރު ވާހަކަ ނިކުންނަނީވެދް އެހާ ދަވަހުން. ފޫހި
ކީއްވެތަ ވާހަކަ ލަހުން އަޕްްކުރަނީ
އޮފީހުގަ މާ ބޮޑަށް ބިޒީވީމަ ގެއަށްވެސް އާދެވޭވަރު ނުވެގެން މި އުޅެނީ. ހަފްތާބަންދުގަ އަޕްލޯޑްކޮށްލަދޭނަން. ހުރިހާ ކިޔުންތެރިންގެ އަރިހުންވެސް ވަރަށް ވަރަށްބޮޑަށް މަޢާފަށް އެދެން😔
ވާހަކަ އަޕްލޯޑު ކުރަނީ ކޮން އިރަކުން؟
އަދިވެސް ވާހަކަ ނުނިކުމޭ � އަންޔަގެ ވާހަކަ ޕޭޖް އެއް އެިނދޭތަ ؟
ޢަންޔާ އަޅެހާދަ އިންތިޒާރެކޭ މިކުރެވެނީ….ދެގަޑިން ދެގަޑިން ކާބޭހެޢް ހެން ވާހަކަ އަޕް ލޯޑް ވިތޯ މި ބަލަނީ…
ޙާދަ ލަހޭ
ކޮންއިރަކުންތަ ދެން 84 އަޕް ލޯޑް ކުރަނީ.. ހާދަ ކިޔާހިތްވޭ