"މެއިބީ.. ހިނގަދާން. ރިއާންމެން މިހާރު އެގެއާ ވަރަށް ކައިރީގަ ތިބީ" ޝައިނާގެ ސުވާލަށް ޖަވާބުދިނުމަކީ ރާހިލްއަށް މުހިއްމު ކަމަކަށް ނުވިއެވެ. ރާއީ އުރާލައިގެން އެޕަރޓްމެންޓުން ނުކުންނަން ހިނގައިގަތެވެ.
*****************
ރާހިލްގެ ކާރު މ.އެވަރލާސްޓް ގޭގެ ކުރިމައްޗަށް ހުއްޓައިލިއިރު ޒީވާއާއި ރިއާން ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން ތިއްބެވެ. ރިއާން ހުރީ ޒިވްޔަން އުރާލައިގެނެވެ. ޒިވްޔަން ފެނުމާއެކު ރާއީއާއި ޔާނާ ވަގުތުން ކާރުން ފައިބަން ބޭނުންވެއްޖެއެވެ.
"އެބަ އަންނަން ކާރު ޕާކުކޮށްފަ" ރާހިލްގެ ޖުމްލައާއެކު ޝައިނާ އަވަހަށް ޔާނާއާއި ރާއީ ގޮވައިގެން ކާރުން ފޭބިއެވެ. ނަމަވެސް ކުރީ ސީޓުގައި އިން އިޝްވާ ކާރުން ނުކުތުމުގެ ހިޔާލެއް ނެތްކަހަލައެވެ. ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަހައްޓައިގެން އިން އިރު މުޅި ދަތުރުގައިވެސް އިޝްވާގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. ރާހިލްއަށް ކާރު ދުއްވައިލަން ޖެހުނީ އިޝްވާއާ އެކުގައެވެ.
"އިޝްކޯ؟" ރާހިލް ގޮވައިލުމާއެކު އިޝްވާ ދިޔައީ ސިއްސައިގެނެވެ. އަވަސް އަވަހަށް ރާހިލްއަށް ހިނިތުންވެލަމުން ކިހިނެއްވީހޭ އަހައިލިއެވެ.
"ލެޓްސް ގެޓް އައިސްކްރީމް؟" ރާހިލް އެ ބުނަން އުޅުނީ ކީކޭކަން އިޝްވާއަށް ހަމަ ރަނގަޅަށް އެނގުނެވެ. އިޝްވާ ދައްކަން ބޭނުން އެއްވެސް ވާހަކައެއް އެބައޮތްތޯއެވެ. އެހެނަސް އޭނާ އެވަގުތު ރާހިލްއާ ދައްކާނެ ވާހަކައެއް ނެތެވެ.
"ދޮންތިމެނަށް ލަސްވާނެއެއްނު" އިޝްވާ ބަހަނާ ދެއްކިއެވެ.
"އެހެންނޫނަސް އިޝީ ނެތް ބޭރަށް ދާހިތެއް" އޭނާ އިތުރުކޮށްލިއެވެ.
ރާހިލް އެންމެ ރަނގަޅޭ ބުނެ ދެކޮނޑު އަރުވައިލަމުން އެންމެ ކައިރިން ލިބުނު ޖާގައިގައި ކާރު ޕާކު ކޮށްލުމަށް ތައްޔާރުވިއެވެ.
"އިޝީ ކޮންއިރަކު ދޮންބެއަށް ކަންކަން ސިއްރު ކުރަން ފެށީ" ރާހިލް ކާރު ޕާކުކޮށް ނިންމައިލިއެވެ.
"ކޮންކަމެއް؟" އިޝްވާއަށް ހަމަ ހަގީގަތުގައިވެސް ކޮންކަމެއްކަން ނޭނގުނެވެ.
"ވަޓްސް ބޮދަރިންގް ޔޫ" ރާހިލްގެ ސުވާލު ސާފެވެ. އެހެނަސް އެސުވާލަށް އިޝްވާގެ ހިމޭންކަން ފިޔަވައި އިތުރު ޖަވާބެއް ނުލިބުނެވެ. ރާހިލްވެސް އިތުރަށް އިޝްވާއަށް ވާހަކަދައްކަން މަޖުބޫރުކުރުމުގެ ބަދަލުގައި އިޝްވާއާ އެކުއެކީގައި ކަހަލަ ގޮތަކަށް ކާރުން ފޭބިއެވެ. ގާތްގަނޑަކަށް ވިއްސަކަށް ފޫޓު ދުރުގައިހުރި އިމާރާތާ ދިމާލަށް ދެބެއިން އެކުއެކީގައި ހިނގައިގަތެވެ.
"މާނު އިއްޔެ އިޝީއާ ވާހަކަދެއްކި" އިޝްވާ އެންމެފަހުން ނުހުރެވިގެން ބުންޏެވެ. ރާހިލް މަޑު "ހްމްމް" އެއް ލައްވައިލީ އިޝްވާގެ ވާހަކަ އެބަ އަޑުއަހަމޭ ބުނާ ފަދައަކުންނެވެ.
"އިޝީއަކަށް ނޭނގޭ ގަބޫލު ކުރަންވި އެއްޗެއް ދޮންބޭ. އެނގޭ މާނުގެ ގަރލްފްރެންޑެއް ހުންނަކަން. އެކަމަކު މާނުގެ ވާހަކަތަކުން ހީވަނީ އިޝީއާ ދޭތެރޭ ވަރަށް ކެއަރ ކުރާހެން" އިޝްވާ ބުންޏެވެ.
"އޮފްކޯސް. އެންމެންވެސް އިޝީއާ ދޭތެރޭ ކެއަރ ކުރެޔޭ. އަހަރެންވެސް… ޒީވާވެސް.. ޝައިނާވެސް.. ޝިމާންވެސް.."
"ތިހެނެއް ނޫނޭ ދޮންބޭ" އިޝްވާ ކުއްލިއަކަށް އޭނާގެ ފިޔަވަޅުތައް ހުއްޓައިލަމުން ރާހިލްގެ ވާހަކަ މެދުކަނޑައިލިއެވެ. އޭރު އެދެމީހުންނަށް ތިބެވުނީ ގެއާ ވަރަށް ކައިރީގައެވެ.
"ހީ.. ހީވަނީ މާނު އިޝީއަށް ކެއަރ ކުރާގޮތް ތަފާތުހެން. އިޓްސް.. އިޓްސް ކޮންފިއުޒިންގް.. އެކަމަކު ހީވަނީ މާނު އަދިވެސް އިޝީދެކެ ލޯބިވާހެން. ހީވަނީ ނީމްއާ ރައްޓެހިވެގެން އުޅޭތީ ބުނަން ނުކެރެނީހެން" އިޝްވާ ބުންޏެވެ.
އިޝްވާގެ ވާހަކަތަކަށް ދޭނެ ރައްދެއް ރާހިލްއަކަށް ނޭނގުނެވެ. ޝިމާން އަދިވެސް އިޝްވާދެކެ ލޯބިވާކަން އޭނާއަށް އެނގެއެވެ. އިޝްވާގެ ހާލަތު ދަށްވެގެން ދިޔަރޭ ހުދު ޝިމާންގެ ދުލުން ވަނީ އިޝްވާދެކެ ލޯބިވާކަމަށް އެއްބަސްވެފައެވެ. ނަމަވެސް ޝިމާންއާއި ނީމްގެ ގުޅުމަކީ ދުވަސްވީ ގުޅުމެކެވެ. މަގުބޫލު އުޒުރަކާނުލައި އެ ގުޅުން ކަނޑައިލުމަށްފަހު ޝިމާން އަލުން އިޝްވާއާ ގުޅިދާނެ ކަމަކަށް ރާހިލްގެ ހަމަބުއްދި ގަބޫލެއްނުކުރެއެވެ. އެ ވާނީ ނީމްއަށްވެސް ވެވޭ ވަރަށްބޮޑު ބޭއިންސާފަކަށެވެ. ޝިމާންއަށް އެފަދަ ކަމެއް ކުރަން ކެރިދާނެއޭ އޭނާގެ ހިތެއް ނުބުނެއެވެ. ވީއިރު އިޝްވާއަށް ބޭކާރު އުއްމީދެއް ދޭން ބޭނުން ނުވީތީ ރާހިލް ހިމޭންކަން އިހްތިޔާރުކުރީއެވެ.
"ދޮންބޭ" ދެންވެސް ވާހަކަދެއްކީ އިޝްވާއެވެ.
"ދޮންބެއަށް ހީވޭތަ އޭރު މާނު އަސްލުވެސް އިޝީއާ އެއްކޮށް އުޅުނީ ބެޓަކަށްހެން" އިޝްވާ އަހައިލިއެވެ. އޭނާވަނީ އެވާހަކަ ރާހިލްއަށް ކިޔައިދީފައެވެ.
"ނޫން" ރާހިލް ބޯ ހޫރައިލިއެވެ. "ހިއެއްނުވޭ. އަހަރެން ނުބުނާނަން ޝިމާން އެ ބުނާ ބަޔަކާ އެ ބެޓެއް ނުކުރެޔެކޭ. އެކަމަކު އަހަރެންނަށް ފެނުނު އިޝީއާއި ޝިމާންގެ ރިލޭޝަންޝިޕަކީ ފޭކެކޭ އަހަރެން ނުބުނާނަން. ފީލިންގްސް ބަދަލުވެދާނެ ހަމަ ކޮންމެ ވަގުތަކުވެސް. ޝިމާންއަށް ފަހުން އިޝީއާމެދު ސީރިއަސް ވެވުނީ ކަމަށްވެސް ވެދާނެ.." ރާހިލް ތެދުތެދަށް ޖަވާބުދިނެވެ.
"އެކަމަކު އިޝްކޯ. އަބަދުވެސް ހަނދާންކުރާތި މިހާރު.."
"އެކަމަކު މިހާރު މާނު އެ އުޅެނީ އެހެން މީހަކާއެއްކޮށް. އެނގެޔޭ އެނގެޔޭ. ދެން އެވާހަކަ ބާއްވާފަ ހިނގަދާން. ރިއާންބެ ހުންނާނީ ފޫހިވެފަ ދޮންބެ ނެތީމަ" އިޝްވާ ރާހިލްގެ އަތުގައި ހިފައި މަގުގެ އަނެއްފަރާތަށް ހިނގައިގަންނަން މަސައްކަތްކުރިއެވެ. އެހެނަސް ރާހިލް ހުރިތަނުން ގުޑައިވެސްނުލިއެވެ.
"އިޝީ… އައިމް ނޮޓް ޝުއަރ. އޮފީހަށް ކަންނޭނގެ ދާންވީ" ކުރިމަތީގައިހުރި އިމާރާތަށް ބަލައިލަމުން ރާހިލް ބޯ ހޫރައިލިއެވެ.
"ކަމޯން ދޮންބޭ. އިޓްސް ބީން ސިކްސް އިޔަރޒް. ބައްޕަ އެއްވެސް އެއްޗެކޭ ނުބުނާނެއޭ. އެހެންނޫނަސް އިޝީ ހުއްޓާ ބައްޕައަށް ލާހިކެއްނޫން މިފަހަރު ދޮންބެގާތު ނުކުންނަން ބުނާކަށް" އިޝްވާ ބުންޏެވެ.
"ތިއީއެއް ނޫނޭ މައްސަލައަކީ އިޝްކޯ. އައި ހޭވް އަ ޕްރައިޑް ޓޫ. އަހަރެން އެހާ ދަށް މީހަކަށްވާކަށް ބޭނުމެއްނޫން" ރާހިލް ދެކޮޅުހެދިއެވެ.
"ނޯ. މިފަހަރު ދޮންބެ ޖެހޭނެ ދާން. ސިސްވެސް އެ ދިޔައީނު. މަންމަމެން ސިސްއާ ދޭތެރޭ ކަންތައްކުރީ ވަކި ރަނގަޅައްތަ؟ ލާރން ސަމްތިންގް. ޕްލީޒް. ބީ ދަ ބިގަރ ޕަރސަން. ދެން ހިނގާބަލަ އަޅެ. އިޝީ ބުނީތީ"
އިޝްވާގެ ވާހަކައާމެދު ރާހިލްއަށް ވިސްނައިލަން މަޖުބޫރުވިއެވެ. މީގެ ހަ އަހަރުކުރިން އޭނާ އެ ގެ ދޫކޮށްލާގައި ދިޔައީއްސުރެން ކުރިން އިޝްވާވެސް އަދި ޒީވާވެސް އޭނާއަކަށް އެގެއަށް ވަނުމަށް ބާރު އަޅާފައެއް ނުވެއެވެ. ޝައިނާ މަންޒަރަށް އައުމާއެކު ހަމަ ކުއްލިއަކަށް އެދެމީހުންގެ ހިޔާލު ބަދަލުވީއެވެ. ރާހިލް އަދިވެސް ޖެހިލުންވެފައިހުރެ ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އޯކޭ އިޝީ.. އޮންލީ ޓެން މިނަޓްސް" ރާހިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އިޝްވާ އިންޒާރަކާނުލައި ރާހިލްގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ގޮސް މަގުގެ އަނެއް ފަރާތުގަހުރި ގޭގެ ބޮޑުދޮރު ހުޅުވައިލިއެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ރާހިލްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ އޭނާވެސް އުޅެ ބޮޑުވި ގެ ކަމަށްވާތީއާއެކު އެ ގެ ވެފަައިވަނީ އޭނާގެ ހިތާވެސް ވަރަށް ގާތް ގެއަކަށެވެ.
"އެންޑް ދޮންބޭ. ސިސްއާ ދިމާލަށް އިޝީ ކީ ހުރިހާ އެއްޗަކަށް ވަރަށް ބޮޑަށް ސޮރީ.. އެނގޭ އެއީ ކިޔަން ވާނެ އެއްޗެއްސެއް ނޫންކަން އެކަމަކު އެއިން އެއްވެސް އެއްޗެއް އިޝީ މީންއެއް ނުކުރަން. އިޝީ ބޭނުމީ ސިސް ހުންނަން. ޝީ އިޒް ދަ ބެސްޓް. ޝީ އިޒް އޯސަމް ކައިންޑް ލަވިންގް ސްވިީޓް" އިޝްވާ ލިފްޓަށް އަރަމުން ބުންޏެވެ.
"ކައިންޑް ލަވިންގް ސްވީޓް؟ ޔަގީންތަ ހަމަ ޝައިނާގެ ވާހަކަކަން ތިދައްކަނީ؟" ރާހިލް ހައިރާންވެފައި އަހައިލިއެވެ. އިޝްވާ ބަދަލުގައި ލޯ އަޅައިލުމާއެކު ރާހިލް ހިނިގަނޑަކުން ފުއްދައިލީއެވެ.
——————
ބޮޑުކޮޓަރީގެ ސޯފާގައި އިން ތުއްތު ޔާނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އަތުގައި އޮތް ވާފިޔާ ދިން ބޮޑު ޗޮކްލެޓަށް ބަލަހައްޓައިގެން އިން އިރު ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. އެކުއްޖާގެ ދެފަރާތުގައި ޝައިނާއާއި ޒީވާ އިށީނދެލައިގެން ތިއްބެވެ. ދެމީހުންވެސް މަސައްކަތް ކުރަމުންދިޔައީ ޔާނާ މަސަލަސް ކުރެވޭތޯއެވެ. އެތަނުގައި ވަކިން ހުރި ސޯފާގައި ރިއާން ރާއީ އުރާލައިގެން އިންްއިރު އެ އެންމެންގެ ކުރިމަތީގައި ވާފިޔާ ހާސްވެފައިހުރެ ދެކޮޅަށް ދެކޮޅަށް ހިނގަހިނގައި ހުއްޓެވެ.
"އަހަރެން ހިއެއްވެސް ނުކުރަން ނާޝިދު އެހެން ކަންތައް ކޮށްފާނެ ކަމަކަށް. ރާހިލްއަށް ކިތަންމެ ނަފްރަތު ކުރިޔަސް ތިއީ ހަމަ ކުޑަކުޑަ ކުދިންނެއް ނޫންތަ. ޒިވްޔަންއާހުރީ ވަކި ކޮން ތަފާތެއްތަ؟" ވާފިޔާގެ ދެލޯ ފެންކަޅިވަމުންދިޔައެވެ.
"ބައްޕަވެސް ޔާނާއާއި ރާއީއަށް ނުދޭ އެއްޗެއް ޒީވްޔަންއަށް ދޭކަށް ނުޖެހޭ" ޒީވާ އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ.
"ބޭބެ ބޭނުން ކުއްޖަކަށް ހަދިޔާ ދިނުމަކުން މައްސަލައެއްނެތް. އެކަމަކު.. އެކަމަކު ޔާނާމެން ނެތް ވަގުތެއްގަ ދިން ނަމަ" ޝައިނާއަށް ބުނެވުނެވެ. އޭނާވެސް އިނީ ހަދާނެގޮތް ހުސްވެފައެވެ.
"ދަރިފުޅޫ. ދެން އަޅެ ހުއްޓާލަބަލަ. ބަލަ މާމަ މިއޮތީ ބޮޑު ޗޮކްލެޓެއްވެސް ދީފައެއްނު. ދަރިފުޅު ބުނީމެެއްނު މާމަ ގާތަށް ޗޮކްލެޓް ބަލައޭ މިއައީ. ދެން ހުއްޓާލާ" ޔާނާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ޝައިނާ ބުންޏެވެ.
"ނޫން. ޒިވްޔަންއަށްވެސް.. ޗޮކްލެޓް.. ލިބުނު.. ޔާނާއަކަށް…ޓޯއީޒްއެއް.. ނުލިބޭ.. ކާފަ.. ޔާނާ.. އިގްނޯ ކޮށްލީ" ޔާނާ ރޮމުން ރޮމުން ބުންޏެވެ. އެކުއްޖާ ޝަކުވާ ކުރަމުންދިޔައީ ނާޝިދުމެން ރާއްޖެއިން ބޭރުން އައިއިރު ގެނައި ކުޑަކުދިންގެ ކުޅޭ ސާމާނާއި ކިޔަވާ ސާމާނުފަދަ ގިނަ އެއްޗެހިތަކެއް ހަމައެކަނި ޒިވްޔަންއަށް ދިނުމުންނެވެ.
"ޔާނާ.. ދޫނީ.. ކާފައަށް ނޭނގުނިއްޔޭ ޔާނާ ލައިކްވާ އެއްޗެއް ގެންނަން. ޔާނާ ކުރިން ކާފައާ މީޓް ނުވާތީ ނޭނގުނީ. ދެން ފަހަރަކުން ގެންނާނޭ ދޯ މާމާ" ޒީވާގެ ވާހަކައަށް ވާފިޔާ އަވަސް އަވަހަށް ބޯ ޖަހައިލިއެވެ.
"ޔާނާ ބޭނުމީ އެ ކަލަރިންގް ބުކް އެކަނި" ޔާނާ ދައްކަމުންދިޔައީ އެ ހަދިޔާތަކުގެ ތެރޭގައި އޮތް ކުލަޖައްސާ ފޮތެެއްގެ ވާހަކައެވެ.
"ކަލަރިންގް ބުކްއެއް ގަންނާނީ ދަރިފުޅޫ. ދެން ހުއްޓާލާ. ބަލަ ދޮންބެވެސް ނުރޮއެެއްނު. ބަސްއަހައިގެން އެއިނީ ރިއާންބޭބެ އާ އެއްކޮށް. އަވަހަށް ހުއްޓާލާ" ޝައިނާ މަޑުމަޑުން ޔާނާ އުރައިލައި އުނގުގައި ބައިންދައިލިއެވެ. އެވަގުތު ޒިވްޔަން އެކުއްޖާއަށް ލިބުނު ހަދިޔާ ކޮތަޅާއެކު ނާޝިދުމެންގެ ކޮޓަރިން ނުކުމެގެން އައިތަން ފެނި ރިއާން އަވަހަށް ޒިވްޔަންއަށް ގޮވައިލިއެވެ. ވާފިޔާ ހަލުވި ފިޔަވަޅު ތަކެއްގައި ކޮޓަރިއާ ދިމާލަށް ހިނގައިގަތްގޮތުން ހީވީ އެމައްސަލައިގައި ނާޝިދާ އަރައިރުންވާން ތައްޔާރަށް ދިޔަހެނެވެ. އެ ހުރިހާ ކަމެއްގެ ތެރެއަށްގޮސް ހުސްވެފައިތިބި ވަރުން އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަތް އިޝްވާއާއި ރާހިލް އެކަކަށްވެސް ނުފެނުނެވެ. ޔާނާއަށް ފިޔަވައެވެ.
ޔާނާއަށް ރާހިލް ފެނުމާއެކު ޝައިނާގެ އުނގުން ފުންމައިލަމުން ދުވެފައިގޮސް ރާހިލްގެ ފައިގައި ބައްދައިލިއެވެ. ރާހިލް ވަގުތުން ޔާނާ އުރައިލުމަށްފަހު ޔާނާގެ މޫނަށް ބަލައިލިއެވެ. ޔާނާ ރާހިލްގެ ގައިގައި ބައްދައިލަމުން ގިސްލަން ފެށުމުން ރާހިލްގެ މޫނުމަތިން ސިހުމާއި ކަންބޮޑުވުން ފާޅުވާންފެށިއެވެ. އިޝްވާވެސް ކިހިނެއްވީހޭ އަހައިލާ ފަދައަކުން އަވަަހަށްގޮސް ޝައިނާއާއި ޒީވާގެ ގާތުގައި އިށީނެވެ.
"އާދެބަލަ ދަރިފުޅޫ. ކޮބާ ކަލަރިންގް ބުކް. އެހެން ކުދިންނާވެސް ޝެއަރކުރަން ވާނެއެއްނު ދޯ. ޔާނާ ދައްތިއަށް ދީ އެނގޭ ކަަލަރިންގް ބުކް. ރާއީވެސް ބޭނުން އެެއްޗެއް ނަގަން ދެެއްޗޭ އެނގޭ" ރިއާންގެ ގާތަށް ދުވެފައި އައިސް ހުއްޓިލި ޒިވްޔަންގާތު ރިއާން ދެއްކި ވާހަކައަށް ރާހިލްގެ ސަމާލުކަން ހުއްޓުނެވެ.
"ވަޓް ހެޕެންޑް ޕްރިންސަސް؟" ރާހިލްގެ ސުވާލަށް ޔާނާ ޖަވާބެއް ނުދިނެވެ. ޔާނާގެ ބޮލުގައި ފިރުމައިލަ ފިރުމައިލައިހުރެ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އައިސް ރާހިލް ސޯފާގާތު ހުއްޓިލިއެވެ. އޭނާ ހިތުން މައްސަލަ ޖެހިގެން މިއުޅެނީ ޔާނާއާއި ޒިވްޔަން ކޮންމެވެސް ކަމަކާ އަރައިރުންވީތީއެވެ. މިކަމުގައި ނާޝިދުގެ ހިއްސާއެއް އޮވެދާނޭ ރާހިލް ހީކޮށްފައިވެސް ނެތެވެ.
"އެކަމަކު ބައްޕީ.. ކާފަ ހުރިހާ އެއްޗެއް ދިނީ ޒިވްޔަންއަށް. ހުރިހާ އެއްޗަކުންވެސް އޮތީ ވަން އެތި" ޒިވްޔަންގެ ޖަވާބު އިވުމާއެކު ރާހިލްއަށް ކޮންމެވެސް ވަރަކަށް ވާނުވާ ރޭކައިލިއެވެ.
"ދެން ޑޭޑް" އިޝްވާއަށް މާޔޫސްވެފައިވާ އަޑަކުން ބުނެވުނެވެ. ނާޝިދު އެހެން ކަންތައްތައް ކުރީ ކީއްވެހެއްޔެވެ؟
"ނޯ ނީޑް" ޒިވްޔަން ދިއްކޮށްލި ކުލަޖައްސާ ފޮތާ ދުރަށް ޖެހިލަމުން ރާހިލް ބުންޏެވެ. ރާހިލްގެ ދެ ބުމަ ގޮށްޖެހިގެންދިޔަ ހިސާބުން ޝައިނާއަށް ރާހިލް ރުޅި އަންނަން ފަށައިފިކަން ރޭކައިލިއެވެ. އޭނާ ސޯފާއިން ތެދުވެ މަޑުމަޑުން ރާހިލްގެ އަތުގައި ހިފަހައްޓައިލިއެވެ.
"ރާއީއަށްވެސް.. އަދި ޔާނާއަށްވެސް އެމީހާ ދޭ އެއްޗެއް ގަބޫލު ކޮށްގެން ނުވާނެ. ޑޫ ޔޫ އަންޑަރސްޓޭންޑް" ޝައިނާއާ ހަތަރުކަޅި ހަމަކޮށްލަމުން ރާހިލް ބުންޏެވެ. ރާހިލްއަކީ އެެއްވެސް އިރެއްގައި އޭނާއަށް ކަންކަން މަނާކޮށް އުޅޭ މީހެއްނޫނެވެ. އެހެންކަމުން އެއީ ރާހިލް ކިހާ ހިތްހަމަނުޖެހޭ ކަމެއްކަން ޝައިނާއަށް އެނގި އެކަމަށް އެއްބަސްވިއެވެ.
"ސޯ މަޗް ފޯރ ބީއިންގް ދަ ބިގަރ ޕަރސަން" ރާހިލް ވަށްބަސް އެއްލީ އެތަނުގައި އިން އިޝްވާއަށެވެ. އެއަށްފަހު ޔާނާ އުރާލައިގެންހުރެ ފަސްއެނބުރި އެގެއިން ނުކުތުމަށް ހިނގައިގަތެވެ.
"ލެޓްސް ގޯ ޕްރިންސަސް.. ކުލަޖައްސާ ފޮތެއް ގަންނާނީ. ކިތަށް ފޮތް ދަރިފުޅު ބޭނުންވަނީ؟"
ރާހިލް އެތަނުން ދާން ފެށުމުން ޝައިނާއަކަށްވެސް އެތަނުގައި މަޑުކުރާކަށް ނުކެރުނެވެ. އަދި ވަކިން ހާއްސަކޮށް ނާޝިދު އެމީހުންނާ ދޭތެރޭ ބޭއްވި ބީރައްޓެހިކަމަށްފަހު އެގޭގައި ހުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި އޭނާއަކަށްވެސް ނުފެނުނެވެ.
"ސޮރީ ޒީ.. އިޝްކޯ.. މަންމައަށް ސަލާން ބުނައްޗޭ.." ޝައިނާވެސް ޒިވްޔަން ރާއީއަށް ދިން ރިމޯޓު ކާރު ރާއީގެ އަތުން އަތުލައި ރިއާންއަށް ދިއްކޮށްލުމަށްފަހު ރާއީގެ އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. ގާތްގަނޑަކަށް ގޭގެ ދޮރާ ހަމައަށް އާދެވިފައި ވަނިކޮށް ކުއްލިއަކަށް އިވުނު ވާފިޔާގެ އަޑަށް ޝައިނާގެ އިތުރުން ރާހިލްގެ ފިޔަވަޅުތައްވެސް މަޑުޖެހިލިއެވެ.
"ދަރިފުޅާ. ޝައިނާ. ރާހިލް. މަޑުކޮށްބަލަ" ވާފިޔާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް އެމީހުންގެ ގާތަށް ހުއްޓުނެވެ. އޭނާއާއެކު ނާޝިދުވެސް އައެވެ.
ޝައިނާއާއި ރާހިލް ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާގައެވެ. އެހެންހުއްޓައި ވާފިޔާ މަޑުމަޑުން ނާޝިދުގެ އަތުގައި ކޮށްޓައިލުމާއެކު ނާޝިދު ކަމެއް ހަނދާންވާ ފަދައިން ޔާނާއާ ދިމާލަށް އަތްދިއްކޮށްލިއެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި ވަނި މަޖުބޫރުކަމެވެ. ވާފިޔާ ހިތްރުއްސަން އޭނާ އެ ހުރިހާ ކަމެއް ކުރަން ކޮންމެހެން ޖެހުނީއޭ ހީވާ ކަހަލައެވެ.
"ސޮރީ ދަރިފުޅޫ. ކާފައަށް ކުރިން ޔާނާއާ މީޓް ނުވާތީ ނޭނގުނީ ޔާނާއަށް ގިފްޓް ގެންނަން. ދެން ފަހަރަކުން ކާފަ ފްލައިޓްގަ އަންނައިރު ބައިވަރު ގިފްޓް ގެންނާނަން ދެކުދިންނަށްވެސް. މިފަހަރު ހިނގަ ކާފައާ އެއްކޮށް ގިފްޓް ގަންނަންދާން. އާދޭ" ނާޝިދުގެ ވާހަކަ އިވި ޝައިނާއަށް ދެލޯ ބޮޑުކޮށްލެވުނުއިރު ރާހިލްއަށް ފިޔަވަޅު އަޅައިލެވުނީ ފަހަތަށެވެ. ނާޝިދުގެ އަތަށް ޔާނާ ދޭކަށް ރާހިލް ބޭނުމެއް ނުވިއެވެ.
"އިޓްސް އޯކޭ ކާފާ. އެކަމަކު ޔާނާ ބޭނުންވަނީ ކަލަރިންގް ބުކް އެއް" ރާހިލްގެ ކޮނޑުން ބޯ ހިއްލައިލަމުން ޔާނާ ނާޝިދުގާތު ބުންޏެވެ. ކުޑަކުދިންނަކީ މިއީ އަޖައިބެއްކަހަލަ ބައެކެވެ. މީހަކު އެކުއްޖާ ކިތަންމެ ދެރަ ކޮށްލިޔަސް މަޢާފަށް އެދޭ ހިނދުން ހިނދަށް އެމީހަކަށް މަޢާފު ކޮށްފާނެއެވެ.
"އާދޭ އަވަހަށް" ނާޝިދު ދެވަނަ ފަހަރަށް އަތްދިއްކޮށްލުމާއެކު ޔާނާ ހިސާބަކަށް ތުއިވެލައިފައި ނާޝިދުގެ އަތުގެ ތެރެއަށް ވެއްޓިގަތެވެ. ރާހިލްއަށް ދަތްކުނޑި ވިކައިލެވުނެވެ. އޭނާގެ ރުޅިގަނޑު ހީވަނީ ދެންމެ ދެންމެ ފަޅައިގެން ގޯސްދާނެހެނެވެ. ކުޑަކުދިންތަކެއްގެ ކުރިމަތީގައި ނާޝިދާ ދިމާލަށް އެއްޗެކޭ ބުނެ އެތަނުގައި ހަމަނުޖެހުމެއް ހިނގާނެ ޖާގަ ދޭނެ ބޭނުންނުވާތީ އޭނާ ހަނުހުރީއެވެ.
ޔާނާ ގޮވައިގެން ނާޝިދު އެތަނުން ހިނގައިގަތުމާއެކު ރާހިލް ހަމަޖެހެން މަސައްކަތް ކުރާހާލު ފުންނޭވާއެއް ދޫކޮށްލަމުން ދެއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލިއެވެ. އެއަށްފަހު އޭނާ ދުއްވައިގަތީ އެތަނުގައިހުރި ސިޑިން މައްޗަށެވެ. ޝައިނާއަށް ކަންބޮޑުވެފައި އެ ސިޑިއާ ދިމާލަށް ފިޔަވަޅެއް އަޅައިލެވުނެވެ. ނަމަވެސް އޭނާގެ އަތުގައި ހިފައިގެންހުރި ރާއީއަށް ބަލައިލަމުން ހުރިތަނުގައި މަޑުކޮށްލީއެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ އެވަގުތު ވާފިޔާ އޭނާގެ އަތުން ރާއީގެ އަތް ނައްޓުވައިލުމުންނެވެ.
"ވަރަށް ހިތްހަމަނުޖެހިގެން ކަންނޭނގެ އެ ދިޔައީ. އަޅެ ދަރިފުޅު ދޭބަލަ. މަންމަ ރާއީ ބަލާލާނަމޭ. ކާން ތައްޔާރުކޮށްފަ ގޮވާނަން" ވާފިޔާ އެދުނެވެ. ޝައިނާ ދެ ހިޔާލެއްގައިހުރެ އެއްފަހަރު ވާފިޔާއަށާ އަނެއްފަހަރު ސިޑިއާ ދިމާލަށް ބަލައިލިއެވެ.
"ދެން ދޭބަލަ ދަރިފުޅާ" ވާފިޔާ މަޑުމަޑުން ޝައިނާގެ ކޮނޑުގައި އަތްއަޅައި ސިޑިއާ ދިމާލަށް ކޮށްޕައިލިއެވެ. ޝައިނާ ކުޑަކޮށް ލަދުވެސް ގަތެވެ. ޖެހިލުންވެފައިހުރެ ސިޑީގެ ހަރުފަތްތައް ގިރާ ކުރުމަށް ފަހުގޮސް ރާހިލްގެ ކޮޓަރީގެ ދޮރު ދެތިން އިންޗިއެއްހާތަނަށް ހުޅުވައިލިއެވެ. ބެލްކަނީގެ ދޮރު ކައިރިއަށް ވައްޓާލައިފައި އޮތް ބީންބޭގެއްގެ މަތީގައި ރާހިލް އިށީނދެލައިގެން އިންއިރު އެތަނުގައިވާ ހަމައެކަނި އަލިކަމަކީ ހުޅުވާލެވިފައިވާ ބެލްކަނީގެ ދޮރުން އެ ކޮޓަރީގެ ތެރެއަށް އެޅިފައިވާ ކޮކާ ހަނދުވަރުގެ އައްޔެވެ.
ކޮޓަރީގެ ދޮރު ހުޅުވިފައި ލެއްޕުނު އަޑު އިވި ރާހިލް ފަހަތް ބަލައިލިއެވެ. އެތަނުގައިހުރި ޝައިނާ ފެނުމާއެކު ރާހިލް އޭނާ އިންތަނުން ތެދުވަން އުޅުނެވެ. ނަމަވެސް ޝައިނާ އެ ފުރުސަތު ނުދީ އަވަހަށްގޮސް ރާހިލް ހުއްޓުވިއެވެ.
"ރާހިލް މަޑުކޮށްބަލަ ވެއި–" ޝައިނާ ގޮސް ރާހިލްގެ ކޮނޑުގައި ހިފެހެެއްޓުމާއެކު ބީންބޭގުން ތެދުވެ ތެދުވެހުރި ރާހިލްގެ ފައި ކައްސާލައި ދެމީހުން އެކުގައި ބީންބޭގްގެ މައްޗަށް ވެއްޓުނެވެ. ވެއްޓުނު ވަގުތު ޝައިނާގެ ދަތްދޮޅި ގޮސް ރާހިލްގެ ކޮނޑުގައި ޖެހުމާއެކު ޝައިނާގެ ދޫ ހެފި އޭނާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. އޭރު ޝައިނާއަށް އިނދެވުނީ ރާހިލްގެ އުނގުގައެވެ.
"ކިހިނެެއްވީ؟ ތަނަކަށް ތަދުވީތަ؟" ރާހިލްއަށް ކަންބޮޑުވެފައި އަހައިލެވުނެވެ.
"ދޫ ހެފުނީ" ޝައިނާގެ ޖަވާބު އިވުމާއެކު ރާހިލް ގާތަށް ހިނިއައެވެ. ނަމަވެސް ޝައިނާއަށް ހަގީގަތުގައިވެސް ތަދުވެއްޖެކަން އެނގުމުން އޭނާއަށް ހިނިގަނޑު ހިފަހައްޓައިލަން މަޖުބޫރުވީއެވެ.
"ހީބަލަ. މިއީ ހުސް ރާހިލްގެ ކަންތަކޭ" ޝައިނާ ދެލޯ އަޅައިލިއެވެ.
"އަހަރެންނޭ؟ އަހަރެން ކީއްކުރީ؟" ރާހިލްއަށް އޮޅުނެވެ.
"ކީއްކުރަންތަ އަހަރެން އައިމަ ތެދުވަން އުޅުނީ؟" ޝަައިނާ އަހައިލިއެވެ.
"ޝައިނާވެސް އެކުދިން ބަހައްޓާފަ އައިމަ އަހަރެން–"
"ސާބަހޭ. މަންމަވެސް އެބަހުއްޓެއްނު. ޒީމެންވެސް އިޝީވެސް އެބަހުއްޓޭ" ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ. އަދި އަނެއްކާވެސް އަނގަ ލައްޕައިލައި ހުޅުވާލައި އަނގަމަތީގައި އަތް އަޅައިލިއެވެ.
"އަދިވެސް ތަދުވޭތަ؟ ދައްކަބަލަ ފުމެލަދޭނަން" ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން ރާހިލް ބުންޏެވެ.
"ނޫން ރާހިލް ދެން އައްޗީޑި" ޝައިނާ ދުރަށް މޫނު އަނބުރައިލިއެވެ.
"އައްޗީޑިއޭ؟ މައި މައުތް ހޭޒް ޑަން ވޯރސް ތިންގްސް ވިތް ޔޯރ ޕްރިޓީ މައު–"
"ދެން ރާހިލްލްލްލް" ޝައިނާ ތެޅިގެންފައި ރާހިލްގެ އަނގަމަތީގައި އަތްއަޅައިލިއެވެ. އެތަނަށް އެޅިފައިވި ފަނޑު ކޮކާ ހަނދުވަރުގެ އަލީގަވެސް ރާހިލްއަށް ޝައިނާގެ މޫނު ލަދުން ރަތްވެގެން ދިޔަތަން ފެނުނެވެ. އޭނާ ބޭނުންވީ އިތުރަށް ޝައިނާ ލަދުން މޯޅިކޮށްލާށެވެ.
"ޑޫ ޔޫ ރިއަލައިޒް؟" ރާހިލްގެ އަނގަމަތީގައިވާ ޝައިނާގެ އަތް ދުރުކޮށްލިއެވެ.
"ކޯއްޗެއް؟" ޝައިނާ އަހައިލިއެވެ.
"މިއީ ޝައިނާ އަހަރެންނާއެކު މި ކޮޓަރިއަށް އައި ފުރަތަމަ ފަހަރެއްނު" ރާހިލް އެެއްމިޔަކަނިން ހިނިތުންވެލިއެވެ.
"ނޫން" ޝައިނާ ބޯ ހޫރައިލިއެވެ. "އަހަރުމެން ދިމާވީވެސް މި ކޮޓަރިންނެއްނު. ހަނދާނެއް ނެތްތަ؟ އަހަރެން ކުރެހުންތައް ބަލާ އައި ދުވަހު؟ އެނދުގަ އޮތެއްނު އަންހެންކުއްޖެއް" ޝައިނާ ހަނދާންކޮށްދިނެވެ. ރާހިލްއަށް އެދުވަސް ހަނދާންވުމާއެކު ކަރުބުޑުން ހިތްހަމަނުޖެހޭކަމުގެ އަޑެއް ލައްވައިލެވުނެވެ.
"ނޮޓް ދަ ބެސްޓް ވޭ ޓު މީޓް ދަ ލަވް އޮފް ޔޯރ ލައިފް ދޯ؟" ރާހިލް އަހައިލިއެވެ. ޝައިނާވެސް ރާހިލްގެ ވާހަކައާ އެއްބަސްވިއެވެ.
"ދެން ކީއްކުރާނީ. ދެޓްސް ވަން ބޭޑް މެމޮރީ" ރާހިލްއަށް ބުނެވުނެވެ. ޝައިނާ ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ.
"އަހަހަ. އެކަމަކު ވަރަށް އުފާވެއްޖެ މިގެއަށް އާދެވުނީމަ. އަހަރެންގެ އެންމެ އުފާވެރި ހަނދާންތައްވެސް ގުޅިފައިވަނީ މިގެއާ. ޒީއާއެކު.. އިޝްކޮއާއެކު އަދި ދައްތައާއެކު ހޭދަކުރި އުފާވެރި ވަގުތުތައް. ރާހިލްއާއެކު.."
"އަހަރެންގެ ވާހަކަ ނުދައްކާ. މިގޭގަ އަހަރެންނާއެކު ޝައިނާއަށް ހޭދަކުރެވިފައިވާ އުފާވެރި ހަނދާންތަކަކަށްވުރެން ހިތާމައިގެ ހަނދާންތައް މާ ގިނަވާނެ ކަންނޭނގެ" ރާހިލް ބުންޏެވެ. އެއާއެކު އެ ދެމެދަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެކެވެ.
"އަސްލު އަހަރެން ބޭނުމެއްނޫން މިގެއަށް އަންނާކަށްވެސް. މިއަދުވެސް އިޝީއާ ޒީއާ އެހާވަރަކުން ކީމަ މިއައީ. އެހާ ދުވަސްކޮށްފަ އައިމަވެސް ފެނިއްޖެއެއްނު ކަންވީގޮތް" ރާހިލް ބުންޏެވެ.
"އަހަރެން ބޭނުމެއްނޫން ދެން ދުވަހަކުވެސް ޔާނާއާއި ރާއީ މިގެއަށް ގެންނާކަށް. ޝައިނާވެސް އަހަރެންނަށް ވައުދުވޭ. އަހަރުމެން ވަކިވިޔަސް.. ޔާނާވެސް ރާއީވެސް މިގެއަށް ނުގެންނާނަން ކަމުގަ. އަހަރެންނާއި ޝައިނާއާ ދެމީހުންގެ ލޯބި އިރާދަކުރެއްވިއްޔާ އެކުދިންނަށް ފުދޭނެ. ޝައިނާއާ ވަކިވިޔަސް.. އެދެކުދިންނަށް އަހަރެން ދޭ ލޯތްބަކަށް ބަދަލެއް ނާންނާނެ" ރާހިލްގެ ވާހަކަ ދާންފެށި މިސްރާބުން ޝައިނާ އަނެއްކާވެސް ބިރުގަންނަންފެށިއެވެ. ހީވާކަހަލައެވެ. ރާހިލް ވަނީ މިހާރު އެ ކައިވެންޏާމެދު އުއްމީދު ކަނޑައިލާފައެވެ. އޭނާއާއެކު ނޫޅޭނެކަން ކަނޑައަޅައި ނިންމާފައެވެ.
ރާހިލްއަށްވެސް ދެކެވެމުން ދިޔަ ވާހަކައިގެ ބުރަދަން އިހުސާސްވީ ކަހަލައެވެ. މީގެ ކުޑަ އިރުކޮޅެއްކުރިން އެތަނުގައި އޮތް މާހައުލު މުޅިން ބަދަލުވެއްޖެއެވެ.
"ރާހިލް" ރާހިލްގެ އުނގުގައި އިން ޝައިނާ ދުރުކޮށްލުމަށްފަހު ބީންބޭގުން ތެދުވިވަގުތު ޝައިނާއަށް ގޮވައިލެވުނެވެ. ރާހިލްއަށް އެ އަޑު ނީވޭ ފަދައިންގޮސް އެތަނުގައިހުރި ބެލްކަންޏަށް ނުކުތެވެ. ޝައިނާވެސް ގޮސް ރާހިލްގެ ގާތުގައި މަޑުކޮށްލިއެވެ.
"އަހަރެންވެސް މިހާރު ގަބޫލު ކުރަން އޭރު ޝައިނާ ދެއްކި ވާހަކަ. އަވަރ މެރިއެޖް އިޒް ހޯޕްލެސް. އެކަމަކު އެހެން ކޮންމެ ކަމެކޭ އެއްގޮތަށް.. އެކަންވެސް އަހަރެންނަށް ވިސްނުނީ މާ ލަހުން. ދެން އިތުރަށް މަޑުކުރާކަށް ބޭނުމެއްނޫން. އަހަރެން ޔަގީންކުރަން ޝައިނާ ނަގާ ކޮންމެ ފިޔަވަޅެއްވެސް ނަގާނީ އެކުދިންނަށް ވިސްނާފަ ކަމުގަ. އެހެންވީމަ އަހަރެން ހާސްވާ އެއްވެސް ކަމެއްނެތް. އަހަރެންނާ ވަކިވުމަށްފަހު ޝައިނާ އިތުރު ދިރިއުޅުމެއް ފަށަން ބޭނުންވިޔަސް.." ރާހިލްއަށް ހިންދިރުވައިލަމުން ރެއިލިންގްގައި ހިފަހައްޓައިގެން ހުރި އަތަށް ބާރުލެވުނެވެ.
"ބޭނުން ދުވަހަކުން.. އެކުދިން އަހަރެންގެ ގާތަށް ފޮނުވަދީ.. މި.. މިވަގުތުން ފެށިގެން.. ޝައިނާ ތިއީ—"
"ނޯ!" ޝައިނާ ކުރިއެކޭ އެއްފަދައިން މިފަހަރުވެސް ރާހިލްގެ ވާހަކަ މެދުކަނޑައިލިއެވެ.
"ނޮޓް ނައު. ނޮޓް ހިޔަރ ރާހިލް.. ގެ.. ގެއަށްގޮސް" ރާހިލްގެ ބުމަ ގޮށްޖެހުނެވެ. ޝައިނާ ވަރިކުރަންވީ ތަނަކާއި ސާއަތެއްވެސް އޭނާއަށް ބުނެދޭންޖެހޭ މީހަކީ ޝައިނާހެއްޔެވެ؟ އޭނާ ކޮންމެ ފަހަރަކު މިވާހަކަ މި ދައްކަން ފަށަނީ ކިހާ ހިތްވަރަކާއެކު ކަމެއް ޝައިނާއަށް ހަމަ ނޭނގެނީ ހެއްޔެވެ. އަނެއްކާ ވީ ގެއަށްގޮސްފައިވެސް ހަށީގައި ނެތް ހިތްވަރަކުން މި މައުޟޫއު އަލުން ފަށަންހެއްޔެވެ.
"މަންމަމެން.. އެންމެން އެބަތިބި ތިރީގަ.. މަންމަ ބުނެގެން ރާހިލްއަށް ކާން ގޮވަން މިއައީ. އަންނައްޗޭ.. އަވަހަށް" ޝައިނާ ހަލުވިކަމާއެކު ކޮޓަރިން ބޭރަށް ނުކުތް މަންޒަރު ބަލަން ހުރި ރާހިލް ބެލްކަނީގެ ރެއިލިންގަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލިއެވެ.
****************
"ޝައި ކޮބާތަ ދޮންބެ؟ ކާން ރެޑީވެފަ ހުރީ. ބައްޕަ އަސްލުވެސް ވަރަށް ދެރަވެފަ ކަންނޭނގެ ހުރީ ކަންތައް ކުރެވުނު ގޮތުން. ބަލާބަލަ މިހާރު ޔާނާއާއި ރާއީއާ ދެކުދިންނާއެކު މަޖާކުރާވަރު" ސިޑިން ފައިބައިގެން އައި ޝައިނާ ފެނުމާއެކު ޒީވާ ދުވެފައިގޮސް ޝައިނާގެ އަތުގައި ހިފައިލިއެވެ. އެއާއެކު ޝައިނާ ހަމަ ރަނގަޅަށްވެސް ސިހުނެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ސިކުނޑި ވަނީ މުޅިން އެހެން ދިމާލެއްގައެވެ. ޒީވާގެ ވާހަކަ ނަގައިގަތުމަށް އިރުކޮޅެއް ހޭދަވިއެވެ. ޔާނާއާއި ރާއީއާ ކޮންމެވެސް ވާހަކައެއް ދައްކަމުން ސޯފާގައި ހޭންތިބި ވާފިޔާއާއި ނާޝިދު އޭނާގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއް ފަހުންނެވެ. ނާޝިދު އިނީ ޔާނާ އުރާލައިގެނެވެ. އެ ތުއްތު ކުއްޖާގެ މޫނުނަ މިހާރު ފެންނަންހުރީ ހިނިތުންވުމެވެ. ހިތަށް އުފާވެރިކަން ލިއްބައިދޭ އެ މަންޒަރުންވެސް މިފަހަރަކު ޝައިނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
"ކިހިނެއްވީ ސިސް؟ ހާދަ ހާސްވެފަ؟" ބަދިގެއިން ނުކުމެގެން އައި އިޝްވާވެސް ހުއްޓިލީ ޝައިނާގެ ގާތަށެވެ. ހާސްކަމުގެ ސަބަބުން ހުދުވާން ފަށައިފައިވާ ޝައިނާގެ މޫނު ޒީވާއަށް ފާހަގަވީ އަދި ކިރިޔާއެވެ. އޭރު ޝައިނާއަށް ނޭވާ ލާންވެސް ދަތި ވެފައިވާ ކަހަލައެވެ.
"ޝައި؟" ޒީވާ ގޮވައިލިއެވެ.
"އިޝް.. އިޝްކޯ ޔާނާމެން.. ގެއަށް ގެންގޮސް.. ދެއްޗޭ އަހަރެން.. އެބަ.. އަންނަން" ތުރުތުރު އަޅަމުންދިޔަ އަތަކުން ޝައިނާ އިޝްވާގެ އަތުގައި ހިފައިލިއެވެ. އިޝްވާ އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. އެވަގުތު ސޯފާގައި ތިބި ޔާނާމެންނަށްވެސް ޝައިނާފެނި ޔާނާއާއި ރާއީ ދުވެފައި އައިސް ޝައިނާގެ ގާތަށް ހުއްޓުނެވެ.
"މަންމީ ބަލާބަ ކާފަ ދިން އެއްޗެއް" ޔާނާ ބުންޏެވެ. އެ އަޑު ޝައިނާއަށް ނީވާ ކަހަލައެވެ. ފިޔަވަޅު އަޅައިލީ ދުރަށެވެ.
"މަންމީ" ރާއީ ހިފައިލީ ޝައިނާގެ އަތުގައެވެ. ނަމަވެސް ޝައިނާ އެ އަތް ފޮޅައިލުމަށްފަހު ދުވެފައިގޮސް އެގެއިން ނުކުތީ އެ ދެކުދިންނަށް އަޅައިލުމެއްވެސް ނެތިއެވެ. އެކުދިންނާ ވާހަކަ ދައްކާނެހާ ހިތްވަރު އެވަގުތު އޭނާގެ ނެތީ ކަހަލައެވެ. ޒީވާއާއި އިޝްވާއަށް ހާސްވެފައި އެކަކު އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
މާ ގިނައިރެއްނުވެ ރާހިލް އެތަނަށް އައުމާއެކު ޒީވާ އަވަސްވެގަތީ ހިނގައިދިޔަ ކަންތައްތައް ރާހިލްގެ ގާތުން އޮޅުން ފިލުވުމަށެވެ.
"ދޮންބޭ! ޝައިއަށް ކީއްކުރީ؟" ޒީވާގެ ސުވާލާއެކު ރާހިލްގެ ނިތައް ރޫތައް ގިނަވެލިއެވެ.
"އަޖައިބެެއްނު. އަހަރެން ކަމެއް ކޮށްފިތަ؟" ރާހިލްގެ އަޑުގައި ހުރި ޒާތެއްގެ ހިތްހަމަނުޖެހުމުގެ ސަބަބުން ޝައިނާގެ ހާސްކަމުގެ ފަހަތުގައި ރާހިލްގެ އަތެއްވާކަން ޒީވާއަށް ޔަގީންވިއެވެ.
"ޝައި ހިނގައްޖެ" ޒީވާ ދެރަވެފައި ބުންޏެވެ.
"އާ ކަމެއްތަ؟ އެއީ ޝައިނާ ނުލާހިކު މޮޅުކޮށް ކުރާ ކަމެއްނު" ރާހިލްގެ އަޑުގައިވަނީ މަލާމާތެވެ.
"ދެން ދޮންބޭ" ޒީވާއަކަށް ރާހިލްގެ ރާގު ހުރިގޮތް ކަމަކު ނުދިޔައެވެ.
"ވެދާނެއެއްނު ފިހާރައަކަށް ދިޔައީ ކަމަށް. ބޯ ހަމަޖައްސާލަން ނުކުމެލީ ކަމަށްވެސް. ޒީ އެހާ ހާސްނުވެބަލަ" ރާހިލްގެ އަމިއްލާ ހިތުގައި އުފެދުނު ހާސްކަން ފޮރުވައިލަމުން ޒީވާއަށް ހިނިތުންވެލިއެވެ.
*****************
ލޮނުޒިޔާރަތްކޮޅު އަތިރިމަތީގެ ރާޅު ނުޖަހާ ހިސާބު ތޮށިގަނޑު މަތީގައި ތިބި ނީމްއާއި ޝިމާންގެ ދެމެދަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ތޮށިގަނޑު މައްޗަށް ބިންދައިލާ ރާޅުގެ އަޑު ފިޔަވައި އިތުރު އަޑަކަށް އިވެމުންދޮޔައީ އިރުއިރުކޮޅާ ނީމްގެ ނޭފަތް ދަމައިލާ އަޑެވެ. ޝިމާންއާ ދުރަށް މޫނު އަނބުރައިލައިގެން އިންއިރު ނީމްގެ ދެލޮލުން ކޯރުލާފައި ފައިބަމުންދިޔަ ކަރުނަތަކުން އެ ދެ ކޯތާފަތް ދިޔައީ ތެމެމުންނެވެ.
"އައިމް ސޮރީ ނީމް. އެކަމަކު އިތުރަށް ނީމް ބޮޑު އޮޅުވާލުމެއްގެ ތެރޭގަ ބަހައްޓަން އަހަރެންގެ ހިތް އެއްބަސް ނުވީ" ޝިމާން އިނީ ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެނެވެ.
"އަހަރެންނަށް އޭރުވެސް ހީވި. ޝިމާންގެ ދުލުން އަހަރެންދެކެ ލޯބިވެޔޭ ބުނާ ކޮންމެފަހަރަކު ޝިމާން އަހަރެންނާ ހަތަރުކަޅި ހަމަކުރަން ދެކޮޅުހަދާ. އެނގިހުރެވެސް އުއްމީދުކޮށްގެން ހުރީ ޝިމާން ދެން ފަސްއެނބުރި ނުބަލާނެ ކަމަށް. އަހަރެންދެކެ ލޯބިވާން މަސައްކަތްކުރާނެ ކަމަށް" ނީމްގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ.
"މަސައްކަތް ކުރީމޭ ނީމް. އެކަމަކު އިޝީ–"
"ޝިމާން ދޮގު ނަހަދާ ބުނޭ. އަހަރެންނަށް ޗީޓް ކުރިންތަ؟ އިޝްވާއާ އެއްގެއަކަށް ޝިމާން ބަދަލުވި ހިސާބުންވެސް އަހަރެންގެ ހިތްބުނި ކަންތައްތައް ގޯސްވާނޭ. އިޝްވާ އަނަމްއާއެކު އުޅޭކަން އެނގުނީމަ ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބުނީ" ނީމް ކަރުނައިގެ ތެރެއިން ޝިމާންއަށް ބަލައިލިއެވެ.
"އަހަރެން.. އަހަރެން ޗީޓްއެއް ނުކުރަން ނީމް. ޕްރޮމިސް" ޝިމާން ބުންޏެވެ.
"ދެން ކީއްވެ؟ މި ހުރިހާ ދުވަހުވެސް އިޝްވާ ހަމަ ހުއްޓެއްނު؟ ކުއްލިއަކަށް ކީއްވެ އިޝްވާއަށްޓަކައި ލޯބި އުތުރި އަރައިގަތީ؟ ސަބަބެއް އޮންނަންވާނެއެއްނު" ނީމްއަކަށް ނުވިސްނުނެވެ.
"ނީމް.. އަހަރެންް.. އަހަރެން ނީމްއަށް ކޮންމެހެން ކިޔާދޭން ޖެހޭތީ މިވާހަކަ މި ކިޔާދެނީ..ނީމް މީވާހަކަ ސިއްރުކޮށްދޭނަންތަ؟" ޝިމާން އިސް އުފުލައިލަމުން އަހައިލިއެވެ.
"ކި.. ކީކޭ؟ ހަތަރު އަހަރުވަންދެން ޝިމާން އަހަރެންނާއެކު އުޅުނުއިރުވެސް.. އަދިވެސް… އަހަރެންނަކަށް އިތުބާރެއް ނުކުރެވޭތަ؟ ރަހްމަތްތެރިއެއް ގޮތުގަވެސް؟" ނީމްގެ ތުންފަތަށް ވެރިވީ ހިތާމަވެރި ހިނިތުންވުމެކެވެ.
"ޕިސް.. އެހެނެއް ނޫނޭ ނީމް. ނީމްއަކީ އަހަރެން އިތުބާރުކުރާ މަދު މީހެއްގެ ތެރެއިން އެކަކު. ހައްތަހާވެސް.. މިއީ ސީދާ އަހަރެންގެ ވާހަކައެއް ނޫންވީމަ. އިޝީ.. މީގެ ދެތިންރޭ ކުރިން އިޝީއާ އަނަމްއާ ރުޅިވެއްޖެ..އެރޭ.. އެރޭ އަސްލު" ޝިމާން އެރޭގެ ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ނީމްއަށް ކިޔައިދޭން ފެށިއެވެ. ނީމްއަށް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އިޝްވާއާމެދު އޭނާގެ ހިތް ހަމްދަރުދީން ފުރުނެވެ.
"ފަހަރެއްގައި އަހަރެން މި ބުނާ ވާހަކައިން ނީމްގެ ހިތަށް އަނިޔާއެއް ލިބިދާނެ. އެކަމަކު ނީމް.. އެރޭ އަހަރެންނަށް އިހުސާސްވީ.. އަހަރެންނަކަށް ނީމްދެކެ ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ. ނީމްދެކެ ލޯބިވާނެ އެތައް ބަޔަކު ތިއްބައި އަހަރެން ނީމްއާ ކައިވެނި ކޮށްފިނަމަ އެއީ ނީމްއަށް ވެވޭނެ ވަރަށް ބޮޑު ބޭއިންސާފެއް. އަހަރެން އަދިވެސް ލޯބިވަނީ އިޝްވާދެކެ" ޝިމާން ބުންޏެވެ.
"ދެން ހުއްޓާލާ ޝިމާން. އަހަރެންނަށް ތިވަރުން ފުދޭ" ނީމް އެއްއަތް ހިއްލައިލަމުން ބުންޏެވެ.
"ނީމް. މިހެން ބުނަން ޖެހޭތީ އަހަރެންގެ ނަފްސުދެކެވެސް ވަރަށް ރުޅިއާދޭ. އެކަމަކު އަހަރެން.. އަހަރެން އިޝްވާއާ ވަކިން.. ނީމްއާއެކު ހޭދަކުރި ދުވަސްތަކަކީ އަހަރެންގެ ހަޔާތުގެ އެންމެ ދިގު ދުވަސްތައް. އެކަމަކު.. އެކަމަކު އެރޭ އިޝްވާގެ ހަބަރު ހުސްވީއްސުރެން ހޭ އެރުމާ ހިސާބަށް ހޭދަވެގެންދިޔަ ބައި ގަޑިއެއްހާއިރު އެ ހުރިހާ ދުވަހަކާވެސް ނުބައްދަލު. އެއީ އަހަރެންގެ ހަޔާތުގަވެސް އައި އެންމެ ދިގު ވަގުތުކޮޅޭ ބުނެވިދާނެ. އައި ވޯޒް ސްކެއަރޑް ފޯރ މައި ލައިފް ނީމް. އައި.. ޑޯންޓް ތިންކް އައި ވިލް ނެވަރ ފީލް ދެޓް ސްކެއަރޑް ފޯރ ސަމްވަން އެލްސް" ޝިމާން ބުންޏެވެ.
"ޝިމާން ޕްލީޒް. އަހަރެންގެ ހިތުގެ ހާލެއް ޝިމާންއަކަށް ނުވިސްނޭތަ؟ އަހަރެން ޝިމާންދެކެ ވީ ތެދުވެރި ހަގީގީ ލޯތްބެކޭ. އަހަރެންގެ ކުރިމަތީ އިނދެ އަހަރެންގާތު ޝިމާން އެހެން މީހަކު ދެކެ ލޯބިވާވަރު ކިޔާދޭ އިރު އަހަރެންނަށް ކިހިނެއް އެކަމާ ހެވިފަ އިނދެވޭނީ. އަހަރެން އިޝީއަށް ހިތްގޯސް ކުރާކަށް ބޭނުމެއްނޫން. އިޝީއަށް އަހަރެން އެދެނީ އަވަސް ޝިފާއެއް. މިކަމުގަ އިޝީގެ އެއްވެސް ކުށެއްނެތް. އަހަރުމެން ދެމީހުންނަށްވެސް ދެރަދިނީ ހަމަ ޝިމާން. ސޯ ޕްލީޒް. އަހަރެން މިތާ އިނދެ ދުނިޔެއިން މޮޔަނުވަންދެން ޝިމާން މިތަނުން ދޭ. އާދޭސް ކޮށްފަ މިބުނީ" ނީމްގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު ޝިމާން އެތަނުން ތެދުވިއެވެ. އޭނާގެ ހަރަކާތްތަކުގައިވަނީ ލަސްކަމެވެ. މަޑުމަޑުން ހިނގާފައިގޮސް ސައިކަލަށް އަރައި ދުއްވައިލިއިރު ސިކުނޑިއަށް ބަރުވެފައިވި ނަމަވެސް ހިތަށް ލިބިފައިވަނީ އާދަޔާހިލާފު ލުއިކަމެކެވެ.
*****************
ގޭގެ އެންމެން ރޭގަނޑުގެ ކެއުމަށް ސުފުރާދޮށަށް ޖަމާވިއިރުވެސް ޝައިނާގެ ހަބަރެއް ނުވެއެވެ. ޝައިނާ ކޮބައިތޯ ވާފިޔާ ކުރި ސުވާލަށް ޖަވާބުދިނީ އިޝްވާއެވެ. ޝައިނާ ކުއްލިއަކަށް ތަނަކަށް ދާން ޖެހުނީ ކަމުގައި ބުނަމުން ހަމަޖައްސައިލިއެވެ. ރާހިލްގެ މޫނުމަތީގައިވެސް ހާސްކަމެއް ނެތުމުން ދެން އެކަކުވެސް އެ ސުވާލު ތަކުރާރެއް ނުކުރިއެވެ. ކެއުން ކުރިއަށް ދިޔައިރު ރާހިލް އެތަނުގައި އިނީ ނަމަކަށްކަން ފާހަގަނުވާ އެކަކުވެސް ނެތެވެ. ތައްޓަށް ހަމައެކަނި ސެލެޑެއް އަޅާލައިގެން ހާވައިލަ ހާވައިލައި އިންއިރު އޭނާ އެތަނުން އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ޔާނާއާއި ދެއްކި ވާހަކައެއްގެ ތެރެއިން ވާފިޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެއްކަމަކު ނާޝިދާ ހަތަރުކަޅިވެސް ހަމަކޮށްނުލިއެވެ. އެ އެންމެނާއެކު ރިއާން އޭތަނުގައި އިނުމަކީ އޭނާގެ ނަސީބުކަމެއް ނާޝިދުގެ ނަސީބުކަމެއް ނޭނގެއެވެ. ނާޝިދުގެ ސަމާލުކަން މުޅިންހެން ހުއްޓިފައިހުރީ ރިއާންއާ ދެކެވެމުންދިޔަ ވިޔަފާރީގެ ވާހަކަތަކަށެވެ. ފޫހިވެފައި އިން ނަމަވެސް ރާހިލް މަޑުކޮށްލީ ވާފިޔާއާއި އިޝްވާ ޔާނާއާއި ރާއީއަށް ކާންދީ ނިންމައިލަންދެނެވެ. ހަމަ ނިމުމާއެކު ރާހިލް ގޮނޑިން ތެދުވެ މޭޒުމަތީގައި ބަހައްޓާފައިހުރި ފެންތަށި ދަމައިލިއެވެ.
"އިޝީ.. އަވަސްކޮށްލައިގެން ހިނގަ ދާން. މިހާރު ނުވައެއް ޖެހީނު. ޔާނާމެން ވަރަށް އަވަހަށް ނިދާނެ" ރާހިލް ބުންޏެވެ.
އޭނާ ޖީބުން ނެގި ފޯނުން ޝައިނާގެ ނަންބަރަށް ފޯނު ކުރަންފެށިއެވެ. ކޮންމެ ފަހަރަކުވެސް ފޯނު ރިންގުވެފައި ކެނޑެނީއެވެ. ރާހިލް އެއްލި ކަޅިއަކުން ސޯފާގައި އޮތް ޝައިނާގެ ދަބަސް ފެނުނެވެ. އޭނާ އެ ދަބަސް ހާވައިލުމާއެކު އޭގެ ތެރޭގައި އޮތް ޝައިނާގެ ފޯނު ނުހަނު ފަސޭހައިން އޭނާގެ ލޮލުގައި އަޅައިގަތެވެ.
"އިޝްކޯ. ޝައިނާ ދިޔަތަނެއް އެނގޭތަ؟ ދަބަސްވެސް ބާއްވާފަ ދިޔައީ" ރާހިލް ބުންޏެވެ.
"ޔާނާމެން ގޮވައިގެން ގެއަށްދާށޯ ކިޔާފަ ދިޔައީ. ފޯނުވެސް ބާއްވާފަތަ ދިޔައީ؟" ރާހިލްގެ އަތުގައި އޮތް ޝައިނާގެ ފޯނު ފެނި އިޝްވާ އަހައިލިއެވެ.
"ގެއަށް ދާށޭ؟ މާނައަކީ ދެން މިރޭ މިގެއަށް ނާންނާނެއޭ ދޯ" ރާހިލް އަހައިލިއެވެ.
"ހްމްމް. ވެދާނެއެއްނު ގެއަށް ކަމަށްވެސް އެ ދިޔައީ" އިޝްވާ ބުންޏެވެ.
"އެކަމު ކީކާޑުވެސް މިއޮތީ މީގައެއްނު" ރާހިލް އިތުރަށް އެ ދަބަސްތެރެ ހާވައިލަމުން ބުންޏެވެ.
"ސެކިއުރިޓީ ޑެސްކުން ހުޅުވާދީފާނެ އެއްނު. ދެން ނޭނގެ" އިޝްވާ ދެކޮނޑު އަރުވައިލިއެވެ.
"ލެޓްސް ގޯ ޗެކް ދޯ" ޝައިނާގެ ދަބަހުން ނެގި އެއްޗެހި ދަބަހުގެ ތެރެއަށް އަޅައިލުމަށްފަހު އިޝްވާއަށް ދިއްކޮށްލަމުން ރާހިލް ބުންޏެވެ.
"ދޮންތިމެން ކޮން އިރަކުން ދާނީ" އިޝްވާ އަހައިލީ ޒީވާ ގާތުގައެވެ.
"ދެން ދާނީ އިރުކޮޅަކުން. ޝައި ވީތަނެއް އެނގުނީމަ ބުނައްޗޭ އެނގޭ" ޒީވާ ބުންޏެވެ. އިޝްވާ ބޯ ޖަހައިލިއެވެ. އަދި ރާއީގެ އަތުގައި ހިފައިލަމުން ޔާނާ އުރާލައިގެން ދިޔަ ރާހިލްއާއެކު އެގެއިން ނުކުތުމަށް ހިނގައިގަތެވެ.
ގެއާ ހަމައަށް ދެވުނު އިރު ރާއީއަށް ހަމަ ރަނގަޅަށްވެސް ނިދިއްޖެއެވެ. ރާހިލްގޮސް ރާއީ އެ އެނދުގައި ބާއްވައިލުމަށްފަހު ޔާނާ ނިންދަވައިދިނުމަށް އިޝްވާ ގާތު އެދުނެވެ. އޭނާ ދެން ދުއްވައިގަތީ ޝައިނާ ވީތަނެއް ހޯދުމަށެވެ. ގޭގެ ދެ ފަންގިފިލާގެ ހުރިހާ ކަނެއް ހޯދި އިރުވެސް އޭނާއަކަށް ޝައިނާއެއް ނުފެނުނެވެ. އިސާހިތަކު ބިރާއި ހާސްކަމާއި ކަންބޮޑުވުން މީހާ ވަށައިލިއެވެ. އެވަގުތު ގޭގެ ދޮރު ހުޅުވައިލަމުން ޝިމާން އެތެރެއަށް ވަތްތަން ފެނި ރާހިލް ޝިމާންއަށް ގޮވައިލިއެވެ.
"ޝިމާން.. ޝައިނާގެ ހަބަރެއް ވިތަ؟" ރާހިލްގެ މޫނުން ހާސްކަމުގެ ދާތިކިތައް ވިދަ ވިދާ ހުއްޓެވެ.
"ނޫން ފޯނަށް ނުގުޅޭތަ؟" ޝިމާން އަހައިލިއެވެ. ރާހިލް އަތުގެ އިޝާރާތުން ފޯނު ދައްކައިލުމާއެކު ޝިމާން އަދި ދިހައެއްވެސް ނުޖަހައެއް ނޫންހޭ ކިޔާފައިގޮސް ކޮޓަރިއަށްވަނެވެ.
ޝައިނާގެ ފޯނު ހުޅުވޭތޯ މަސައްކަތްކުރަމުން ރާހިލް އޭގައި ދެތިން ކޯޑެއް ޖަހައިލިއެވެ. ޔާނާއާއި ރާއީގެ އުފަންދުވަހުގެ އިތުރުން ޝައިނާގެ އުފަންދުވަހާއި ހުދު އޭނާގެ އުފަންދުވަސްވެސް ޖެއްސެވެ. އެންމެފަހުން އޭނާ ޖަހައިލީ އެ ދެމީހުންގެ ކައިވެނީގެ ތާރީހެވެ. އެއާއެކު ފޯނު ހުޅުވިގެން ދިޔުމުން ރާހިލް ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭގެން ޝައިނާ އެންމެ ގިނައިން ގުޅާފައި ހުރި މީހުންގެ ތެރެއިން ޒީވާމެން ފިޔަވައި ދެންތިބި މީހުންގެ ނަންބަރުތަކަށް ގުޅަން ފެށިއެވެ. މުޅިންވެސް ޝައިނާގެ އޮފީހުގެ ރައްޓެހިންނެވެ. އޭގެ ތެރެއިން ދެތިން މީހަކަށް ގުޅައިގެންވެސް ޝައިނާގެ ހަބަރެއް ނުލިބުމުން އޭނާ ދެން އަވަސްވެގަތީ ޝައިނާ ހޯދަން ދިޔުމަށެވެ. ކޮފީ މޭޒުމަތީގައި އޮތް ތަޅުދަނޑިފަތި ނަގައިގެން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި ވަގުތު ކުރިމަތީގައިހުރި ޝައިނާފެނި ރާހިލްއަށް ހުއްޓެވުނެވެ.
"މިއީ..ކީ ކާޑު. ދަބަސް ތެރޭގަ" ޝައިނާ އިސްޖަހާލައިގެންހުރެ ބުންޏެވެ. އަދި އިތުރަށް ރާހިލްއާ އަނގައިން ބުނުމެއްނެތި އެތެރެއަށްވަނެވެ. ރާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ހަލަބޮލިވެފައިވާ އޭނާގެ ހިތަކަށް ކުޑަވެސް ހިމޭންކަމެއް ނުލިބުނެވެ. ޝައިނާގެ ގައިގައި ބައްދައިލައި އެ މޫނުގައި ބޮސްދިނުމަށް ހިތް އެދެންފެށިއެވެ.
ނަމަވެސް ޝައިނާ ވަކިއެއްޗެކޭ ނުބުނެ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ރާހިލްވެސް އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ސިޑިން މައްޗަށް ހިނގައިގަތެވެ.
އުއްމީދު ކުރިގޮތާ ހިލާފަށް ޝައިނާއާ ދުރަށްގޮސް ކޮޓަރިއަށް ވަނުމުންވެސް ރާހިލްއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކުޑަ ވަގުތުކޮޅަކަށްވިޔަސް ވީނުވީއެއްނޭނގި ޝައިނާ ގެއްލުމުން އޭނާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. ޝައިނާގެ ހާލު އެނގެން ބޭނުންވެފައެވެ. ޝައިނާގެ ހާލަކީތޯއެވެ؟ ރާހިލް ދެއްކި ވާހަކައާމެދު ވިސްނަވިސްނައި ޝައިނާގެ ސިކުނޑި ސުމަކަށް ދާންފެށިއެވެ. ކައިވެނި ރޫޅިގެންދާކަމުގެ ހިޔާލުން އޭނާއަށް އިންތިހާއަށް އުނދަގޫވަމުންދިޔައެވެ. ކޮޓަރިއަށްވަދެ ދޮރުފަތުގައި ލެގިލި ވަގުތު އެނދުގައި ނިދާފައިތިބި ރާއީއާއި ޔާނާފެނި ދެލޮލަށް ގިނަވެފައިވާ ކަރުނަތައް ބަންޑުންވިއެވެ. ރާހިލްއާ ވަކިވާ ދުވަހަކުން އެކުދިންނަށް ކުރާނެ އަސަރާމެދު ވިސްނި ހިތް ކުދި ކުދިވިއެވެ. ދެވަނަ ވިސްނުމަކާނުލައި އޭނާ އެ ކޮޓަރީގެ ދޮރި ހުޅުވައިލަމުން ބޭރަށް ނުކުތެވެ. ދުވެފައިގޮސް މަތީ ފަންގިފިލާއަށް ދެވެންހުރި ސިޑި ގިރާކުރެވުނު ގޮތްވެސް އޭނާއަކަށް ނޭނގުނެވެ. ރާހިލްގެ ކޮޓަރީގެ ތަޅުގައި ހިފައިލި ވަގުތު އެތެރެއިން ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ރާހިލް ކޮޓަރިން ބޭރަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާގެ ދެކޮނޑުގައި ބާރަށް ހިފެހެއްޓިއެވެ.
"ޝައިނާ މޮޔަވީތަ؟ އަހަރެން ހާސްވާނެވަރު ނޭނގޭތަ؟ ޔާނާމެންނާ ދޭތެރޭ ނުވިސްނަންތަ؟ ކޮންތާކަށް ދިޔައީ؟" ރާހިލްގެ ކަންބޮޑުވުން ހިތްހަމަނުޖެހުމުގެ ސިފައިގައި އެ ދުލުން ބޭރުވާން ފެށިއެވެ.
"ރާހިލް.. ރާހިލް ތިހިރީ އަހަރެންދެކެ ރުޅި އައިސްފަތަ.. ޑޫ.. ޑޫ ޔޫ ހޭޓް މީ؟" ކަރުނުން ފުރިފައިވާ ދެލޮލުން ރާހިލްއާ ހަތަރުކަޅި ހަމަކޮށްލަމުން ޝައިނާ އަހައިލިއެވެ. އެއާއެކު ރާހިލްގެ ހިތް މަޑު ފުއްކޮޅަކަށް ބަދަލުވިއެވެ. ދެ ކަކުލުހުޅުން ވާގިދޫވާން ފެށިއެވެ. ޝައިނާގެ ކަރުނަތަކަކީ ރާހިލްގެ ބަލިފައެވެ. މީގެ ހަ އަހަރު ކުރިއެކޭ އެއްފަދައިން އަދިވެސް އެކަން އޮތީ އެގޮތަށެވެ.
"އައި ކުޑްންޓް ހޭޓް ޔޫ އިވަން އިފް އައި ޓްރައިޑް. އެންޑް ޓްރަސްޓް މީ އައި ޑިޑް. ޝައިނާއަށް ނަފްރަތު ކުރުމަކީ އަހަރެންގެ ގާބިލިއްޔަތުކަމުގަ ހުރިކަމެއް ނޫން" ޝައިނާއާ ނަޒަރު ވަކިކޮށްލަމުން ރާހިލް ލައިގެންހުރި ޖީންސުގެ ދެޖީބަށް އަތްޖަހައިލިއެވެ.
"ޑޯންޓް" ޝައިނާ ކުރިއަށް ޖެހިލައި ރާހިލްގެ ގަމީހުގެ ގޮށްފަތީގައި ހިފަހައްޓައިލިއެވެ. "ޑޯންޓް ޓްރައި. ޕްލީޒް.. އައި.. އައިމް ސޮރީ ރާހިލް.." ރާހިލްއަށް ހުރެވުނީ ޝައިނާގެ ވާހަކަ ދޭހަކުރަން ނޭނގިފައެވެ.
"ރާހިލް އައި ލަވް ޔޫ" ރާހިލްގެ މޭގެ ތެރޭގައި ބޮނޑިވެލަމުން ޝައިނާ ބުނި ޖުމްލަ ރާހިލްއަށް އިވުނީ ރަނގަަޅަށްކަމެއް ޔަގީނެއް ނުކުރެވުނެވެ. އޭނާގެ ހިތުގެ ތެޅުން މެކުހަށް ޖެހިއެވެ. ވަށައިގެންވާ މާހައުލުގައި ކުއްލިއަކަށް ކުލަޖެހިގެން ދިޔަ ކަހަލައެވެ. މިއީ ހުވަފެނެއް ނުވަތަ އަވާމެންދުރެއް ބާއޭ އޭނާއަށް ހީވިއެވެ. ގަބޫލު ނުކުރެވިފައިހުރެ ޝައިނާގެ ދެކޮނޑުގައި ހިފައި އޭނާއާ ދުރުކޮށްލަމުން ޝައިނާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލިއެވެ.
"ސޭ ދެޓް އަގައިން" ރާހިލްއަށް ބުނެވުނެވެ.
"އައި ސްޓިލް ލަވް ޔޫ ރާހިލް. ސޯ ޑޭމްން މަޗް!! ވަރަށް ވަރަށް ލޯބިވޭ" ގިސްލުމުގެ ތެރެއިން ޝައިނާގެ އަޑު ރާހިލްއަށް އިވުނީ ހަމަ ކިރިޔާއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ވާހަކަ ލަސްވިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ އަރިހުން އަނެއްކާވެސް މަޢާފަށް އެދެން. އަންޔާގެ އިތުރު ޓެސްޓެއް މި ހަފްތާގެ ކުރީކޮޅު އޮތީމަ ވާހަކަ ގެނެސްދިނުން ލަސްވީ. ހުރިހާ ކިޔުންތެރިންނަށްވެސް މިބައި ކަމުދާނެ ކަމަށް އުއްމީދުކުރަން️️️
އަސްލުވެސް ވަރަށް ވަރަށް ސަޅި. ދެންއޮތް ބައިގެ އިންތިޒާރުގައި…
ސަލާމް. ދެން ކޮންއިރަކުންތޯ އަނެއް ބައި ކިޔާލަން ލިބޭނީ ؟
ވާހަކައިގެ ދެން އޮތްބައި މިއަދު ކިޔާލަން ލިބޭނެ😊
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Finally Saina and raahil forgive
Ishko and simaan dhuru nukurachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
ދެން އިންބައި އަވަހަށް ގެނެސްދެއްޗޭ …. މާދަންވީމަ ވާހަކަ ގެނެސް ދޭތީ ވަރަށް ދެރަވޭ … ވާހަކަ ވަރަށް ރީތި
ވާހަކަ ހަމަ ހަބޭސް….. މިހާރު ވާހަކައިގެ މިސްރާބު ހުރިގޮތުން ދެން ތިދަނީ ނިމުމަކާދިމާ އަށް…. މިމުޖްތަމައުގަ ހިނގާ ހުރިހާ ކަމެއްގެ ވާހަކަ ވވވ ރަނގަޅަށް އެބަ ގެނެސްދޭ… 29 ވަނަ ދުވަސް އެއީ ވާހަކަ ގެނެސް ދޭތާ 1އަހަރު ވާ ދުވަސް..ގުޑް ޖޮބް އަންޔާ…
އަންޔާއަށް ހިތުގެ އެންމެ އަޑިން މާފުކޮށްފިން.
ކަމުދިޔައީ ކަމުދިޔަ ކަމަކަށް؟ މަށަށްވެސް ކެއްކޮށްލެވުނީ ހަމަކިރިޔާ.
ގަޑީގެ ކަށިހިނގާލެއް ލަސްވެފަ އިންތިޒާރީގައި.
ކޮންއިރަކުން އަނެއް ބައި
ކޮންއިރަކު އަނެއް ބައި ކިޔާލަން ލިބޭނީ! ކޮންމެ ދުވަހަކު އެބަ ބެލޭ ވާހަކަ އަޕްވި ތޯ
މާ ލަސް ދެން ނިކުންނަ ލެއް
ކޮންއިރަކުން އަނެއް ބައި
ކޮންއިރަކުން ދެން އިން ބައި ކިޔާލަން ލިބޭނީ