"އައި ސްޓިލް ލަވް ޔޫ ރާހިލް. ސޯ ޑޭމްން މަޗް!! ވަރަށް ވަރަށް ލޯބިވޭ" ގިސްލުމުގެ ތެރެއިން ޝައިނާގެ އަޑު ރާހިލްއަށް އިވުނީ ހަމަ ކިރިޔާއެވެ. ނަމަވެސް ރާހިލްގެ ހިތް ހީވީ އުފަލުން އުދުއްސައިގެން ފާނެހެނެވެ. އޭނާހުރީ އެ އުފާވެރި ވަގުތުކޮޅު ޝައިނާ ހުއްޓައިނުލައި ރޮމުންދިޔަ ސަބަބެއް ނޭނގިފައެވެ. ހިނދުކޮޅެއްވަންދެން ގުޑިލަން ނޭނގިފައި ހުރިނަމަވެސް ޝައިނާގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އަނެއްކާވެސް ރާހިލްގެ ސިކުނޑި މަސައްކަތް ކުރަންފެށިއެވެ.
"އައި.. އައި ލަވް ޔޫ ޓޫ ޑަރލިންގް. ކޮންކަމަކާތަ ތި ރޮނީ؟ އާދެބަލަ" ޝައިނާގެ އަތުގައި މަޑުމަޑުން ހިފައިލަމުން ރާހިލް ކޮޓަރީގެ ތެރެއަށް ވެއްދިއެވެ.
"ރާހިލް.. ރާހިލް އުޅުނީ އަހަރެން ވަރިކުރަން ދޯ؟" ޝައިނާ ކުޑަކުއްޖެއްހެން ޝަކުވާކުރަން ފެށިއެވެ.
"އިހަށް ތި ރުއިން ހުއްޓާލަބަލަ. އަން.. ފެން ބޮއެބަ" ސޯފާގައި ބޭންދި ޝައިނާގެ އަތަށް ޓިޝޫއެއް ލައިދިނުމަށްފަހު ރާހިލް ޝައިނާއާ ކުރިމަތިވާނެހެން ބިންމަތީގައި ދެކަކޫ ޖަހައިލަމުން އިށީނެވެ. އަދި ކޮފީ މޭޒުމަތީގައިހުރި ފެންފުޅިއެއް ޝައިނާއަށް ދިއްކޮށްލިއެވެ. ޝައިނާ އެ ފެންފުޅި ދުރުކޮށްލަމުން އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.
"ރާހިލް ކީއްވެ އަހަރެން.. ވަރިކުރަން..އުޅުނީ..؟ އަހަރެންދެކެ ފޫހިވީދޯ..؟ ލޯތްބެއް ނުވޭދޯ މިހާރު.. އަހަރެންދެކެ؟" ޝައިނާ ގިސްލަގިސްލާފައި ޝަކުވާ ކުރަމުން ދިޔައެވެ.
"ނޮންސެންސް. ދެންމެވެސް މި ބުނީނު ލޯބިވެޔޭ" ރާހިލް ދެފަރާތަށް ބޯ ހޫރައިލަމުން ބުންޏެވެ.
"ދެން ކީއްވެ؟ އަހަރެންނާ ނުލާ އުޅެން.. ރާހިލްއަށް ވަރަށް ފަސޭހަވާނެދޯ.. އާފްޓަރ އޯލް.. އަހަރެން މިއީ..ރާހިލްގެ ލައިފްގަ ހެދުނު.. އެންމެބޮޑު މިސްޓޭކެއްނު. އަހަރެން.. ވަރިކުރީމަ ރާހިލްއަށް އުފަލުގަ އެހެން މީހަކާއެކު–"
ކުއްލިއަކަށް ޝައިނާގެ ވާހަކަ މެދުކެނޑުނެވެ. އޭނާގެ ދުލުގައި ތަޅެއްއެޅުވުނު ކަހަލައެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔަކަމުގެ އިހުސާސަކާއެކު ރާހިލްގެ ހޫނު ތުންފަތް އޭނާގެ ތުންފަތުގައި ބީހިލައިފިއެވެ. އޭރު މެކުހަށް ޖަހައިފައިވާ ޝައިނާގެ ހިތުގެ ތެޅުން ރާހިލްއަށްވެސް ސިއްރެއް ނުވާނެކަން ގައިމެވެ. ރާހިލްގެ ދެއަތުގެ ތެރެއަށް ޝައިނާ މިފަހަރު ވިރިގެންދިޔައީ ހިތާއި ނަފްސުގެ ފުރިހަމަ އިޙްތިޔާރުގައެވެ. އެ މަސްތީ ވަގުތުކޮޅު އިތުރަށް ދިގު ދަންމައިލުމަށްޓަކައި ޝައިނާގެ އަތުގެ އިނގިލިތައް ރާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލިއެވެ. އެއާއެކު ރާހިލްގެ ފަރާތުންވެސް އިވުނީ ހިތްހަމަޖެހިފައިވާ ކަމުގެ އަޑެކެވެ. ދެމީހުންގެ ފައިދަށުގައިވި ބިންގަނޑު މުޅިން ވަންހަނާވެ ފަޒާގެ ތެރޭގައި އުދުހެންފެށިއްޖެޔޭ ހީވިއެވެ. ހަމަ ބިމަށް އާދެވުނުއިރު ދެމީހުންނަށްވެސް ދިޔައީ މާނޭވާތަކެއް ލެވެމުންނެވެ.
"ޑިޑް ޔޫ ރިއަލީ ތިންކް… އިޓް ވުޑް ބީ އީޒީ.." ޝައިނާގެ ނިއްކުރީގައި ނިއްކުރި ޖައްސައިލައިގެން އިނދެ ރާހިލް ފުން ނޭވާތަކެއް ލާންފެށިއެވެ.
"ޝައިނާ ހީކުރީތަ.. ޝައިނާއާނުލާ އުޅެން އަހަރެންނަށް އެއްވެސް ވަރަކަށް ފާސޭހަވާނެޔޭ؟ ހީކުރީތަ ޝައިނާ ވަރިކުރުމަކީ.. އަހަރެންނަށް.. ވަރަށް ފަސޭހަކަމެކޭ" ރާހިލްގެ އަޑުގައިވާ އަސަރުން ދެވަނަ ފަހަރަށް ޝައިނާގެ ދެލޯ ފެންކަޅިވެގެންދިޔައެވެ.
"އެއީ އަހަރެންނަށް ދައްކަން ފަސޭހަވި ވާހަކައެއް ނޫނޭ. އެއީ ކިހާ ދުވަހެއްގެ ފިކުރުތަކެއްކަން ޝައިނާއަކަށް ނޭނގޭނެ. އެ ފިކުރުތައް ލަފްޒުތަކެއްގެ ސިފައިގަ ދުލާ ހަމައަށް ގެންނަން އަހަރެންކުރި މަސައްކަތެއް.. ނޭނގޭނެ" ރާހިލް ބޯ ހޫރައިލިއެވެ.
"އެކަމަކު އެ އުނދަގޫ ސްޓެޕް ނަގަން އަހަރެންނަށް މަޖުބޫރުވީ އެއަށްވުރެން މާ އުނދަގޫ ކަމެއް އޮތީތީ. ޝައިނާއާ އެހާ ގާތުގަ އެއް ފުރާޅެއްގެ ދަށުގަހުރެ.. ބީރައްޓެއްސެއްހާ ދުރުގަ އުޅެން އަހަރެންނަށް އުނދަގޫވާނެވަރު ނުވިސްނޭތަ؟"
"ރާހިލް.." ޝައިނާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ.
"ޝައިނާ ފެންނަ ކޮންމެ ފަހަރަކު.. ތި ރީތި މޫނުގަ ބީހިލަން އެދޭ ކޮންމެ ފަހަރަކު އަހަރެންގެ އަމިއްލަ ނަފްސު ހިފަހައްޓަން ކުރަންޖެހޭ މަސައްކަތް.. އިޓް ވޯޒް ޓޯޗަރ. އައި ލަވް ޔޫ ވުމަން. ދެއަރ އިޒް އޮންލީ ސޯ މަޗް ރެސްޓްރެއިން އައިމް ކެޕޭބަލް އޮފް. ޝައިނާވެސް އެރޭ އަހަރެންގެ ކޮންމެ އިސްނެގުމެއްގަ ބައިވެރިވީމަ އެރޭ އަހަރެންގެ އަތުން އެ ކޮންޓްރޯލްގެ ލަގަން ދޫވި. އަހަރެން ހާދަ އުއްމީދެއް ކުރީމޭ. އާ ފެށުމަކަށް.. ޝައިނާ އެއީ އާދައިގެ ކަމެކޭ ބުނީމަ އަހަރެންގެ ހިތް ފުނޑުފުނޑު ވާނެވަރެއް ނޭނގޭތަ؟ އަހަރެންނަށް ހީވީ ޝައިނާ އަހަރެންނާއެކު އުޅެނީ އުފަލުގައެއް ނޫނޭ. އަހަރެން ކިހިނެއްދެން ޝައިނާއާއެކު ދިރިއުޅޭނީ" ރާހިލްގެ ޝަކުވާތަކަށް ނިމުމެއްނެތެވެ.
"ރާހިލް އައިމް ސޮރީ.. އަހަރެންނަށް ހީކުރެވުނީ އަހަރެންނަށް ލިބުނު އަނިޔާގެ ބަދަލު ރާހިލްގެ ކިބައިން ހިފައިގެން އަހަރެންގެ ހިތަށް ތަސައްލީއެއް ލިބޭނެކަމަށް. ހީކުރެވުނީ މިދިޔަ ހައެއްކަ އަހަރު އަހަރެންނަށް ރާހިލްއާ ދުރުގަ އުޅެވުނީމަ.. ދެންވެސް އުޅެވޭނެޔޭ. ރާހިލްއާ ވަކިވާކަށް މާބޮޑު ކަމަކަށް ނުވާނެޔޭ. އެކަމަކު އެ ހުރިހާ ދުވަހުވެސް އަހަރެން ހުރީ ރާހިލްގެ މީހެއްގެ ގޮތުގައެއްނު. އަދި ރާހިލްހުރީ އަހަރެންގެ މީހެއްގެ ގޮތުގައެއްނު. އެނޫން ގޮތަކަށް ކަންކަން ވާކަށް އަހަރެން ބޭނުމެއް ނޫން ރާހިލް. މި ކައިވެނީގެ ވާފަށް ކަނޑާލާކަށް އަހަރެން ބޭނުމެއްނޫން" ޝައިނާ އާދޭހާއެކު ރާހިލްއަށް ބަލައިލީ ރާހިލްގެ ނިންމުން ބަދަލުކުރާށޭ ބުނާ ފަދައިންނެވެ.
"މާނައަކީ ޝައިނާ އަހަރެންނަށް މަޢާފު ކުރީއޭތަ؟" ރާހިލް ފާޑަކަށް ވާނުވާ ނޭނގިފައި އިނދެ ބުމަގޮށްޖަހައިލިއެވެ. ވާނީވެސް އެހެންތާއެވެ. ޝައިނާގެ ގޮތެއް ހަމަ ނޭނގޭނެއެވެ. ބުނާ އެއްޗަކާ މާނަ ކުރާ ގޮތަކާ މުޅިން ތަފާތުވެސް ވެދާނެއެވެ.
"ހައު ކޭން އައި ނޮޓް ސިލީ" ޝައިނާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. "ޔޫ ކޭމް ބެކް އިންޓު މައި ލައިފް ވިތް ދެޓް ހެންޑްސަމް ސްމައިލް އެންޑް މައުތް-ވޯޓަރިންގް އެބްސް–"
"މައުތް-ވޯޓަރިންގް؟ އިންޓްރެސްޓިންގ ޗޮއިސް އޮފް ވޯޑްސް މައި ލަވް" އެ ހަސްއަސް ވަގުތުކޮޅުގައިވެސް ރާހިލް ޝައިނާއާ ސަމާސާކޮށްލިއެވެ.
"ދެން ރާހިލް. ބުނަން މިއުޅެނީ މިދިޔަ ދުވަސްކޮޅުގެ އަހަރެންނަށް އިހުސާސް ކުރެވިއްޖެޔޭ އަހަރެންނަށް އެންމެ ފުރަތަމަވެސް ރާހިލްދެކެ ލޯބިވެވުނި ކީއްވެކަން" ޝައިނާ ވިސްނައިލިއެވެ. ތަކުރާރުކޮށް ޝައިނާގެ ނުރުހުމާ ކުރިމަތިވިއިރުވެސް ރާހިލްގެ ފަރާތުން މިދިޔަ ދެމަހެއްހާ ދުވަހު އޭނައަށް ލިބެމުންދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބާއި އަޅައިލުމެވެ. ވަކިން ހާއްސަކޮށް އޭނާ ބަލިވީމައި އަޅައިލާގޮތާއި ކުދިންގެ ކަންތައްތަކުގައި އޭނާއަށް އެހީތެރިވާ އެހީތެރިވުން ޝައިނާގެ ހިތުގެ ފުންމިނުން ޖާގަހޯދިއެވެ. ޔާނާއާއި ރާއީއަށް އެންމެ ފުރިހަމަ ގޮތުގައި ބައްޕައެއްގެ ލޯބި ދެމުންދިޔައީ އަމިއްލަ ދިރިއުޅުމުގައިވި ބަނަ ވިލާގަނޑުގެ ހިލަމެއްވެސް އެކުދިންނަށް އިހުސާސް ނުވާނޭފަދައިންނެވެ. އެ ހުރިހާ އިމްތިހާނަކަށް ކެތްކުރަމުންނެވެ. އެ ހިތްވަރާމެދު ޝައިނާއަށް ފަހުރުވެރިވެވުނެވެ.
"އިޓްސް ނޮޓް ޖަސްޓް ޔޯރ ލުކްސް. ރާހިލްގެ ހިތްހެޔޮކަމާއި އޯގާތެރިކަން ދެވަނަ ފަހަރަށްވެސް އަހަރެންގެ ހިތް ފަތަހަކުރީ" ޝައިނާ ހާމަކުރީ ހަގީގަތެވެ.
"ވަޓްސް ރޯންގް ވިތް މައި ލުކްސް؟" ރާހިލް ފާޑަކަށް ބޯ އަރިކޮށްލަމުން އަހައިލިއެވެ.
"ނަތިންގް އިޒް ރޯންގް ވިތް ޔޯރ ލުކްސް" ޝައިނާ ބުމަ ގޮށްޖަހައިލަމުން ބުންޏެވެ.
"ދެން ކީއްވެ ތިކިޔަނީ ލުކްސްއެއް ނޫނޭ ޕަރސަނަލިޓީއަށޭ ފޯލްވީ؟" ރާހިލް ހިތްހަމަނުޖެހިފައި އަހައިލިއެވެ.
"އެއި ކޮމްޕްލިމެންޓެކޭ ރާހިލް" ޝައިނާއަކަށް ރާހިލް ހިތްހަމަ ނުޖެހޭންވި ސަބަބެއް ނޭނގުނެވެ.
"ނޯ އައިމް ނޮޓް އަގްލީ. އަހަރެންނަށް އެނގޭ ޝައިނާ ފުރަތަމަ ފޯލްވީ އަހަަރެންގެ ޕާރސަނަލިޓީއަކަށް ނޫންކަން." ރާހިލްއަކަށް ޝައިނާގެ ވާހަކަ ކަމަކުނުދިޔައެވެ.
"އަހަރެން ނުބުނަމެއްނު ރާހިލް ހުތުރެކޭ.. ރާހިލް ދެން މިއީ މިވަގުތު ޒުވާބުކުރަން ކޮން މައުޟޫއެއްތަ" ޝައިނާހުރީ ސިކުނޑި ސުމަކަށްދާވަރު ވެފައެވެ. ރާހިލްދެކެ ކިތަންމެ ލޯބިވިޔަސް ބައެއްފަހަރު ރާހިލްގެ ޑްރާމާކަމުން ޝައިނާގެ ދެއަތުން ރާހިލްގެ ކަރުގައި ހިފަން ބޭނުންވާ ވަގުތުތައްވެސް އާދެއެވެ. މިއީވެސް އެކަހަލަ ވަގުތެކެވެ.
"ޔޫ އަރ ކޯލިންގް މީ އަގް—"
"ޝަޓް ދަ ހެލް އަޕް ޔޫ އެނޯއިންގް ފީސް އޮފް ޝި*. އެންޑް ލެޓް މީ ޓޯކް" ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ. ރާހިލް ހުރީ ކޮންމެވެސް ކަމަކާ މާ ހިނި އައިސްފައެވެ.
"ސީ.. މަޗް ބެޓަރ. އަސްލު ޝައިނާ ރޯތީ އަހަރެންނަށް ހުރީ އުނދަގޫވެފަ" ރާހިލް ތަޅުންގަނޑު މަތިން ތެދުވެގެން އައިސް ޝައިނާގާތު ސޯފާގައި އިށީނެވެ. ރާހިލް އެވަގުތު އެފަދަ ބޭކާރު ވާހަކައެއްދެއްކި ސަބަބު ޝައިނާއަށް އެނގުނެވެ. އެއީ ޝައިނާގެ ސިކުނޑި އެހެން ދިމާލަކަށް އަނބުރައިލައި ޝައިނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ގެނައުމަށެވެ.
"ކަމް ހިޔަރ.." ގޮނޑީގައި ލެގިލި ރާހިލްގެ އަތް ހުޅުވައިލިއެވެ. ޝައިނާ ހިނިތުންވުމަކާއެކު ރާހިލްގެ އަތު ތެރޭގައި ބޮނޑިވެލަމުން ރާހިލްގެ މޭގައި ބޯ އަޅައިލިއެވެ.
"އެހެންވީމަ މާނައަކީ ދެން ނުދާނަމޭތަ؟" ރާހިލް މަޑުމަޑުން ޝައިނާގެ ކޮނޑުގައި ފިރުމައިލިއެވެ. އަދި ހުސްކޮށް އޮތް އަތުގެ އިނގިލިތައް ޝައިނާގެ އަތުގެ އިނގިލިތަކާއި ގުޅުވައިލިއެވެ. ޝައިނާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"ހަމަ އަސްލުވެސްތަ؟" އޭނާއަށް ހުރީ އަދިވެސް މިރޭ ހިނގައިދިޔަ ކަންތައްތައް ގަބޫލު ނުކުރެވިފައި ކަހަލައެވެ.
"ހްމްމް. ރާހިލްއާއެކު އުޅެވިދާނެ އުފާވެރި ދިރިއުޅުމުގެ ކުޑަ މިންވަރެއް އަހަރެންނަށް މިހާރު ފެނިއްޖެ. ދެން ދާކަށް ބޭނުމެއްނޫން. އަނެއްކާ ރާހިލް ބޭނުންވަނީތަ އަހަރެން ފޮނުވާލަން؟" ޝައިނާ އަހައިލިއެވެ.
"މިހާރު ދެން ކީކޭ ކިޔަން ތި އުޅެނީ؟" ރާހިލް ބަދަލުގައި ކޮށްލީ ސުވާލެކެވެ.
"މި.. މިބުނީ ލައިޝާ.. އަހަރެންނަށް މިއަދު ފެނުނުއިރު ތިދެމީހުން ވަރަށް.. ކްލޯޒް. ރާހިލް މިހާރު.. ވެޑިންގް ރިންގްއެއްވެސް ނާޅަމެއްނު.. އަހަރެން ހީކުރީ–"
"ލައިޝާއާ އަހަރެން ދުވަހަކުވެސް އެކަހަލަ ގުޅުމެއް ނުބާއްވަން" ރާހިލްގެ ވާހަކަ ގަބޫލު ނުކުރެވިފައި އިނދެ ޝައިނާ ކުޑަކޮށް ބޯ ހިއްލައިލަމުން ރާހިލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ހަނދާންވޭތަ ހުޒާމް؟ އަހަރެންގެ ލޯޔަރ؟" ރާހިލް އަހައިލިއެވެ.
"ހްމްމް" ޝައިނާ ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބުމަ އަރުވައިލިއެވެ.
"ލައި އުޅެނީ ހުޒާމްއާ މެރީކުރަން. މިއަދު އަހަރެން ލައި ގެއަށްލާދޭކަށްވެސް ނުދަން. ހުޒާމް ސައިކަލުގަ ލައި ބަލާ އަންނަންދެން ތިރީގަ މަޑުކޮށްލައިގެން ހުރީ. އަސްލު ލައި އަހަރެންގާތު ބުނެފަ އޮތީ އަހަރެން އެއްވެސްކަމެއްގަ އެހީއެއް ބޭނުމިއްޔާ ލައިގާތު ބުނާށޭ. އަހަރެން ހިއެއްނުކުރަން ދުވަހަކުވެސް ލައިގެ އެ ހުށަހެޅުން ގަބޫލުކުރަން ޖެހިދާނެ ކަމަކަށް. އެކަމަކު ޑިވޯރސްގެ ވާހަކަ ދެއްކިދުވަހު ހިތަށް އެރީ އަހަރެންނަށް މިހާރު ޝައިނާ ހާސިލްކުރަން ކުރެވެންހުރި ހުރިހާކަމެއް ކުރެވިއްޖެޔޭ.. މިކަންވެސް ޓްރައި ކޮށްލާނީއޭ.. ވަރަށް ޖެހިލުންވެފަ ހުރީ ތިންވަނަ މީހެއް މިދެމެދަށް ވައްދަން ޖެހޭނެތީ.. ކުރިންވެސް އެލީޝާގެ ކަންތަކުގަ އަހަރުމެން ވަކިވީ.. އަހަރެން ބޭނުންވީ ދެން އިތުރު މީހަކަށް އެ ފުރުސަތު ނޯންނާނެ ކަން ޝައިނާއަށް އަންގަން. އެކަހަލަ ކަމެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދީގެން ޝައިނާގެ އިތުބާރު ހޯދަން. އެކަމަކު އެކަން އަހަރެންނަކަށް ކާމިޔާބެއް ނުވިއެއްނު. ޔޫ ވަރ ސްލިޕިންގް ތްރޫ މައި ހޭންޑްސް އެންޑް އައި ކުޑުންޓް ޖަސްޓް ސްޓޭ އެންޑް ވޮޗް ވިތައުޓް ޑުއިންގް އެވްރީތިންގް ޕޮސިބަލް. ޗޮއިސްއެއް ނެތީމަ ލައިގާތުން އެހީއަކަށް އެދުނީ.."
"އަހަރެން ޖޭ ކުރަން؟" ޝައިނާ އަހައިލިއެވެ.
"އައި މީން.. އިޓް ވޯރކްޑް ރައިޓް؟" ރާހިލް ބުންޏެވެ.
"އެކަމަކު ކިހިނެއް އެނގުނީ ވޯރކް ކުރާނެކަން" ޝައިނާ ހައިރާންވިއެވެ.
"ޕަރހެޕްސް ޔޫ ސީމް ޓު ފޯރގެޓް އައި އޭމް އަ ރިޓަޔަރޑް ޕްލޭޔަރ. އައި ނޯ އެވްރީ ޓްރިކް އިން ދަ ބުކް ޑަރލިންގް" ރާހިލް ފޮނިވެލިއެވެ.
"ޔޫ އަރ ކްރޭޒީ!" ރާހިލްގެ މޭގައި ބޮނޑިއެއް އަޅަމުން ޝައިނާ ބުންޏެވެ.
"އަބައުޓް ޔޫ؟ ޔެސް" ރާހިލް ބުންޏެވެ.
"ހަގީގަތަށް ބުނަންޏާ އަހަރެން މިރޭ ރާހިލްގެ ގާތަށް އައީ އެއްވެސް އުއްމީދެއް އޮވެގެނެއް ނޫން. ކުއްލިއަކަށް ވަރީގެ ވާހަކަ ދައްކަން ފެށީމަ އަހަރެން ހީކުރީ ރާހިލްއާއި ލައިގެ ކަންތަކަކީ ސައިންޑް އެންޑް ސީލްޑް ޑީލްއެއް ކަމަށް. ވަރަށް ބިރުގަތް" ވާހަކަ ކުރިއަށް ގެންދިޔައިރު އަނެއްކާވެސް ޝައިނާ ނޭފަތް ދަމައިލި އަޑު އިވުނެވެ.
"އަނެއްކާ؟ މިރޭ ހާދަ ވަރަކަށޭ ތި ރޮވެނީ" ޝައިނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ބޮޑުވައި އިނގިލިން ފޮހެލައިދެމުން ރާހިލް އަހައިލިއެވެ.
"ރޮވޭނެއެއްނު.." ރާހިލްގެ ގައިން ދޫކޮށްލުމަށްފަހު ޝައިނާ ހަށިގަނޑު ސީދާ ކޮށްލިއެވެ. "ދެވަނަ ފަހަރަށް ރާހިލް ގެއްލިއްޖެއްޔާ އަހަރެން ކީއްކުރާނީ؟ އަހަރެންގެ ހިތްވަރަކަށްވެސް ހުރީ ޔާނާއާއި ރާއީ. އެކަމް ރާއީ.. އައި ތޯޓް އައި ހެޑް ލިވްޑް އިން ހެލް ވިތައުޓް ޔޫ.. އެކަމަކު ރާއީ ފެންނަ ކޮންމެ ފަހަރަކު އަހަރެން ރާހިލްގެ މަތިން ހަނދާންވާވަރު ރާހިލްއަށް އަންދާޒާވެސް ނުކުރެވޭނެ. އެންޑް ދެޓް އިޒް ދަ ޑީޕެސްޓް އޮފް ހެލް އައި ހޭވް އެވަރ ބީން އިން" ޝައިނާ ކޮފީމޭޒުމަތީގައި ހުރި ފޮށިން ނެގި ޓިޝޫއަކުން ނޭފަތް ފޮޅައިލިއެވެ.
"އެކަމަކުދޯ.. ކާކު ހީކުރާނީ ލަވްއަށް ތިވަރަށް ރޯން އެނގޭނެ ކަމަށް" ކަރުނައިގެ ސަބަބުން ޝައިނާގެ މޫނުގައި ތަތްލާފައިވާ އިސްތަށިތައް ރާހިލް ނިކަން ލޯތްބާއެކު ކަންފަތްދޮށުގައި އަޅުވައިދިނެވެ.
"ހެހެހެ. ރާހިލް ބުނާހެން މިއީ ހެޕީ ޓިޔަރޒްއޭ… ތިއީ އަހަރެން ފުރައިގެން ދިޔަރޭ ރާހިލްއަށް އަހަރެން ނުފެންނާތީ ބުނާ އެއްޗެއް. އައި ވޯޒް ލިޓެރަލީ ސަޗް އަ މެސް. އެކަމަކު އައި ބްލޭމް އިޓް އޮން ޕްރެގްނަންސީ ހޯރމޯންސް އިނގޭ. އޭރު އަހަރެން ވަރަށް އިމޯޝަނަލްވާނެ. ހުދު އަހަރެންނަށްވެސް އަހަރެން ނޭނގޭ ކަހަލަ. ޝިމާންވެސް ހުންނާނީ އަބަދު ބޮލަށް އުނދަގޫވެފަ" ޝައިނާ ކަރުނަތައް ފޮހެމުން ކިޔައިދޭން ފެށިއެވެ.
"އަހަރެންނަށް ވަރަށް ބައިވަރު ކަންކަން މިސްވެއްޖެ ދޯ؟" ޝައިނާގެ އަތުގައި ހިފައިލަމުން ރާހިލް ކުރި ސުވާލާއެކު ޝައިނާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔައެވެ.
"ޓްރަސްޓް މީ. ރާހިލްއަށް އެދުވަސްތައް މިސްވީ ރަނގަޅަކަށް ކަންނޭނގެ. އޭރު އެކަކަށްވެސް އަހަރެންގެ އިމޯޝަންސް ހޭންޑަލް ކުރެވޭނެ ކަމާމެދު ޝައްކު" ޝައިނާ ބުންޏެވެ.
"އައުޗް. އައި އެކްސްޕެކްޓެޑް ޔޫ ޓު ހޭވް އަ ބިޓް މޯރ ފެއިތް އިން މީ" ރާހިލް މޭގައި އަތް އަޅައިލަމުން ސަމާސާ ރާގެއްގައި ބުންޏެވެ.
"ދެން އެހެނެއް ނޫނޭ.." ޝައިނާ ކަންބޮޑުވިއެވެ.
"އޯކޭ އޯކޭ. ދެން ބުނެބަލަ.. އިތުރު ކޮން ކަމެއް އަހަރެންނަށް މިސްވީ؟" ރާހިލް އަހައިލިއެވެ.
"ތިބުނީ؟"
"މިބުނީ ޝައިނާގެ ޕްރެގްނަންސީ. ކްރޭވިންގްސް. ޓްރިގަރޒް. ޗައިލްޑް ބަރތް. އަފްޓަރ ބަރތް." ރާހިލް އަހައިލިއެވެ.
"ކްރޭވިންގްސް.. އަމްމް އެންމެ ބޮޑަށް ކާހިތްވީ ކަރާ. ޓްރިގަރޒް.. އެންމެ ނުބައިވީ އައިސްކްރީމް… ދެން.. އެ ހުރިހާ އެއްޗެއް ކިޔާދޭން ކިހާ ވަގުތެއްދާނެ. ކުއްލިއަކަށް މި ހުރިހާ ވާހަކައެއް އަޑުއަހަން ޖެހުނީމަ ރާހިލް ވަރުބަލިވެސްވާނެ" ޝައިނާ ކުޑަކޮށް ވިސްނައިލަމުން ޖަވާބުދިނެވެ.
"ނުވާނެ.. މިއީ އަހަރެން ހާދަ ދުވަހެއް ވަންދެން ދައްކަން ބޭނުންވެގެން އުޅުނު ވާހަކައެކޭ" ރާހިލް ހަމަ ހިލާ ގޮތްދުލެއް ނުކުރިއެވެ.
"އޯކޭ އޯކޭ. ހިނގާ ދޯ ފަސޭހަ ގޮތެއް ހޯދަން.. ފޯނު.. ފޯނު ކޮބާ؟" ޝައިނާ ފޯނު ހޯދަން ފެށުމާއެކު ރާހިލް އަވަސް އަވަހަށް މީގެ އިރުކޮޅެއްކުރިން އޭނާ ގެންގުޅުނު ޝައިނާގެ ފޯނު ހިފައިގެން އައިސް ޝައިނާގެ އަތަށް ދިއްކޮށްލިއެވެ. ޝައިނާ ފޯނުގެ ފޮޓޯ އަލްބަމުން ކުރީގެ ފޮޓޯތައް ހޯދައިލަމުން ރާހިލްގެ އަތަށް އެ ފޯނު ލައިދިނެވެ.
"ހްމްމް މިހިރީ. މިއީ މިކޮޅުން ފުރި ދުވަހު. އޭރު ވާނީ ތްރީ މަންތްސް ކަންނޭނގެ ބަނޑަށް.. ދެން މިއީ އޭގެ ފަހުން.. ހަތަރު މަސް. މާލޭގަ ހުރީ އަނެެއްކާ.. ހުރެފަ ދިޔައީ ނިހާމްމެން ރަަށަށް. މިއީ އެރަށުގަ." ރާހިލްގެ އަތުގައި ފޯނު ބާއްވައިގެން އިނދެ ފޮޓޯތައް ކަހަމުން ދިޔަ ޝައިނާ ކޮންމެ ފޮޓޮއެއްގެ ތަފްސީލުތައް ދެމުންދިޔައެވެ. އެއިން ބައެއް ފޮޓޯތަކާގުޅޭ މާ ގިނަ ވާހަކަތަކެއް ނެތްއިރު އަނެއްބައި ފޮޓޯތަކަކީ އެތައް މުހިއްމު ވާހަކަތަކަކާ ގުޅިފައިވާ ފޮޓޮއެކެވެ.
"ޔޫ ލުކް ކިއުޓް އެންޑް ޗަބީ އިން ދިސް ވަން. ވާއު ލުކް އެޓް ދިސް. ޔޫ ލުކް ހޮޓް" ރާހިލް ދިޔައި ފޮޓޯތަކުން ފެންނަމުންދިޔަ ޝައިނާގެ ސޫރައަށް ތައުރީފު ކުރަމުންނެވެ.
"ވަޓް ހޮޓް؟ އައި ވޯޒް ނައިން މަންތްސް ޕްރެގްނަންޓް ރާހިލް. ބަލާބަ ދެލޯ ކައިރިވެސް. ހީވަނީ ޒޮމްބީއެއްހެން" ޝައިނާ ފާޑަކަށް ކަޅި އަނބުރައިލަމުން ބުންޏެވެ.
ރާހިލް ހިނިގަނޑެއް ޖަހައިލުމަށްފަހު ދެން އިން ފޮޓޮއަށް ކަހައިލުމާއެކު ހިނދުކޮޅަކަށް މުޅި މީހާ ގަނޑުވިއެވެ. ބޭއިޙްތިޔާރުގައި ފޮޓޮއިން ފެންނަމުންދިޔަ ތުއްތު ތުއްތު ދެކުދިންގެ ސޫރައިގައި ފިރުމައިލެވުނެވެ. ހުދުކުލައިގެ ރަޖަލަށް ލާ އޮޅައިލެވިފައިވާ ދެކުދިންނަށް ބަލައިލުމުން އެއީ އެކުދިން ވިހެއިތާ މަ ގިނައިރެއްނުވެ ނަގާފައިވާ ފޮޓޮއެއްކަން ޔަގީންވިއެވެ. އެތަނުން ޔާނާއާއި ރާއީ ވަކިކުރަންވެސް އެނގެނީ ދެރަޖަލުގެ ކައިރިފަށުގައި އަޅާފައިވާ ފިޔާތޮށްޓާއި ނޫކުލައިގެ ވާފަށް ފެނުމުންނެވެ.
ރާހިލްގެ ދެލޯ ފެންކަޅިވެގެންދިޔައީ އެއްވެސް އިޚްތިޔާރަކާނުލައެވެ. އޭނާ އިރުކޮޅަކު އެ ފޮޓޮއަށް ބަލަން އިނުމަށްފަހު އަނެެއްކާވެސް އެހެން ފޮޓޮއަކަށް ކަހައިލިއެވެ. އެކުދިންގެ ތުއްތު އިރުގެ ފޮޓޯތަކާއި ވީޑިއޯތައް ބަލަމުންދިޔައިރު ޝައިނާއާއި ރާހިލްގެ ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކާގުޅޭ އިތުރު ތަފްސީލީ ވާހަކަތަކެއް ޝައިނާގެ ދުލުން ރާހިލްއަށް ކިޔައިދޭކަށް ނުޖެހުނެވެ. ހިތުގައިވި ޖަޒުބާތުތައް އުތުރި އަރަންފެށުމާއެކު ރާހިލްގެ އަތުގައި މަޑު ތުރުތުރެއް އުފެދި އަތުގެ ހަރަކާތް އަވަސްވާން ފެށިއެވެ. ބައެއް ފޮޓޮއާއި ވީޑިއޯތައް ރަނގަޅަށް ނުބަލައި އަވަސް އަވަހަށް އަނެއް ފޮޓޯއަށް ދެވެން ފެށުނެވެ.
"ޔޫ… ޔޫ މައިޓް ވޮނަ ސްޓޮޕް ދެއަރ ރާހިލް.." ޝައިނާ ކުއްލިއަކަށް ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ. އަދި ރާހިލް ނުބަލައި ދޫކޮށްލި ވީޑިއޯއެއް ފޯނުން އަޅުވައިދިނެވެ.
"ރާއީ ވާހަކަ ދެއްކީ ކުޑަކޮށް ލަހުން. ޝިމާންގާތުން ދަސްކޮށްގެން ކަންނޭނގެ. ފުރަތަމަވެސް ކިޔަންފެށީ ސިސްއޭ" ޝައިނާ ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ.
"ބަޓް.. މިއީ ޔާނާގެ.. ފަސްޓް ވޯރޑްސް.." ޝައިނާ އެ ވީޑިޔޯގެ އަޑު ބާރުކޮށްލައިދެމުން ބުންޏެވެ. ރާހިލްގެ ސަމާލުކަން އެ ވީޑިޔޯއަށް ދެވުނެވެ. އެ ވީޑިޔޯ ފެށުނީއްސުރެން ޔާނާ މަޑުމަޑުން ކޮންމެވެސް އެއްޗެއް އަނގައިން ކިޔައިލާ ކިޔައިލަ ހުއްޓެވެ. ޝައިނާ ކީކޭހެއްޔޭ އަހައިލާ ކޮންމެ ފަހަރަކު ޔާނާގެ އަޑު ބާރުވެއެވެ. ވަކި ހިސާބަކުން ރާހިލްއަށް އަޑު ސާފުވެ ޔާނާ އެ ކިޔަނީ ކީކޭކަން ދޭހަކުރެވުނެވެ. އެއާއެކު ރާހިލްގެ ހިތް ހީވީ ހިނދުކޮޅަކަށް ހުއްޓުނުހެނެވެ. އުފާވާންވީ ކަމެއް ނުވަތަ ދެރަވާންވީ ކަމެއްވެސް ނޭނގުނެވެ. ކަންފަތާ ފޯނު އިތުރަށް ގާތްކޮށްލީ ޔާނާގެ ތުއްތު އަޑުން ބައްޕާއޭ ގޮވައިލި އަޑު ވީހާވެސް ރަނގަޅަށް އަހައިލުމަށެވެ.
ރާހިލްއަށް ބޭއިޙްތިޔާރުގައި އަނގައިގައި އަތް އަޅައިލެވުނެވެ. ދެލޮލަށް ގިނަވެފައިވާ ކަރުނަތައް ފައިބައިގަތުމާއެކު ފޯނު ޝައިނާއަށް ދިނުމަށްފަހު މޫނުގައި ދެއަތް އަޅައިލިއެވެ. ރާހިލްގެ އަނގައިން އަޑެއް ނުނިކުތް ނަމަވެސް އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދިޔައެވެ. ދޭތެރެއަކުން ހަށިގަނޑު ގުޑުންވެލާ ގޮތުން ރޮނީކަން އެނގެއެވެ. ޝައިނާ ރާހިލްގެ ގާތަށް ޖެހިލަމުން ރާހިލްގެ ގައިގައި ބައްދައިލިއެވެ.
"އައި ކާންޓް ބިލީވް އައި މިސްޑް އޯލް އޮފް އިޓް" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާހިލް ދެއަތުން މޫނު ފޮހެލިއެވެ. ރުއިން ހުއްޓާލައިފައި ވީ ނަމަވެސް އެ އަޑުގައި ކުރަކިކަމެއް ހުއްޓެވެ.
"އައިމް ސޮރީ ރާހިލް" ޝައިނާގެ ދެލޯވެސް ވަނީ ކަރުނުން ފުރިފައެވެ.
"ނޫން. މަޢާފަށް އެދެން ޖެހޭނީ އަހަރެން އައި މޭޑް އަ މިސްޓޭކް. އެންޑް އައި ޕެއިޑް ހެވިލީ ފޯރ އިޓް. އަހަރެން ޝައިނާދެކެ ވި ލޯތްބަށްޓަކައި ފައިޓް ނުކުރެވުނީ. އަަހަރެން ވީ ބޮޑު ފިނޑިއަކަށް. ލައިފްގެ އެންމެ މުހިއްމު ތަޖުރިބާ އަހަރެންނަށް ގެއްލުނީ އެހެންވެ. އަހަރެންގެ އެންމެ ބޮޑު ހިތާމައަކީ އެ ދުވަސްތައް ޝައިނާއާއެކު ހޭދަކުރާނެ ފުރުސަތު ނުލިބުން" ރާހިލް ހިތި ގޮތަކަށް ހިނިތުންވެލިއެވެ.
"ދެން ކީއްވެ؟ އެލީ މަރުވީމަ.. އަހަރެން ހޯދަން ނައީ ކީއްވެ؟ ޔާނާ ފެނުނީމަ ޔާނާގެ މަންމައާއެކު މޫވްއޮން ކުރަން ނިންމީ ކީއްވެ؟" ޝައިނާގެ ހިތުގައިވި ޝަކުވާތައްވެސް ބަންޑުންކޮށްލިއެވެ.
"ޝައިނާގެ ގޮތް އަހަރެންނަށްވުރެން ރަނގަޅަށް އެނގޭނެ މީހަކު ހުންނާނެތަ؟ ހަ އަހަރުފަހުން ދިމާވެގެން މަޢާފު ނުކުރެވުނުއިރު އޭރު ވަކި މަޢާފު ކުރާނެތަ؟ ޝައިނާ ހޯދުމަކީ އަހަރެންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން. އެހެންވެ ބޭނުންނުވީ.. ބަޔަކު ލައްވާ ޝައިނާގެ ކޮންމެ ފިޔަވަޅަކަށް ފާރަލާން. އެކަމަކު ކޮންމެ ދުވަހެއްގެ އިރުއަރައި އިރުއޮއްސެނީ ޝައިނާއާ ދިމާވާނެކަމުގެ އުއްމީދުގަ. އެހެން ހުއްޓާ ޔާނާއާ ދިމާވި. ޔާނާގެ ނަން އެނގުނު ދުވަހުއްސުރެންވެސް އަހަރެންގެ ބޮލުގަ ރިއްސާލީ. ޔާނާގެ ބްރައުން އައިޒް އެންޑް ސްކިން.. ޔާނާގެ ކުރެހުމުގެ ހުނަރު… ޔާނާގެ އާއިލާ ރޫޅިފަ އޮތް އޮތުން… އެއްދުވަހު އަހަރެންގެ ކާރުގަ ބައިންދާފަ ދިޔަ ރީނދޫ ކުލައިގެ އަސްދޫނި.. ދަ އޮޑްސް ވަރ ޓޫ ސިމިލަރ.. ވިސްނާ ވިސްނާ ބޯ ގޮވާ ވަރުވީމަ އަހަރެންނަށް ޝައިނާ ވަރަށް ހިތްހަމަ ނުޖެހޭ ކަމެއްވެސް ކުރެވުނު" ރާހިލް އެންމެ ފަހު ޖުމްލަ ބުނެލީ ވަރަށް ޖެހިލުންވެފައި އިނދެއެވެ. ޝައިނާ ބޯ ހޫރައިލީ ކޮންކަމެއްހޭ އަހައިލާފަދަ ގޮތަކަށެވެ.
"އަހަރެން ޝައިނާގެ މަންމައާ ބައްދަލުކުރަން ދިޔައިން. އަހަރެންނަށް އެނގޭ ތި ބުނާ ރަށަކަށް ފުރައިގެން ދިޔުމުގެ ކުރިން ޝައިނާގެ މަންމައާ ބައްދަލު ކުރަން ދިޔަކަން. އެހެންވެ ހީވީ އޭގެ ފަހުންވެސް.. ބައްދަލުކޮށްފަ އޮވެދާނޭ. ޔާނާ ފެނިފަ އަހާލަން ބޭނުންވީ ކޮންކަހަލަ ކުއްޖެއްތޯ. ކިޔަނީ ކޮން ނަމެއްތޯ. އެކަމަކު އަހަރެން ހަމަ ހައިރާންވި. ޝައިނާގެ މަންމައަކަށް އެއްވެސް މައުލޫމާތެއް ނޭނގޭ. އަހަރެން މިއީ ޝައިނާގެ ފިރިމީހާއޭ ބުނީމަވެސް ޔަގީން ނުކުރެވިފަ ހުރީ. ސޯ އެހެންވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް ލީވާން ބުނި ބުނުމަކަށް. ޔާނާގެ މަންމައާ ބައްދަލުކުރަން ނިންމީ"
ރާހިލްގެ ވާހަކަ އިވުމަށްފަހު އެ ދެމެދަށް ވެރިވި ހިމޭންކަމުގައި ޝައިނާ ފުންވިސްނުމަކަށް ގެއްލުނެވެ. ރާހިލްއަށް އިނދެވުނީ ކުރި ކަންތަކާމެދު ހިތްހަމަ ނުޖެހިދާނެތީ އެކަމާމެދު ހިތް ތެޅިތެޅިއެވެ. ޝައިނާގެ ރައްދަކަށް މަޑުކޮށްގެން އިނދެ ކެތްތެރިކަން ކޮޅުންލާން ކައިރިވެފައި ވަނިކޮށް އެންމެފަހުން ޝައިނާ އެ ވާހަކައަށް ރައްދެއްދިނެވެ.
"އަހަރެން އަސްލު ބޭނުމެއްނޫން މަންމައާ ޔާނާމެން ބައްދަލުކުރުވާކަށް. އެނގޭ ފަސްއަހަރު ފަހުން މަންމަ ޖަލުން ދޫކޮށްލާނެ ކަންވެސް. ދުނިޔޭގެ ކުރިމަތީގަ މަންމައަށް ހައްގު އަދަބު ލިބިއްޖެއޭ ބަޔަކު ބުނެފާނެ. އެކަމަކުވެސް.. ދޮންތައަށް މަންމަ އެ ހެދިގޮތް އަހަރެން ހަނދާން ނައްތާލަނީ ކިހިނެއް؟ މައިވަންތަކަމެއް ނެތްމީހަކަށް މާމައަކަށްވާން އެނގޭނެތަ؟ އަހަރެންގެ ކުދިންގެ ހުންނާނީ އެންމެ މާމައެއް. އެއީ ރާހިލްގެ މަންމަ. ދެން އިތުރު މީހެއް ބޭނުމެއްނުވޭ. ރާހިލް ބުނާހެން. އަހަރުމެން ދެމީހުންގެ ލޯބި އެކަނިވެސް އެކުދިންނަށް ފުދޭނެ. ދެންވެސް ވެދިޔަތަނުގެ ވާހަކަ ނުދައްކަމާ. އިރާދަކުރެއްވިއްޔާ ހަޔާތުގެ ބާކީބައި އަހަރުމެން ހޭދަކުރާނީ އެކީގަ. ނޯ މެޓަރ ހައު ލޯންގް އޯރ ޝޯރޓް އިޓް އިޒް" ޝައިނާގެ ވާހަކައަށް ރާހިލް ބޯ ޖަހައިލިއެވެ.
"ތެންކްޔޫ. އަހަރެންނަށް ބުނެވުނުދޯ.. ތިއީ އަހަރެންގެ ލައިފްގެ އެންމެ ބޮޑު މިސްޓޭކޭ. އެކަމަކު އެއީ ދޮގެއް.. ތިއީ އަހަރެންނަށް ލިބުނު އެންމެ ބޮޑު ނިއުމަތް" ޝައިނާގެ އަތުގައި ބޮސްދެމުން ރާހިލް ބުންޏެވެ. އިސާހިތަކު ޝައިނާ ޖަޒުބާތުގައިޖެހި އަނެއްކާވެސް ފެންކަޅިވާން ފަށައިފިއެވެ. އެ ކަރުނަތައް ހިންދައިލުމަށްޓަކައި އަވަސް އަވަހަށް އެސްފިޔަތައް ތަޅުވައިލަމުން ޝައިނާ އަތުގައި އޮތް ޓިޝޫއިން ނޭފަތް ފޮޅައިލިއެވެ.
"ލަވް؟ އަހަރެން މިހާރު ބިރުގަންނަން ފަށައިފި އެނގޭ. ހީހީފަވެސް އެބަ ރޯން ފަށާ. މިރޭ ބޭރަށް ދިޔަތަނުން އަނެއްކާ ސަންތިއެއް އަވަލީތަ. ބުނެބަލަ. ބޮޑާހާކާފަ ގޮސް ކޮންތާކުތަ އިނީ؟" ޝައިނާ ރޯން ފަށައިފާނެހެން ހީވުމާއެކު ރާހިލް މައުލޫ ބަދަލުކޮށްލިއެވެ.
"ބީޗްގަ" ޝައިނާގެ އަޑު ނުކުތީ ކުރެހިގެނެވެ.
"ހީވިއޭ. އަހަރެން އުޅުނީ ފުރަތަމަވެސް ބީޗް ބަލަން ދާން. ސޯ ޕްރެޑިކްޓަބަލް" ރާހިލް ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ދެން ރާހިލް.. ވަރަށް ފޫހިވޭ. ނޫޅެން މިތާ ހުންނާކަށްވެސް ދަނީ. މިދިޔަ ގަޑިއެއްހާއިރު ރިވަރސް ކޮށްލީމި" ޝައިނާ ސޯފާއިން ތެދުވި ވަގުތު ރާހިލް ހިނިގަނޑެއް ޖަހައިލުމަށްފަހު ޝައިނާގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިގަންނަމުން ސޯފާއަށް ވެއްޓިގަތެވެ. އެފަދަ ކަމަކަށް ނުވިސްނާހުރި ޝައިނާގޮސް ރާހިލްގެ ގައިމައްޗަށް ވެއްޓުނެއްކަމަކު އޭނާވެސް ދުރަށްދާކަށް ހިޔާލެއް ނުކުރިއެވެ.
"އަހަހަ. ތިހެން ރިވަރސްއެއް ނުވާނެ. ބަގްސް ހުންނާނެ މި ކޮޓަރީގަ. ހުރިހާއެއްޗެއް މިހާރު ހުންނާނީ ރިކޯޑުވެފަ" ރާހިލް ސަމާސާކޮށްލިއެވެ.
"ދޮގު" ޝައިނާގެ ދެލޯ ބޮޑުވީ އެއީ ހަގީގަތުގައިވެސް ރާހިލް ކޮށްފާނެފަދަ ކަމަކަށް ވާތީއެވެ.
"އޮފްކޯސް ނޮޓް. އެކަމަކު އަހަރެން ދެންމެ މި ހިތަށް އެރީ މި ކޮޓަރި އަހަރެން އެކަނި އުޅެން އަސްލު ކިހާ ބޮޑުހެއްޔޭ" ރާހިލް ކުރީ ސުވާލެއްނޫންކަން ޝައިނާއަށް އެނގުނެވެ. އެހެނަސް އެނާ އެހާ ފަސޭހައިން އެކަމުގައިވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.
"ބޮޑުތަ؟" ޝައިނާ ކޮށްލީ ހަމަނުޖެހޭ ސުވާލެކެވެ. ޝައިނާ މިހާރު އުޅެމުންދާ ކޮޓަރީގެ ދެ ކޮޓަރިއަށްވުރެން އެ ކޮޓަރި ބޮޑުވާނެކަން ގައިމެވެ. މިވަގުތު އެމީހުން ތިބި ސޯފާތައް ހުރި ދިމާލާއި އެންދާ ދެމެދުގައި ދެމީހަކަށް ފުޓްސަލް ކުޅެލެވޭނެހާ ޖާގަ އެބައޮތޭ ބުނެވިދާނެއެވެ.
"ހްމްމް. އަނެއްކާ މިހާރު ތިއުޅޭ ކޮޓަރި ތިން މީހުންނަށް މާ ކުޑައެއްނު. ދެން ޝައިނާ މިކޮޓަރިއަށް އައިމަ އެ ކޮޓަރި ދެކުދިންނަށް ރިނޮވޭޓް ކޮށްލެވޭނެ. ބަންކްބެޑެއްލާފަ. ރާއީއަށް ގޭމިންގް ސެޓަޕަކާ ޔާނާއަށް އަރޓްކޯނަރ އެއްވެސް ހަދާލެވޭނެއެއްނު؟" ރާހިލްގެ ހިޔާލު ހުރިގޮތް ޝައިނާއާ ހިއްސާކުރިއެވެ.
"ކުޑަ ކުޑަ ދެ ކިއުޓީޒް ދޫކޮށްލާފަ އަހަރެން މިކޮޓަރިއަށް އަންނަންވީ ކީއްވެ؟" ޝައިނާ ދެލޯ ކުޑަކޮށްލަމުން އަހައިލިއެވެ.
"ހްމްމް ވިސްނާލަންތާ ތި ޖެހުނީ. އައި ޑޫ ޓޭކް އަ ލޮޓް އޮފް ޝަރޓްލެސް ސްވިމްސް އިން ދަ ޕޫލް. ސޯ ޔޫ ގެޓް އަ ގްރޭޓް ވިއު. އެ ސައިޑުން" ރާހިލް ޓެރަހަށް ކަހައިލެވެންހުރި ބިއްލޫރި ދޮރަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
"އޯލްސޯ އަ ގުޑް ފައިވް ކިސަސް އަ ޑޭ" ރާހިލް ޝައިނާގެ ނިއްކުރީގައި ބޮސްދިނެވެ.
"މޭކް އިޓް ޓެން" ޝައިނާ ކުޑަކޮށް ވިސްނައިލާކަމަށް ހެދެމުން ބުންޏެވެ.
"ޓެން އިޓް އިޒް. މާ ރަނގަޅެއްނު. އައި ވުޑް ހޭވް އެގްރީޑް ފޯރ އަ ޓެން މޯރ" ރާހިލް ބުންޏެވެ.
"އައި ވުޑް ހޭވް ސެޓެލްޑް ފޯރ ޖަސްޓް ދަ ވިއު" ރާހިލްގެ ކޮލުގައި ބޮސްދެމުން ޝައިނާ ރައްދުދިނެވެ.
"ޔާނާ އެންމެ ބޮޑާހާކާނީ އަހަރެން ރާހިލްގާތަށް މޫވް ކުރީމަ. އެއީ ރާހިލްގެ ޕްރިންސަސްއެއްނު"
"އެއީ ޕްރިންސަސް ވިއްޔާ ތިއީ އަހަރެންގެ ރާނީއެއްނު. ޔާނާއަށްވެސް އެނގެން ޖެހޭނެ ތިއީ އަހަރެން ލޯބިވި ފުރަތަމަ އަންހެންކުއްޖާކަން" ރާހިލް ބުންޏެވެ.
"އެއްކަލަ ކްރިންޖީ މީހާގަނޑު. ދެން އަނެއްކާ ޔާނާގާތު ތިހެން ނުބުނާތި. އެފަކީރުގެ ހިތް ހަލާކުވެދާނެ" ޝައިނާ އެންމެ ފަހުން ބުނި ޖުމްލައާއެކު އިވިގެންދިޔައީ ރާހިލްގެ ލުއި ހުނުމުގެ އަޑެވެ. ޝައިނާވެސް އެ ހުނުމުގައި ބައިވެރިވިއެވެ. ދެމަފިރިން އެކަކު އަނެކެއްގެ އަތުތެރޭގައިތިބެ އެތައް ސަމާސާކުރުންތަކެއް ކުރަމުންދިޔައިރު ޒަމާންތަކަކަށް ގެއްލިފައިވި ހިނިތުންވުން މިރޭ ވަނީ އެ މޫނުތަކަށް އިއާދަވެފައެވެ.
*****************
ހަފްތާއެއް ފާއިތުވެދިޔައިރު ރާހިލްއާއި ޝައިނާގެ ހަޔާތަށް ކުރިން އައިސްފައިނުވާ އުފާވެރިކަމުގެ އެތައް ކުލަތަކުން އެދެމީހުންގެ ދިރިއުޅުން ބާއްޖަވެރިވެފައިވިއެވެ. މީގެ އަހަރުތަކެއް ކުރިން އެދެމީހުންގެ ލޯވި ދުނިޔެއަށް ސިއްރުވެފައި އޮތްނަމަވެސް މިއަދު އެ ލޯބީގައި ރާހިލްއާއި ޝައިނާ އުދުހެމުން ދިޔައީ މިނިވަންކަމާއެކުގައެވެ.
އާދައިގެމަތިން ޝައިނާ ޑިއުޓީ ނިންމައިލުމަށްފަހު އަތްމަތި އަވަސްކޮށްލީ ޔާނާއާއީ ރާއީ ބަލައި ސްކޫލްދޮށަށް ދިޔުމަށެވެ. އޮފީސް ހުންނަ އިމާރާތުގެ ތިރިއަށް ފޭބިއިރު އެހެންދުވަސްދުވަހެކޭ އެއްފަދައިން ޑިއުޓީ ނިންމާފައި ނުކުތް އެތަށް މުވައްޒަފުންނެއް ދޮރުމަތީގައި މަޑުކޮށްލައިގެން ތިއްބެވެ. ތަނުގައި ގިނައީ އެ އިމާރާތުގެ އެހެން އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންކަމުން ޝައިނާ އެމީހުންނަށް ބަލައިލީ ބީރައްޓެހި ކަމާއެކުގައެވެ. އެއިން ކޮންމެ މީހެއްވެސް އެހެންމީހަކާއެކު ވާހަކައިގައި ޖެހިފައެވެ.
"ޑްރީމީ ދޯ. އަޅެ ޑްރީމީއެއް ނޫންތަ؟ އެކަމަކު ވަރަށް ފޮނި ފާޑު ދޯ ޖަހަނީ."
"އަދިވެސް އޭނާ އެބަހުރިދޯ. އަޅެ ހާދަ އިރެކޭ އެތާ އެ ހުންނަނީ"
ދޮރު ކައިރީގައިތިބި އެކި މީހުންގެ ވާހަކަތައް ކަންފަތާ ހަމައަށް ފޯރަން ފެށުމުން ޝައިނާވެސް ބޭރަށް ނުކުމެ ފުރަތަމަ ވަށައިގެން ހޯދައިލީ އެންމެން މާވަރަކަށް މިދައްކަނީ ކާކުގެ ވާހަކަތޯ ބަލައިލުމަށް ހިތުގައި އުފެދުނު ޝައުގެއްގެ ބޮޑުކަމުންނެވެ. އެ އެންމެންގެ ނަޒަރު ސީދާވެފައިވާ ދިމާލަށް ލޯ ހިންގައިލިހިނދު މަގުގެ އަނެއްފަރާތުގައިހުރި ދުވާރުގެ ކައިރީގައިއޮތް ކަޅުކުލައިގެ ކާރު އޭނާއަށް ފެނުނެވެ. ކަޅުކުލައިގެ ގަމީސް ފަޓުލޫނާއި ކަނޑުނޫކުލައިގެ ބްލޭޒަރއެއްގައިހުރެ އެކާރުގެ ދޮރުފަތުގައި ލެގިލައިގެންހުރީ ރާހިލް ފިޔަވައި އިތުރުމީހެއްނޫނެވެ.
ޝައިނާއަށް ވީގޮތް ރޭކައިލުމާއެކު ހިނިގަނޑު އޮއްބައިލަން މަސައްކަތްކުރަމުން މަގުގެ އަނެއްފަރާތަށް ހިނގައިގަތެވެ. ކާރާ އަރައި ހަމަވިވަގުތު އޭނާ ކަރުކެހިލީ ފޯނަށް ގެއްލިފައިހުރި ރާހިލްގެ ސަމާލުކަން ހޯދައިލުމަށެވެ.
ޝައިނާ ފެނުމާއެކު ރާހިލް ހިތްކަތިލާފަދަ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ޝައިނާ އެރުމަށްޓަކައި ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވައިލައިދިނެވެ. އަދި ޝައިނާ އެރުމުން ދޮރު ލައްޕައިލައި ދިނުމަށްފަހު އޭނާވެސް ގޮސް ޑްރައިވަރު ސީޓަށް އަރައި ކާރު ދުއްވައިލިއެވެ. އޭރު ޝައިނާ މޭމަތިން ދެއަތް ހުރަސްކޮށްލައިގެން އިނދެ ކަޅި ޖަހައިނުލައި ރާހިލްއަށް ބަލަމުންދިޔައެވެ.
"ކިހިނެއްވީ؟" ރާހިލް ފާޑަކަށް ހެވިފައި އިނދެ އަހައިލި ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިހުރީ މަގަށެވެ.
"ކަމެއްނުވޭ. ދެންމެ މިތާ ކޮން މޮޅު ޝޯއެއްތަ؟ ފޭންބޭސްއަށް ކުދިންކޮޅެއް އިތުރުކޮށްލާހިތްވީ ދޯ" ޝައިނާ ދިމާކޮށްލިއެވެ.
"ޝޯއެކޭ؟" ރާހިލްއަށް އެ ބުނި އެއްޗެއް ނޭނގުނެވެ.
"ހްމްމް. ކުޑަމިނުން ބްލޭޒަރ ކާރުގަ ބާއްވާލާފަ ނުކުތްނަމަ. ގައިމު މެރީކުރި ދުވަހުވެސް ކޯޓެއް އެއްޗެއް ލީ މީހެއް ނޫންވިއްޔާ. ހަމަ ކަންދައްކަން" ޝައިނާ ތުން އަނބުރައިިލިއެވެ.
"އަހަހަހަ. ތިކަހަލަ ކަމެއް ހިޔާލުގަވެސްނެތް. ދެންމެ މީޓިންގްއެއް ނިންމާފަ މިއައީ. ސްކޫލް ނިމޭ ގަޑިކަން އެނގޭތީ ހިތަށް އެރީ މައި ލަވްލީ ވައިފްއަށް ޑްރޮޕްއެއްދޭން" ޝައިނާގެ އަތްތިލައިގައި ހިފައިލަމުން ރާހިލް ބުންޏެވެ.
"ދެން އެހެންނޫނަސް މާދަންނޫން އަނެއްދުވަހުން ފުރީމަ އަހަރެން ކިހާ މިސްވާނެ" ރާހިލް ބުންޏެވެ.
"ފުރަނީއޭ؟ ކޮންތާކަށް؟" ޝައިނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
"ހްމްމް. މި ވީކަންޑް ގަ އެބައޮތް ކައިރި ރަށެއްގަ ކޮންމެވެސް ލީޑަރޝިޕް ވޯރކްޝޮޕެއް. އަހަރެން ނޫނީ ލީވާން ދާންޖެހޭނީ. ދެން ލީވާންގެ ބައްޕަ މާ ބަލިކޮށް އުޅޭތީ އަހަރެން ދާން ނިންމީ" ރާހިލްގެ ވާހަކައިވި ޝައިނާގެ މޫޑު ވަގުތުން ކަޓައިފިއެވެ. މާދަމާ ނޫން އަނެއްދުވަހަކީ ހަފްތާގެ ފަހު މަސައްކަތު ދުވަސްކަމަށްވާއިރު އެ ހަފްތާބަންދުގެ ތެރޭގައި އޭނާގެ އުފަންދުވަސް އަންނަކަން ރާހިލްގެ ހަނދާނުން ހަމަ ކައްސައިލީ ހެއްޔެވެ؟ އެއީ ރާހިލްއާއެކު އޭނާއަށް ފާހަގަކުރެވޭނސެ ފުރަތަމަ އުފަންދުވަހެވެ. ނޫނީ ރާހިލްއަށް އެދުވަހަކީ އެހާ މުހިއްމު ދުވަހަކަށް ނުވަނީހެއްޔެވެ؟
"ކިހިނެއްވީ؟ ހިތްހަމަ ނުޖެހުނީތަ؟" ސްކޫލާ ކައިރިވެފައި ވަނިކޮށް ރާހިލް އަހައިލިއެވެ.
"ނޫން. ޓޭކް ކެއަރ. މިތަނަށް މަޑުކޮށްލާ. އަހަރެން އަންނާނަން އެމީހުން ގޮވައިގެން. ކާރުގަ އެމަގަކަށް ނުވައްދާނެ މިގަޑީގަ"
ޝައިނާ އެއްނޭވާއިން އެހުރިހާ އެއްޗެއް ކިޔައިލުމަށްފަހު ކާރުން ފޭބިތަން ބަލަން އިން ރާހިލް އިނީ ހިނިގަނޑު ހިފަހައްޓައިލައިގެނެވެ. ފޯނު ނަގައި އޭނާ އެންމެ ފުރަތަމަވެސް ބަލައިލީ ޒީވާއާއި އިޝްވާ އަދި ޝިމާންވެގެން ޝައިނާގެ އުފަންދުވަސް ފާހަގަކުރުމުގެ މަޝްވަރާތައް ކުރުމަށް ހަދައިފައިވާ ގްރޫޕުން އައިސްފައިވާ މެސެޖުތަކަށެވެ. އެ ގްރޫޕުގައި ރިއާން ހިމެނިފައިވިޔަސް އޭނާގެ އެންމެ މެސެޖެއްވެސް ގްރޫޕަކުން ފެންނާކަށް ނެތެވެ. ރާހިލްވެސް އެ ގްރޫޕްގެ ހުރިހާ މެސެޖެއް ބެލިއެއްކަމަކު މިވީހާތަނަށް އެ ގްރޫޕުގައި ވާހަކަ ދައްކައިފައެއްނުވެއެވެ. ޒީވާއާއި އިޝްވާ އެކަމާމެދު އެތަށް ޝަކުވާއެއްކޮށްފައި ހުރިތަން ފެނި ރާހިލް އެންމެފަހުން އެ ގްރޫޕަށް މެސެޖެއް ފޮނުވަން ނިންމިއެވެ.
"އެކަކުވެސް ކަމެއް ރާވައިގެން ނުވާނެ. ޝައިނާގެ މި އުފަންދުވަސް އަހަރެންނަށް" ރާހިލް އިނގިރޭސިބަހުން ފޮނުވައިލި އެ މެސެޖު ފެނުމާއެކު ޒީވާއާއި އިޝްވާ ހީވީ ފޯނުގެ ތެރެއިން އަރައިގެން އައިސް ރާހިލް ކައިލަފާނެހެނެވެ. އެމީހުންގެ އެތައް ރޭވުންތަކެއް ބޭކާރުވެއްޖެކަމަށް ބުނެ ރާހިލްއަށް ކުދިކިޔަމުންދިޔަ މެސެޖުތައް އަންނަންފެށީ ފުލުފުލުގައެވެ. ކަހާތަން ހިރުވައިވެސް ނުލާފަދައިން ރާހިލް އެ ގްރޫޕް "މިއުޓް" ކޮށްލުމަށްފަހު ޔާނާއާއި ރާއީ ގޮވައިގެން ކާރުގެ ފަހަތުސީޓަށްއެރި ޝައިނާއަށް ލޯގަނޑުން ބަލައިލުމަށްފަހު ހިނިތުންވެފައިހުރެ ކާރުދުއްވައިލިއެވެ.
******************
ކާމޭޒުމަތީގައި ބެހެއްޓި ކަރުދާސް ފޮއްޓަކުންނެގި ހަތަރު ޕައުންޑްގެ ޗޮކްލެޓްކޭކު ސްޓޭންޑްގެ މަތީގައި ބަހައްޓައިލި އިޝްވާ އޭނާގެ މަސައްކަތާމެދު ހިތްހަމަ ޖެހިފައިހުރެ ހިނިތުންވެލިއެވެ. ސްޓޭންޑުގެ ވަށައިގެން މޭވާ ކޮށާފައިހުރި ތަބަކަކާއި، ޕިއްޒާ ފޮށިތަކަކާއި، އެނަރޖީ ޑްރިންކް އަޅާފައިވާ ތަށިތަކެއްގެ އިތުރުން ރަންކުލައިން ބަންދުކޮށްފައިވާ ޕާރުސަލްތައް ރީތި ގޮތަކަށް އަތުރައިލެވިފައިވާއިރު ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. އެތަނުގެ ފޮޓޮއެއްނެގުމަށް އިޝްވާ ފަހަތައް ފިޔަވަޅެއް އެޅިވަގުތު ފަހަތުގައިހުރި މީހެއްގެ ގައިގައި އޭނާގެ ބުރަކަށި ޖެހުމާއެކު އިޝްވާއަށް ސިހިފައި ފަހަތަށް އެނބުރެވުނެވެ.
"ޝިމާން. ޕިސް. ސިއްސައިގެނޭ ދިޔައީ" އިޝްވާ މޭގައި އަތްއަޅައިލަމުން އަވަސްނޭވާއެއް ދޫކޮށްލިއެވެ.
"އިޝީ އެކަނިތަ ހުރިހާ ކަމެއްކުރީ. ވަރަށް ސަޅި އެނގޭ. ކޮބާ ސިސްމެން؟" ޝިމާން އަތުގައިހުރި ޕްރޮޓީން ޝޭކް ފުޅި އަނގަޔަށް އަރިކޮށްލަމުން އައިސް މޭޒުގެ ކައިރިއަށް ހުއްޓުނެވެ.
"ދޮންތިއާ ރިއާންބެއާވީ ސިސްމެން ގޮވައިގެން ބޭރަށްގޮސް އިޝީ މިތަން ތައްޔާރުކުރަންދެން. ކާރު ދުއްވާލާށޭ ކިޔާފަ ކަންނޭނގެ ދިޔައީ. ސިސްއަށް ސަރޕްރައިޒެކޭ މިއީ. މިރޭ ބާރަ ޖަހާއިރަށް" އިޝްވާ ބުންޏެވެ.
"އޯހް. ޔާނާއާއި ރާއީވެސް ގޮވައިގެންތަ ދިޔައީ؟ އެހާ ލަހުން އަންނައިރު އެކުދިން ނިދާނެއެއްނު" އެތަނުގައިހުރި "ފްރުޓް ޕްލެޓަރ" ފެނުމާއެކު ޝިމާންގެ އަތް އެދިމާލަށް ދަތުރުކުރިއެވެ.
"ދެން ނޫން ނާތްލާތި" އިޝްވާ ތެޅިގެންފައި އަވަސް އަވަހަށް ޝިމާންގެ އަތުގައި ހިފެހެއްޓިއެވެ.
"އިޝީގެ ހާދަ ހާޑް ވޯރކްއެކޭ ތިއީ" އިޝްވާ ހިތްހަމަނުޖެހިފައި ޝިމާންއާ ދިމާލަށް ލޯ އަޅައިލިއެވެ. ޝިމާން ދެއަތް ކޮނޑާ ހަމައަށް ހިއްލައިލީ "އަމާން ދީފީމޭ ބުނާ" ފަދައަކުންނެވެ. އިޝްވާ އަނެއްކާވެސް މޭޒާ ދުރަށް ޖެހިލުމަށްފަހު ފޯނުން މޭޒުގެ ފޮޓޮއެއް ނެގުމަށް ތައްޔާރުވެލިއެވެ.
"އިޝީ.. އަހަރެން ބޭނުން ކުޑަ ވާހަކައެއް ދައްކަން" ޝިމާން ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ބުންޏެވެ.
"ހްމްމް؟" އިޝްވާ ފޯނާ ނަޒަރު ވަކިކޮށްލުމެއްނެތި މަޑު ހޫމްއެއް ލައްވައިލިއެވެ.
"އިޝީ އައި.. އިޝީ" ޝިމާން ދެތިން ފަހަރަކު ގޮވައިލުމުންވެސް އިޝްވާގެ ފުރިހަމަ ސަމާލުކަމެއް ނުލިބުނެވެ.
"ޝިމާންގެ އާ އިންސްޓާ އައިޑީ ކިޔާބަލަ ޓެގް ކުރަން" އިޝްވާ އުޅުނީ މުޅިން އެހެން ދުނިޔެއެއްގައެވެ.
"އިޝީ…" ޝިމާންއަށް އެންމެފަހުން ނުހުރެވިގެން އިޝްވާގެ އަތުގައި ހިފައި އޭނާއާ ދިމާލަށް އަނބުރައިލިއެވެ. "އަހަރެންނަށް ވަގުތުކޮޅެއް ދެވިދާނެ؟" ޝިމާންއަށް އަހައިލެވުނެވެ.
"އަޑު އަހާށޭ މިހިރީ. ކިހިނެއްތަވީ؟" އިޝްވާ ހިތްހަމަ ނުޖެހިފައި ޝިމާންގެ އަތުން އަތް ދަމައިގަތެވެ.
"އައި.. އައި ބްރޯކް އަޕް ވިތް ނީމް" ޝިމާން ދޫހަލުވި ކޮށްލާފައި ބުންޏެވެ. އިޝްވާ ވަކި އެއްޗެކޭ ނުބުނެ ހިނގައިގަތީ ޝިމާންއާ ދުރަށެވެ. މޭޒުގެ އަނެއްފަރާތަށެވެ.
"އިޝް.. އިޝީ.. އަޅެ.. އަހަރެން ކިޔާ އެއްޗެއް އަޑު ނީވޭތަ؟" ޝިމާން ފާޑަކަށް ހިތްހަމަ ނުޖެހިފައިހުރެ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.
"ދެން އަހަރެން ކީއްތަ ތިކަމާ ކުރަންވީ؟ ވަޓް ޑޫ ޔޫ އެކްސްޕެކްޓް މީ ޓު ޑޫ ވިތް ދެޓް ޕީސް އޮފް އިންފޯރމޭޝަން؟" އިޝްވާ ކާމޭޒުމައްޗަށް ދެއަތް ވީއްލައިލުމާއެކު ޝިމާންގެ ފިޔަވަޅުތައް ހުއްޓުނެވެ.
"އިޝީއަށް އެނގެއެއްނު އަހަރެން.. ކީއްވެކަން އެނގެއެއްނު ނީމްއާ ރުޅިވީ؟" ޝިމާންއަށް އެވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ. ނީމްގެ ހިތް ހަލާކު ކޮށްލެވުނީތީ އެކަމާ އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ.
"އަހަރެންނާ ހެދިއޭ ނުބުނާތި. އަހަރެން ތި ދެމީހުންގެ ދޭތެރެއަށް ވަންނާކަށް އެއްވެސް ކަމެއް ނުކުރަމެއްނު" އިޝްވާ ބުންޏެވެ.
"އެނގެޔޭ އިޝީ.. އެކަމަކު.. އިޝީއާ ބްރޭކްއަޕް ވުމަށްފަހު އަހަރެންވެސް ހުރީ ވަރަށް ކޮންފިއުޒްވެފަ. ކުޑައިރުއްސުރެން އުޅުނު މާލެ ދޫކޮށްފަ ދިޔަ ހިސާބުން އަހަރެންގެ ލައިފް.. ރައްޓެހިން.. އެއްކޮށް ގެއްލުނުކަހަލަ. އައި ވޯޒް ލޮސްޓް އެންޑް.. އެ ދަނޑިވަޅުގަ އަހަރެންގެ ހަމައެކަނި ރަހްމަތްތެރިއަކަށް ހުރީ ނީމް. ނީމް ރައްޓެހިވާން އެހީމަ ނޫނެކޭ ބުނަން އަހަރެންނަށް ނުކެރުނީ. ލޯތްބަށްވުރެން ބޮޑަށް.. ގިލްޓާހެދި އަހަރެން އާނއެކޭ ބުނީ. މަސައްކަތް ކުރިން އެކަމަކު އަހަރެންނަކަށް ނީމްދެކެ ލޯތްބެއް ނުވެވުނު. އެހެންވެ ބޭނުންނުވީ އިތުރަށް ނީމް އޮޅުވާލުމެއްގެ ތެރޭގަ ބަހައްޓާކަށް" ޝިމާން އިސްޖަހައިލައިގެންހުރެ ހަގީގަތް ކިޔައިދިނެވެ.
"ތިއީ ހާދަ ހެއްވާ ވާހަކައެކޭ. ޝިމާން ނީމްދެކެ ލޯބިނުވާކަން އެނގުނީ އިއްޔެތަ؟ މިހުރިހާ ދުވަހުވެސް.. ހަތަރު އަހަރުވަންދެން ތި އުޅުނީ ހަމަ ތި އޮޅުވާލުމުގެ ތެރޭގަ ނީމް ބަހައްޓައިގެނެއް ނޫންތަ؟" އިޝްވާގެ ހިތް ނީމްއާމެދު ހަމްދަރުދީއިން ފުރުނެވެ.
"އޭރު އިޝީއާ އަލުން ދިމާވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަހަރެންނަކަށް ނެތެއްނު. އަހަރެން ބޭނުމީ އިޝީއާއެކު އިތުރު ފުރުސަތެއް. އައި ލަވް–"
"ނޫން ޝިމާން. ތި ޖުމްލަ ފުރިހަމަ ކޮށްގެން ނުވާނެ. ތިއީ ހާދަ ރަހުމްކުޑަ ގޮތެއްނެތް މީހެކޭ ދޯ. ލޯތްބަކީ ޝިމާންއަށް ކުޅޭ ކުޅޭ ކުޅިވަރެއްތަ؟ ތިއޮތް ބާސްކެޓްބޯޅައަށް ކުރާ އިހްތިރާމްވެސް ޝިމާން އަންހެނުންނަކަށް ނުކުރަންތަ؟" ކުއްލިއަކަށް އިޝްވާގެ އަޑަށް ރުޅިވެރިކަން ވެރިވިއެވެ. އިޝްވާގެ ވާހަކަ ދޭހަނުކުރެވިފައި ހުރި ޝިމާންގެ ނިތަށް ރޫގިނަވެގެންދިޔައެވެ.
"ފުރަތަމަ އަހަރެންނާ ރައްޓެހިވީ. ލޯބިވާތީއެއްނޫން. ބެޓަކަށް. ދެން ނީމްއާ ރައްޓެހިވީ. ލޯބިވާތީއެއްނޫން. ގިލްޓާހެދި. ނޫނެކޭ ބުނަން ނުކެރިގެން. ދެން މިފަހަރު އަހަރެންނާ ރައްޓެހިވެފަ ބުނާނީ ކީކޭ. ލޯބިވާތިއެއްނޫނޭ. އަހަރެންގެ ހާލަތު ފެނިފަ ހަމްދަރުދީ ވެވުނީއޭ. ނޫންތަ؟" ޝިމާންއާ ހަތަރުކަޅި ހަމަކޮށްލަމުން އިޝްވާބުނި ވާހަކައިން ޝިމާންއަށް ލިބުނީ ސިހުމެކެވެ.
"ކިހި.. އިޝީއަށް ކިހިނެއް އެނގުނީ ބެޓްގެ ކަންތައް" ޝިމާންގެ މޫނު ހާސްވެގެން ހުދުވާން ފަށައިފިއެވެ.
"އެނގުނުގޮތް މުހިއްމެއްނޫން. އެއީ އަހަރެންގެވެސް މޮޔަކަން. އައިމް ސޯ ޗީޕް. މަންތެއްތެރޭ އައި ސްލެޕްޓް–" އިޝްވާގެ ލޮލަށް ޖަމާވާންފެށި ކަރުނަތައް މައްޗަށް ބަލައިލަމުން ހިންދައިލިއެވެ.
"ދެން ހެޔޮ. ފަހުން ޝިމާން އަހަރެންނާ ގާތްވާން ދެކޮޅުހެދި ސަބަބުވެސް މިހާރު އެނގޭ. ބެޓްކުރި ކަންތައް ނިންމާލެވިއްޖެއެއްނު. ދެން ކީއްކުރަން ދޯ؟ އަހަރެންނަށް ކުރި ކަންތައް ހަނދާން ނައްތައިލިޔަސް ޝިމާންގެ ފަރާތުން ނީމްއަށް ތި ދިން އަނިޔާއަކަށް އަހަރެން މަޢާފެއް ނުކުރާނަން. ލޯބި ނުވާއިރުވެސް ނީމްގެ ކުށެއްނެތި ޝިމާން ހަމަ ނީމް ޔޫސް ކޮށްލީ" އިޝްވާ ހިނގައިގަތީ ކޮޓަރިއަށް ދިޔުމަށެވެ.
"އިޝީ ވެއިޓް" ޝިމާން ތެޅިގެންފައި އިޝްވާގެ އަތުގައި ހިފެހެއްޓިއެވެ.
"އިޝީ އައިމް ސޮރީ. އަހަރެން.. އަހަރެން ނީމްއާއެކު ބޭއްވީ ފިޒިކަލް ރިލޭޝަންޝިޕެއް ނޫން. ހުވާކޮށްފަ މިބުނީ. އައި ޑިޑް ނޮޓް ޔޫސް ހަރ ލައިކް ދެޓް" ޝިމާން ބުންޏެވެ.
"ތިއީ އަހަރެން ބަަލަންޖެހޭ ކަމެއްނޫނޭ. ޔޫސް ކުރުމަކީ ހަމައެކަނި މީހަކާއެކު ސްލީޕްކުރުންތަ؟ ލޯބި ނުވާއިރުވެސް ނީމްއަށް ދޮގުހަދައިގެން ޝިމާން ނީމްގެ އިހުސާސްތަކާ ކުޅުނީ ހިތު ހުރިހާ ގޮތަކަށްނު" ޝިމާންގެ އަތްދަށުން ސަލާމަތްވާން މަސައްކަތްކުރަމުން އިޝްވާ ބުންޏެވެ. ނަމަވެސް ޝިމާން އިޝްވާގެ ކުޑަހުޅުގައި ހިފަހައްޓައިފައިހުރީ ވަރަށްވެސް ބާރަށެވެ.
"އައިމް ސޮރީ އޯކޭ. އިޓްސް ނޮޓް ދަ ޕްރައުޑެސްޓް ތިންގް އައި ހޭވް ޑަން. އަހަރެން ނީމްގާތުވެސް މަޢާފަށް އެދުނިން." ޝިމާން ބުންޏެވެ. "ދެން އޮތީ ތި ބުނާ ބެޓެއްގެ ވާހަކަ. ތެދެއް. އިޝީއާ އަހަރެން ފުރަތަމަ ރައްޓެހިވެގެން އެ ކުރެވުނު ހުރިހާ ކަމަކީވެސް ބެޓެއް. އެކަމަކު އިޝީއާއެކު ސްލީޕްކުރި ވާހަކަ އަހަރެން އެކަކު ގާތުވެސް ބުނެފައެއް ނޯންނާނެ. އެނގޭތަ ކީއްވެކަން؟ އެކަމާ ކަޑަވިވަރުން. އަހަރެންނަށް ފަހުން އިޝީދެކެ ހަގީގަތުގަވެސް ލޯބިވެވުނީ. އެހެންވެ ފަހުން އެކަހަލަ ގޮތަކަށް ކައިރިވާން ނުކެރުނީ ބިކޯޒް އިޓްސް ރޯންގް އިޝީ. އަހަރެން އިޝީއާ މެރީކުރަން ހިތުލައިގެން ހުއްޓާ ސިސްއާ ބޭބެގެ ކަންތައްތައް ގޯހުން ގޯހަށް ދާންފެށީ" ޝިމާން ހުރިހާ ވާހަކައެއް ދެއްކިއިރު އިޝްވާހުރީ އިސްޖަހައިލައިގެނެވެ.
"އެނގޭ އިޝީއަށް ގަބޫލުކުރަން ފަސޭހަ ނުވާނެކަންވެސް. ބަޓް ބޭބް ޕްލީޒް. ގިވް މީ އަ ޗާންސް ޓު ޕްރޫވް ދެޓް އައި ޓްރޫލީ ލަވް–" ޝިމާންގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި އަޑު އިވުމުންނެވެ. އޭނާ އަވަސްއަވަހަށް އިޝްވާގެ އަތުން ދޫކޮށްލުމާއެކު އިޝްވާވެސް ކަރުނަވަޅުގައި އިނގިލި ޖައްސައިލައި ކަރުނަތައް ހިންދައިލަމުން އެތެރެއަށް ވަދެގެން އައި މީހުނަށް ހިނިތުންވެލިއެވެ.
"ނިދީ ދޯ. ޝިމާން މިތާހުރެ ކިޔައިފިޔޭ ހުރިހާ ކުދިން ނިދާނެޔޭ" އިޝްވާ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންގޮސް ރިއާންގެ ދެކޮނޑުގައި އޮތް ރާއީއާއި ޒިވްޔަންގެ ތެރެއިން ރާއީ އުރައިލިއެވެ. ޔާނާ ނިދައިފައި އޮތީ ޝައިނާގެ ކޮނޑުމަތީގައެވެ. ޒީވާ އެންމެންގެ ދަބަސްތައް ހިފަހައްޓައިލައިގެން ހުރީ ރިއާން އެއްވެސް ކުއްޖަކު ޒީވާގެ އަތައް ދޭން އެއްބަސް ނުވުމުންނެވެ.
"ދޮންތި މިއީ އަދި ހާއްސަ ޓްރީޓްމެންޓް ލިބޭ މީހެއްދޯ" އިޝްވާ ވަގުތުން ޒީވާއާ ދިމާކޮށްލިއެވެ.
"ބަލާބަ ރިއާން. ބުނީމެއްނު އޭރުވެސް އަހަރެން އަތަށް އެއްކުއްޖަކު ދޭށޭ" ޒީވާ ތުންކޮޅު އޫކޮށްލަމުން ރިއާންގާތު ޝަކުވާ ކުރިއެވެ.
"ޝީޒް އޯލްރެޑީ ކެރީއިންގް އިނަފް އޯކޭ؟" އިޝްވާއަށް ރައްދުދިނި ރިއާންއެވެ. އިޝްވާ އަކުރުތަކަށް ދަމައިލަމުން "ޝުއާރ" އޭ ބުނެލުމަށްފަހު ރިއާންއާއި ޝައިނާއާއެކު ގޮސް ނިދާފައި ތިބި ތިންކުދިން ކޮޓަރީގައި ބާއްވައިލިއެވެ.
"ސިސް ލޯ މަރާބަ" ކޮޓަރިން ނުކުމެވުމާއެކު އިޝްވާ އެދުނެވެ.
"ކީއްކުރަން؟" ޝައިނާގެ ސިކުނޑީގައި ސުވާލުމާކު ޖެހުނެވެ.
"ދެން އަޅެ ލޯ މަރާބަ ޕްލީޒް" އިޝްވާ ކުރުނުކުރުމުން ޝައިނާ އެންމެފަހުން ލޯ މަރައިލިއެވެ. އެވަރަކުންވެސް އިޝްވާއަކަށް ނުފުދުނެވެ. ޝައިނާގެ ލޯ މަތީގައި އެއް އަތް އަޅައިލައިގެންހުރެ ޝައިނާ ގެންގޮސް ކާމޭޒު ކައިރީގައި ބަހައްޓައިލިއެވެ.
"ލޯ ހުޅުވަންވީތަ؟" އިޝްވާ އޭނާގެ ލޯމަތިން އަތްނެގުމާއެކު ޝައިނާ އަހައިލިއެވެ. އިޝްވާ އާނއެކޭ ބުނުމުން ޝައިނާ ދެލޯ ހުޅުވައިލިއެވެ. އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް މޭޒުމަތި ތައްޔާރު ކޮށްފައިވާތަން ފެނުމާއެކު ވީ އުފަލުން އަނގަމަތީގައި އަތްއަޅައިލެވުނެވެ. އިރުކޮޅެއްވަންދެން ހުއްޓުން އަރައިފައި ހުރުމަށްފަހު ފެންކަޅިވެފައިވާ ދެލޮލުން އިޝްވާއަށް ބަލައިލަމުން އިޝްވާގެ ގައިގައި ބައްދައިލިއެވެ. "ތެންކްޔޫ" އޭނާ ބުންޏެވެ.
"އިޝީގެ އެކަނި މަސައްކަތެއް ނޫނޭ. ދޮންތިއާ ރިއާންބެއާ ދެން.. މާނުވެސް" އިޝްވާ އެތަނުގައި ހެވިފައިތިބި ތިންމީހުނަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އެއާއެކު ޝައިނާ އިޝްވާގެ ގައިން ދޫކޮށްލުމަށްފަހު ޒީވާގެ ގައިގައި ބައްދައިލިއެވެ.
"ތޭންކްސް. އައި މިސްޑް ދިސް" ޝައިނާ ބުންޏެވެ. މީގެ ކުރިން އޭނާއާ ޒީވާއަކީވެސް އެކަކު އަނެކެއްގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ބައެއްކަމުން އޭނާ އެ ދުވަސްތަކުގެ މަތިން ހަނދާންވިއެވެ.
"ވަރަށް ބަނޑުހައި. ދެން ހިނގާ ކާންފަށަން" ރިއާން މޭޒު ކައިރިން ގޮނޑިއެއް ދަމައިލަމުން އިށީނެވެ.
"މަޑު. އަދި ބާރަ ޖަހަން ގަޑިއެއްހާއިރު އެބަ އޮތެއްނު. ފޮޓޯނަގަން ޖެހޭނެއެއްނު. ބާރތްޑޭ ސޭޝްވެސް އެބައޮތް.. ސިސް ދޭބަަލަ މި ހެދުން ލައިގެން އަންނަން" ޝައިނާ ލައިގެންހުރި ކަޅުކުލައިގެ ގަމީހާއި ޖީންސަށް އިޝާރާތްކުރަމުން އިޝްވާ ބުންޏެވެ. ޝައިނާ ނިކަން އަވަހަށް އެބަ އަންނަމޭ ބުނެފައި އިޝްވާދިން ކޮތަޅު ހިފައިގެން ސިޑިން މައްޗަށް ދުއްވައިގަތެވެ. ވިއްސަކަށް މިނެޓުގެ ތެރޭގައި އޭނާ ތިރިއަށް އައި އިރު ހުރީ ކަޅުރަތްކުލައިގެ ހެދުމެއްގައެވެ. ފައިގެ ތަނބިކައްޓާ ހަމައަށްހުރި އެ ހެދުމުގައި ދޫ އަތެއް ލާފައިވާއިރު ހެދުމުގެ މަތީބައިހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. އުނަގަނޑުގައި އަޅައިފައިވާ ހިމަ ރަންކުލައިގެ ބެލްޓާ ހިސާބުން ތިރިވަނީ ވައްތިރިއެއްހެން ދޫކޮށްލައިފައެވެ. ބެލްޓާގުޅޭ ރަންކުލައިގެ ހިމަފަށަކުން ކަރު ފަޅުފިލުވާލައިފައިވާއިރު މޫނުގައި މާބޮޑު މޭބޮޑު މޭކަޕެއް ކޮށްފައި ނެތްނަމަވެސް އެސްފިޔަތަކުގައިވާ މަސްކަރާއާއި ތުންފަތުގައިވާ ގަދަ ރަތްކުލައިގެ ލިޕްސްޓިކުން އޭނާގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ. ކަޅުކަންގަދަ ރޭގަނޑެއްފަދަ ރާޅުބާނި އިސްތަށިގަނޑުވަނީ މިނިވަންކަމާއެކު ފަހަތަށް ދޫކޮށްލައިފައެވެ. ޝައިނާ ފެނުމާއެކު އެތަނުގައި ތިބި އެންމެން އަތްޖަހަން ފެށިއެވެ. އިޝްވާ ގޮސް އުފަންދުވަހުގެ ސޭޝް ޝައިނާގެ ކޮނޑުގައި އަޅުވައިދިން ވަގުތު ކޮންމެވެސް މީހަކު ގޭގެ ބެލް އަޅައިލައިފިއެވެ.
"ދޮންބެ އެކަނި ދޯ މަދުވަނީ.. ދޮންބެ ކަންނޭނގެ" ޒީވާގެ އަނގައިގަ ޖުމްލައިގެ އެއްބައި އޮއްވައި ޝައިނާ ދުވެފައިގޮސް ދޮރު ހުޅުވައިލިއެވެ. އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިދިޔައީ ދޮރު ހުޅުވައިލިއިރު މާ ވިއްކާ ފިހާރައެއްގެ ޓީޝާޓުގައިހުރި ވިއްސަކަށް އަހަރުގެ ޒުވާނެއް ފެނުމުންނެވެ.
"ޝައިނާ؟" އެ ޒުވާނާގެ އަތުގައި އޮތް ގަނޑުކޮޅަކަށް ބަލައިލަމުން ޔަގީންކޮށްލިއެވެ. ޝައިނާ ފާޑަކަށްހުރެ ބޯ ޖަހައިލުމާއެކު އެޒުވާނާގެ އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމާބޮނޑިއެއް ޝައިނާއަށް ދިއްކޮށްލިއެވެ. އަދި އެ ޒުވާނާ ގެންގުޅުނު ގަނޑުކޮޅުގައި ސޮއެކޮށްދިނުމަށް އެދުނެވެ. ޝައިނާ ލަސްފިޔަވަޅުތަކެއްގައި އެ މާބޮނޑި ހިފައިގެން އެތެރެއަށް ވަތްއިރު އޭނާގެ ސަމާލުކަން ދެވިފައިވަނީ އޭގައިވާ ނޯޓުކޮޅަށެވެ.
"ސޮރީ އައި ކާންޓް ބީ ދެއަރ ޓުނައިޓް ލަވް. ހޯޕް ދިސް ވިލް ބްރިންގް އަ ސްމައިލް އޮން ޔޯރ ފޭސް. ހެޕީ ބަރތްޑޭ މައި ލަވްލީ ވައިފް – އާރް" ޝައިނާ އެ ނޯޓުކޮޅު ކިޔައިލުމަށްފަހު ފާޑަކަށް ތުން އަނބުރައިލަމުން ޒީވާމެން ގާތަށް ދިޔައެވެ.
"ކޮބާ ދޮންބެ؟" ޒީވާގެ މޫނުގައިވަނީ ސީރިއަސް އަސަރުތަކެކެވެ.
"ނާާދެވޭނެޔޯ. ހިނގާ ފޮޓޯނަގަން ދޯ" ޝައިނާ ރީތިގޮތަކަށް މާބޮނޑި ހިފަހައްޓައިލަމުން ހިނިތުންވެލިއެވެ. އިޝްވާ ހިތްހަމަޖެހޭ ހުރިހާ ގޮތަކަށް ފޮޓޯ ނަގަމުންދިޔަތާ ދިހަވަރަކަށް މިނަޓު ފާއިތުވެ ދިޔަފަހުން އަނެއްކާވެސް ކޮންމެވެސް މީހަކު ގޭގެ ބެލް އަޅައިލި އަޑުއިވުނެވެ. ޝައިނާ މިފަހަރު އެ ދޮރާ ދިމާލަށް ހިނގައިގަތްއިރު ކުރީފަހަރު އެ މޫނުމަތީގައިވި ޖޯޝެއްނެތެވެ. ފޫހިކަމާއެކު ދޮރުހުޅުވައިލިއިރު ކުރިމަތީގައިހުރީ މީގެ ކުރިންވެސް އެތަނުގައިހުރި ޒުވާނާއެވެ. އެ ޒުވާނާގެ އަތުގައިހުރީ ހަމަދެންމެ ގެނެސްދިން ކަހަލަ ރަތް ފިނިފެންމަލުގެ މާބޮނޑިއެކެވެ.
"މިއީ.. އޯލްރެޑީ ގެނެސްދީފީމެއްނު؟" ޝައިނާއަށް ހީވީ އޮޅުމެއްގެ ތެރޭގައި އޯޑަރު ތަކުރާރުވެފައިވި ކަމަށެވެ.
"މި އެޑްރެހަށް މިވެސް ޑެލިވަރކުރަން އޮތީ. މަރިޔަމް ޝައިނާ" އެކުއްޖާގެ ވާހަކައަށް ބޯ ޖަހައިލަމުން ޝައިނާ އެ މާބޮނޑިއާވެސް ހަވާލުވިއެވެ. އޭގައި އޮތް ނޯޓު ކިޔުމަށް އޭނާ ފަރުވާލެއްނުދިނީ ރާހިލްއަށް އޮޅިގެން އޯޑަރ ތަކުރާރު ކުރެވުނީ ކަމުގައި ބަލަމުންނެވެ. އޭނާގޮސް ކުރިން ގެނައި މާބޮނޑިއެކޭ އެއްފަދައިން އެ މާބޮނޑިވެސް ކިޗަން ކައުންޓަރު މަތީގައި ބާއްވައިލުމަށްފަހު މޭޒާ ގާތަށް ޖެހިލިއެވެ. އޭރު ޒީވާމެން ހަމަ ރަނގަޅަށްވެސް ކާން ފަށައިފިއެވެ.
"ފޮޓޯ ނަގާ ނިމިއްޖެއެއްނު. ދެން ނީނދެވޭނެ މި ހުރިހާ ކާއެއްޗެހި ކުރިމަތީގަ ބަހައްޓައިގެނެއް" ޝިމާން އެތަނުގައިހުރި ފްރުޓް ޕްލެޓަރުން ނެގި މޭބިސްކަދުރުތަކެއް އަނގަޔަށް އަޅަމުން ބުންޏެވެ. އޭރު ރިއާންއާއި ޒީވާ އަދި އިޝްވާވެގެން އެއް ޕިއްޒާއަށް އަރައިގަންނަނީއެވެ.
"ހްމްމް ކައި ކައި. މިހާރު ކޭކުވެސް ފެޅިއްޖެއެއްނު. ދެން ފޮތިކުރަނީ އެނގޭ" ޝައިނާ ވަޅި ހިފައިގެން އައިސް ކޭކު ބައިބަޔަށް ކަފަންފެށިއެވެ.
"ދޮންބެ ހަމަ އަސްލުވެސް ނާންނަނީތަ؟" ޒީވާ އަހައިލިއެވެ.
"ހްމްމް. ކިޔޭ ކޮންމެވެސް އޮފީސް ދަތުރެއް އޮތްވާހަކަ. ދޮންބެ އަންނަންދެން ސެލެބްރޭޝަން މަޑުޖައްސާލެވުނުނަމަ ދޯ" އިޝްވާ ބުންޏެވެ.
"ކީއްކުރަން؟ ކުރިންވެސް ޒީއާ އިޝްކޮއާ މާނުއާއެއްނު އަހަރެންގެ ބާރތްޑޭ ސެލެބްރޭޓް ކުރަނީ. މިގޮތްވެސް ރަނގަޅޭ. މުހިއްމު ކަންކަމެއްނު މުހިއްމުވާނީ" ޝައިނާގެ ކަންފަތް އިޝްވާމެންގެ ވާހަކަތަކަށް ދެވިފައިވި ނަމަވެސް ދެލޯ ހުއްޓިފައިވަނީ ކަފަމުންދިޔަ ކޭކަށެވެ. ނޫންނަމަ ޒީވާއާއި އިޝްވާގެ އިތުރުން ރިއާންގެ ތުންފަތުގައިވި ލާނެއް ހިނިތުންވުން އެ ލޮލުގައި އަޅައިގަތީހެވެ. ގާތްގަނޑަކަށް ކޭކު އެއްކޮށް ކަފައި ނިމުނުތަނާހެން އަނެއްކާވެސް ގޭގެ ބެލް އަަޅައިލައިފިއެވެ. އޭރު ބާރަޖަހަން ދެތިން މިނެޓާ ގާތްވެއްޖެއެވެ. މިފަހަރު ޝައިނާގެ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އަތުގައިއޮތް ވަޅި ބަންކިޔާފައި މޭޒުމަތީގައި ބޭއްވިގޮތުން ކައިރީގައި އިން ޝިމާންވެސް ސިހުނެވެ. ހަރުފިޔަވަޅުތަކެއްގައި ދޮރާ ދިމާލަށް ހިނގައިގަތްގޮތުން ހީވީ ދެންމެ ދެންމެ ހެދުމުގެ ފަސްބައިގައި ފައި އަޅައިގެންފައި ބިންމައްޗަށް ވެއްޓިދާނެހެނެވެ. ދޮރުހުޅުވައިލުމަށްފަހު ބޭރުގައިހުރި މީހަކާދިމާލަށް އަޑުލައިގަތީ އެއީ ކާކުތޯވެސް ރަނގަޅަށް ބަލައިލުމެއްނެތިއެވެ.
"ކިހާ ދެރަކަމެއްތަ؟ ތި މާތަކެއް ބޭނުމެއް ނޫނޭ ތި ގަތް މީހެއްގާތު ބުނެބަލަ ތި–" ޝައިނާގެ ވާހަކަ މެދުކެނޑުނީ ކުރިން ދެފަހަރަކު ލިބުނުފަދަ ރަތް ފިނިފެންމަލުގެ ގުލްދަސްތާއަކާއެކު މިފަހަރު ރާހިލް އެތަނުގައި ހުރިތަން ފެނުނެވެ.
"ވޯ ވޯ ވޯ ލަވް. ހާދަ ރުޅިއެއް އައިސްފަ. އެކުއްޖާ އައިނަމަ ބިރުން ފިތްކަނޑައިގެން ދިޔައިހެއްނު" ރާހިލް އެޕަރޓްމެންޓްގެ ތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ.
"ދެން މަޖަލެއް ނޫނޭ ރާހިލް" ޝައިނާ ފާޑަކަށް ރަކިވެފައިހުރެ ރާހިލްގެ ބަނޑުގައި ވިކައިގަތެވެ.
"ހީވޭތަ އަހަރެންނަށް ޝައިނާގެ އުފަންދުވަސް ފާހަގަކުރަންލިބޭ ފުރަތަމަ ފަހަރު އަހަރެން ޝައިނާއާ ދުރުގަ އެދުވަސް ހޭދަކުރާނެހެން؟" ރާހިލް އެތެރެއަށްވަދެ ދޮރު ލައްޕައިލުމަށްފަހު ޝައިނާގެ އުނަގަނޑުގައި ހިފައި އޭނާއާ ގާތްކޮށްލިއެވެ.
"ނޭނގޭނެއެއްނު. މަސައްކަތައް ދެވި ހިފާފަ ހުންނަ ވޯރކަހޮލިކްއެއްވިއްޔާ" ޝައިނާ ފާޑަކަށް ކަޅި އަނބުރައިލަމުން ބުންޏެވެ.
"ދެން ތި ބޮޑާހޭކުން ހުއްޓާލާފަ ރީތިކޮށް ހީލަބަލަ. ހިޔަރ.. ތަރޓީ ބިއުޓިފުލް ރޯސަޒް ފޯރ ތަރޓީ އިޔަރޒް އޮފް ޔޯރ ބިއުޓިފުލް އެގްޒިސްޓަންސް. ހެޕީ ބަރތްޑޭ މައި ލަވް" ރާހިލް ޝައިނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިލި ވަގުތު ދިމާވީ ހަމަ ސީދާ ރާހިލްގެ އަތުގައި އޮތް އައި ވޮޗުން ބާރަޖަހާއިރަށް ކޮށްފައިވާ އެލަރމްގެ އަޑު އިވުނު ވަގުތަށެވެ. ޝައިނާއަށް އެރޭ ލިބުނު ކޮންމެ މާބޮނޑިއެއްގައިވަނީ ދިހަ ފިނިފެންމަލެވެ. ޖުމްލަ ތިރީސް ރަތްކުލައިގެ ފިނިފެންމަލެވެ.
"އޯ މައި ގޯޑް.. ޑްރެމެޓިކް އޭޒް އެވަރ ރާހިލް" ޝައިނާ ހިނިތުންވެލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އަހަހަ. އައި ލަވް ޔޫ" ޝައިނާގެ ގައިގައި ބައްދައިލަމުން ރާހިލްވެސް ހީނލިއެވެ.
"ލަވް ޔޫ މޯރ. ރާހިލް.. ޒީމެން އެބަތިއްބޭ. ދެން ދޫކޮށްލަބަލަ" ޝައިނާ މަޑުމަޑުން ރާހިލްގެ އަތުގައި ޖަހައިލިއެވެ.
"އެމީހުން ފޮނުވާލަބަލަ" ޝައިނާގެ ގައިން ދޫކޮށްލުމުގެ ހިޔާލެއް ރާހިލްގެ ނެތެވެ.
"ސާބަހޭ ރާހިލް" ޝައިނާ ރާހިލްގެ މޭގައި އަތް އަޅައި ދުރުކޮށްލިއެވެ.
"މްމްމް. ޗޮކްލެޓްސް މައި ފޭވްރިޓް.." ރާހިލް ފަހުފަހަރަށް ޝައިނާގެ ކަނދުރާއިން ވަސްބަލައިލަމުން ޝައިނާގެ ގައިން ދޫކޮށްލިއެވެ. "ޑޫ ޔޫ ލައިކް ދަ ޑްރެސް؟" ޝައިނާގެ އަތުގައި ހިފައިލައިގެންހުރެ ކުރިއަށް ހިނގައިގަންނަމުން ރާހިލް އަހައިލިއެވެ.
"މިއީ ރާހިލްގެތަ؟" ޝައިނާއަށް ކުރިން އެއީ ރާހިލްގެ ހަދިޔާއެއްކަމެއް ނޭނގެއެވެ.
"ހްމްމް ފަށްވެސް. ތިއީ އަސްލު ގޯލްޑް އެނގޭ. އަހަރެން މިއީ އެއްވެސް އިރަކު ފޭކް މީހެއްނޫނެއްނު" ޝައިނާ ދެލޯ ބޮޑުކޮށްލުމަށްފަހު ރާހިލްގެ އަތުން ދޫކޮށްލަމުން ކަރުގައި އޮތް ފަށުގައި އަތްޖައްސައިލެވުނެވެ.
"ކޮބާ ފިލްމު ނިންމާލީތަ؟" ޝައިނާއާއެކު އައިސް އެމީހުންގާތަށް ހުއްޓިލި ރާހިލް ފެނުމުން ރިއާން ވަގުތުން ދިމާކޮށްލައިފިއެވެ.
"ކިހިނެއްވީ؟ ޕާރޓް ޓޫއެއް ބޭނުމީތަ؟" ރާހިލްވެސް ވަކި ރިއާންއަަކަށް ދުލެއް ނުކުރިއެވެ. ޝައިނާގެ އަތުގައި ހިފައި ކުއްލިއެއްޖަހަމުން އޭނާއާ ގާތަށް ދަމައިލުމަށްފަހު ޝައިނާގެ ކޯތާފަތުގައި ބޮސްދިނެވެ.
"އޯހް ގޯޑް މައި އައިޒް. ލަދެއްވެސް ގަންނަ މީހެއްނޫނޭ މިއީ" ޒީވާ ލަދުން ލޯ މަތީގައި އަތްއެޅިއެވެ. އެއާއެކު ޝައިނާވެސް ތެޅިގެންފައި ރާހިލްއާ ދުރަށްޖެހިލިއެވެ.
"ރީއްޗެއްނު ބުނިއެތި؟ މި ހުރިހާދުވަހު މިދެމީހުން ބައްދަބައްދާފަ "ބޭބީ ބޭބީ" ކިޔަކިޔާ އުޅުނުއިރު އަހަރެން އުޅެންޖެހުނީ ދެލޯ މަރައިގެނޭ" ރާހިލްގެ ވާހަކައިން ޒީވާ އިތުރަށް ލަދުގަތެވެ. އެފަކީީރުގެ މޫނު ވިލާތުބައްޓެއްހާ ރަތްވެގެން ދިޔައެވެ.
"ބޭބީއޭ. ދެން ސޯ ކްރިންޖް ޒީ" ޝައިނާވެސް ރާހިލްއާ އެއްބައިވެ ޒީވާމެންނާ ދިމާކުރަން ފެށިއެވެ.
"ދޯ؟ ލައިކް އައްޗީޑި" ރާހިލްވެސް ބުންޏެވެ. "އައި ކުޑް ނެވަރ.." ޝައިނާއާއި ރާހިލް އެ ޖުމްލަ ނިންމައިލީ އެކުއެކީގައެވެ.
"އެޓްލީސްޓް އަހަރެން ޒީވްއާ ދިމާލަށް މިތިކަލް ކްރީޗަރއެއްގެ ނަމަކުން ނުގޮވަމޭ" ރިއާން ދިފާއުގައި ބުންޏެވެ.
"ސަންތިއަކީ ކިހާ ލޯބި ނަމެއްތަ؟ ދޯ ސަންތީ؟" ރާހިލް ލޯތްބާއެކު ޝައިނާގެ ކޮލުގައި ހިފައިލުމާއެކު ޝައިނާ ވަގުތުން ރާހިލްއަށް ދެލޯ އަޅައިލިއެވެ.
"ދޮންބެ މާ ލަހުންނޭ ތި އައީ. ބަލަ ޕިއްޒާވެސް ހުސްވީ" އިޝްވާ އެންމެ ފަހަށް އޮތް ޕިއްޒާފޮތި ނަގައި އޭގައި ދަތްއަޅައިލަމުން ބުންޏެވެ.
"ތި ދެން ކާކު ކާ އެއްޗެއްތަ. ތި ކާންވެސް ނުވާނެ. ހާދަ އަންހެލްތީ އެއްޗެކޭ ތިއީ. ހުސް އެނަރޖީ ޑްރިންކާ ޕިއްޒާއާ. ޕިސް ޕިސް. އަހަރުމެންނަށް ހެޔޮ މި އެކަނި ހުއްޓަސް ދޯ ޝިމާން" ޝިމާންއެކޭ އެއްފަދައިން ރާހިލްވެސް ދިމާކޮށްލީ އެތަނުގައިހުރި މޭވާ ތަބަށް ހުސްކޮށްލުމަށެވެ. ޝައިނާ އަލަމާރިން ނެގި ޖޫސްފުޅިއެއް ހިފައިގެން އައިސް ރާހިލްގެ ތައްޓަށް އެ އަޅައިދެމުން "ހެލްތް ފްރީކް" އޭ ބުނެލައިފިއެވެ. އެވަގުތު ޒީވާ "ވާހަކައެއް އެބައޮތޭ" ކިޔައިފައި އަނެއްކާވެސް ޝައިނާގެ ސަމާލުކަން އަތުލައިފިއެވެ. ޒީވާއާ ދިމާލަށް ދެލޯ އަޅައިލުމަށްފަހު ޝައިނާ ގެނެސްދިން ޖޫސްތަށީގައި ތުންޖަހައިލި ވަގުތު ޒީވާބުނި ވާހަކައިން ރާހިލް ހަމަ ރަނގަޅަށްވެސް ކުށިއެރިއެވެ. ޝައިނާ ދެފަހަރަކު ރާހިލްގެ ބުރަކަށީގައި ޖަހައިލުމަށްފަހު ފިރުމައިލިއެވެ.
"ކީކޭ؟" ރާހިލް އިތުރަށް ޖޫސްފޮދެއް ބޯލައި ހަމަޖެހިލެވޭތޯ މަސައްކަތްކުރަމުން އަހައިލިއެވެ.
"ގައިޒް.. އައިމް ޕްރެގްނަންޓް" ޒީވާގެ ޖުމްލަ ތަކުރާރު ކޮށްލުމާއެކު ޝައިނާއާއި އިޝްވާ އުފަލުން ހަޅޭއްލަވައިގެންފައިގޮސް ޒީވާގެ ގައިގައި ބައްދައިގަތެވެ.
"މިއީ ދޯ ރިއާންބެ މިރޭ ފާޑަކަށް އިޝީއަށް ލޯ ހަދާފަ 'ޝީޒް ކެރީއިންގް އިނަފް’އޭ މި ބުނި ސަބަބަކީ" ޒީވާގެ ގައިން ދޫކޮށްލަމުން އިޝްވާ ބުންޏެވެ.
"އޯ އެމްޖީ ޒީ. ވަރަށް އުފާވެއްޖެ" ޒީވާގެ ކޮލުގައި ހިފައިލަމުން ޝައިނާވެސް ބުންޏެވެ.
"އަހަރެން ކުރީފަހަރު ޝައިއާ ޖޮއިންކޮށްލި ގޮތަށް ޝައި ދެން މިފަހަރު އަހަރެންނާ ޖޮއިން ކޮށްލަންވީނު. އޭރުން ޒިވްޔަންގޮތަށް މި ބޭބީއަށްވެސް އެއްވަރުގެ ކަޒިންއެއް ލިބުނީއެއްނު" ޒީވާ ސަމާސާ ރާގެއްގައި ބުންޏެވެ. ޝައިނާއަށް ހާސްވެފައި ބަލައިލެވުނީ ދުރުގައި އިން ރާހިލްގެ މޫނަށެވެ.
"ދެކުދިން ފުދޭ ދޯ ލަވް. އެހެންނޫނަސް އަހަރުމެންނަށް މިހާރުވެސް އެތައް ދުވަހެއް ގެއްލިގެން ގޮސްފި. ދެން ބޭނުންވަނީ އިތުރު ކުއްޖަކު ނުހޯދިޔަސް ދެމީހުން އެކުގަ ލޯބިން އުޅެލަން" ރާހިލް ކިތަންމެ އާދައިގެ ވާހަކައެއްގޮތުގައި ބުނި ކަމަށްވިޔަސް ޝައިނާގެ ހިތަށް އެކަމުން ތަސައްލީއެއް ލިބުނެވެ. ރާހިލްއަށް ބައްޕައެއްގެ ގޮތުގައި ގެއްލިފައިވި މުހިއްމު ދުވަސްތައް އިތުރު ކުއްޖެއްގެ ޒަރީޔާއިން ހޯދައިދޭން ހުދު އޭނާވެސް ބޭނުންވެއެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތު އިތުރަށް ލިބޭކަށްނެތެވެ. އިތުރުކުއްޖެއް ހޯދުމަކީ އޭނާއަށް ޑަކްޓަރުން ގެއްލުވާލައިފައިވާ އުއްމީދެކެވެ.
"އެހެންނޫނަސް ދެން ކޮންމެހެން އަހަރެންގެ ވައިފްގެ ބޮލަށް އެރޭނެ ކަމެއްނެތް. މީނަގެ ކަންތަކޭ މިއީ. ޒިވްޔަންއަށް ފަސް އަހަރުވީމަ ޒީގާތު ޖޮބަށް ނުކުންނާށޭ ކިޔާފަ ބަލާބަލަ އަނެއްފަހަރު" ރާހިލް ގޮނޑިން ތެދުވެގެން އައިސް ރިއާންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.
"ޒިވްޔަންއަށް ފަސް އަހަރު ފުރުނީމަ އަހަރެން ޒީވްއަށް އެ ޗޮއިސް ދިނީމޭ. ދޯ ބޭބް" ރިއާންގެ ވާހަކައަށް ޒީވާ ބޯ ޖަހައިލިއެވެ.
"އެ ހަމަ މަޖާ އެނގޭ. ކޮންގްރެޓްސް މޭން" ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
"ޖޮބްގެ ވާހަކަދެއްކީމަ މި ހަނދާންވީ.. ޝައިނާދެން މިހާރު މިކޮޅުގަ މަޑުކުރާ ގޮތަށް ދޯ ތި ވިސްނަނީ. ވަރަށް ރަނގަޅު ދަނޑިވަޅަކާ ކަންނޭނގެ މި ދިމާވީ. އަހަރުމެންގެ އޮފީހުގެ ސީނިއަރ އާކިޓެކްޓްވެސް މިހާރު ހުރީ ނޯޓިސް މުއްދަތުގަ. ކޮންސިޑަރ އިޓް އަ ބަރތްޑޭ ޕްރެޒެންޓް" ރިއާން ބުނަން އުޅުނީ ކީކޭކަން އެތަނުގައިތިބި އެންމެނަށްވެސް ނަގައިގަނެވުނެވެ.
"އައި.. އައި ޑޯންޓް ނޯ ރިއާން. އަހަރެންނަކަށް ހިއެއްނުވޭ ކުޑަ ދެކުދިންގެ ޒިންމާއާއެކު އަހަރެންނަށް އާރް.އެލް ކަހަލަ ބިޒީ އަދި ގިނަ ވަގުތު ދޭންޖެހޭ ކުންފުންޏެއްގެ އެހާ މަތީ މަގާމެއް ފުރިދާނެހެން" ޝައިނާ އިރުކޮޅެއްވަންދެން ވިސްނައިލުމަށްފަހު ބުންޏެވެ.
"އޯކޭ. އެކަމަކު ޝައިނާގެ ހިޔާލު ބަދަލުވެއްޖެއްޔާ އޮފަރ އިޒް ސްޓިލް އޮން ދަ ޓޭބަލް ފޯރ އަ ފިޔު މޯރ ވީކްސް" ރިއާން ދެކޮނޑު އަރުވައިލަމުން ބުންޏެވެ.
"އެ ބުނީއެއްނު ސާފުކޮށް އަދި ތިކަން ވާކަށް ނެތޭ. ދެން އިތުރަށް ޕްރެޝަރ ނުކުރޭ" ރާހިލް ހިތްހަމަނުޖެހިފައި ރިއާންއަށް ބަލައިލިއެވެ.
"ތިއީ ދެން މިހާރު ޝައިނާގެ ލޯޔަރުތަ؟" ރިއާންވެސް ވަކި ދުލެއް ނުކުރިއެވެ.
"އައިމް ވަޓެވަރ ޝީ ވޯންޓްސް މީ ޓު ބީ. ރައިޓް ލަވް؟" ޝައިނާގެ އުނަގަނޑުގައި އަތްއަޅުވައިލަމުން ރާހިލް ބުންޏެވެ. އެއާއެކު އަނެއްކާވެސް އެންމެން އެ ދެމީހުންނާ ދިމާކުރަން ފަށައިފިއެވެ. އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފެންނަންހުއްޓެވެ. މުޅި މާހައުލުގައިވަނީ އުފާވެރިކަމާއި ލޯތްބާއި ހިނިތުންވުމެވެ. އެންމެން އެކި ވާހަކައިގައި ތިބިއިރު ޝިމާންގެ ނަޒަރު އިރު އިރުކޮޅާ އިޝްވާއަށް ހުއްޓެމުންދިޔައެވެ. މިވަގުތު އިޝްވާ އޭނާއާމެދު ކޮންމެ ގޮތަކަށް ވިސްނި ނަމަވެސް ޝިމާންގެ ޝަކުވާއެއްނެތެވެ. އޭނާދެކެ އިޝްވާ ވާ ލޯތްބާމެދު ޝިމާންއަށް ޔަގީންކަން އޮތެވެ. ހަމައެކަނި މައްސަލައަކީ އެ ލޯބީގެ ބިންގާ އެޅުމުގައި އޭނާއަށް ހެދިފައިވި ގޯހެކެވެ. އެ ގޯސް ރަނގަޅުކޮށް އިޝްވާގެ ހިތް އަލުން އެނާގެ މައްޗަށް ލަންބައިލުމަށް ކުރާ މަސައްކަތުގައި އޭނާ ހިތްވަރު އެލުވައިލާނެގޮތެއް އެއީ ނެތްގޮތެކެވެ.
******************
އެއް އަހަރުފަސް
"ބަލާބަ. ވަރަށް ރީތިދޯ. މިހާރު އެބަ އަންޑަރސްޓޭންޑް ވޭ ކަންނޭނގެ ދޮންބެ މިކޮޅަށް ކިޔަވަން އައިސްފަ އަށްއަހަރު ވަންދެން ނުގޮސްހުރި ސަބަބު. ހާދަ ރީއްޗޭ ލަންޑަން އައިއަށް އަރާ ބަލާލީމަ ލަންޑަންގެ ވިއު. އެމްސްޓަރޑެމްވެސް ހަމަ އަމޭޒިންގް. ސިސްވެސް އާދެބަލަ ދޮންބެގާތު ކިޔައިގެން ޔޫރަޕް ބަލާލަން" ޕެރިހުގެ މަޝްހޫރު ހޮޓެލެއްގެ ބޭރުން ފެންނަ އިރުއަރާ މަންޒަރު ދައްކައިލުމަށްޓަކައި ފޯނުން ޝައިނާއާ ވީޑިޔޯކޯލް ކޮށްގެންހުރި އިޝްވާގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އޭރު ރާއްޖެގަޑިން ހެނދުނު ނުވައެއްޖަހަން ކައިރިވެފައިވި ނަމަވެސް ޕެރިހުގެ އުޑުމަތިން އަލިކަމެއް ފެންނަނީ ފަނޑު ފަނޑުކޮށެވެ.
"އިޝީގެ ދޮންބެ އެއީ މާ ބިޒީ މީހެއްނު. އެހެންނޫނަސް އަހަރުމެންގެ ހަނީމޫން ދުވަސްތައް މިހާރު ނިމިއްޖެއޭ. ޔާނާއާއި ރާއީވެސް އެތިބީ ބޮޑުވެފައެއްނު" ޝައިނާ ދިޔައި އަތުގައިހުރި ކޮފީމަގު މަޑުމަޑުން ހުސްކުރަމުން މޭޒުމައްޗަށް ހެނދުނުގެ ސައި ތައްޔާރުކުރަމުންނެވެ.
"ދެން ދޮންބެ ވަރަށް ފޭކު. ސިސް ހަނީމޫނަށްވެސް ނުގެންދޭ"
"މިހާރު ކީކޭ ކިޔާފަ އަހަރެންގެ މަސް މި ކަނީ" ކުއްލިއަކަށް ޝައިނާގެ ފަހަތުން އިވުނީ ރާހިލްގެ އަޑެވެ. އޮފީހަށްދާން ތައްޔާރުވެލައިގެންހުރި ރާހިލް އައިސް ޝައިނާގެ ކޮލަށް ދޮނެއް ދިނުމަށްފަހު ހެނދުނުގެ ސަލާންކޮށްލަމުން ޝައިނާގެ އަތުން ފޯނު ޖަހައިގަތެވެ.
"އަދި ޕެރިހަށް އިރުވެސް ނާރައެއްނު؟ މިހާ ހެނދުނާ ކީކޭ ކިޔާފަ އަހަރެންގެ ވައިފްއަށް ތި އުނދަގޫ ކުރަނީ. އިޝީގެ މާނު ކޮބާތަ؟" ރާހިލް ފޯނުގެ ވީޑިއޯ ކަނޑައިލަމުން ކަންފަތުގައި ޖެއްސެވެ.
"މާނު އަދި ނިދާފަ. އިރުކޮޅަކުން ނަމާދަށް ގޮވާނީ. ސިސް ކައިރި މިކިޔަނީ ދޮންބެގާތު ބުނެގެން ޔޫރަޕް ޓުއަރއަކަށް އައިސްބަލާށޭ. އަހަރުމެން ގައިމު ދުވަސްކޮޅަކަށް ޔާނާއާއި ރާއީ ބަލައިދޭނަންވިއްޔަ"
"އިޝްކޮ ކިހިނެއް ކުއްޖަކު ބަލާނީ؟ ތިއީވެސް ކުޑަކުއްޖަކަށްވުރެން ބޭބީ ކުއްޖެއް" ރާހިލް ދިމާކޮށްލިއެވެ.
"ދޮންބެ ހަނދާން ނެތުނީ ދޯ އިޝީ ޑޭކެއަރއެއްގަ ވޯރކް ކުރިކަންވެސް. ޔަގީން މަންމަވެސް އުފާވާނެކަން ދުވަސްކޮޅަކަށް މަންމަގާތަށް އެކުދިން ފޮނުވީމަ" އިޝްވާ ބުންޏެވެ.
މީގެ މަހެއްހާ ދުވަސްކުރިން ޝިމާންއާ ކައިވެނި ކުރުމަށްފަހު އިޝްވާ ވަނީ ކުރިން އުޅުނު އޭނާގެ އުފަން ގޭގެ ތިރީ ފަންގިފިލާއަކުން ހުސްވި އެޕަރޓްމެންޓަކަށް ބަދަލުވެފައެވެ. ވާފިޔާއާއި ނާޝިދުވެސް ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްފައިވާއިރު އެގޭގެ ވަކި ބައެއްގައި އުޅުނު ނަމަވެސް ޔާނާއާއި ރާއީގެ ކަންތައްތަކުގައި އެމީހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އިޝްވާދިނެވެ. އިޝްވާގެ ވާހަކަ ނިމޭނެއިރެއްގެ އިންތިޒާރުގައި ރާހިލް ފޫހިކަންމަތީ ހުއްޓައި ފޯނުގެ އަނެއްފަރާތުން ޝިމާން އިޝްވާއަށް ގޮވައިލި އަޑު އިވުނެވެ
"ދެން ވިސްނާނީ ދޯ. އަވަހަށްދޭ. ފިރިކަލުން ހޭލި އަޑެއްނު އެ އިވުނީ" ރާހިލް ހުރީ ފޯނު ކަނޑައިލާނެ ބަހަނާއެއް ލިބުނީތީ އުފާވެފައެވެ.
"އިޝްކޮ އެބުނީ ތެދެއްތަ؟ ލަވް މާ ޔޫރަޕްއަށް ދާހިތްވީތަ؟" ފޯނު ބޭއްވުމަށްފަހު ޝައިނާގެ ގައިގައި ފަހަތުން ބައްދައިލަމުން ރާހިލް އަހައިލިއެވެ.
"ދާހިތްވާނެ ދޯ. އެކަމަކު ދާނީ ކިހިނެއް؟" ޝައިނާވެސް ކޮށްލީ ސުވާލެކެވެ.
"ދެވިދާނެ. އެއީ އެއްވެސް މައްސަލައެއް ނޫނެއްނު" ރާހިލް ބުންޏެވެ.
"ހަމައަސްލުތަ؟" ކުއްލިއަކަށް ޝައިނާގެ އަޑަށް އާދަޔާހިލާފު ޖޯޝެއްވެރިވިއެވެ.
"ހްމްމް. އެކަމަކު ޔޫރަޕަކަށް ނޫން ދާނީ. ކިޔަވަން އުޅުނުއިރު ޓުއަރއަށް ގޮސްގޮސް ޔޫރަޕްމަތިން ފޫހިވެއްޖެ. ހިނގާ މިޑްލް އީސްޓަށް ދާން" ރާހިލް ހުށަހެޅިއެވެ.
"ރާހިލްދިޔަސް އަހަރެން އަދި ނުދަމޭ ޔޫރަޕަކަށް. ދެން ވަރަށް ފޫހިވޭ. އަބަދުވެސް މީނަ ބޭނުންވާގޮތް" ރާހިލްގެ އަތް ފޮޅުވައިލަމުން ޝައިނާ ރާހިލްއާ ދުރަށްޖެހިލިއެވެ.
"އަހަހަހަ. އޯކޭ. ލަވް ބޭނުންތާކަށް ޕްލޭންކޮށްފަ ބުނެލަބަ. އަހަރެންނަށް އޯކޭ" ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
"ރިއަލީ؟" ޝައިނާ މޭޒުމަތީގައި ބެހެއްޓި ކޮފީތަށި ތުނބުގައި ޖަހައިލަމުން ރާހިލް ޝައިނާގެ ސުވާލަށް ބޯ ޖަހައިލިއެވެ.
ޝައިނާ ހީވީ އުފަލުން އުދުއްސައިގެންފާނެހެނެވެ. ފުންމައިގެން އައިސް ރާހިލްގެ ކޮނޑުގައި އެލިގަތްގޮތުން ރާހިލްގެ އަތުގައިހުރި ކޮފީތަށިވެސް ބަންޑުންނުވީ ކިރިޔާއެވެ. އެވަގުތު ޔާނާއާއި ރާއީ ހޭލައިގެން ސައިބޯން އަންނަތަންފެނި ޝައިނާ އަނެއްކާވެސް ރާހިލްއާ ދުރުވެލިއެވެ. ރާހިލްއަށް ހިތްހަމަނުޖެހިފައިހުރެ ދެތިން ބަހެއްވެސް ބުނެލެވުނެވެ.
ޔާނާ ސައިބޯން އިނދެ އެކުއްޖާ ބައިވެރިވި ކޮންމެވެސް ކުރެހުމުގެ މުބާރާތެއްގެ ވާހަކަ ދައްކަމުން ދިޔަތާ މާގިނަ އިރެއްނުވެ އުމުރުން ގާތްގަނޑަކަށް ސޯޅަ ނުވަތަ ސަތާރަވަރަކަށް އަހަރުގެ އަންހެން ކުއްޖަކު އެތަނަށް އައިސް ހުއްޓިލައިފިއެވެ. އެއީ އެގޭގައި ކިޔަވަން އައިސްހުންނަ ކުއްޖެކެވެ. ޔާނާއާއި ރާއީ ބަލަން ނޭނީއެއް ހޯދާ ވާހަކަ ދެއްކުމުން ނިހާމްގެ އަންހެނުން ހަފްސާގެ ކޮއްކޮއެއް ކަމަށްވާ ލީނާ އެގެއަށް ފޮނުވައިދިނީ އެކުއްޖާވެސް މާލެއައިސް ހުންނާނެ ތަނެއް ހޯދަމުންދިޔައީތީއެވެ. ލީނާ ނުކުމެގެން އައީ ކުރިން އިޝްވާ އުޅުނު ކޮޓަރިންނެވެ. މޭޒުކައިރީގައި ސައިބޯން އިށީންއިރުވެސް އެދެލޮލުން ނިދީގެ އަސަރު ފިލައި ނުދެއެވެ.
"ސިސް އަދިވެސް ނުދަންތަ؟ އޮފީސްގަޑި ޖެހެނީނު" ލީނާ އާފުރެމުން ބުންޏެވެ.
"ހްމްމް. ރެޑީވެގެނޭ މިހިރީ. ޝޯލްވެސް އަޅައިގެންނު މިހިރީ. ލީން ރޭގަވެސް މާ ލަސްވަންދެން ނުނިދާ ޓެސްޓަށް ދަސްކުރަން އިނީދޯ. ނިދި ހަމަކުރީމަ ފަސޭހައިން ފިލާވަޅު ދަސްވާނީ އެނގޭ" ޝައިނާ ނަސޭހަތްދިނެވެ.
"މިރޭ އަވަހަށް ނިދާނަމޭ. ސިސް ތި ބަހައްޓާފަ ދޭބަލަ" ޝައިނާގެ އަތުން ޖޫސްޕެކެޓު އަތުލުމަށްފަހު ރާއީގެ ތައްޓަށް އަޅައިދެމުން ލީނާ ބުންޏެވެ.
"އޯކޭ. އަންނާނަށް އެނގޭ އަވަހަށް. އޭރުންނެއްނު ލީންއަށް ފޮތް ކިޔޭނީ ދޯ" ޝައިނާ މޭޒުމަތީގައިހުރި އަތްދަބަސް ކޮނޑުގައި އަޅުވައިލިއެވެ.
"ދެކުދިން ބަސްއަހައްޗޭ އެނގޭ. ލީންދައްތި ކިޔަވާގަޑީ އުނދަގޫ ނުކުރާތި" ރާހިލް ޔާނާއާއި ރާއީގެ ކޮލަށް ދޮނެއް ދިނުމަށްފަހު މޭޒުމަތިން ނެގި ޓޯސްޓެއްގައި ދަތްއަޅައިލަމުން ޝައިނާގެ ފަހަތުން ހިނގައިގަތެވެ.
ރާހިލް ގޮސް ޝައިނާއާ އަރައި ހަމަވުމާއެކު "މިއަދުވެސް ސައިބޯން ނާންނަމެއްނޫންހޭ" ކިޔައި ޝައިނާ މަޑުމަޑުން ރާހިލްގެ ކަންފަތުގައި ހިފައިލިއެވެ.
ރާހިލް ވަކިއެއްޗެކޭ ނުބުނެ ދެއަތް މައްޗަށް އުފުލައިލަމުން ހިނިތުންވެލީއެވެ. އެދެމީހުން އެކުގައިގޮސް ގެއިން ނުކުތް މަންޒަރުބަލަން ލީނާ ހެވިފައި އިނެވެ. ކޯޅުމާއި ސަމާސާތަކުން ފުރިފައިވި ކަމުގައިވިޔަސް ރާހިލްއާއި ޝައިނާގެ ދެމެދުގައިވަނީ ވަރުގަދަ ލޯތްބެއްކަން އޭނާއަށް އެނގެއެވެ. އެމީހުން ފެންނަ ކޮންމެ މީހަކަށްވެސް އެ ތެދުވެރި ލޯތްބަށް ހިތާހިތުން ތައުރީފުކުރެވޭނެކަން ގައިމެވެ. އެފަދަ ލޯތްބަކަށް ކޮންމެ މީހެއްގެވެސް ހިތް އެދޭނެކަން ގައިމެވެ. އެބަޔަކަށް ނޭނގޭނީ އެ އުފާވެރިކަމަށްޓަކައި އެމީހުން ކަޑައްތު ކުރި ރާސްތާއާއި ހިތްދަތި ދުވަސްތަކެވެ. ވެފައިވާ ގުރުބާނީތަކެވެ. ދީފައިވާ ފުރުސަތުތަކެވެ.
= ނިމުނީ =
ކިޔުންތެރިންގެ ޚިޔާލުތައް:
އަލްހަމްދުލިއްﷲ. ވާހަކަ ނިމެންދެން ގެނެސްދެވުމުގެ ތައުފީގް ލެއްވިކަމަށްޓަކައި ﷲއަށް ހަމްދުކުރަން. އަދި ވާހަކަ ގެނެސްދިނުމަށް ފިޔަ އޮންލައިންގެ ފަރާތުން އަޅުގަނޑަށް ދެއްވި ފުރުސަތަށާއި، ފޫހިކަމެއްނެތި ކެތްތެރިކަމާއެކު ވާހަކަ ނިމެންދެން ކިޔާލި ހުރިހާ ކިޔުންތެރިންނަށް ހާއްސަ ޝުކުރެއް ދަންނަވަން. ވަކިވަކިން ރިޕްލައި ނުކޮށްލެވުނަސް ވާހަކައިގެ ހުރިހާ ބަޔަކަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ހުރިހާ ކޮމެންޓްތައް އަޅުގަނޑުވާނީ ކިޔާލާފަ. މިބައިގެ ހުރިހާ ކޮމެންޓަކަށް ރިޕްލައި ކޮށްލެވޭތޯ މަސައްކަތްކުރާނަން. ހުރިހާ ކިޔުންތެރިންނަށްވެސް މިބައި އަދި ޖުމްލަ ގޮތެއްގައި މުޅި ވާހަކަ ކަމުދިޔަކަމަށް އުއްމީދުކުރަން. އަދި ހުރިހާ ކިޔުންތެރިންވެސް ސޯޝަލް މީޑިޔާއިން "ވާހަކައިން.އަންޔާ" ގެ އެކައުންޓްތަކަށް ފޮލޯ ކޮށްލުން އެދެން.
އަދިވެސް އެއްފަހަރު ތިޔަދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ️!
އަޅޭ. ހާދަދެރައޭ ދޯ.
އެކަމަކުވެސް ޖެހޭނީ ޤަބޫލުކުރަންތާ. ފެށިއްޖެ ކޮންމެ ކަމަކަށް ނިމުމެއް އޮންނާނެކަން ކަށަވަރު. މިކަންވެސް މި ނިމުނީ.
އަދިވެސް ތަކުރާރުކޮށް އަންޔާގެ މި ރީތި ވަހަކައަށާ އަންޔާއަށް ހިތުގެ ފުނުން ޙައްޤު ޝުކުރު އަދާކުރަން. ތަޢުރީފު ކުރަން ބޭނުންނޫނަސް ތަޢުރީފު ޙައްޤު.
އަޅުގަނޑުގެ އެންމެ ފެވަރިޓް އޯތަރ ގެ ލަޤަބު ދީފިން.
އަދި ހަމަ އެހެންމެ މިފަދަ ރީތި އެހެން ވާހަކަ އަކަށް ފުރުސަތު ލިބިދާނެ ކަމުގެ އުންމީދާއި އިންތިޒާރެއްގަ ހުރިކަން ހަނދުމަފުޅުކޮށް އަރުވަން.
ޝުކުރިއްޔާ އައިރިޝް. އައިރިޝްގެ ހުރިހާ ކޮމެންޓެއްވެސް ކިޔާލާފަ ވަރަށް އުފާވޭ. ވަރަަށް މިސްވާނެ❤️
Mi part vx v Reethi masha allah
Curiously waiting for next story
Keep it up
Finally emmen gulhuni
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Thankyou Cutie girl❤️
ވަރަށް ރީތި ވާހަކަ އެއްމީ.ވަރަށް ކިޔާ ހިތުން ކިޔާ މި ނިންމާލީ. އަންޔާ ގެ އާ ވާހަކަ އެއްގެ އިންތިޒާރުގަ މިހުރީ… އަންޔާ އަށް އިތުރު ކާމިޔާބަށް އެދެން…..️
ޝުކުރިއްޔާ ސިމާ. ވާހަކަ ކަމުދިޔައީތީ ވަރަށް އުފާކުރަން❤️
ވަރަށް ރީތި ވާހަކައެއް. ފެށިގެން ނިމެންދެންވެސް ވަރަށް ކިޔާހިތުން ކިޔާލި ވާހަކެއް މިވާހަކައަކީ. އަންޔާގެ އާވާހަކައަކަށް އިންތިޒާރުގައި ހުރިން. ލަސްނުކޮށް ގެނެސްދޭނެކަމަށް އުންމީދުކުރަން.
ޝުކުރިއްޔާ ނޫރް. ވާހަކައިގެ ފުރަތަމަ އެޕިސޯޑުން ފެށިގެންވެސް ނޫރްގެ ކޮމެންޓްތައް ކިޔާލަން ލިބުނުކަން ފާހަގަކުރަން. ތިޔަދިން ސަޕޯރޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް މިސްވާނެ ނޫރްވެސް❤️
ޥވވ ރީތި ވާހަކަ. ދެން ނުޖެހޭނެ މިޥަާހަކަ އާދޭތޯ އިންތިޒާރު ކުޜާކަށް….އެކަމް އަދިވެސް އަންޔާ ގެ ވާހަކަ އަކަށް ޢިންތިޒާުރު ކުރަން….މިވާހަކަ ވ ރީތިވާނެ ފިލްމެއް ގޮތުގަ ނެރެން.. ކަމަނަ އަކަށް ދޫ ނުކުޜާނެ ..
އަހަހަ ދޯ. ވާހަކަ ގެނެސްދޭން ލަސްވަނީ ހަމަ ބިޒީކަމުން. އެކަމަކުވެސް ނިންމާލެވިއްޖެ. ޙިރާއަށް ވާހަކަ ކަމުދިޔައީތީ ވަރަށް އުފާކުރަން❤️
ފިލްމަކަށްވުރެން ބޮޑަށް ސީރީޒްއެެއް ގޮތުގަ ނޫންތަ މިވާހަކަ ރީއްޗަށް ގެނެސްދެވޭނީ😅
ވަރަށް ރީތި
ޝުކުރިއްޔާ
Yes I mean to say dat a series….👍 good job Anya ..may Allah bless u and grant you an evergreen future in what ever you do ❤️ will miss you 😘 Anya ..stay safe and blessed..tgc
ވަރަށް ރީތި މިވާހަކަ ފުރަތަމަ ބައިން ފެށިގެން ކިޔާލަން ލިބުނީތީ ވަރަށް ހިތްހަމަޖެހޭ ނިމުނުގޮތް ވަރަށް ރީތި މިކަހަލަ ރީތި އާވާހަކައެއް ކިޔާލަން ލިބޭނެ ކަމަށް އުއްމީދުކުރަން
ޝުކުރިއްޔާ ފަރީ
Miss you anya
Hope v avahah new story eh fehnaane kamah
May allah blessed you and come your dreams true
Lots of love
އަންޔާގެ އާވާހަކައެއްގެ އިންތިޒާރުގައި ދުވަސް ގުނަގުނާ މިހުރީ. ކޮންމެވެސް ޖަވާބެއްދީބަލަ… 😊