26 އޮކްޓޫބަރު 2025

ހަފުތާގެ ބަސް: ސުލްޙައަށްޓަކައި ސުލްޙަ

"ސުލްޙަ" މި ލަފުޒަކީ ދުނިޔޭގައި އެންމެ ބާރަށް އަދި އެންމެ ގިނައިން އިވޭ އެއް ލަފުޒެވެ. ދުނިޔޭގައި ޤާއިމުވެފައިވާ ކޮންމެ ޖަމާޢަތަކުންވެސް ވަކާލާތު ކުރަނީ ދުނިޔެއަށް ސުލްޙަ ބޭނުންވާ ކަމަށެވެ. މި އުސޫލާއި، މި ވިސްނުމާ ދެކޮޅު މީހަކު އުޅޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް، "ސުލްޙަ" އަކީ ހަމައެކަނި ބަހުސްކޮށްލަން އޮންނަ މައުޟޫއެއް ކަމުގައި ވަނީ ކީއްވެތޯއެވެ؟ ސުލުޙައިގެ ދޮރުތައް ނުހުޅުވެނީ ކީއްވެތޯއެވެ؟

ސުލްޙައަކީ އެންމެންވެސް ބޭނުންވާ ކަމެކެވެ، އެހެނަސް، ސުލްޙައިގެ މަގަށް، އަޅުގަނޑުމެން އެހާ ބީރައްޓެހިވާ ކަމީ ދެ ބަސް ވެވެން ނެތް ޙަޤީޤަތެކެވެ.

މިހެން މި ދިމާވަނީ، ސުލްޙައިގެ ބުރެކެޓުގެ ތެރެއަށް އެހެން އިތުރު ކަމެއް އަޅުގަނޑުމެންނަށް ވެއްދޭތީއެވެ. މިސާލަކަށް އާންމު ބަހުރުވައަކުން ދަންނަވާނަމަ، "ސުލްޙައާއި އިންސާފު"، "ސުލްޙައާއި އިންސާނީ ޙައްޤުތައް"، "ސުލްޙައާއި ހަމަހަމަކަން"، "ސުލްޙައާއި ހަމަޖެހޭ މުޖްތަމަޢުއެއް"، މިފަދަ ކަންކަން ސުލްޙައިގެ ބުރެކެޓް ތެރޭގައި ހިމެނުމެވެ. ބުރެކެޓް ތެރެއަށް ސުލްޙައާއެކު އެހެން ކަމެއް ގެނެސްގެން ޙާސިލުކުރަން އުޅޭ ކޮންމެ ކަމަކީ ވުމަށްވުރެ ނުވުން ގާތް ކަންކަމެވެ.

ސުލްޙަ ގުޅިފައިވަނީ ސަބަބަކާއެވެ. އެއީ ނިމުމެއް އޮތް ކަމެއް ނޫނެވެ. ސުލްޙައަކީ ހުޅުވިފައިވާ ދޮރެކެވެ. ފުރުޞަތުތަކަށް ހުޅުވިފައި އޮންނަ ރާސްތާ މަގެކެވެ. އެހެނަސް، އިންސާނާ ހިތް އެދޭ ކޮންމެ ކަމެއް ކުރުމަކުން ސުލްޙައިގެ ދޮރެއް ނުޅުވެއެވެ. ސުލްޙައިގެ މަގުގައި ކާމިޔާބަށް ވާޞިލުވަނީ ވަކި އަމާޒެއް ކަނޑައަޅައި ރޭވުންތެރިކަމާއެކު ހިންމަތްކޮށްގެންނެވެ.

ގުދުރަތުގެ ޤާނޫނުގައިވާ ގޮތުން، ސުލްޙަ ޤާއިމުކުރުމަށް އޮތް ހަމައެކަނި ރަނގަޅު ގޮތަކީ، އެކަން ކުރުމަށް އޮތް ހުރިހާ މަސައްކަތެއް ކުރާއިރު އެކަމުގެ ތެރެއަށް އިސްވެ ދެންނެވިފަދައިން އެހެން މައްސަލަތައް ނުވެއްދުމެވެ. އެހެނީ، ސުލްހަ ޤާއިމްވުމުން ދެން އޮތް އަމާޒަކަށް ވާނީ ރޭވުންތެރިކަމާއި، އެމީހެއް އަމިއްލަ ކެރުންތެރިކަމާއެކު ފުރުޞަތުތައް ތަނަސްވަސްކުރުމެވެ.

މި މޭރުމުން ނަޒަރު ހިންގާލާއިރު، ހަމައެކަނި ވާރޭ ވެހުނަސް ތަރުކާރީއާއި މޭވާއެއް ނުހެދެއެވެ. ޤުދުރަތުގެ ޤާނޫނު ހެކިދެނީ، ވާރޭ ވެހެނީ އެ ފެނުގެ ބޭނުން ހިފުމަށް ކަމެވެ. އެފެނުގެ ބޭނުން ހިފަައި މުޑުވައްކުރުމަށް ކަމެވެ. މި ނިޒާމުގެ ތެރެއިން ފެނުގެ ބޭނުން ހިފައި، މުޑުވަށްކޮށް ގަސް ހެއްދުމުން ގަހުގައި މޭވާ ނުވަތަ ތަރުކާރީ އަޅައެވެ. ދަނޑުވެރިޔާ ބޭނުންވާ ނަތީޖާއަކީ އެއީއެވެ.

މިބީދައިން، ސުލްޙައަކީވެސް މިފަދަ ކަމެކެވެ. ސުލްޙަ ނުވަތަ ހަމަޖެހުމަކީ "ވާރޭ" ފަދަ ކަމެކެވެ. ސުލްޙައަކީ ރޭވުންތެރިކަމާއެކު މަސައްކަތްކޮށްގެން ތިބާއަށް ލިބޭ ފުރުޞަތެކެވެ. މިފުރުޞަތުތަކުގެ ބޭނުން ހިފުމަކީ ތިބާގެ އަތްމަތީގައި އޮތް ކަމެކެވެ. ސުލްޙައަށްޓަކައި ސުލްޙަ އޮންނާންޖެހެނީ އެހެންވެ އެވެ. އެއީ ސުލްޙައަށްޓަކައި އޮތް އެންމެ ރަނގަޅު ފޯމިއުލާއެވެ. އެހެން ކަމަކަށްޓަކައި ސުލްޙަ ޤާއިމެއް ނުކުރެވޭނެއެވެ. އެއީ ބުއްދީގެ ތަރާދުން ވިސްނާއިރު ޙާސިލުކުރެވޭނެ ކަމެއް ނޫނެވެ. 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު