26 އޮކްޓޫބަރު 2025
ސިންގަޕޫރުގެ ކުންފުންޏަކުން ރާއްޖޭގައި އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅައިފި، ފޮޓޯ؛ އެންވައިރުމަންޓް މިނިސްޓްރީ

ސިންގަޕޫރުގެ ކުންފުންޏަކުން ރާއްޖޭގައި އެލް.އެން.ޖީ އިން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅައިފި

ސިންގަޕޫރުގެ ކުންފުންޏަކުން ރާއްޖޭގައި އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅައިފިއެވެ.

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،އިން ވިދާޅުވި ގޮތުގައި، މިނިސްޓަރު ޠާރިޤް އިބްރާހީމް އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ސިންގަޕޫރުގެ ޗީ އެނަރޖީ ކުންފުނިން ވަނީ ރާއްޖޭގައި އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ހުށަހަޅާފައެވެ.

މި ބައްދަލުވުމުގައި ޗީ އެނަރޖީގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި، ރާއްޖޭގައި މޮޑިއުލަރ އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ޤާއިމުކުރުމުގެ ވާހަކަ ހިމެނޭ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިފަދަ ނިޒާމެއް ޤާއިމުކުރުމުން، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިނިސްޓްރީ އޮފް އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޠާރިޤް އިބްރާހީމްގެ އިތުރުން އެ މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ. ޗީ (ސިންގަރޕޫރ) އެނަރޖީގެ ފަރާތުން ހުށަހެޅި މި ޕްރޮޕޯސަލްއާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު