މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އައު އުފެއްދުންތަކެއް ތަޢާރަފުކޮށްފިއެވެ. މި އުފެއްދުންތައް ތަޢާރަފުކޮށްފައިވަނީ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޖުމުލަ ތިން އުފެއްދުމެއް ވަނީ ތަޢާރަފުކޮށްފައެވެ.
ތަޢާރަފުކުރި އުފެއްދުންތަކުގެ ތެރޭގައި، ރާއްޖެއަށް މުޅިން އައު އުފެއްދުމެއްގެ ގޮތުގައި، ކޭޝްކާޑުގެ ބަދަލުގަދަލުގައި ބޭނުންކުރެވޭ އަނގޮއްޓެއް ހިމެނެއެވެ. "ފައިސާ ވެއަރ" ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި އަނގޮއްޓަކީ ފެނަށް ދެމިހުންނަ އަނގޮއްޓެކެވެ. މި އަނގޮއްޓި މެދުވެރިކޮށް، އޭޓީއެމް ބޭނުންކުރުން ފިޔަވައި، ކާޑުން ލިބޭ އެހެން ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. މި އަނގޮޓީގެ ހަތަރު ޑިޒައިނެއް ވަނީ ތަޢާރަފުކޮށްފައެވެ. ހޯމަ ދުވަހުން ފެށިގެން އެމްއައިބީގެ މާލޭ ބިޒްނަސް ސެންޓަރުން މި އުފެއްދުން ލިބެން ހުންނާނެއެވެ.
Step into a new era of elegance. Our luxury payment ring combines style with cutting-edge tech—seamlessly blending high fashion and convenience. Tap, pay, and redefine what it means to live in style.
#faisawear #LuxuryRedefined pic.twitter.com/c9DxgVph3s— MaldivesIslamicBank (@mibmv) November 1, 2024
ދެވަނަ އުފެއްދުމަކީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން އެކުލަވާލާފައިވާ "ބިންގާ ސޭވިންގްސް އެކައުންޓް" އެވެ. މި އެކައުންޓުގައި ތިން ބާވަތެއްގެ އެކައުންޓް ހިމެނެއެވެ. އެއީ ބިންގާ ޓްރާންސެކްޝަން، ބިންގާ ސޭވިންގްސް އަދި ބިންގާ އިންވެސްޓްމަންޓެވެ. ބިންގާ ޓްރާންސެކްޝަން އެކައުންޓުގައި ހަތް އަހަރު ފުރުމުން ކުއްޖާއަށް ކާޑެއް ލިބޭނެ ކަމަށާއި، އިންޓަރނެޓް ބޭންކިންގގެ ޚިދުމަތްވެސް ލިބޭނެ ކަމަށް އެމްއައިބީން މަޢުލޫމާތު ދެއެވެ. މި ޚިދުމަތް ލިބޭނީ ބެލެނިވެރިއެއްގެ ބެލުމުގެ ދަށުންނެވެ. ބިންގާ ސޭވިންގްސްއަކީ ކުރު މުއްދަތަކަށް ބޭނުންކުރެވޭ ސޭވިންގްސް އެކައުންޓެކެވެ. އަދި ބިންގާ އިންވެސްޓްމަންޓް އެކުލަވާލާފައިވަނީ ދިގު މުއްދަތުގެ ސޭވިންގްސްއަށެވެ.
ތިންވަނަ އުފެއްދުމަކީ "ފައިސާ މޯބައިލް އެކްސް" އެވެ. މިއީ ފައިސާނެޓުން ކުރެވޭ ހުރިހާ މުޢާމަލާތެއް ކުރެވޭ ގޮތަށް އެކުލަވާލާފައިވާ މޮބައިލް އެޕްލިކޭޝަންގެ އަޕްގްރޭޑް ވަރޝަނެކެވެ.
ހުކުރު ދުވަހުގެ މި ރަސްމިއްޔާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މިހާރުވެސް ދިން ކޭޝްކާޑް ބޭނުންނުކުރެވިގެން އެތައް ޝަކުވާއެއްކޮއްވެސް ރަނގަޅެއްނުވޭ ތިބއަނގޮޓި ކިހާވަރަކުންދާނެބާ