24 އޮކްޓޫބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޙަރަކާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

އިންފަންޓީނޯއާއެކު ބޭއްވި ފޯރިގަދަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ފޯރިގަދަ ފުޓުބޯޅައިގެ ޚާއްސަ ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ފެސްޓިވަލް ބާއްވާފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރުއެވެ. މި ފެސްޓިވަލްގައި ފީފާގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވި ޚާއްސަ ފުޓުބޯޅަ މެޗެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޙަރަކާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި، ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ މި މެޗުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އިޓަލީއާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެ ގައުމުގެ ތަރި މާކޯ މަޓެރާޒީ އާއި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންވެސް ވަނީ މި މެޗުގައި ބައިވެރިވެފައެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޙަރަކާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގެ ތެރެއިން ރައީސްއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅައިގެ ދާއިރާ ތަރައްގީކުރެއްވުމާ ގުޅޭ މުހިންމު ދާއިރާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު