25 އޮކްޓޫބަރު 2025

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއިން އަނެއްކާވެސް ހީލަތްތެރި ޕްލޭނެއް ހުށަހަޅަނީ

ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަރުދަނާކޮށް، ކުރިން ހުށަހެޅި އަދި މައްސަލަތައް ކުރިމަތިވި 'ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން' (GHF)ގެ ބަދަލުގައި އެމެރިކާއިން އައު ޕްލޭނެއް ދިރާސާކުރަން ފަށައިފިއެވެ. 'ޣައްޒާ ހިއުމެނިޓޭރިއަން ބެލްޓް' (GHB)ގެ ނަމުގައި މި ޕްލޭނަކީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ މުޅިން އާ އިންތިޒާމުތަކެއް ހިމެނޭ ޕްލޭނެކެވެ.

އެމެރިކާއިން ދިރާސާކުރަމުންދާ މި އައު ޕްލޭނުގެ މައިގަނޑު މަޤްޞަދަކީ އިޒްރޭލުގެ ސިފައިން ފަހަތަށް ޖެހިފައިވާ ސަރަހައްދުތަކުގައި 12 އާއި 16 އާ ދެމެދުގެ އަދަދަކަށް އެހީ ފޯރުކޮށްދޭ މަރުކަޒުތައް (އެއިޑް ސެންޓަރސް) ޤާއިމުކުރުމެވެ. މި މަރުކަޒުތައް ވެގެންދާނީ ދެފަރާތުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މައިގަނޑު މަންޒިލްތަކަށެވެ. އެހީގެ ކަންތައްތައް ހިންގާނީ ހާއްސަ ކޯޑިނޭޝަން ސެންޓަރެއްގެ އެހީގައި އ.ދ. އަދި ބައިނަލްއަޤްވާމީ އެންޖީއޯތަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެހީގެ ކާފިލާތައް ބެލެހެއްޓުމަށް ބޭނުންކުރާ ސެކިއުރިޓީ އިންތިޒާމުތައް ވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ. ޚާއްޞަގޮތެއްގައި ހަމާސް ޖަމާއަތުން އެހީގެ ތަކެތި ހިފެހެއްޓުން ނުވަތަ ބޭނުން ނުހިފޭ ފަރާތްތަކަށް ގެންދިއުމަށް ހުރަސް އެޅުމަށް ޑްރޯން ބޭނުންކޮށްގެން ދަތުރުކުރާ ކާފިލާތައް ބެލެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހަނގުރާމަވެރިން ހަތިޔާރު ބާލައި އިސްލާޙުވުމުގެ ފުރުޞަތު ދިނުމަށް ހާއްސަ ތަންތަނާއި އަދި މުސްތަޤްބަލުގައި ސުލްޙަ ބަލަހައްޓާ ބާރުތައް ބޭތިއްބުމަށް ބޭނުންވާ ބޭސްތައް ވެސް މި ޕްލޭނުގެ ދަށުން ޤާއިމުކުރާނެއެވެ. މި ޕްލޭނުގެ މަޤްޞަދަކީ 90 ދުވަހުގެ ތެރޭގައި ހުރިހާ އެހީއެއް މި އައު މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދިނުމެވެ.

ނަމަވެސް، މި ޕްލޭނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އ.ދ. ގެ ގިނަ އޮފިޝަލުންނާއި އެހީދޭ ޖަމިއްޔާތަކުން ވަނީ، މި ޕްލޭން ވެސް ކުރިން އެ މީހުން އިތުބާރު ނުކުރާ GHF ޕްލޭނާ ގާތްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި ކުރީގެ ޕްލޭނުގައި ހުރި ގޮންޖެހުންތައް މި އައު ޕްލޭނުން ފިލުވާލެވޭނެކަމާ މެދު ސުވާލު އުފެދެއެވެ.

މިކަމާ ގުޅިގެން އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ، GHB ޕްލޭނަކީ ހަމައެކަނި ދިރާސާ ކުރަމުންދާ އެތައް ޚިޔާލުތަކުގެ ތެރެއިން އެއް ޚިޔާލުކަމަށާއި، މިއީ އަދި ފައިނަލް ނިންމުމެއް ނޫންކަމަށް ވަނީ ހާމަކުރައްވާފައެވެ. މި ޕްލޭން ބިނާކުރެވިފައިވަނީ ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދިމާވާ ސެކިއުރިޓީ އަދި ލޮޖިސްޓިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މައްޗަށް ކަމަށް ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު