15 ޑިސެންބަރު 2025
ހަތަރުހާސް ހައުސިންގ ޔުނިޓްގެރ މަޝްރޫޢު, ފޮޓޯ: ޕީއެސްއެމް ިނިއުސް

އަމާން އުދަރެސްގެ ފެން ބިލުގެ މައްސަލަތައް ހުށަހެޅުމަށް އެފްޑީސީން އެދިއްޖެ

އަމާން އުދަރެސް ޔުނިޓުތަކުގެ ފެން ބިލުގައި މައްސަލަ ފާހަގަވާނަމަ އެ މައްސަލަ ހުށަހެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އެދިއްޖެއެވެ. އެފްޑީސީން މިކަމަށް އެދުނީ، ބައެއް ޔުނިޓުތަކުގެ ފެން ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވުމާ ގުޅިގެން ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެފްޑީސީން ވިދާޅުވީ އަމާން އުދަރެސްގެ ބައެއް ޔުނިޓުތަކުގެ ފެން ބިލްތަކާ ގުޅިގެން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ އަސްލު ދެނެގަނެ، ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިހާރު ކުރިއަށް ގެންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާގޮތުގައި އަމާން އުދަރެސްގެ ބައެއް އެޕާޓްމަންޓުތަކުގެ ފެން ބިލު 7،000 ރުފިޔާއަށްވުރެ ބޮޑު ކަމަށް ދައްކައެވެ. މި އަދަދުތަކަކީ އާދައިގެ ބިލުތަކަށްވުރެ މާ ބޮޑު އަދަދުތަކެއް ކަމަށް ވެއެވެ. އަމާން އުދަރެސްގެ ބައެއް ޔުނިޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ މަހުން ފެށިގެންނެވެ.

އެފްޑީސީން ވަނީ ފެން ބިލުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވޭ ފަރާތްތަކުން، އެކުންފުނީގެ ޓެނަންޓް ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ރަސްމީކޮށް މައްސަލަ ހުށަހެޅުމަށް އެދިފައެވެ. މިގޮތަށް ހުށަހަޅާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެފްޑީސީން ބަޔާންކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު