ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެދަށުން ގޯތި ދޫކުރާ ފުރަތަމަ ސްކީމަށް ޖެނުއަރީ 4 ޖެނުއަރީން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިން ބިން ދޫކުރުމުގެ އުސޫލު ގެޒެޓުކޮށްފައެވެ. އެގޮތުން، ޖުމްލަ 15000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާ، މި ގޯތިތައް ބެހިފަވާ ކެޓަގަރީތައް ވަނީ އިޢުލާނުކުރައްވާފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އުސޫލުގެދަށުން ދޫކުރުމަށް ހަމަޖެހިފަވަނީ 1250 އަކަފޫޓުގެ ގޯތިތައްކަމަށެވެ.
މާލެ ރަށްވެހިން – 10،000 ގޯތި:
- އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 7000 ގޯތި
- މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 1000 ގޯތި
- ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 2000 ގޯތި
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން:
- މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން – 3000 ގޯތި
ޚާއްސަ ކެޓަގަރީތަކުގެތެރޭގައި ހިމެނޭ ދެ ބައި:
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތައް – 500 ގޯތި
- މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް – 1500 ގޯތި
މީގެ އިތުރުން، ގޯއްޗަށް އެދި ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި ޕޮއިންޓްދޭނެ އުސޫލުތަކުގެ ޤަވައިދު މިހާރުވަނީ ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ.

މި އުޞޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 04 ޖަނަވަރީ 2026އިން ފެށިގެން 03 މާރިޗު 2026ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ. ފޯމު ހުށައަޅާނީ ސަރުކާރުން ބޯހިޔާވާހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ www.hiyaavehi.gov.mv މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅުއްވޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންނެވެ.




ކިޔުންތެރިންގެ ޚިޔާލުތައް:
ކޮބާ ފުލެޓު ވަންނާނެ ތަނެއް ނެތް