12 ފެބުރުވަރީ 2026
ރައީސް ނަޝީދާއި ފައްޔާޒް ސިޔާސީ މަޝްވަރާތަކެއް ކުރެއްވުން

ރައީސް ނަޝީދާއި ފައްޔާޒް ސިޔާސީ މަޝްވަރާތަކެއް ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ބައްދަލުކުރައްވައި، ސިޔާސީ މަސްރަހުގައި ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ދެ ބޭފުޅުންގެ މި ބައްދަލުވުން ބޭއްވިފައިވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ދަޢުވަތެއްގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އެހެން އިސް ބޭފުޅުން ބައިވެރިވެވަޑައިނުގަންނަވާއިރު، ޑިމޮކްރެޓްސްގައި ހުންނެވުމަށްފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަތީފާއި ކުރީގެ މެންބަރު ޢަލީ އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރެއްވުމަށްފަހުގައެވެ. އެމަނިކުފާނު ވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މިވަގުތު އެންމެ ފައިދާހުރި ގޮތްކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމާ ގުޅިގެން ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި އެހެނިހެން ގޮތްގޮތުން ކުރަން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ. އަދި "ޤައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ، އިޞްލާޙަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތްކޮށްގެން" ކަމަށް ވެސް ވިދާޅުވިއެވެ.

އަންނަ އޮގަސްޓު މަހުގެ ތެރޭގައި އެމްޑީޕީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ފައްޔާޒާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު މައްސަލަތަކެއް އުޅޭކަމަށް ވެސް ވާހަކަދެކެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު