15 އޮކްޓޫބަރު 2025

ކާބޯތަކެތި ހޯދަން ދާ ޣައްޒާގެ މީހުންނަށް ޙަމަލާދީ ޝަހީދުކޮށްލަނީ ޔަހޫދީންގެ އަނިޔާވެރި ރޭވުމުގެ ދަށުން

ޣައްޒާގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދޭ ކާބޯތަކެތި ހޯދުމަށް ދާ މީހުންނަށް ޙަމަލާދީ ޝަހީދުކޮށްލުމުގެ ސިޔާސަތު ޔަހޫދީން ދަނީ ކުރިއަށް ގެންދަމުންނެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ކާބޯތަކެތި ހަތިޔާރަކަށް ހަދައިގެން ޣައްޒާގެ ރައްޔިތުން ކަތިލަމުންދާކަމަށް ބުނެފައެވެ.

ތިން މަސް ވަންދެން ޣައްޒާއަށް އެއްވެސް އެހީއެއް ވައްދަން ނުދީ ބަންދުކޮށްފައި ބެހެއްޓުމަށްފަހު، މިދިޔަ މެއި މަހުގައި މަދު މިންވަރެއްގެ އެހީ ވެއްދުމުގެ ހުއްދަ ޔަހޫދީން ދިނެވެ. ނަމަވެސް އެހީ ބެހުމުގެ ހުރިހާ މަރުޙަލާއެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔުމަށްޓަކައި، ޔޫއެން ފަދަ ޖަމާޢަތްތައް އެއްފަރާތްކޮށް، އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އަށް އެ މަސައްކަތް ޙަވާލުކުރިއެވެ.

އދ. އިން ވަނީ ޖީއެޗްއެފް މެދުވެރިކޮށް އެހީ ބެހުމަށް ދެކޮޅުހަދާފައެވެ. އެ ޖަމްޢިއްޔާއަކީ މިނިވަން އަދި ވަކިފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ނޫންކަމަށް ބުނެ، އެހީ ބެހުމުގެ މިހާރުގެ ނިޒާމަކީ ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުކުރުވާ ނިޒާމެއްކަމަށް އދ. އިން ތުހުމަތުކޮށްފައިވެއެވެ.

ޖީއެޗްއެފް މެދުވެރިކޮށް އެހީ ބަހަން ފެށި ފަހުން، އެހީ ބަހާ މަރުކަޒުތަކުން 410 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މި އަދަދުތައް ކަށަވަރުކުރުމުގެ މަސައްކަތް ޔޫއެންއެޗްސީއާރުން ދަނީ ކުރަމުންނެވެ.

އަލްޖަޒީރާގެ ނޫސްވެރި ހާނީ މަޙްމޫދު ފާހަގަކުރިގޮތުގައި، ޖީއެޗްއެފްގެ މަރުކަޒުތައް ޤާއިމުކޮށްފައިވަނީ ޔަހޫދީ ސިފައިން ތިބޭ ސަރަޙައްދުތަކާ ވަރަށް ކައިރީގައެވެ. އެ ސަރަޙައްދުތަކުގައި ޔަހޫދީންގެ ޓޭންކަރުތަކާއި ހަތިޔާރުއެޅި އުޅަނދުފަހަރާއި ސިފައިން ގިނަކަމަށާއި، އެހީ ހޯދަން އަންނަ މީހުން ނުރައްކަލަށް ހުށަހެޅޭކަމަށް އޭނާ ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު