14 އޮކްޓޫބަރު 2025
ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން ބަޔަކާ ހަވާލުކުރުން، ފޮޓޯ: ރައީސް އޮފީސް

ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން ބަޔަކާ ހަވާލުކޮށްފި

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެތިއޮން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަންޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަހުމަދު ޝިޔާމްއެވެ. އަދި އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެގްޒެކެޓިވް ޑިރެކްޓަރ ކިޔާާޝަތު ޢަބްދުﷲއެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ސަރުކާރުން ރައްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަން ހާމަކުރައްވާފައެވެ.

މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު