އިޒްރޭލުގެ ނިރުބަވެރި ބާރުތަކުން ރަފާހު ސަރަހައްދަށް ދިން ހަމަލާގައި ކުޑަކުއްޖަކަށް ނުރައްކާތެރި ޒަހަމްތަކެއް ލިބި، އަދި ދެބެއިން، ހާން ޔޫނިސް ސަރަޙައްދުގައި ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތަކަކީ ޓްރަމްޕް މެދުވެރިވެގެން ހެދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު އަމަލުތަކެކެވެ.
ހަނގުރާމަ ހުއްޓާލާފައިވީ ނަމަވެސް އިޒްރޭލުން އަދިވެސް ޣައްޒާގެ 53 އިންސައްތަ ކޮންޓްރޯލް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިޒްރޭލުން އިތުރު ހަމަލާއެއް ދިނުމާއި ވެސްޓް ބޭންކް ހިޞާރުކުރުން ހުއްޓާލުމަށް އެމެރިކާގެ އޮފިޝަލުން އިޒްރޭލަށް ވަނީ އަންގާފައެވެ.
އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ހަމާސްއިން ނިންމާފައިވީ ނަމަވެސް، ޣައްޒާގެ ފައުޖުތަކުގެ ގެއްލިފައިވާ ހަށިތައް ހޯދުމަށް ބޭނުންވާ ސާމާނު ގެނައުމަށް އިޒްރޭލުން ހުއްދަ ނުދިނުމުން ދެވަނަ މަރުހަލާ މެދުކަނޑާލާފައިވެއެވެ.
ޣައްޒާގެ ސިވިލް ޑިފެންސްއިން ވަނީ އިޒްރޭލުން އާންމު ރައްޔިތުންނަށް އަމާޒުކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އަދި ފަލަސްޠީނުގެ 68،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިޒްރޭލުގެ އަނިޔާވެރި ޖަރީމާ އަލުން އިތުރަށް ވަރުގަދަ ކުރާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.



