12 ފެބުރުވަރީ 2026

އަނިލް ކަޕޫރުގެ އާ ފިލްމު "ސުބޭދާރު" މާރިޗު މަހު ޕްރައިމް ވީޑިއޯއިން ރިލީޒްކުރަނީ

ބޮލީވުޑްގެ ތަރި އަނިލް ކަޕޫރު މުހިންމު ރޯލަކުން ފެނިގެންދާ އާ ފިލްމު "ސުބޭދާރު"  މާރިޗު މަހުގެ 5 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރުމަށް ނިންމައިފިއެވެ. މި ފިލްމު އެކްސްކްލޫސިވްކޮށް ސްޓްރީމް ކުރަން ހަމަޖެހިފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށެވެ.

ސުރޭޝް ޓްރިވޭނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އޯޕަނިންގ އިމޭޖް ފިލްމްސް އާއި އޭ.ކޭ.އެފް.ސީ.އެން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ވިކްރަމް މަލްހޯތުރާ އާއި ސުރޭޝް ޓްރިވޭނީގެ އިތުރުން އަނިލް ކަޕޫރެވެ. މި ފިލްމު ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ބެލުންތެރިންނަށް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ރިޓަޔަރޑް ސިފައިންގެ މީހެއް ކަމަށްވާ ސުބޭދާރު އަރުޖުން މައުރިޔާގެ މައްޗަށެވެ. އޭނާ މުޖުތަމައުގައި ހިނގާ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، އާއިލީ ގުޅުންތަކުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް މި ފިލްމުން ފެނިގެންދާނެއެވެ.

ޕްރައިމް ވީޑިއޯއިން ސިފަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއްގެ އިތުރުން ބައްޕައަކާއި ދަރިއެއްގެ ދެމެދުގައި އޮންނަ އަސަރުގަދަ ގުޅުން ދައްކުވައިދޭ ޑްރާމާއެކެވެ. އަދި މި ފިލްމުގައި އަނިލް ކަޕޫރުގެ ވަރަށް ވަރުގަދަ އެކްޓިންއެއް ފެނިގެންދާނެ ކަމަށްވެސް އެ ޕްލެޓްފޯމުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު