ބަޙްރެއިންއާއި ކުވެއިތުގެ އާންމުން ދިރިއުޅޭ ތަންތަނަށާއި މުހިއްމު ބިނާތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ހަމަލާތަކަކީ އެ ދެ ޤައުމުގެ ސިޔާދަތަށް ހުރަސްއެޅި، ސަރަހައްދީ ހަމަޖެހުމާއި ސަލާމަތަށް ކުރިމަތިވި ބޮޑު ނުރައްކަލެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ބަޙްރެއިންނާއި ކުވެއިތުގެ ރައްޔިތުންނާ އެކުގައި ކަމަށާއި، އެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާއަތުން ދިން މި ހަމަލާތަކުގައި ބަޙްރެއިންގެ އަސްކަރީ މަރުކަޒަކަށާއި، ކުވެއިތުގެ ތެޔޮ ފާހާނާއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މި ހަމަލާގައި 63 މީހަކު ވަނީ ޝަހީދުވެފައެވެ.
މި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ނޭދެވޭ ޢަމަލުތަކެއް ކަމަށާއި، މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ ހަމަޖެހުންޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި އަރަބި ޤައުމުތަކުގެ ސަލާމަތަށް ހުރަސްއެޅޭ ކޮންމެ ކަމެއް ހުއްޓުވުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.



ކިޔުންތެރިންގެ ޚިޔާލުތައް:
އަބަދުވެސް ދިވެހި ސަރުކާރައް އޮންނަނީ އީރާނު ކުއްވެރިވެފަ ކަމަކާ ނުލައެއް ހަމަލާނުދޭނެނު
ޔަހޫދީ އެމެރިކާއާއި، ޔަހޫދީ ޓެރަރިސްޓް އިސްރާއީލުން އީރާނަށް ދެމުންގެންދާ ޓެރަރިސްޓް ޙަމަލާތައް ކުއްވެރިކޮށްލާހާ ހިތްވަރރއް ނެތްދޯ ކޮންމެ ޤައުމެއްގައި ހުއްޓަސް އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދޭންވީ އެއީ މުސްލިމުންގެ ލޭބޯންވެގެން ޢަރަބި ޤައުމުތަކުގައި ހަދާފައިވާ ތަންތަން މަރު ނުވާނެ ކަމަށް ޔަހޫދީންގެ ފައިބުޑަށް ވެއްޓި ދުނިޔޭގެ ޢިއްޒަތާއި ޖާހަށްޓަކައި ޢަރަބި ވެރިން އެތިބީ ހުސްވެފައި