19 އޮކްޓޫބަރު 2025
ބަންޑުން ޖަހައިލި ކޮޅުވެއްޓި 'އަލްމާކް ފިޔަ، އިން ސަލާމަތްވި ބައެއް މީހުން އެއުޅަނދުގެ ބަނޑުފިލާ މަތީގައި. ފޮޓޯ:އެމްްއެންޑީއެފް

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު 3 ވަނަ މީހާ ވެސް މަރުވެފައި އޮއްވައި ފެނިއްޖެ

މާލޭން ފުރައިގެން ދަތުރުކުރަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓި، 'އަލްމާކް ފިޔަ' އިން ގެއްލުނު ތިން ވަނަ މީހާ ވެސް މަރުވެފައި އޮއްވައި ފެއްނިއްޖެއެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ހަތް މީހުން ތިއްބެވެ. މިކަމާ ގުޅިގެން އެމްއެެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ހަށިގަނޑު ފެނުނީ އާއިލާފުށްޓާއި ވިލާ ނޯޓިކާއާ ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ސްރީ ލަންކާ މީހެކެވެ. އޮޔާ ދަނިކޮށް ރޭ ފެނުނީ ލަންކާމީހާގެ ހަށިގަނޑެވެ. އަނެއް ދެމީހުންގެ ހަށިގަނޑު ވަނީ މިދިޔަ ބުދަދުވަހުގެ ރޭ ފެނިފައެވެ.

އެ ހާދިސާގައި މަރުވި ދިވެހި މީހާ އަކީ ގއ.ދާންދޫ ސަރުސޫނުގެ، އަހުމަދު ޝިފާން، 38، އެވެ.

ފުލުހުން ކުރިން ވިދާޅުވެފައިވަނީ، އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު