މެކްސިކޯގެ މަސްތުވާތަކެތި ވިޔަފާރިކުރާ ގްރޫޕްތައް ނުވަތަ ކާޓެލްތަކުން ފޮނުވި ޑްރޯންތަކެއް އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާއިން އެ ޑްރޯންތަކަށް ހުރަސްއަޅާފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުދަ ދުވަހު ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެލް ޕާސޯ އެއާޕޯޓުގެ ފްލައިޓްތައް ކުއްލި ގޮތަކަށް މެދުކަނޑާލުމަށްފަހު އަލުން ހުޅުވާލި ވަގުތާ ދިމާކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ސަރަހައްދީ ރައްކާތެރިކަމާ ގުޅޭގޮތުން ކަންބޮޑުވުން އުފެދުނު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
އޭއެފްޕީ ނިއުސް އެޖެންސީއަށް ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، "މެކްސިކޯގެ ކާޓެލް ޑްރޯންތަކުން ވަނީ އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ. އަދި އެމެރިކާގެ ސިފައިން ވަނީ "އެ ޑްރޯންތައް ނުގޮވާގޮތް ހަދައި، އޭގެ ބޭނުން ނުކުރެވޭވަރު ކުރުމަށް ފިޔަވަޅު އަޅާފައި" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އެލް ޕާސޯ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫއެރި ނަމަވެސް، މިހާރު އެއާޕޯޓުގެ ހިދުމަތްތައް ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



