މަޑަގަސްކަރައަށް އެރި ބާރުގަދަ ތޫފާނެއް ކަމަށްވާ "ތޫފާން ގެޒާނީ" ގެ ސަބަބުން މިހާތަނަށް މަދުވެގެން 20 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފިއެވެ.
މަޑަގަސްކަރައިގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި މަރުވި ގިނަ މީހުން މަރުވެފައިވަނީ ތޫފާނުގެ ސަބަބުން ވައިގަދަވެ، އިމާރާތްތައް ބިންދައިގެން ގޮސް ވެއްޓުމުގެ ސަބަބުންނެވެ. މި ތޫފާނުގެ ސަބަބުން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ގެއްލުން ލިބުނު ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ތޫފާނުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.



