ޒީވާގެ މޫނު އެހާ ގާތުން ފެނުމާއެކު ރިއާންއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ތެތްކޮށް އޮތް އިސްތަށިގަނޑުގެ ސަބަބުން މޫނަށް ފައިބައިފައިވާ ކުދި ފެންތިކިތަށް ޝަބްނަމުގެ ތިކިތަކެއްފަދައިން ޒީވާގެ ތުންފަތުގައި ބޮސްދެމުންދާ މަންޒަރުފެނި ރިއާންގެ ހިތް އެ ފެންތިކިތަކުގެ މައްޗަށް ހަސަދަވެރިވިއެވެ. އޭނަގެ ހިތް އަވަސްވެ އަރުތެރެ ހިކެންފަށައިފިއެވެ. އެސީގެ ފިނިކަމުގައިވެސް މާހައުލަށް އުދާސްކަން ވެރިވެއްޖެއެވެ. ބޭއިޚްތިޔާރުގައި ރިއާންގެ އަތްތިލަ ޒީވާގެ ތުންފަތުގައި ބީއްސައިލެވުނެވެ. އެވަގުތު ޒީވާގެ މުޅި ގައިން ހީބިހި ނަގައިގެންދިޔަ ކަމުގެ އިހުސާސެއް ކުރެވުނެވެ. ސިހިފައި ރިއާންއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެވަގުތު ކޮޅު އެދެމީހުންނަށް ހާއްސަކުރެވިފައިވި ކަހަލައެވެ. ވަށައިގެންވާ މާހައުލުވެސް އެދެމީހުނަށްޓަކައި ހިމޭންވެފައިވި ކަހަލައެވެ. ނަމަވެސް އެ ހިމޭންކަން ދިގުލައިގެންދާނެ ފުރުސަތެއް ނުލިބުނެވެ. ކުއްލިއަކަށް ރިއާންގެ ހަށިގަނޑާއި ގުޅައިލެވިފައިވާ ވިންދު ބަލާ މެޝިންގެ އަޑު ގަދަވެ މާހައުލުގެ ހިމޭންކަން ނަގައިލުމާއެކު ދެމީހުންނަށްވެސް ސިހިފައި އެކަކު އެނަކަކާ ދުރަށް ޖެހިލެވުނެވެ.
"ޑޭމް އިޓް" ރިއާންއަށް ދެލޯ މަރައި ތަގުޅިކޮށްލަމުން އަމިއްލަ ނަފްސަށް ބުނެލެވުނެވެ.
"އަމްމް. ޔާ.. އެކްޗުއަލީ.. ވީ ކުޑް އޮލްވޭޒް ކަމް ލޭޓަރ" ނީމް އެތަނުގައި ހުރި މޯޑުގެ އަތުގައި ހިފައި ދަމަމުން ކަހަލަގޮތަކަށް ދޮރާދިމާލަށް ގެންދަން ފެށިއެވެ.
"ޔާ ޖަސްޓް ގިވް އަ ކޯލް ވެން ޔޫ ގައިޒް އަރ ޑަން ވިތް ދަ އަމްމް. ވަޓެވަރ ދެޓް ވޯޒް" މޯޑުވެސް ނީމްގެ ވާހަކައާ އެއްބައިވިއެވެ. އޭރު އެދެމީހުންގެ މޫނުމަތީގައިވެސް ވަނީ ލާނެތް ހިނިތުންވުމެކެވެ. ރިއާން ކޯ ހުޅުވައިލުމަށްފަހު މިހާރު އެ އެނދާއި ތަންކޮޅެއް ދުރުގައި ހުރި ޒީވާއަށް ބަލައިލިއިރު ޒީވާގެ މޫނުވަނީ ވިލާތު ބައްޓެއްހާ ރަތްވެފައެވެ.
"މޯޑް.. ގެޓް ބެކް ހިޔަރ.. އަހަރެން އަދި ދާކަށް ނުބުނަމެއްނު" ރިއާންގެ އަޑަށް ދޮރުން ނުކުމެ ނުކުމެ ތިބި ދެމީހުންގެ ހަރަކާތްތައް ހުއްޓުނެވެ. އަދި އަނެއްކާވެސް އައިސް ކޮޓަރީގެ މެދުގައި މަޑުކޮށްލިއެވެ.
"ކޮބާ އެއްކަލަ ކަންތައް؟" ރިއާންގެ ސުވާލާއެކު މޯޑު އޭނާގެ އަތުގައި އޮތް ޓެބްލެޓެއް ހުޅުވައިލުމަށްފަހު ރިއާންގެ އަތަށް ދިނެވެ.
"ތިއީ މިވަގުތައް ފެނުނު އެންމެ ރަނގަޅު ހަތަރު މީހުންގެ ޕްރޮފައިލް. އެހާ ކުޑަ ވަގުތުކޮޅެއް ދިނީމަ އަޅުގަނޑަކަށްވެސް މާބޮޑު ބެކްގްރައުންޑް ޗެކެއް ނުހެދުނު. އެކަމަކު ތި ހަތަރު މީހުނަކީވެސް ކުރިން ސަރުކާރުގެ އެކި ބޭފުޅުންގެ ސެކިއުރިޓީ ބަލަހައްޓާފައިވާ ފަރާތްތައް. ވަރަށް ފަހުން ޖަރމަނީ އެންޑް ކޮރެއާގަ ބޭއްވުނު ޓްރޭނިންގްތަކެއްވެސް ނިންމާފަ ތިބި ބައެއް.. ރަނގަޅުވާނެހެން ހީވަނީ" މޯޑު ކިޔައިދިނެވެ.
"ނޫނޭ.. ރަނގަޅަށް ބެކްގްރައުންޑް ޗެކެއް ހަދާ. އަހަރެން އެއްވެސް ވަރަކަށް ރިސްކެއް ނަގާކަށް ބޭނުމެއްނޫން.. ބައްޕަ އަދި ނާޝިދުބެގެ ސެކިއުރިޓީ ޓީމްތައް އަދިވެސް ފަންކްޝަނަލް ވާނެހެން ހީވަނީ. އެލަރޓް ކޮށްލީމަ ރަނގަޅުވާނެ. އެކަމަކު މިރޭ ބާރައިގެ ކުރިން އައި ވޯންޓް ބޮޑީގާޑްސް ޓު ބީ ސެޓް ފޯ މައި ވައިފް އެންޑް ހަރ ފެމިލީ. އޯލްސޯ އެޑް މައި ސްޓެޕްމަދަރ އެންޑް ޖޫލީ ޓު ދެޓް ލިސްޓް"
"އޯކޭ ސަރ. ޝައިނާވެސް ލައިގެންތޯ؟" މޯޑު ޖެހިލުންވެފައިހުރެ ސުވާލުކުރިއެވެ.
"އޮފްކޯސް! ޑިޑިންޓް ޔޫ ހިއަރ މީ ސޭ މައި ވައިފް އެންޑް ހަރ ފެމިލީ؟ ޝީ އިޒް ހަރ ފެމިލީ ޓޫ" ރިއާން ދުރުގައިހުރި ޒީވާއަށް ބަލައިލަމުން ބުންޏެވެ.
"ވަޓް؟ ރިއާން.. ނޯ! ރިއާން ދެން އަޅެ އަހަރެން އެއްވެސް ބޮޑީގާޑެއް ބޭނުމެއްނޫން. ރިއާން ޕްލީޒް. މަންމަމެނަށް ހަމަޖައްސާދިނަސް މައްސަލައެއްނެތް.. އެކަމަކު އަހަރެންނަށް ޔަގީން ޝައިވެސް އިޝީވެސް ބޭނުމެއް ނުވާނެކަން.. ދެން އެ ވާނީ ޕްރައިވަސީއަށްވެސް އެޅޭ ބޮޑު ހުރަހަކަށް" ޒީވާ ޝަކުވާކުރިއެވެ.
"ނޯ.. އައިމް ސޮރީ ޒީވް. ޒީ ބޭނުންވާގޮތަށް ހުރިހާކަމެއްވެސް ދޫކޮށްލަފާނަން.. ބަޓް ޔޫ ހޭވް ޓު އެގްރީ ވިތް ދިސް ވަން" ރިއާންގެ ފަހުގެ ނިންމުން އިއްވައިލިއެވެ.
"އެކަމަކު ދެން އެއީ ކީއްވެ؟ ރިއާންވެސް މިހުރިހާ ދުވަހު އުޅުނީ އެއްވެސް ސެކިއުރިޓީއަކާ ނުލައެއްނު؟ މިހާރު ހުރިހާ ގެއްލުމެއްވެ ނިމުނީމަތަ ސެކިއުރިޓީ ވަރުގަދަ ކުރަންވީ؟" ޒީވާ ހިތްހަމަނުޖެހުނެވެ.
"ޒީވް… މި ދިމާވި ކަންތަކަށްފަހު ޒީވް އެއްވެސް ރައްކާތެރިކަމެއްނެތި އެކަނި ނުކުމެ އުޅޭކަށް އަހަރެންނަކަށް ފުރުސަތެއް ނުދެވޭނެ. ސޯ ޕްލީޒް. ތަހުގީގަށް ކުރިއެރުމެއް ލިބި އަހަރެންގެ އާއިލާއަށް މިކަމުގެ ނުރައްކަލެއް ނެތްކަން ސާފުވަންދެން މިކަމާ އެއްބަސްވެދީ" ރިއާން އާދޭހުގެ ރާގެއްގައި ބުންޏެވެ.
"އެކަމަކު އަހަރެން ހުންނާނީ ރިއާން ގާތުގައޭ.. އަހަރެން އެއްވެސް ތަނަކަށް ދާކަށް ނޫޅެމެއްނު" ޒީވާގެ ޝަކުވާތަކަކަށް ނިމުމެއްނެތެވެ.
"ޕްލީޒް ޒީވާ.." ރިއާން ތަކުރާރުކޮށް ގޮވައިލިއެވެ. އޭނާ ޒީވާއާމެދު ކަންބޮޑުވާވަރު ޒީވާއަށް އެނގޭނަމަ އެހާ ޝަކުވާ ގިނައެއް ނުކުރާނެއެވެ. އޮޕަރޭޝަނަށްފަހު ހޭ އެރީއްސުރެން ޒީވާގެ ސަލާމަތާމެދު އޭނާއަށް ނުވިސްނޭ ހަމަ އެންމެ ސުކުންތެއްވެސް ފާއިތުނުވެއެވެ. ރިއާންގެ އެތައް އާދެހަކާއެކު ނަމަވެސް އެންމެ ފަހު ވަގުތު ޒީވާ އެކަމަށް އެއްބަސްވީތީ ރިއާން ހިތްހަމަޖެހުނެވެ.
"އިޓް ވިލް ޖަސްޓް ބީ އަ ކަޕްލް އޮފް މަންތްސް. އައި ޕްރޮމިސް." ނީމްއާއި މޯޑު އެތަނުން ނުކުތުމުން ރިއާން އޭނާގެ ގާތުގައި އިން ޒީވާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ބުންޏެވެ.
ޒީވާ މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭނާއަކީ އެއްވެސް އިރެއްގައި އެހާބޮޑަށް މީހުންގެ ސަމާލުކަން ހޯދަން ބޭނުންވާ މީހެއް ނޫނެވެ. ވީހާވެސް އާދައިގެ ސާދާ ދިރިއުޅުމަކަށް ލޯބިކުރާ މީހެކެވެ. ނާޝިދުގެ ފަރާތުން އާއިލާއަށް ލިބިފައިވާ މުއްސަނދި ކަމަކީވެސް އެއްވެސް އިރެއްގައި އޭނާ އެކަމަކާ މާ އަޅާލާ މުއްސަނދިކަމެއްނޫނެވެ. ނަމަވެސް ރިއާންގެ ދުނިޔެއަކީ އޭނާ އުޅެން ބޭނުންވާ ސާދާ ދިރިއުޅުމާ އެތައްހާސް ގޮތަކުން ތަފާތު ދިރިއުޅުމެއްކަން އޭނާއަށް މިހާރު އެނގެއެވެ. ރިއާން ހޮސްޕިޓަލަށް ގެނެވުނު ވަގުތު ނޫސްވެރިން ކެމެރާތަކާއެކު އޭނާ ވަށައިލިގޮތް ޒީވާގެ ހަނދާނުގައި އަދިވެސް ހަރުލައި ހުއްޓެވެ. އެފަދަ ކަންކަމަށް އާދަވެފައި ނުވިޔަސް ރިއާންގެ ދިރިއުޅުމުގެ ހިއްސާއަކަށްވާން އޭނާ ހުރީ ތައްޔާރަށެވެ. ރިއާންއަށްޓަކައި އެ ފުރަތަމަ ފިޔަވަޅު އަޅަން އޭނާ ހުރީ ތައްޔާރަށެވެ. އެކަމަށްޓަކައި އެބުނާ ހަށިފާރަވެރިއެއް ބަހައްޓަން އެއްބަސްވާން ޖެހުނު ނަމަވެސް ރިއާންގެ ހިތްހަމަ ޖެހުމަށްޓަކައި އެކަންވެސް އޭނާ ކުރާނެއެވެ.
ރިއާންއަށް ނިދުނުތާ މާގިނައިރެއްނުވެ ޒީވާ ފޫހިވެގެން އަނެއްކާވެސް ޝައިނާ ގެނައި ދަބަސް ހުޅުވައިލިއެވެ. އޭގެ ތެރޭގައި އޭނާ ކިޔަން ގެންގުޅޭ ވާހަކަފޮތް އޮތްތަންފެނި ޒީވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޝައިނާފަދަ އޭނާގެ ހުރިހާ ކަމަކާމެދު ވިސްނާނެ ރަހްމަތްތެރިއެއް ލިބޭނީ މަދު މީހަކަށެވެ. ޒީވާ އެ ވާހަކަފޮތް ނެގުމަށްފަހު ކިޔަން ފެށުމުގެ ކުރިން ޝައިނާމަތިން ހަނދާންވެ ޝައިނާއަށް ގުޅައިލިއެވެ.
"ހާއި ޒީ.. ކިހިނެއްތަ؟ އޮފީސް ނިންމާލާފަ އަދި ދާންކަމަށް މި އުޅުނީ.. ކޮބާތަ ބޮސް؟ ރަނގަޅުތަ މިހާރު؟" ޒީވާގެ ފޯނު ނެގިގޮތަށް ޝައިނާ އެއްފައްޗަކަށް ސުވާލުތައް އަމުނާލިއެވެ.
"ހްމްމް ރަނގަޅުހެން ހީވަނީ.. ދެންމެ ޑޮކްޓަރުވެސް އައިސްފަ އެ ދިޔައީ.. ޝައި ނަޔަސް އޯކޭ ވާނެ.. އަނެއްކާ ޑިއުޓީ ނިންމާފަ އަންނަން ކިހާ ވަރުބަލިވާނެ؟" ޒީވާ ބުންޏެވެ.
"އޯކޭ އޯކޭ. އަހަރެން ނުގޮސް ހުރެފާނަން.. އެކަމަކު ޒީ އަންނަން ވާނެއެއްނު؟ ރޭއްސުރެން ޒީ ތިތަނުގަ ތި އިންނަނީ.. ގެއަށް އައިސް ރެސްޓްކޮށް ނިދާލާފަ ދާން އަންނަންޖެހޭނެ" ޝައިނާ ބުންޏެވެ.
"ޕިސް ޝައި ހާސްނުވެބަލަ.. އަހަރެން އޯކޭއޭ.. ރޭގަވެސް އަހަރެން އޮތީ ނިދާފަ. ރިއާންބުނީ ދޮންބެއާ ދޮންބެދައްތައާ ދެމީހުންނޭ ތިބީ" ޒީވާގެ ވާހަކަ އިވުމާއެކު ޝައިނާގެ މޫނުމަތި ބަނަވެގެންދިޔައެވެ.
"ދޮންބެދައްތަ؟ ޔޫ މީން ރާހިލް އެންޑް އެލީ؟" ޝައިނާ ޔަގީން ނުވެފައި އަހައިލިއެވެ.
"ހްމްމް. އޯކޭ ޝައި. ދެން ބާއްވަނީ އެނގޭ.. މާ ވާހަކަ ގިނަކުރަނިކޮށް ރިއާންއަށް ހޭލެވިދާނެ" ނިދީގައި އޮތް ރިއާން ކުކުރައިލި އަޑު ކަހަލަ އަޑެއްއިވި ޒީވާގެ ކޯލު ކުރުކޮށްލިއެވެ. އަދި އަވަސް އަވަހަށް ރިއާންގެ އެނދާ ގާތަށް ޖެހިލިއެވެ. އޭރު ނިދިފައި އޮތް ރިއާންގެ މޫނުމަތިން އާދަޔާހިލާފު އުނދަގުލެއް ތަހައްމަލްކުރަމުންދާ ކަމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ނޭވާ އަވަސްވެފައިވާއިރު ބެންޑޭޖްކޮށްފައިވާ ނިއްކުރިމައްޗަށް އެތައްހާސް ރުލެއް ޖަމާވެފައިވިއެވެ.
ޒީވާ ކަންބޮޑުވެފައިހުރެ ރިއާންގެ އަތުގައި ހިފައިލުމާއެކު ރިއާންއަށް ނިދީގައިވެސް އެކަން އިހުސާސްވި ކަހަލައެވެ. އެ ނިއްކުރިމަތީގައިވި ރޫތައް ފިލައިގޮސް ނޭވާ ހަމައަކަށް އެޅުނެވެ. މޫނުމަތިން ހަމަޖެހުމުގެ އަސަރު ފާޅުވާންފެށިއެވެ. އެހެންކަމުން ޒީވާ އޭނާގެ އަތް ރިއާންގެ އަތާ ވަކިކޮށްލަން ނޫޅެ ހުސްކޮށް އޮތް އަތުން ވާހަކަފޮތް ހުޅުވައިލުމަށްފަހު އޭނާ ހުއްޓައިލައިފައިވާ ހިސާބުން ކިޔަން ފެށިއެވެ.
އެގޮތުގައި ދެތިން ގަޑިއިރު ވޭތުވެދިޔަ ފަހުން އަނެއްކާވެސް ކޮންމެވެސް މީހަކު ދޮރުގައި ޓަކިދީފިއެވެ. ޒީވާ ގޮނޑިން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުނީ އެވަގުތު ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަތް ނަޝްވާ ފެނުމުންނެވެ. ނަޝްވާ އަރައިގެންހުރި އުސްފައިވާނުގެ ކަށި މާބްލް ތަކުގައި ޖެހޭއަޑު ކޮޓަރިތެރޭގައި ހަރުލައްވައިލިއެވެ. އެއަޑަށް ރިއާން ހޭލައިފާނެ ކަމަށް ޒީވާ ކަންބޮޑުވި ނަމަވެސް ރިއާންގެ މޫނުމަތިން އެކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތީތީ ޒީވާ ހަމަޖެހުނެވެ. އަދި ނަޝްވާއާ ކުރިމަތިލިއެވެ.
"ނަޝް. މިތަނަށް ކީއްކުރަން؟" ޒީވާ ހިތްހަމަނުޖެހިފައި ހުރި ނަމަވެސް ހިނިތުންވެލަމުން އަހައިލިއެވެ.
"ހައި ޒީ.. ޒީއަށް ހީވޭތަ ރިއާން މިހާލުގަ އޮއްވާ ލޯ ދެކިލަން ނައިސް އަހަރެން ހުންނާނެކަމަށް.. މައި ޕުއަރ ބޭބީ.. ހީ މަސްޓް ހޭވް މިސްޑް މީ ސޯ މަޗް" ނަޝްވާ ގެނައި ބޮޑު ރަތް ފިނިފެންމަލުގެ ގުލްދަސްތާ މޭޒު މަތީގައި ބާއްވައިލުމަށްފަހު ރިއާންގެ މޫނާ ދިމާލަށް އަތް ހިއްލައިލިއެވެ. އެހެނަސް ނަޝްވާގެ އަތްތިލަ ރިއާންގެ މޫނުގައި ބީހިލުމުގެ ކުރިން ޒީވާ އެ އަތުގައި ހިފެހެއްޓިއެވެ. އަދި ނަޝްވާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ރިއާންގެ އެނދާ ދުރަށް ގެންދިޔައެވެ.
ނަޝްވާ ޒީވާގެ އަތް ފޮޅުވައިލިއިރު އެމީހުނަށް ތިބެވުނީ އެ އެނދާ ދެތިން ފޫޓު ދުރުގައެވެ.
"ޒީ؟ ކިހިނެއްތަވީ؟" ނަޝްވާ ހިތްހަމަނުޖެހިފައި އަހައިލިއެވެ. ޒީވާ ހައިރާންވިއެވެ. ނަޝްވާއަށް އެސުވާލު އެހެން ކުރަން ކެރުނީތީވެސް އޭނާހުރީ ހަމަ އަންތަރީސްވެފައެވެ.
ނިދިފައި އޮތް ރިއާން ސިއްސައިގެންދިޔައީ އެނދާ މާ ގާތުން އަންހެން ކުއްޖެއްގެ ތޫލި އަޑު އިވުމުންނެވެ. އެއީ ޒީވާގެ އަޑު ނޫންކަން އޭނާއަށް ޔަގީންވިއެވެ. ކުޑަކުޑަކޮށް ލޯ ހުޅުވައިލުމާއެކު އެނދާ މާ ދުރުނޫން ހިސާބެއްގައި ތިބި ނަޝްވާއާއި ޒީވާ އޭނާއަށް ފެނުނެވެ. އަދި ހަމަ އެ ސިކުންތުގައި ދެލޯ މަރައިލަމުން އެމީހުން ދައްކަމުންދިޔަ ވާހަކަތައް ކަނުލައި އަޑު އަހަންއޮތެވެ. ދެން އިވުނީ ޒީވާގެ އަޑެވެ.
"އަހަރެންތަ؟ އަހަ– ނަޝްވާ ޕްލީޒް.. އަހަރެންނަށް އެނގޭ ރިއާން އެއްވެސް އުއްމީދެއް ނުދޭހާ ހާލަތެއްގަ ނަޝްވާއަކަށް އަބަދު ތިގޮތަށް އަންނާކަށް ނުކެރޭނެކަން. އެކަމަކު ނަޝްވާވެސް ވިސްނާލަބަ.. ނަޝްވާއާ ރިއާންއާ ތީ މާ ކުރީގެ ކަމެކޭ.. އަހަރެން.. ރިއާން އެއީ މިހާރު އަހަރެންގެ ފިރިމީހާ.. ނަޝްވާ ތިގޮތަށް އަހަރެމެންގެ ދިރިއުޅުމަށް ވިހަލާތަން ބަލާކަށް އަހަރެންނެއް ނުހުންނާނަން"
ޒީވާގެ ދެލޮލުގައިވަނީ ރުޅިވެރިކަމެވެ. އެ އަޑުގައިވާ ހަރުކަށިކަން އިވި ނަޝްވާއަށްވެސް ސިހުން ލިބުނެވެ. އޭނާ ދަންނަ ޒީވާއަކީ މީހަކާ ދިމާލަށް ހަރުކަށިކޮށް ބަލާލަންވެސް ކެރޭނެ ކުއްޖެއްނޫނެވެ. އަމުދުން ޒީވާގެ ބަސްމަގު އެހާ ހަރުކަށިވާނެކަމަށް އެހެން ކޮންމެ މީހަކު ބުނި ނަމަވެސް އޭނާ ގަބޫލު ނުކުރީހެވެ.
"އައްދޭ. ރިއާން ދެފަހަރަކު އިސްތިރިކޮށްލައި ރުހުމުގެ ލޮލަކުން ބަލާލާއިރަށް ހާދަ ވަރެއްވެފައޭ ދޯ ތި ހުންނަނީ؟ ރިއާންއަށް އަނެއްކާވެސް ދެފައި މައްޗަށް ތެދުވެވުނީމަ ކަލޭ ނުވެސް ފެންނާނެ" ނަޝްވާގެ އަޑުގައިވަނީ މަލާމާތެވެ. އެ ވާހަކައިގައިވާ ކޮންމެވެސް ވަރެއްގެ ހިތި ހަގީގަތް އިހުސާސްވުމާއެކު ޒީވާގެ ހިތުގައި ޖެހުނެވެ. ނަޝްވާ ވާހަކަ ދައްކަނީ ޒީވާއާ ރިއާންގެ ދިރިއުޅުމުގެ ހަގީގަތް ރަނގަޅަށް އެނގިހުރެކަމުގައި ގަބޫލު ކުރެވުނެވެ. އެދެމެދުގައިވާ ބީރައްޓެހިކަމުގެ ވާހަކަ ރިއާން ނަޝްވާގާތު ދައްކައިފައި އޮވެދާނެ ކަމަށް ހީވިއެވެ. ނަޝްވާއާ ރިއާންއާދެމެދު މިހާރު ވާކަމެއްވަނީ ރިއާންގެ ހިއްސާއާއެކު ކަމަށް ޔަގީނާ ގާތަށް ޝައްކުކުރެވުނެވެ. އެހެންކަމުން ޒީވާ ދެން ވިސްނީ ރިއާންގެ އަނބިމީހާގެ ހައިސިއްޔަތުން ނަޝްވާއާ ވާހަކަ ދެއްކުމުގެ ބަދަލުގައި އަންހެނެއްގެ ހައިސިއްޔަތުން ނަޝްވާއަށް ނަސޭހަތްތެރިވުމަށެވެ.
"އަހަރެން މި ވާހަކަދައްކަނީ ނަޝްވާއަށްވެސް ރަނގަޅަކަށް. ރިއާން ނަޝްވާގާތު ދެއްކީ ކޮންކޮން ވާހަކަތަކެއް ކަމެއް އަހަރެންނަކަށް ނޭނގޭ.. އެކަމަކު އެކަހަލަ ވާހަކަތައް ގަބޫލުކޮށްގެން އަހަރުމެންގެ ކައިވެނީގަ އަސްލެއް ނެތްކަމަށް ނަޝްވާ ހީނުކުރޭ.. ރިއާންއަކީވެސް ހަމަ އެހެންމީހުން ކަހަލަ ފިރިހެނެއް. ތިކަހަލަ އަންހެނުންގެ ބޭނުން ހިފާލަންވީމަ ފިރިހެނުން ދައްކާފަ ނުދައްކާނެ ވާހަކައެއް ނޯންނާނެ. ހަގީގަތުގަ އަހަރެމެންގެ ކައިވެންޏަކީ ނަޝްވާ ތި ހީކުރާވަރަށްވުރެ ފުރިހަމަ އުފާވެރި ކައިވެންޏެއް. ރިއާންއަކަށް މި ކައިވެންޏަކުން އުނިވާ އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމަ ނަޝްވާއަށް ރިއާން އެހާ ފަސޭހައިން ކާމިޔާބު ކުރެވޭނޭ ތި ހީވާ ހީވުމަކީ ވަރަށްބޮޑު ކުށްހީއެއް. ރަނގަޅުވާނީ ދަލުބޭރުން ޖެހެންނޫޅެ މިތަނުންދިޔުން"
ޒީވާގެ އަޑުގައިވަނީ ސާބިތުކަމެވެ. ރިއާންއަށް ހިތާހިތުން ޒީވާއާ ދޭތެރޭ ފަހުރުވެރި ވެވުނު ނަމަވެސް ޒީވާ އޭނާއާ ދޭތެރޭ ވިސްނުން ބަހައްޓާގޮތް އެނގި ހިސާބަކަށް ނުރުހުން ވެވުނެވެ.
"ދަލުބޭރުން ޖެހެން އުޅޭ މީހަކީ ތިއީ.. ރިއާންއަކީ ތިހީކުރާކަހަލަ ފިރިހެނެއް ނޫން. އެހެންނޫނިއްޔާ ރައްޓެހިވެގެން އުޅުނުހާ ދުވަހު އަހަރެންގެ ފައިދާވެސް ނެގީހެއްނު. މިބުނަން އުޅެނީ ރިއާންއަކީ ކައިވެނީގެ ބޭރުން އެކަހަލަ ގުޅުމަކަށް އިސްނަގާނެ މީހެއްނޫނޭ. ރިއާން އެޔަށްވުރެ ކެތްތެރިވާނެ. އެއީ ރިއާން އަހަރެންދެކެ ލޯބިވާތީ.. ޒީވާއަށް ރިއާންގެ ހަށިގަނޑާއި ފައިސާ މިލްކުކުރެވުނަސް ރިއާންގެ ލޯތްބާއި އަޅާލުން ލިބޭނެ ހަމައެކަނި މީހަކީ އަހަރެން" ނަޝްވާގެ ވާހަކަތަކުން ނަޝްވާ ހަމަރަނގަޅަށްވެސް ޒީވާގެ ކުރިމަތީގައި ބޭޒާރުވިއެވެ. ރިއާންއާއި ޒީވާގެ ދިރިއުޅުމުގެ ހަގީގަތް މާ އެނގޭ މީހަކަށްވެގެން ނަޝްވާ މި ދައްކަމުންދާ ވާހަކަތަކުގެ ދޮގު ފަޅާއެރިއެވެ. ހަގީގަތަކީ ނަޝްވާއަށް އެދެމަފިރިންގެ އެއްވެސް ވާހަކައެއް ނޭނގޭކަމެވެ. އެނގޭނަމަ ރިއާންއާ ޒީވާގެ ދެމެދުގައި ހިނގައިފައި ނުވާކަމަކަށް ނަޝްވާ އެހާބޮޑު ޝައްކެއް ނުކުރީހެވެ. ރަނގަޅަށްވަންޏާ މިހާރުވެސް ރިއާންއާ ނަޝްވާއާދެމެދު އެއްވެސް ގުޅުމެއް ނޯންނާނެއެވެ. ރިއާންއާހެދި މަތިންބައިން ޖެހިގެން މި އުޅޭ މީހަކީ ހަނަ ނަޝްވާއެވެ.
"ވެއިޓް ތިބުނީ ރިއާން ނަޝްވާއާ ދުވަހަކުވެސް؟" ޒީވާއަށް ގަބޫލުނުކުރެވިފައި އަހައިލެވުނެވެ. ނަމަވެސް ނަޝްވާގެ ފަރާތުން ލިބުނު ހިމޭންކަމުން ޒީވާއަށް އެޖަވާބު ލިބުނެވެ. އަދި އަނގަމަތީގައި އަތް އަޅައިލިއެވެ. އެއާއެކު އޭނާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ނަޝްވާކަހަލަ މީހުން ރުޅިއަރުވައިލުމަށްޓަކައި އެމީހުންނާ އެއްފެންވަރަށް ވެއްޓެން އޭނާއަަށްވެސް ވަކި ނުކެރެންވީ ކީއްވެހެއްޔެވެ؟
ސިކުނޑިއަށް ވެރިވި މޮޅު ހިޔާލާއެކު ޒީވާ އަނގަމަތިން އަތްނެގުމަށްފަހު ހަމްދަރުދީގެ ނަޒަރަކުން ނަޝްވާއަށް ބަލައިލިއެވެ.
"މިހާރު އެނގިއްޖެ ނަޝްވާ ތިހާ ރުޅިގަދަވެގެން ތި އުޅެނީ ކީއްވެކަން. ރިއާންއާއެކު އެހާ ގިނަދުވަހު ނަޝްވާ އުޅުނު އިރުވެސް ތިބުނާކަހަލަ ގުޅުމެއް ހިނގާފަ ނެތިއްޔާ އައި ރިއަލީ ފީލް ބޭޑް ފޯރ ޔޫ… އައި މީން ގަރލް… ޔޫ ވަރ ޑެފިނިޓްލީ މިސިންގް އައުޓް" ޒީވާ ތިރީ ތުންފަތުގައި ދަތްއަޅައިލަމުން ބުންޏެވެ. ނަމަވެސް އޭރު ނަޝްވާގެ މޫނުމަތީގައިހުރި ކުލަވަރުފެނި އޭނާއަށް ނުހީ ހިފަހައްޓާލެވެނީ ހަމަ ކިރިޔާއެވެ.
ރިއާންއަށް ޒީވާގެ ޖުމްލަ އިވުމުން ލިބުނު ޝޮކުގައި ހިންދިރުވައިލަން އުޅުނު ވަގުތު ހިކި ކެއްސުންގަނޑެއް ނޭރީ ކިރިޔާއެވެ. ޒީވާ އެފަދަ އެއްޗެއް ބުނެފާނެކަމަށް އޭނާއަށް ހީވެސް ކުރެވިފައެއް ނުވެއެވެ. ނަޝްވާވެސް ވަގުތުން ބަސްހުއްޓުނެވެ. ދެފަހަރަކު ރައްދުދޭން އަނގަ ހުޅުވައިލި ގޮތުން ޒީވާއަށް ހީވީ ދެންމެ ދެންމެ ނަޝްވާގެ ބަސްތަކުން އޭނަ ނޮޅައިލައިފާނެހެނެވެ. ބަހެއް ނުލިބި ގިނައިރުވާން ފެށުމުން ޒީވާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީ އޭނާއަށް ކުރިލިބުނީތީ އެކަމާ އުފާކުރަމުންނެވެ. ލިބުނު ހިތްވަރުގައި އޭނާ ނަޝްވާއަށް އިތުރު ބަހުގެ ހަމަލާއެއް ފޮނުވައިލިއެވެ.
"ޔޫ ނޯ މޭބީ ރިއާންއަކީ ނަޝްވާ ތިބުނާހާ ކެތްތެރި މީހަކަށްވެސް ވެދާނެ. ބަޓް މައި ހަޒްބެންޑް ވުޑުންޓް ނޯ ދެޓް ޕޭޝެންސް ބިހައިންޑް އަވަރ ބެޑްރޫމް ޑޯރ އިވަން އިފް ހިޒް ލައިފް ޑިޕެންޑެޑް އޮން އިޓް.. އަނެއްކާ އަހަރެމެން ދެމީހުނަށް މިދެއްކެނީ އެއް ރިއާނެއްގެ ވާހަކަބާ؟ ނޫނިއްޔާ ރިއާންއަށް އަސްލު ގާތްވެވޭހާ ނަޝްވާ ކަމުނުދިޔައީބާ؟" ޒީވާ ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ކަމަކާމެދު ވިސްނާ ފަދައިން ބޯ އަރިކޮށްލިއެވެ. ރިއާންއަށް ޒީވާގެ ވާހަކަ އިވެމުންދިޔަ ވަރަކަށް އޭނާއަށް ލިބެމުންދިޔަ ހައިރާންކަން އިތުރުވަމުންދިޔައެވެ.
"އިތުރު ކަމެއްނެތިއްޔާ ނަޝްވާ މިތަނުން ދިޔުން ރަނގަޅުވާނީ. ނޫނީ ބޭރުގަހުރި ބޮޑީގާޑަށް ގޮވާ ނެރެންވީތަ؟" ޒީވާ ހަމަޖެހިލައިފައި ބުންޏެވެ.
ނަޝްވާ ރުޅި އައިސްފައިހުރެ ދަތްކުނޑި ވިކައިލަމުން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ޒީވާ ފަތަހައިގެ ހިނިތުންވުމަކާއެކު ގޮސް އެތަނުގައިހުރި މޭޒު ކައިރިއަށް ހުއްޓިލިއެވެ. އަދި އޭގެ މަތީގައި ބާއްވައިފައި އޮތް ނަޝްވާ ގެނައި ގުލްދަސްތާގެ ތެރެއިން ފެންނަންއޮތް ސިޓީއުރަ ނެގިއެވެ. އެ ސިޓީއުރަ ހުޅުވައިލުނާއެކު ޒީވާގެ ހަރަކާތްތައް ގަނޑުވިއެވެ.
"ތި ކޮން ބުކޭއެއް؟" ރިއާންގެ އަޑު ކަންފަތުގައި ޖެހުމާއެކު ޒީވާ ސިހިފައި އެ ސިޓީއުރަ މޭޒުގެ ފޮތިގަނޑު ދަށަށްލައި ފޮރުވައިލިއެވެ.
"މިއީ ރިއާންއަށްއައި ގެޓް ވެލް ސޫން ބުކޭއެއް" ޒީވާ ރިއާންގެ އަތަށް އެ ގުލްދަސްތާ ދިއްކޮށްލިއެވެ. ރިއާން އޭގައި ހިފާކަށް ގަސްދެއް ނުކުރިއެވެ.
"ރެޑް ރޯސަސް؟" ރިއާން އެއްބުމަ ހިއްލައިލަމުން އަހައިލިއެވެ.
"ހްމްމް. ފްރޮމް ނަޝް" ޒީވާގެ ޖަވާބު އައުމާއެކު ރިއާން ފޫހިގޮތަކަށް ކަޅިއަނބުރައިލިއެވެ.
"ޑަސްބިނަށްލާ" ރިއާން ފަރުވާކުޑަކަމާއެކު ބުންޏެވެ.
"އައުޗް.. ދެމީހެއްގެ ދެމެދުގަ ޖެހިފަ އޮތް މައްސަލައަކާ މި ނިކަމެތި މާތަކާ ހުރި ގުޅުމަކީ ކޮބާ؟ ޒީ ބަހައްޓާނީ މި މާތަށް" ޒީވާ ބުންޏެވެ. އެހެނަސް ރިއާން ހަމަހިލާ އެކަމާ އެއްބަހެއް ނުވިއެވެ.
"އޯކޭ އޯކޭ.. އަހަރެން ޝިމާންއަށް ގުޅާފަ މި ހަވާލުކޮށްފާނަމޭ.. އިޝްކޮ ވަރަށް އުފާވާނެ" ޒީވާ ފަހުބަސް އިއްވައިލިއެވެ.
****************
"އަރ ޔޫ ސީރިއަސް؟ އަ ބޮޑީގާޑް؟"
ރާހިލްގެ ހިތްހަމަނުޖެހިފައިވާ އަޑު އިވުމާއެކު ރިއާން ކަޅިއަނބުރައިލަމުން ފޫހިގޮތަކަށް ދޮރާދިމާލަށް ބަލައިލިއެވެ. އޭނާއަށް މަރުހަބާކީ ހޮސްޕިޓަލުގައި އޭނާ އޮތް ކޮޓަރިއަށް ވަދެގެން އައި ރާހިލްގެ ހިތްހަމަނުޖެހިފައިވާ މޫނެވެ. ރާހިލްގެ ފަހަތުން ކަޅުކުލައިގެ ގަމީސް ފަޓުލޫނުގައިހުރި އިތުރު ފިރިހެންމީހެއްވެސް އެތަނަށް ވަނެވެ. އިސްކޮޅުން ރާހިލްއަށްވުރެ ދެތިން އިންޗި ކުރުނަމަވެސް އެމީހާގެ މޫނުމަތީގައިވާ ހަރުދަނާކަމެވެ. ހައިބަތު ހުރި ހަށިގަނޑެކެވެ. ރިއާން ފެނުމާއެކު އެމީހާ އަދަބުވެރިކަމާއެކު ބޯ ޖަހައިލުމަށްފަހު ކޮޓަރިން ބޭރަށް ފިޔަވަޅެއް އަޅައިލިއެވެ.
"ޔޫ ނީޑް ވަން.. އިރެސްޕޮންސިބަލް ޕީސް އޮފް އަ ޕްރޮބްލަމް" ރިއާން އަތުގައި އޮތް އައިޕެޑަށް ނަޒަރު ހުއްޓާލައިގެންއޮވެ ފަރުވާކުޑަ ރާގެއްގައި ބުންޏެވެ.
"އަދިވެސް އަހަރެންތަ؟ ލުކް އެޓް ޔޯރސެލްފް؟ ޕްރިޓީ ޑޭމް ކްލިއަރ ހޫ ނީޑްސް އަ ފަ*ންގް ބޮޑީގާޑް" ރާހިލް ރިއާންގެ އަތުން އައިޕެޑް އަތުލަމުން ބުންޏެވެ. ނަމަވެސް ރިއާން ހަލުވިކަމާއެކު އޭނާ އޮށޯވެގެން އޮތް އެނދުގައި އަތް ވިއްދާލަމުން ތެދުވެ އިށީނެވެ. އަދި ރާހިލްގެ އަތުން އެ އައިޕެޑް ޖަހައިގަތެވެ.
ހޮސްޕިޓަލުގައި ރިއާންއަަށް ފަރުވާދެމުން އަންނަތާ ހަފްތާއެއްހާ ދުވަސް ފާއިތުވެގެންދިޔައިރު ރިއާންގެ ހާލަތުވަނީ ވަރަށް ބޮޑުތަނުން ކުރިއަރައިފައެވެ. އެކަނި ހިނގައިބިނގާވެ ނޫޅެވުނު ކަމަށްވިޔަސް މީހެއްގެ އެހީއަކާނުލައި ކުދިކުދި ހަރަކާތްތައް ކުރެވޭވަރަށް މީހާގެ ހާލަތުވަނީ ރަނގަޅުވެފައެވެ.
"ޖަސްޓް ޑީލް ވިތް އިޓް ފޯރ އަ ފިއު ޑޭޒް" ރިއާން އެއީ މާބޮޑުކަމަކަށް ނުހެދިނަމަވެސް ރާހިލްއަށްހުރީ އެކަމާމެދު ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ދޮންބޭ؟ ހާދަ އަވަހަށް ތި އައީ" ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަތް ޒީވާއަށް އެތަނުގައި ހުރި ރާހިލްފެނި ހައިރާންކަމެއް ލިބުނީ ރާހިލް އެދުވަހު އަންނާނެ ކަމަށް ބުނެފައިވި ގަޑިއަށްވުރެ މާ އަވަހަށް އެތަނަށް އައިސް ހުރީތީއެވެ.
"ޓެލް ޔޯރ ހަސްބަންޑް ޓު ލޭ އޯލް ހިޒް ބޮޑީގާޑްސް އޮފް މީ އެންޑް މައި ވައިފް." ރާހިލް ދެއްކީ ޝައިނާގެ ވާހަކަ ކަމަށްވިޔަސް ޒީވާއަށް އެދެއްކީ އެލީޝާގެ ވާހަކަ ކަމުގައި ހީކުރެވުނެވެ.
"ވަޓް؟ ރިއާން ދޮންބެއަކާ އެވާހަކައެއް ނުދައްކަންތަ؟" ޒީވާ އައިސް ރިއާންއާ ރާހިލްގެ ދެމެދަށް ވާގޮތަށް ހުއްޓިލިއެވެ. އެވަގުތު ރިއާން އަމިއްލަ ދިފާއުގައި އަނގަހުޅުވައިލިއެވެ.
"ޔޯރ ސްޓުޕިޑް ބްރަދަ–"
"ރިއަލީ ދޮންބޭ.. ރިއާންއާ ތިވާހަކަ ދައްކަން އުޅުމަކީ ބޭކާރުކަމެއް.. އަހަރެންވެސް އުޅެފިން ރިއާންގެ ހިޔާލު ބަދަލުވޭތޯ އެކަމަކު.." ޒީވާ ދެކޮނޑު އަރުވައިލި ގޮތުން ރާހިލްއަށް އެކަމުގައި ޒީވާއަށްވެސް ކުރެވޭނެ ކަމެއްނެތްކަން އެނގުނެވެ.
"މިހާ ކަންތައް ބޮޑުކުރުމުގެ ބޭނުމަކީ ކޮބާތަ؟ މި ބުނީނު ކުޑަ ދުވަސްކޮޅަކަށޭ" ރިއާން ދެފަރާތައް ބޯހޫރައިލިއެވެ. ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒީވާގެ ކޮނޑުގައި ހިފައި ދުރަށްޖައްސައިލަމުން ރިއާން އިށީނދެ އިން އެނދާ ގާތަށް ޖެހިލިއެވެ.
"އަހަރެންނަށްވެސް އެނގޭ ކޮންމެހެން ޖެހިގެން ނޫނީ ރިއާން މިކަހަލަ ކަމެއް ނުކުރާނެކަން.. އެކަމަކު.. އެކަމަކު ދެން.. ލުކް އެޓް ދިސް ގައި؟ އެންޑް ހޭވް ޔޫ ސީން ހަރ ބޮޑީގާޑް؟ ހީ އިޒް ޓޫ ޓޯލް އެންޑް.. އެންޑް.. އެންޑް" ރާހިލްއަކަށް ވާހަކަ ކުރިއަށްގެންދާނެ ގޮތެއް ނޭނގުނެވެ. ރިއާންއަށް ވާނުވާ ކުޑަކޮށް ރޭކައިލުމާއެކު އޭނާގެ ތުންފަތުގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ.
"މިއީ ދޯ މި ވެގެންއުޅޭ ގޮތަކީ؟ ޔޫ އަރ ޖެލަސް އޮފް ހަރ ބޮޑީގާޑް؟" ރިއާންއަށް ގަބޫލު ނުކުރެވިފައި އަހައިލިއެވެ.
ރާހިލްގެ އެތަށް އާދޭހެއްގެ މަތިން ޝައިނާގެ ހަށިފާރަވެރިޔާ ބަދަލުކޮށްދިނުމަށް ރިއާން އެއްބަސްވިއެވެ. ރާހިލް ހިތްހަމަޖެހޭ މީހެއް އެމަގާމަށް ހަމަޖައްސައިދިނުމަށް މޯޑުއަށް ގުޅައިފައި ބުނުމުން ރާހިލް ހެވިފައިހުރެ އެތަނުން ނުކުތެވެ. ޒީވާއަށް ހިނގައިދިޔަ ކަންތައް މާ ރަނގަޅަށް ނޭނގުނު ކަމުގައި ވިޔަސް ރިއާންއާއި ރާހިލްއަށް ބަލަންހުރެ ބޯ ހޫރައިލެވުނެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ޒީވާ ގަދައިނގޭ ތިހެންވާންޖެހޭނެ ތިމާގެފިރިމީހާގެ މައްޗަށް އެހެން
އަންހެނަކަށް ބާރުފޯރުވިޔަދީގެންނުވާނެ ދެންވެސް ވިސްނައިގެން
އުޅޭތި ރިއާންގެއަށް ދޫކޮށްލިޔަސް ތިމަންޖެއައިސްދާނެއިނގޭ
ވަރަށް ރީތި މިބައިވެސް .
ވަރަށް ރީތި. ދެންއޮތްބައި އަވަހަށް ެނެސްދެއްޗޭ…
ވާހަކަ ވަރައް ރީތި. ހަމަ ހީވަނީ އަސްލަށް ފެންނަހެން… ސިފަކުރުން ހަމަ ހަބޭސް…