28 ޑިސެންބަރު 2025
ދުނިޔޭގެ އެންމެ ބޮޑު ނިޔުކްލިޔަރ މަރުކަޒު ޖަޕާނުގައި އަލުން ހުޅުވަނީ، ފޮޓޯ: ގެޓީ

ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔަރ މަރުކަޒު ހުރީ ކޮންތަނެއްގައި؟

2011 ވަނަ އަހަރު ޖަޕާނަށް އައި ބިންހެލުމާއި ސުނާމީއާ ގުޅިގެން ފުކުޝިމާ ނިއުކްލިޔަރ މަރުކަޒަށް ދިމާވި ކާރިޘާއަށްފަހު، އެ ޤައުމުގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔަރ މަރުކަޒު ކަމަށްވާ ކަޝިވަޒަކި ކަރިވާ މަރުކަޒު އަލުން ހުޅުވުމަށް ޖަޕާނުން ދަނީ ތައްޔާރުވަމުންނެވެ. މިއީ ފުކުޝިމާ މަރުކަޒު ހިންގި ޓޯކްޔޯ އިލެކްޓްރިކް ޕަވަރ ކޯއިން ހިންގާ ނިޔުކްލިޔަރ މަރުކަޒެއް، ކާރިޘާއަށް ފަހު ހުޅުވާ ފުރަތަމަ ފަހަރެވެ.

ފުކުޝިމާ ކާރިޘާއާ ގުޅިގެން ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަޕާނުގެ 54 ނިއުކްލިޔަރ ރިއެކްޓަރެއް ބަންދުކުރި ނަމަވެސް، އޭގެ ތެރެއިން 33 ރިއެކްޓަރެއް މިހާރު ވަނީ އަލުން ހިންގަން ފަށާފައެވެ. މި މަރުކަޒު އަލުން ހުޅުވުމަކީ ޖަޕާނުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފޮސިލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

މި ނިންމުމާއެކު ޖަޕާނުގެ ނިއުކްލިޔަރ ހަކަތައިގެ ދާއިރާ އަލުން އާރާސްތުވަމުންދާއިރު، އާންމު ރައްޔިތުންގެ މެދުގައި ވަނީ ސަލާމަތީ ކަންކަމާއި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ މުޒާހަރާކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު